ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަގާއި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ތަހުގީގު ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، ތަހުގީގު ޓީމަށް ތައުރީފު ކުރައްވައިފިއެެވެ.

އެ މައްސަލައިގައި ދައުވާ ކުރުމަށް ހުށަހަޅާފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށެވެ. ދެ މީހުންގެ މައްޗަށް ވެސް ކުޑަފިރިހެން ކުދިން ތަކަކާއެކު ބަދުއަޙްލާޤީ އަމަލު ހިންގި ދައުވާތަކެއް ކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ދެއްކުމުގެ މަޤުޞަދުގައި ދެމީހުން ޖިންސީ ގުޅުން ހިންގި ކަމަށް ވެސް ދައުވާ މައްސަލާގައި ވެސް ދައުވާތަކެއް ކޮށްފައި ވެއެވެ. މިދެމަފިރިން ހައްޔަރުކުރީ ފާއިތުވި އޮކްޓޯބަރު ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތށް ތައުރީފް ކުރައްވާ ޕީޖީ ވިދާޅުވީ މިއީ ފުލުހުން ވަރަށް ރަނގަޅަށް ކޮށްފައިވާ ތަހުގީގެއް ކަމަށާ، މި މައްސަލައިގައި ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ކޮށްފައިވާ މަސައްކަތް ވަރަށް ރަނގަޅުކަމަށެވެ. އަދި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައި ދެވޭނީ ހުރިހާ އެންމެން ގުޅިގެން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

https://twitter.com/HuShameem/status/1323281360845328384

އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއްކޮށްފައި ވާއިރު ރިހުލާގެ މައްޗަށް ފަސް ދައުވާ އެއް ކޮށްފައެވެ.

ޔުނާންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު،ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާައަކާއި، އެ ކުއްޖާ ލައްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާ އާއި، އަކާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ، އާއިލާގެ މެންބަރަކު އެ އާއިލާ ކުޑަކުއްޖަަކާއެކު ޖިންސީ އަލަމެއް ހިންގުމާއި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އެވެ.

ރިހުލާގެ މައްޗަށް ކުރި 5 ދައުވާގެ ތެރެގައި ހިމެނެނި ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަދުބެ

    ކޮބާ ޝިފާގެ މައްސަލަ. ޕީޖީ އެކަމާ ވާހަކަ ދެއްކިއްޔާ މާ ތާހިރުވާނެ. އެއީ ނުބެލޭނެ މައްސަލަ. ތިއަށްކިޔަނީ ސެލެކްޓިވް ޖަސްޓިސް. ތިމާގެ އައުވާނުންގެ މައްސަލަ ނުބެލޭނެ. ތިވަރަކަށް އިންސާފު ގާއިމުކޮށްދެވޭނީ.

    10
    4
  2. ކޮވިޑް

    ވަޓް އަ ނައިސް ޖޯކް..... ކޮބާ ސަފާރީ ކޭސް ؟މީހަމަ ސަދޫމް ގެ ސަރީއަތް،ނުބުނަން ޔުއާން ކުރީ ރަންގަޅު ކަމެކޭ އެކަމު ނިކަމެތި މީހާ ވީމަ ނިކަމެތި ގޮތް ވީމަ ކަޑަ ދޯ؟ ސަފާރީ ކޭސް ރޯޔަލް ވީމަ ފިނިސް،ނިކަމެތި މީހާ ނިކަމެތި ވީމަ އަންދަގޮޑި،ތީތި ކަޑަ އޭ ސަމީމް

    16
    2
  3. ޅަތީފް

    ކަލޭ ތައުރީފު ކުރީމަ އަ ތްޖަހަން ތިބޭނީ ސޯލިބެޔާ ނަސީދު ދެން ހިސާން

    9
    2