މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރ ކުރެވުނުއިރު ބޮޑެތި ތުހުމަތުތަކެއް ކުރެވި މުޖުތަމައުގެ ތެރޭގައި އެކި ވާހަކަތައް އިވިގެން ދިޔައެވެ. ހައްޔަރު ކުރިތާ މަސް ދުވަހުގެ ތެރޭގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ ތަހުގީގު ފުރިހަމަކޮށް މި ދެ މީހުންގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ހިމެނޭ ބޮޑެތި ދައުވާތަކެއް އުފުލައިފައެވެ.

ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލާފައިވެއެވެ. އެ ހުރިހާ ދައުވާއެއް ޝަރީއަތުގައި ޔުނާންގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން 110 އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ގިނަވެގެން 133 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ޔުނާންއަށް އަންނާނެއެވެ.

ރިހުލާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާތަށް ޝަރީއަތުގައި ސާބިތުވެއްޖަނަމަ ގިނަވެގެން 61 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މަދުވެގެން އޭނާގެ މައްޗަށް 50 އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އަންނާނެއެވެ.

ޔުނާންގެ މައްޗަށް ކުރާ ނުވަ ދައުވާއަށް ބަލާއިރު، އެ ދައުވާތަކުގެ ތެރެއިން އެންމެ ބޮޑު އަދަބެއް ކަނޑައެޅިފައި އޮތް ދައުވާއަކީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެންމެ ބޮޑު އަދަބެވެ. އެއީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެވެ. މި ހުކުމަށް އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ކިޔައެވެ. މި ދައުވާއިން އޭނާއަށް އެ ކުރެވޭ ތުހުމަތަކީ އާއިލާގެ ފިރިހެން ކުދިންތަކެއް ލައްވައި އެއް ޖިންސުން ޔުނާން ގުޅުން ހިންގުމެވެ.

ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުއްޖާއަށް ދެއްކުމާއި، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލު ހިންގެވުމާއި، އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ ނިޔަތުގައި ޖިންސީ އަމަލު ހިންގުމާއި ކުޑަކުއްޖާއާއެކީ އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ގެންގުޅުން ފަދަ ބޮޑެތި ތުހުމަތުތައް ޔުނާންގެ މައްޗަށް ކުރާ ނުވަ ދައުވާއިން ފެންމަތިވެފައިވެއެވެ.

ރިހުލާގެ މައްޗަށް ކުރާ ފަސް ދައުވާއަށް ބަލާއިރު، އެ ދައުވާތަކުގެ ތެރެއިން ވެސް އެންމެ ބޮޑު އަދަބެއް ކަނޑައެޅިފައި އޮތް ދައުވާއަކީ ކުޑަކުއްޖެއްގެ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އެ ކުއްޖާއާއެކީ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. އެއީ ވެސް 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމް އަންނަ ދައުވާއެކެވެ. މި ހުކުމަށް އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ކިޔައެވެ. މި ކުރެވޭ ތުހުމަތަކީ ޔުނާންގެ ދެމަފިރިން ގުޅިގެން އާއިލާގެ ފިރިހެން ކުދިން ލައްވައި ޖިންސީ އަމަލު ހިންގާފައިވާ ބަައެއް ކަމުގެ ސީރިއަސް ތުހުމަތެކެވެ.

ޔުނާންއަށް ކުރެވޭ ބައެއް ދައުވާތައް ރިހުލާގެ މައްޗަށް ވެސް އުފުލާފައިވެއެވެ. ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރެ އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ ނިޔަތުގައި ޖިންސީ އަމަލެއް ހިންގުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ރިހުލާގެ މައްޗަށް އުފުލާފައިވެއެވެ.

އަވަސް ތަހުގީގެއް، ޕީޖީ ދައުވާ ސާބިތުކޮށްދިނުމުގެ ޖޯޝެއްގައި!

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ ތަހުގީގު ލަސްވުމާއި ދައުވާ އުފުލުމުގެ މަރުހަލާއަށް ދާނެ މިންވަރަށް ހެކި ނެތި ދިއުމާއިި ޝަރުއީ މަރުހަލާ ދިގު ދެމިގެން ދިއުމުގެ ޝަކުވާތަކަކީ ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ޝަކުވާއެކެވެ. އެފަދަ ގިނަ މައްސަލަތަކެއްގެ ތަހުގީގު އަދިވެސް ފުރިހަމަ ނުވެ އޮތްއިރު ފަހަކަށް އައިސް ޝަރުއީ މަރުހަލާގައި ހުރި ބައެއް ރޭޕްގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތަށް ކުށް ސާބިތުވެ ހުކުމް ކުރެވޭ ހިސާބަށް ދެވިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕަބްލިކް ޕްރޮސެކިއުޓަރުނުް ދާދި ފަހުން ޝަރުއީ މަރުހަލާތަކުގައި ކާމިޔާބު ހޯދުމުން ޓްވީޓާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މި ކަން ފާހަގަކުރައްވައެވެ. ޔުނާން އަދި ރިހުލާއަށް ތުހުމަތު ކުރެވޭ ސީރިއަސް ބޮޑެތި ތުހުމަތުތަކުގެ ތަހުގީގު، އާންމުކޮށް ތަހުގީގެއް ނިމޭ ދުވެއްޔަށް ވުރެ އަވަސް ދުވެއްޔެއްގައި ނިންމާލެވުމުން ޓްވީޓާގައި ޝަމީމް މި ކަން ވެސް ފާހަގަކުރެއްވިއެވެ.

ފުލުހުންނާ ޕީޖީއާއި ގުޅިގެން ހިންގި ތަހުގީގު މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވި ދައުވާ ކުރެވޭ މަރުހަލާއަށް އާދެވި ދައުވާ ކުރެވުމުން ޝަމީމް ވަނީ މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ޕަބްލިކް ޕްރޮސެކިއުޓަރުންނަށް ތައުރީފް ކުރައްވާފައެވެ. މިފަދަ މައްސަލަތަކުގައި އިންސާފާ ހަމައަށް ވާސިލްވުމުގެ ޖޯޝެއް ޕަބްލިކް ޕްރޮސެކިއުޓަރުންގެ އާ ޖީލުގައި އޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ. މިފަދަ މައްސަލަތަކުގެ ތަހުގީގާއި ޝަރުއީ މަރުހަލާ އަވަސްވެ އިންސާފު ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުނާން އަދި ރިހުލާގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ފެށޭނެ ދުވަހެއް އަދި ނޭނގެއެވެ. ފިލްމީ ތަރި ޔުނާންގެ ދެމަފިރިިންނަށް މި ކުރެވޭ ދައުވާތައް ސާބިތުވެއްޖެނަމަ އެ ހުކުމް ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި ފިލްމީ ތަރިއަކަށް އިވެގެން ދާނެ އެންމެ ބޮޑު އެއް ޖަލު ހުކުމަކަށެވެ. އަދި ޖިންސީ ކުށްތަކެއްގެ ތުހުމަތު ކުރެވޭ ބަޔަކަށް އިއްވޭނެ އެންމެ ބޮޑު ޖަލު ހުކުމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ލަދު

    ލަދު ގަނޭ ޔުނާން އަކީ މިރަށަށް ( ހޯނޑެއްދޫ ) ނިސްބަތްވާ މީހަކަށް ވަތީ، އެވެސް އަދި އެކުދިންގެ އަންކަލް އެއްގެ މަޤާމުގައި ހުރެ، އުފާވޭ ހަމަ މިމައްސަލައިގައި ޕީގީ ޓީމުގައި އިސްކޮށްހުރީ ހޯނޑެއްދޫގެ އަންހެން ދަރިއަކަށް ވާތީ

    40
    3
    • ޫތުނިޔެ

      ރޯޔަލް ކޭސް ހިންގާ!

      20
    • ހ

      އަވަހަށް އަދަބް ދީ

  2. ޕީޖޭ

    މޮޅުވާހަކައެއް ދައްކާފަ ޖެހިގެން އަންނަ އިންތިހާބަށް މައާފުދީފަ ވޯޓު ހޯދަން ނެރޭ...މަސްތުވާތަކެތި ވިއްކުމަށްވުރެ ބޮޑު ކުށެއް ނޯންނާނެ..ވީއިރު އެގާނޫނުން އަދަބުތައް ބޮޑު އިރު މާފުލިބިފައި..

    36
    2
  3. އިބްރާ

    މިކަހަލަ މުޖްރިމުންގެ ދިފާއުގައި މީގެކުރިން ވަކާލާތުކޮށްއުޅުނީ އެމްޑީޕީއަށް ނިސްބަތްވާ ވަކީލުންނެވެ. މިފަހަރު މިކަން ވާނީ ކިހިނެތްތޯއެވެ. މިސާލަކަށް ޑރ އަފްރާޝިމްގެ ގާތިލުންގެ ދިފާއުގައި ހުސްނުއްސުއޫދު ، އިބްތިހާލްގެ ގާތިލްގެ ދިފާއުގައި މިހާރުގެ ޕީޖީ ޝަމީމް. އަބުދުﷲ ޣާޒީ ވަގައްނެގި މަޖިލިސް ރައީސް ނަޝީދުގެ ދިފާއުގައި މިހާރު ޖޭއެސްސީގައި ތިއްބެވި ޓީމް. ފާހަގަކޮށްލެވޭ.

    31
    4
  4. ޜަންނަމާރި ވާހަކަ

    މިރާއްޖޭގަ އާންމުކަމެއް
    ދީންވެރިވާނީ ސޯށަލް މީޑިއާގަ
    ޙުރިހާމީހުންވެސް އުޅެން ބޭނުންވާގޮތް
    ސިއްރުން
    ޢަނބިން ފިރިންނަށް ނޭގި އަހަރު ދެއަހަރު ހަރަދު ކޮށްގެން އެބަ ގެންގުޅެލާ ހިލޭ ފިރިހެނުން

    26
    2
  5. ީދްފިއްޔާ

    އަދިވެސް ދުވޭ މީހުން ފެލަމުން ދޮގު ހަބަރު ފަތުރަމުން ޓިކްޓޮކާ އޭތިމީތި ކުޅެމުން މީހުންގެ ދަރިންގެ އިއްފައިތެރިކަން ނާގާލަމުން.

    13
    3
  6. ޒާހިރާ

    އިސްލާމް ދީނު ގައި އޮންނަ ގޮ ތަށް ޙައްގު އަދަބު ދެވެން ޖެހޭނެ. ކޮން ފިލްމީ ތަރންނޭ ކިޔާކައް ތަ؟ އެހެން މީހުންނަށް ނަމުނާ ދައްކަން ތިބޭ ބައެކޯ މިހާ ހަޑިމުޑުދާރު އަމަލު ހިންގަނީ. ލަދު ގަނޭ ތިއީ މުސްލިމުންނޭ ބުނަންވެސް.

    20
    2
  7. ސަނާހް

    ވަގުތު މީހުން ހާދަ ވަރަކައް މީނަގެ ހަބަރު އެބަ ގެނެޔޭ، ދެގަޑިންކާ ބޭހެއް ހެން ޔުނާން ޔުނާން

    9
    6
    • ސަޓޯ

      ދެން.. ކަލޭގެ ހަބަރުތަ ގެނެސް ދެންވީ.. ކަލޭވެސް ތިއީ ކުޑަކުދިންނާއި ގުޅުން ހިންގާ މީހެއް ދޯ ؟؟

      8
      4
  8. ކާލި

    ފުރަތަމަ އިސްލާހު ކުރަންވީ ޖިނާއި ތަހުޤީޤު ކުރަންވި ގޮތާއި ދައުވާ ކުރާނެ ގޮތާއި އަދަބު ކަންޑައަޅަންވީ ގޮތް އެއްކުށަކަށް އެތަކެއް ދައުވާކޮށް މީހުން ރަހީނު ކުރާގިތަކަށް ތަހުޤީގާއި އަދަބު ކަންޑައެޅޭނެ ގޮތަކަށް ޤާނޫނާއި ޤަވާއިދު ހެދުމަކީ މުޖުތަމައު އިސްލާހު ކުރުންތޯ ނުވަތަ ފަސާދަ ކުރުންތޯ ؟

  9. ނނނ

    ތިދާނީ ފަނުފުލުން..ކޮބައިތަ ކެނެރީގެ ބޭފުޅާ...މަޖްލިސް ފާރަވެރިއެއް ނުވޭތަ..ނުވާނެތާ ހައްތަހާ ތިއްބަވާނީ ޅަ ފިރިހެންކުދިން ބޭނުންވާ ބޭފުލުން ވިއްޔަ

  10. މަލް

    މިހާތަނަކަށް ނެތް ކަންނޭނގެ ދިވެހި ފިލްމު ސްޓާރަކަށް ހުކުމެއް އިއްވާފައެއް. މައްސަލަ ނިމިގެން ދާނީ ސާބިތުނުވެ ލައިކް އޯލްވޭޒް

  11. ސަޓޯ

    އޭނާ ރަޖަމް ކުރޭ !!!

    • އަސްތަޤްފިރުﷲ

      ޔާ ސާބިތު ވެއްޖެ ނަމަ އިސްލާމް ދީނުގަ އޮތީ އެގޮތް. ވަﷲ އަޢުލަމް

  12. ނާތެދެއް

    އެންމެ ފަހުންވެސް 100އިން މަތީގެ އަދަދަކަށް ހުކުމެއް އަންނާނެކަމަށް ބުނި މީހާ އެބަހުރި ގޭގަ ބަހައްޓާފަ މެޝިނަކާއެކު ނޭވާލާން ނިދަން ބާއްވާފަ. ތިކަން ދާނީ ކިހާ ވަރަކުންބާ؟

  13. މޫސާ ރަޝީދު

    ނުބައި މަންޒަރުތައް ފެނިފެނި ނުވަތަ ނުބައި ވާހަކަތައް އިވިިއިވި، އެއީ މާކަބޮޑު ކަމެއް ކަމަށް އިހުސާސް ނުވާ ހިިސާބަށް ދެއެވެ.