ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ސްރީލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި 2.39 ކިލޯގެ މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު 24.4 މިލިއަން ރުޕީސަށް އަރާ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އާއްމުކޮށްފައި ނުވާއިރު އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު ދާދިފަހުން ގިނަ އަދަދެއްގެ ޕާޓީ ޑްރަގަކާ އެކު ވެސް ދެ ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މިހާ

    ލަންކާއަށް ދިވެހިން ދަނީ މަސްރުވާތަކެތީގެ ވިޔަފާރި ކުރާން ދޯ. ރާއްޖޭގައި ކުރެވޭލެއް މަދުވެގެން.

  2. ޝާ

    އަހަރެމެންގެ ޅަޒުވާނުން ފައިދާހުރި ހަލާލު ކާބޯތަކެއްޗައްވުރެ މިފަދަ ހަރާމް ތަކެތި ކައިބޮއިހެދުމަށް ދެވިހިފާފަ ހުރިމިންވަރު ފެނިފަ ދެރަވެ ހިތަށް އަސަރުކުރޭ..ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ..