ރާއްޖޭގެ އިދިކޮޅުގައި އޮތް ޕާޓީތަކުން އެހެން ގައުމުތަކަށް އިހުތިރާމްކުރަން ޖެހޭ ކަަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވެފައި ވަނީ މިހާރު އިދިކޮޅުން އިސްވެ މީސް މީޑިއާގައި ހިންގަމުން އަންނަ "އިންޑިއާއައުޓް" ކެމްޕޭނާއި ގުޅިގެން ރާއްޖެއަށް އެއްވެސް ގެއްލުމެއް އޮތްތޯ ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. އިދިކޮޅުން އަންނަނީ މި ކެމްޕޭން މީސް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން ފުޅާކޮށް ހިންގަމުންނެވެ.

މި ކެމްޕެއިން ކުރިއަށް ގެންދަނީ އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭ ކަމަށާއި، އެމީހުން ތިބުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ކަމަށް ބުނެއެވެ.

އިއްޔެ ފާހަގަކުރި ނަސްރުގެ ދުވަހާއި ގުޅިގެން ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރ މާރިޔާ ވިދާޅުވީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބިއަސް ވާހަކަ ދައްކަން ވާނީ ވިސްނުންތެރިކަމާއި އެކު ކަމަށެވެ. އެހެން ނަމަވެސް އެމީހުން ގެންދާ ހަރަކާތްތަކާއި ގުޅިގެން އެއްވެސް ގައުމަކުން ފިޔަވަޅެއް ނާޅާނެ ކަމަށާއި، އިދިކޮޅުގައި އޮތް ޕާޓީތަކާއި އެއްވަރަށް ބޭރުގެ ބޮޑެތި ގައުމުތައް "މޮޔަ" ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެން ވިޔަސް ކޮންމެވެސް ކަހަލަ އިހުތިރާމެއް އިދިކޮޅުން ބާއްވަން ޖެހޭނެ ބޮޑެތި ގައުމުތަކަށް. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރައްޔިތުން ބޭރުގެ ޤައުމުތަކާއި މެދު މިގޮތަށް ވާހަކަދައްކައެއް ނޫޅޭ" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިދިކޮޅު ޕާޓީއަށް ވުމުން އެެހެން ޕާޓީތަކާއި މެދު އެފަދަ ވާހަކަތައް ދެއްކުމަކުން މައްސަލައެއް ނެތް ކަމަށާއި، އެހެން ނަމަވެސް ބޭރުގެ ބޮޑެތި ގައުމުތަކާއި ދެކޮޅަށް އެފަދަ ވަހަކަތައް ދެއްކުމަކީ "ރީތިގޮތް" ނޫން ކަމަށެވެ.

އަދި މީގެ ކުރިން ފޮރިން މިނިސްޓަަރ އަބްދުﷲ ޝާހިދު އިންޑިއާ އައުޓް ކެމްޕެއިނަކީ ފިތުނައެއް ކަމަށް ވިދާޅުވިކަންވެސް މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ގެ އިތުރުން އެކި ފަހަރުމަތިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅިގެން އޭނާ ވިދާޅުވީ، މީގެ ކުރިން ޗީފް އޮފް ޑިފެންސްފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި ހަތިޔާރާއި އެކު މަސައްކަތް ކުރާ އިންޑިއާ ސިފައިން ނެތް ކަމަށް ވިދާޅުވެފައި ކަމަށެވެ. އެހެން ކަމުން އެ ސުވާލު ކުރިމަތިކުރުމުގެ ވެސް ބޭނުމެއް ނެތް ކަމަށް މާރިއާ ވިދާޅުވިއެވެ.

"ހަމަ އަޅުގަނޑުމެންގެ ޓެކްސް ލާރި އިން މި ހަރަދުކުރަނީ އަޅުގަނޑުމެންގެ ޑިފެންސް ފޯސް އަށްވެސް. އެކަމަކު އަޅުގަނޑުމެން އަދަދެއް ހާމައެއް ނުކުރޭ. އެއީ އަޅުގަނޑުމެންނަށް އަޅުގަނޑުމެން ގައުމުގެ މަސްލަހަތަށް އެއްމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެންނާތީ." މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ރަބަރޭ

    ތިޔާބޭފުޅުން ބައިނަލް އަގުވާމީ މީޑިޔާގާއިވެސް ޗައިނާގެ ލޯނުތަކަކީ ދަރަނި ދަންތުރައެއް ކަމުގާއި ކެނޑިނޭޅި ގޮވުން އެއީ އެހެން ގައުމުތަކަށް އިހުތިރާމުކުރުން ތޯ
    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    29
  2. ބެއްޔާ

    އިހުތިރާމްކުރުމަކީ އަބަދުވެސް ކުރަންޖެހޭކަމެއް. ބޮޑަކަށް ކުއްޖަކަސް. ތިމާ އިދިކޮޅުގަ ހުންނައިރުވެސް އެއްކޮޅުގަ ހުންނައިރުވެސް. ޗައިނާއަކީވެސް އިންޑިޔާއަކީވެސް ބޮޑު ބާރެއް. މިނިސްޓަރުގަމުގަ ނެތްއިރު އިހުތިރާމްނުކޮށް މިނިސްޓަރުކަން ލިބުނީމަ ތިމާއަށް އިހުތިރާމެއް ނުލިބޭނެ. ސިފައިންނަކީ ފިދަނަތަކެއްކަމަށް ޤަބޫލެއް ނުކުރެވޭ. އަދި ޕޮލިހުން ދެރަކުރުމަށް ޓާރކީސޯޓުލައްވާ ގަންބޫޓަށްއަރުވާފަ ދަނޑިގަނޑެއްދޭން ގޮވުމަކުން އިހުތިރާމެއް ނުލިބޭނެ. ޤާނޫނުއަސާސީއަށް ފައިންއަރާފަ ވެރިކަން ލިބުނީމަ އެއަށް އެންމެން ކަމޭހިތަން ގޮވުމަކީ ލަދުހަޔާތެއް ނެތްކަން ހާމަވިކަމެއް. އިހުތިރާމްގެ ވާހަކަނުދައްކަވާ ކަމަނާ.

    26
  3. ވިސްނާލުމަށް އެދެމޭ

    މާރިޔާ އިޙްތިރާ މު އުގުނެ މަށް އަސާސީކްލާހަށް ދާންއެދެން..ގައު މެއްގެ ގޮތުގަ ޗައިނާ ނުހި މެނެނީތަ ގައު މެއްގެގޮތުގަ ސައުދީ ނުހި މެނެނީތަ ... މާރިޔާ އިސްވެހުރެ އެގައު މުތަކާ ދެކޮޅަށް މުޒާހަރާކުރީ..ސައުދީ ރަސްގެފާނުގެ ދަރުތުރުފުޅު ހުއްޓުވީ ކޮންބައެއް..ޗައިނާއަށް މިގައު މު ވިއްކާ ދަރުވާފިއޭ ދަރަނި ދަންތުރައިގަ ޖައްސައިގެން ގައު މުތައް އަޅުވެތިކުރާބައެކޭ ގޮވަނީ ކޮންބައެއް..އިންޑިއާ އަށް ނުޖެހޭތަ ދިވެހިރާއްޖެއަށް އިޙްތިރާ މް ކުރަން...އެ މީހުންގެ ބެކްޔާޑޭ ދެފައިދަޑިއޭ ގޮވަނީ ކީއްވެ..ދިވެހިސަރުކާރުން އެ މީހުންގެ ސިފައިންނާ ހެލިކޮޕްޓަރުގެންދަން އެދުނީ މަ ގަދަހަދާފަ އެތިބީ އިޙްތިރާ މްކުރާވަރުންތަ..އިންޑިއާ ސަފީރު މިގައު މުގެ މުނިދިޕަލްޓީއާ ހަވާލުހުރި ރައީސެހެންއުޅެނީ އިޙްތިރާ މްގެ ބޮޑުކަ މުންތަ..

    22
  4. އައްޑޫ މީހާ

    ހަހަހަ ހަމަ އަސްލުތަ؟ އެއީ މާރިޔާވެސް ދަންނަ ކަމެއްތަ؟ އެހެން މީހުންނަށް އިހްތިރާމް ކުރުމަކީ؟ ކުރަން ޖެހޭ ކަމަކަށްވަނީ އިންޑިއާ އައުޓްއޭ ބުނީމަތޯ؟ ދިވެހި ސިފައިންނަކީ ފިދަނަތަކެކޭ ބުނެ ކުރީ އިހްތިރާމްތޯ؟ ދިވެހި ފުލުހުންނާއި ތަޅާނެ ކުދިންކޮޅެއް ހޯދަން ދުވީ އިހްތިރާމް ކުރެވުނުވަރު ބޮޑުކަމުންތޯ؟ ބުނަން ފުރަތަމަ ތިމާގެ ކިބައިގައި އެހެން މިހުންނަށް އިހްތިރާމް ކުރުމުގެ ކަންފުޅެއްވެސް ނެތް ހާލު އެހެން މީހުންނަށް އިލްތިމާސް ތަކާއި ނަސޭހަތްނުދީ އަމިއްލަ ނަފްސު އިސްލާހުކުރުން މާރަނގަޅުވާނެ

    23
  5. ރަކިވެގެދީ

    ފުރަތަމަ އަމިއްލަ ވެރިކަމެއް ކުރާ ގައުމަކަށް މިގައުމުވާންޖެހޭ. އަދި ވެރިކަން ކުރާޕާޓީން އިދިކޮޅު ޕާޓީ އަށްއިހްތިރާމްކުރަންޖެހޭ އިދިކޮޅުޕާޓީގެ ހައްގުތައްކަށަވަރުކޮށްދޭންޖެހޭ އެއިންއެއްކަމެއްވެސް ނުވާ ބަޔަކު އަދިމުޅިގައުމު ފުނޑާލާފަ އިހްތިރާމް ގެ ވާހަކަ ދެއްކީމަ އެއީބޮޑުޖޯކެއް.

    22
  6. ރާޙަތު

    ދިވެހި ރާއްޖެއަށް އެންމެ ބޮޑަތި ޚިދުމަތްތައްދީ ކުދިކުދި އިންޓެރެސްޓާއެކު ބޮޑަތިލޯނުތައް ދިގުމުއްދަތަކަށް ދޫކޮށް ޢުމްރާނީ އިޖްތިމާޢީ ރޮގުން ބޮޑަތި ޚިދުމަތްތައް ދެމުންދިޔަ ޗައިނާއަށް ކަލޭމެން ކުނިހުތުރުގޮވައި ވަގަށް ގޮވާ އެވަރުންނުވެގެން ޗައިނާގެ ޓޫރިސްޓުންނާދިމާކޮށް ފެލިއެރުވިއިރު ތިބުނާ އިޙްތިރާމް އޮތީ --- ދަށުގައިތަ؟ ލަދުވެސް ކުޑައޭ ދޯ؟

    19
  7. ކުޑަކާށި

    ސަރުކާރުން މިޤައުމަށް އިޚްތިރާމްކުރުން މާއައުލާކަންބޮޑު ނޫންތޯ ؟

    29
  8. ކުޑަކާށި

    އެމް.ޑީ.ޕީ. ސަރުކާރުން ދިވެހިޤައުމަށް އިޚްތިރާމްކުރުން މާއައުލާކަން ބޮޑު ، ދިވެހިން ވޯޓް ދިނީމަ އިންޑިއާ އަށް ޤައުމުއަޅުވެތި ކުރުންހުއްޓާލުން އެދެން.......

    19
  9. Anonymous

    ތިމާގެ އަމިއްލަ ގައުމަށް ހައްޕުނޑު ކުޅު ޖަހާފަ އެހެން ގައުމުތަކަށް އިހްތިރާމް ކުރުމުގެ ވާހަކަ ދައްކާނީ ލަދުހަޔާތް އަރުއްވައިގެންފައިތިބޭ މީހުން.

    27
  10. ސަމްސާ

    މާރިޔާ ކޮޅުން ދިވެހި ސިފައިންނާއި އެމީހުންގެ ހުނަރަށް އިހްތިރާމްކޮށް އެމީހުންނަށް ދޭންޖެހޭ ފުރިހަމަ ހައްގު ޝުކުރު އަދާކުރަންވީ އެއްނުން ؟
    ރާއްޖެ ހިފިދާނެއޭ ބުނީމާ އެއިގެ މާނަ ވަރަށް ފުން. ގޮސްގުޅެނީ ދިވެހި ސިފައިނާއި.
    ވީމާ އަމިއްލަ ގައުމަށް އިހްތިރާމްނުކޮށް އެހެން ކޮންބަޔަކަށް އިހްތިރާމް ކުޜާނީ ؟

    19
  11. ސަމްސިއްޔާ

    ކަމަނާ ފުރަތަމަ ގާނޫނު އަސާސީއަށާ އަމިއްލަ ގައުމުގެ ސިފައިންނަށް އިހްތިރާމް ކުރަން ދަސްކޮށް ބަލަ. އެހެން މީހުންނަށް ނަސޭހަތް ލައިނުދީ.

    16
  12. މުރުސާދު

    ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިސްގެ މެންބަރަކަށްވެހުރެ ގާނޫނު އަސާސީ ކަލެއާއި ކެނެރީގެ ނަޝީދުގެ ދެބެންގެދަރި މީހަކާއި ދެމީހުން ފައިންއަރާގެންތިބެ މަޖިލިސްގައި ނާޖަޗަރަންގީ ކުޅުނުއިރު ތިބީ ހަމަހޭގައިތޯއާއި އެއީ ދުރޫސުލް އަޙްލާގުގެ މައްސަލައަކަށް ނުވެ، ބޭރުގެ ބޮޑުބާރަކާއި މުޙާތަބު ކުރާއިރު މާތްބަހުން ވާހަކަ ދައްކަވަން ހިތްވަރުދޭއިރު ހީވަނީ ކުޑަގައުމުތަކަށް އިހްތިރާމް ކުރުމަކީ ކުރަންޖެހޭ ކަމެއް ހެންނެވެ. މިވެރިން ތިބޭ ހަމަހޭގައިކަމާއިމެދު ޝައްކުކުރެވެނީ މިވެރިންގެ އަމަލާއި ބަސް ދިމާނުވާތީއެވެ. އަމުރުކުރަން އެދޭނަމަ ފުރަތަމަ ތިމާއިސްލާހުވާށެވެ.ކަލޭ އަމިއްލަ ގައުމަށްވުރެ ބާރުގަދަ ގައުމަށް ތިހާވަރަށް އިހްތިރާމްކުރަނީ އެމީހުންގެ ފަރާތުން ކޯޗެއްލިބެނީތޯއެވެ.

    13
  13. މަންޓި

    ކަލޭ މެން ދިވެހިންނަށް އިހުތިރާ މު ކޮށްބަލަ ފުރަތަ މަ

    22
    1
  14. ކުރީގެ ތަޖްރިބާތައް

    އިދިކޮޅު ގައި ތިބިއިރު ކުރި ކަންތައްތައް އަދި ހަނދާން ނުނެތޭ. މޭޒު މައްޗަށް އަރައިގެން އުޅުނު މަންޒަރެއްވެސް ފެނުނު. މިދުވަސްވަރު އިދިކޮޅުގައި ތިބިނަމަ ކަންތައް ހުންނާނީ ކިހިނެތްބާއޭވެސް ހިތަށްއަރާ.. ކުރީގެ ތަޖްރިބާތަކަށް ބަލާއެިރު، ޔޫރަޕާއި ލަންކާގައި ބައްދަލުވުންތައް ހިނގަމުންދާނެ ކަމަށް ބެލެވެނީ. މުޒާހަރާތައް މަތިމައްޗަށް ހިނގާނެ. މަޖިލިސްތެރޭގައި ފުމެފުމެ އުޅުންގިނަވާނެ

    15
  15. ހުސެން

    ސަރުކާރުން ރާއްޖެ މިނިވަން ކަން ދަމަހައްޓާން ޖެހޭ

    19
  16. ރޯދަ މުބާރިކް

    އިހްތިރާމްކޮށްފަ އިހްތިރާމް ހޯދާ! ޖެހިގެން ދެންްޏާ ލިބޭނީ ޖެހިގެންތިބެ!🤣🤣🤣 ގޮޓް އިޓް.؟!!

    19
  17. ޒަމާނުއްސުރެ

    "ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރައްޔިތުން ބޭރުގެ ޤައުމުތަކާއި މެދު މިގޮތަށް ވާހަކަދައްކައެއް ނޫޅޭ" ރަނގަޅުވާހަކައެއް. ހަމަ ތިގޮތަށް ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރައްޔިތުން ބޭރުގެ ޤައުމުތަކުގައި ރާއްޖޭގެ ވާހަކަ ބަދުނާމުކޮށް ނުދައްކާ. އެކަންތައް ބަދަލުކޮށްލީ ކޮންބައެއްތޯ؟

    14
  18. އަހްމަދު

    ތިޔަކަހަލަ ކަނޑުކޮހަކާ ދިފާއީބާރުހަވާލުކުރީމާ ވާނެހައެތި ފެންނަމުންއެދަނީ ކަމަނާވެސް ޖަވާބުދާރީ ވާންޖެހޭދުވަހެއް އަންނާނެ ﷲގެއިރާދަފުޅުން އެދުވަސް މިހާރުމާދުރެއްނޫން އިންޝާﷲ

    14
  19. ހައިބެ

    އަނހާ ކޮބާ ލަދުފުޅު. ޗައިނާއާ ސައުދީއާ ދިމާލަށް އޭރު އިދިކޮޅުގައި ތިބެ ކިޔުނުހާ އެއްޗެހި މަދީތޯ. ތިމާމެންނަށް ހަލާލުކޮށް ހަދާ ކަންތައް އެހެން މީހުންނަށް ހަރާމޭ ތިކިޔަނީ.

    15
  20. ވެރިން

    މަރިޔާ މެން ތިކަންތައް ދަސްކޮށް ދިނީ ،ދަސްކޮށްދީފަ ދެން އެހެން ގައު މޭ އިހްތިރާމޭ ކީ މަ ވަރށްވެސް ޖޯކް

    20
  21. އަބްދޫ

    ސަރުކާރުން ހުރިހާގައުމުތަކާ ހަމަހަމަ ސިޔާސަތެއް ގެންގުޅުނުނަމަ އިދިކޮޅުވެސް ވާނީ ހަމަހަމަ ބަޔަކަށް.މިއަދު ގައުމު މިވަނީ 3 ނޮވެމްބަރު 88 ގަ ޕްލޮޓް ޖަމާއަތާ އިންޑިޔާއިން ރޭވި ރޭވުން ނާކާމިޔާބު ވުމުން މިއަދު މިވަނީ އެރޭވުން ތަންފީޒު ކޮށް އިންޑިޔާއާ ގައުމު ހަވާލުކޮށްފަ.

    13
  22. ބޭރިއާ

    ޗައިނާވަރުގެ ބޮޑު ގައުމަކާ ޖައްސާލައިގެން އެތައް ދޮގެއް ރައްޔިތުންކައިރީ ހަދަން ކަލޭމެން ލަދުގަތްތަ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބެ ތިމާމެން ނުވިސްނާ ދެއްކި ވާހަކައިން ވެރިކަމަށް އަރާފަ އެންމެ ފަހުން ސޯޓު ބޭލުނީ. މިހާރުވެސް ތާކުންތާކު ނުޖެހޭ ދޮގު ވާހަކަ ނަޝީދު ޗައިނާއޭ ކިޔައިގެން ދައްކާއިރު އިހަށް އޭނައަށް ތިޔަ ނަސޭހަތްދީބަލަ.

    14
  23. ާފަލަކް

    ފުރަތަމަ ކަލޭ އިޙްތިރާމް ކޮށްބަލަ، މި ދިވެހި ރާއްޖެއަށާ، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އަށާ، ދިވެހި ދައުލަތުގެ މުދަލަށާ، ދިވެހި ޤައުމުގެ ސަލާމަތީ ބާރުތަކަށް،
    ތީ މި ރާއްޖެ ހިފަން އައި ބާޣީންނާ އެއްކޮޅުގަ ހުރެ، ޤާނޫނު އަސާސީ މައްޗަށް ފައިން އަރާ، މަޖުލިސްކުރާގޭގަހުރި ދައުލަތުގެ ހަރުމުދަލަށް ގެއްލުންދީ، މި ޤައުމު ދިފާއުކުރަންތިބި ސަލާމަތީ ބާރުތަކަކީ ފިނދަނަތަކެކޭ ބުނިމީހާ ،
    ފުރަތަމަ ކަލޭ ދަސްކޮށްބަލަ އިޙްތިރާމަކީ ކޯޗެއްކަން،
    ކަލޭ އިޙްތިރާމްގެ ވާހަކަ ދެއްކީމާ އަހަރެމެންގާތަށް އަންނަނީ ، ހިނި.

    13
  24. އޮޅުވާލި ވޯޓު

    އިންޑިއާ އައުޓު

    17
  25. މަސްއޫދު

    ގާނޫނުއަސާސީއަށް އިހުތިރާމުނޮކޮށް ކޮޅުފައިން އެރިމީޙަކު އިހުތިރާމުކުރުމުގެ ވާހަކަ ނުދެއްކިއްޔާ މާ ރަގަޅުވާނެ! ލަދުހަޔާތް ކޮބައިތަ! ތިޅާގެ މަންމަވިހޭ ލަދުހަޔާތް މަހުޔެރެއަށް ދޫކޮޮށްލައިފައިދޯ!

    12
  26. މަބޭ

    ލަދުހަޔާތްކުޑަވިޔަސް ތީބޮޑުވަރު އަނިއްލަގައުމައް އިހްތިރާންނުކުރާބަޔަކު އެހެންގައުމުތަކައް އިހްތިރާމްކުރާށޭމިޖިޔަނީ

  27. މުހައްމަދު އަންޖުމް

    ކިހާދެރަކަމެއް ފުރަތަމަ ތިމާމެން ކުރީގަތިބެންނޫންތަ އިހް ތިރާމްކުރަންވީ އޭގެފަހުގަދޯ ތިޔަޒާތުގެ ވާހަކަ ދައްކަންވީ ތިމާމެން ތިޔައުޅޭމޯދީޔާ އެމެރިކާ ނޫންއެހެންބަޔަކަށް ކުރި އަދި ކުރާއިހްތިރާމްފިޔަވާ ކުރިކަމެއް ނިކަން ބުނެދީފާނަންތަ ލަދަކީވެސް އިންސާނެއްގަވިއްޔާ ހުންނަންޖެހޭ އެއްޗެއްކަމަށް ވާއިރު ތިމާމެން ޒާތްޒާތުގެ ވާހަކަ ދައްކާއިރު ހުންނަތަނެއް ވެސް ނުފެނޭ ވީއިރު ދެންކޮންވާހަކައެއް ދައްކާކަށް ތިމާމެއް އިދިކޮޅުގަ ތިބިއިރު ކިތަށްގައުމުގަ ސަލާންޖެހީ ރާއްޖެޔާ ގުޅުން ކަނޑާލުމައް އެދި މިއަދު އިދިކޮޅުގަތިބި މީހުން އެކަ ހަލަ ކަމެއްކުރޭބާ؟ ނުކުރޭ އަދި ނުވެސްކުރާނެ ކިޔާހާ އެއް ޗަކީ ތިޔަގޮތަށް ރަތްލާޖެހި ހިންދޫއިންނަށް މިގައުމު ވިއްކާ ނުލާށޭ އެމީހުން ކުރިންވެސް އެހީތެރިވީގޮތަށް އެހީވިޔަސް އޯކޭޔޭ ނަމަވެސް މިގައުމަށްއަރާ އަޅުވެތި ނުކުރުވާށޭ ނަމަ ވެސް ތިކޮޅުން ތިޔަގެންދަނީ މިގައުމުގެ މާދަމާގެ އަމާންކަން ބަޔަކަށް ވިއްކާލަމުން އެކަމަށް ނޫނެކޭއަހަރެމެން ބުނާތީ

  28. ފައިރޫޒު

    މާރިޔާ ދީދީ އެވެ. އިދިކޮޅަށް ވުރެ ބޮޑަށް އެކަމަށް ސަމާލުކަން ދޭންވީ ސަރުކާރާއި މަޖުލީހުންނެވެ.

  29. މާރިޔާ

    ހުއްޓަލާ! ހުއްޓާލާ! އެބަސް އަނބުރާ ގެނެސްފިން. މިހިރަ ކޮމެންޓްތަކުން ދެކަމުއެކީ ހާޖަތައް ދެވިއްޖެ.

  30. ބޯކިބާ

    ކަލޭމެން ޗައިނާއަށް ފުރައްސާރަކޮށްފަ ތިކަހަލަ ވާހަކަ ތިދައްކަނީ.

  31. ަައަބޯ

    ޢިހްތިރާމް ބޭނުންނަމަ އިހްތިރާމްކުރަންވެސް ދަންނަންޖެހޭ!
    ޢިހްތިރާމް ބޭނުންނަމަ އިހްތިރާމްކުރަންވެސް ދަންނަންޖެހޭ!
    ޢިހްތިރާމް ބޭނުންނަމަ އިހްތިރާމްކުރަންވެސް ދަންނަންޖެހޭ!
    ޢިހްތިރާމް ބޭނުންނަމަ އިހްތިރާމްކުރަންވެސް ދަންނަންޖެހޭ!
    ޢިހްތިރާމް ބޭނުންނަމަ އިހްތިރާމްކުރަންވެސް ދަންނަންޖެހޭ!
    ޢިހްތިރާމް ބޭނުންނަމަ އިހްތިރާމްކުރަންވެސް ދަންނަންޖެހޭ!
    ޢިހްތިރާމް ބޭނުންނަމަ އިހްތިރާމްކުރަންވެސް ދަންނަންޖެހޭ!

  32. ދަ ބަރު

    މާރިޔާ ފުރަތަމަ ގާނޫނު އަށާސީއަށް އިހުތިރާމްކުރުމުގެ އަވައިނަސްޕުރޮގުރާމެއްގައި ބައިވެރިވެފަ އެހެންމީހުންނަށް އިހުތިރާމްކުރަން ގޮވާލިއްޔާ މާތާހިރުވާނެ .

  33. ޖަޕާނީ

    ބަލކަމަނާ އިންޑިޔާއިން މިސައިލެއް އަރުވާލަފާނެތީ ބިރުފުޅުން އުޅުއްވިޔަސް ރައްޔަތުން މިސައިލެއްދެކެ ބިރެއް ނުގަންނާނެނޫންތޯ އިހުތިރާމްއަކީ ލިބިގަންނަން ޖެހޭ އެއްޗެއް އެފައިދަށުލިމަ އިހުތިރާމެއް ނުލިބޭނެ ނޫންތޯ