އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދަށް ވާދަނުކުރެއްވޭނެ ކަމަށް އަންގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން، އެކަމަށް ހުރަސްއަޅަމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ އެކަން ހުއްޓާލަން އެ ޕާޓީން އެދެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިފިނަމަ އެމްޑީޕީ އުވާލަން ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

އީސީ އަށް ފޮނުވި ސިޓީގައި އެމްޑީޕީން ބުނީ ރައީސް ކަމަށް ޝަރުތު ހަމަވޭތޯ ކަނޑައެޅުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި ގާނޫނުއަސާސީ އިން އެ ބާރު ދީފައި އޮންނަނީ ސުޕްރީމް ކޯޓަށް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތައް ފުރިހަމަކަމާ މެދު އެއްވެސް ޚިލާފެއް އުފެދިއްޖެ ނަމަ، އެ ކަމެއް ވަކި ގޮތަށް ނިންމުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް،" ސިޓީގައި ވެއެވެ.

އެ ސިޓީގައި ވަނީ ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަށް އުނިކަމެއް ލިބޭ ފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނެ ފަދަ ގޮތަކަށް އެއްވެސް މާއްދާއެއް ތަރުޖަމާކޮށްގެން ނުވާނެ ކަމަށެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދަށް ހުރަހެއް ނެތްއިރު، އިލެކްޝަންސް އިން އެކަން ހުއްޓުވުމަކީ ގާނޫނުއަސާސީގެ 69 ވަނަ މާއްދާއާ ވެސް ޚިލާފު ކަމެއް،" އެ ސިޓީގައިވެ އެވެ.

އެމްޑީޕީ އަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ވިދާޅުވީ ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާ ބޭފުޅެއް ކަމަށާއި ހައިކޯޓުންނާއި ކްރިމިނަލް ކޯޓުން ވެސް އެޙުކުމަށް ތާއިދު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ކިބައިން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަރުތު އުނިވެފައިވާ ކަމަށް ސިޓީގައި ވެއެވެ.

އަދި ޕެރޯލްގެ ޤާނޫނުގެ ދަށުން ވެސް ރައީސް ނަޝީދަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސިޓީގައިވެއެވެ.

އެހެންކަމުން ޝަރުތު ހަމަނުވާ ބޭފުޅަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ގެއްލިފައިވާ ބޭފުޅަކަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު އަސާސީ އާއި ޤާނޫނޫނާއި ހިލާފު ކަމަކަށް ވާތީ މިފަދަ ކަމެއް އެމްޑީޕީ އިން ކޮށްފިނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ 31 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީ އާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސިޓީގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޕޮފުބާ

    ޓެރެރިސްޓަކަށް ވާދައެއް ނުކުރެވޭނެ

  2. އާއްހާއް

    ނަޝީދަށް ވާދަނުކުރެވޭނެ ކަމަށް އެންގުމުގެ ބާރު އިލެކްޝަންސަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީ އަށް ބުނުމުގެ ލެޖިޓިމެސީ އެއް އެމެންނަށް ނޯންނާނެއޭ ބިކޮޒް ސިޔާސީ ޕާރޓީ ތައް ހިނގަނީ އެއީ އިލެކްޝަންސް ކަމިޝަން ގެ ބެލެނިވެރި ކަމުގެ ދަށުން އިލެކްޝަންސް ކަމިޝަނުން އަންގާ ގޮތަށޭ ސިޔާސީ ޕާރޓީ ތަކުގެ ގާނޫނުގައި ބަޔާން ކުރާ ގޮތުން ސިޔާސީ ޕާރޓީ ތަކުގެ ވެރިފަރާތަކީ އެއީ އިލެކްޝަންސް ކަމިޝަން އޭ ކެނެރީގެ ނަޝީދު ވެރިކަމާއި ހެދި ހޭދެބައި ވެފައި ހުރި ވަރު ބޮޑު ކަމުން އޭނާ ކުށްވެރިއަކަށް ވާއިރު އޭނާ އެހެން މީހަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަން ޖާގަ ނުދީގެން އުޅެނީއޭ އެމްޑީޕީ އަށް ކެނެރީގެ ނަޝީދު ގެ ނަން ބާއްވައިގެން އެއްގޮތަކަށް ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވިޔަ ދީގެން ނުވާނެއޭ ރާއްޖޭގެ އެއްވެސް ރިސޯރޓެއްގައި ވެސް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ވެސް އޭނާ އެއުޅެނީ ވެރިކަމާއި ހެދި ހޭދެބައިވެގެން ނޭ ކެނެރީގެ ނަޝީދު ވެރިކަމަށް އެއަންނަނީ ދައުލަތުގެ ޚަޒާނާ ދަވާލަން ވެގެން ނޭ އޭނާ އަށް އެފުރުސަތު އެއްވެސް ގޮތަކުން ދީގެން ނުވާނެއޭ ނުވާނެއޭ ސިޗުއޭޝަން ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ. އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް. އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް..

  3. ޣހޖ

    އެހެންވިޔާ ޖަލުގައި ތިބި އެންމެންނަށް ކުރިމަތި ލެވެން ޖެހޭނެ އމޑޕ އަކީ ތަންދޮރު ނުފިލާ ބައިގަޑެއް

  4. Anonymous

    ގަމާރުންތަކާ އަންނި އަކީ ބޮޑު ގައިދީއެކޭ. ގައިދީންނައް ރައީސްކަމައް ކުރިމައްޗެއް ނުލެވޭނެ. ހަސަން ލަތީފު ހުރީ ބޯބުރާންތިވެފަތަ

  5. Anonymous

    ހެއުވަރުގެ އަނދަނގޮޑިއެއް ޖަހާނެ ވަޑިންކޮޅެއް ބޭނުން.

  6. Anonymous

    މިއަދު ރޯދަތަ

  7. ޖޮއްބެ

    އެހެންތަ؟ އެއީ މަތިން ފައިބާހުންނެވި ބޭކަލެއްތަ؟ ތިއޮތީވާ ނަޝީދެއްތާދޯ. އަދިވެސް ކަލޭމެން ނަކަށް ސައިޒަށް ތިރިވާކަށް ނޭނގެޔޭދޯ. ކަލޭމެން ތިޔަތިބެނީ ނަޝީދަކީ މާމޮޅު މާބާރުގަދަ މީހެއް ކަމުގައިދެކިގެން ތަސްބީހަކިޔާހެން ނަޝީދު....ނަޝީދު.....ނަޝީދު ކިޔާލަ ކިޔާލާ. ކަލޭމެންނަކަށް ނޭނގޭތަ ނަޝީދަކީ ކުށްވެރިވެގެން ޖަލަށްލާފަ ހުއްޓާ މަކަރަކުން ސަލާމަތްވެގެން ގޮސް ފިލައިގެން އުޅޭމީހެއްކަމެއް؟ އަޖައިބެއްނުވާނެތަ؟ ބަލަ އިލެކްޝަންސް ކަމިޝަނުން ކުރާނެ ކަންކަމާ ނުކުރާނެ ކަންކަން އެނގޭނީ އިލެކްޝަނަށޭ. ކަލޭމެން ރީނދޫ ފެއިލިއަރުންނަކަށްނޫނޭ....!!!

  8. ނުރަބޯ

    ދިވެހިދައުލަތުގެ ގާނޫނު އަސާސީ ބުނާގޮތުން ކެރަފާ ނަޝީދަށް 2018 ގެ ރިޔާސީ އިންތިޚާބުގައި ބައިވެރި ވެވޭނެ އެއްވެސް ގޮތެއް ޙައިޘިއްޔަތެއް އަދިނެތް.

  9. ޕޮފުބާ

    ދެން ވާދަކޮއްބަލަ ކޮސްނުގޮވާ ތިއުޅެނީ މީހަކު އެއްޗެއްބުނޭތޯ

  10. ސަލީމްބެ

    ގަދަބާރު ދައްކައިގެން އެމްޑީޕީ އަށް ހާސިލްވި މަގްސަދެއް އެބައޮތްތަ؟ ނަށީދު ކުރަމުންދާ ނޭއްގާނީ ބައެއް ކަންކަމުގެ ސަބަބުން ހުރިހާ ނިކަމެތިކަމެއް ލިބެނީ ސިޔާސީ ގޮތުން އެޕާޓީ ގެ މެންބަރުންނަށް ނަށީދުގެ އަމަލްތަކުގެ ސަބަބުން ސިޔާސީ މުހިންމު ފުރުސަތުތަށް ގެއްލި އިންތިހާބު ބޯމަތިވާއިރު އެޕާޓީއަށް ސިޔާސީ ހަތަރު އުދަރެސް ފެނުޖެހި ގޮތްހުސްވާއިރު އެޕާޓީގެ ތެރެއިން ހިކިފަސްތަނެއް ހޯދަން މަސައްކަތެއް ނުކުރުމަކީ ޑިމޮކްރަސީ އާއި ސިޔާސީ ގޮތުން އެއްވެސް މިންވަރެއް އެމީހުންނަށް ދޭހަ ނުވާކަން ސާބިތުވާ ހެއްކެއް. ނަށީދު ބޮލަށް ލައިގެން ހިކިފަސްތަނެއް ހޯދަން މަސައްކަތް ކުރާ ބައެއް ވާނީ ސިޔާސީގޮތުން މަރުކަން ހަނދާންކޮށްދެން.

  11. ޣާދިރު

    ގަމާރުރައީސްގެ ޕާރޓީގަ ތިބީވެސް ހުސް ގަމާރުން.. އީސީ އަކުން ނޫޅެ ތިޔަކަން ހުއްޓުވާކައް.. އީސީން ކިޔައިދެނީ ގާނޫނު އޮތް ގޮތް.. ވަރައްސަލާމް

  12. Abdul Latheef

    ނަޝީދު ކިޔާތީ ވަކި ގޮތެއް. އެހެން މީހުންނަށް ވަކިގޮތެއް. މީކިހިނެއް ހިގާ ކަންތަކެއްކަން މަށަށް ބުނެދީބަލަ. ނަޝީދަށް ވާދަކުރެވޭނެނަމަ ޖަލަށް ޙުކުމް ކޮށްފަ ތިބި ހުރިހާ އެންމެންނަށްވެސް ރިޔާސީ އިންތިޚާބުގަ ވާދަކުރެވެންވާނެ. މިކަމުންވެސް ދޭހަވެގެންދަނީ ތިޔަ އުޅޭ ޤައުމީ މަޖިލީހުގެ މެމްބަރުންގެ ނިގޫ ތާށިވެފަހުރިލެއް ބާރުކަން. އެހެންވީމަ އޭގެން މީހަކަށް ނެތޭ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގަ މިކަލޭގެ ނިކުންނަންޏަކާ ނިކުމެވޭކަށް. މިދެން ކިހާބޮޑުވެއްޖެ ބަލާވެރިކަމެއްތަ؟ ދިވެހިރައްޔިތުން މި ނަޝީދުގެ މުޞީބާތުން ސަލާމަތްވާނެ ދުވަހެއް ދެއްކެވުމަށް ﷲ އަށް ހިތުގެ އެންމެ ފުނުން އެދި އާދޭސް ދަންނަވަން. ޔާ ﷲ އަޅަމެންނަށް މިނޫން ދުވަހެއް ދައްކަވާދޭވެ. އާމީން!

  13. ދީދީ

    ތިހެން ބުނުމުގެ ބާރު ކަލޭމެންނަށް ލިބެނީ ކިހިނެތް؟
    ރ. ނަޝީދަކަށް ރިޔާސީ އިންތިޚާބަކަށް ޤާނޫނޫ ބަދަލު ނުކޮށެއް ކުރިމައްޗެއް ނުލެވޭނެ ކޮސް ނުގޮވާ

  14. އަބްދުއްލާ

    ގާނޫނާ ހިލާފު ކަމެއްކުރާނަމަ އެކަން ނުކުރެވޭނެ ކަމަށް އިލެކްސަނަށްވެސް އެންގޭނެ