ހދ.ކުޅުދުއްފުށީ ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ވަޅިން ހަމަލާދީ މާރާމާރީ ހިންގާފައި ވަނީ ކުޅުދުއްފުށީ "ބަރާބަރު" ފިހާރައިގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އެފިހާރައިގެ މުވައްޒަފެކެވެ.

މިހާދިސާ ހިނގީ މިއަދު ހެނދުނު 11:30 ކަންހާއިރުއެވެ.

ވަޅިން ހަމަލާ ދިން ޒުވާނާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށި ފިހާރައެއްގެ ތެރޭގައި މީހަަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަަށެވެ.

އަދި އެ ހާދިސާގައި ޒަހަމްވެފައި ވަނީ 22 އަހަރުގެ ޒުވާނެއް ކަމަށާއި، އެ މީހާގެ ހާޅު ސީރިއަސް ނޫން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުން ވަނީ 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުނީރު

    ކުށުގެ ވެށިން ކުޅުދުއްފުށިން ނުފެންނަ ހަމައެކަނި މަންޒަރަކީ ވަޅި ހެރުން. މިހާރު ކުޅުދުއްފުއްޓެކޭ މާލެޔެކޭ އައްޑޫއެކޭ ކޮބާ ތަފާތަކީ

    12
    1
  2. ޖައިލަމް / އެމް.އޭ.ސީ.އެލް ، ޑިއުޓީ ޕްރީ

    ރަށުގައި ހިނގާ މިފަދަ ކަންތަކުގެ ސަބަބުން ލަދުން ބޯހަލާކު.

    8
    1
  3. ހުއްޓާ

    މަޑުމަޑުން އުތުރުވެސް ތަރައްޤީވެ ޑިމޮކްރަސީ އަންނަނީ.. ނިޝާންތަށް! މެދުން ފެށިގެން ދެކުނަށް މި ބަދަލު އައިތާ ކިތަންމެ ދުވަހެއް! އަވަހަށް ފިޔަވަޅު އަޅާ ހުއްޓުވާ

    9
    3
  4. ގަން

    ކިހާ ވަރުގަދަ ވެއްޖެ ކަމެއްތަ...ކޮން މިނިވަން ކަމެއް ކޮން ޤައުމިއްޔަތެއް ކޮން ނަޞްރެއް ރައްޔިތުންނަށް އޮވެގެންތަ މިއުޅެނީ....ހަމަ ޖެހިލައިގެން ދިރިއުޅެވޭކަން ނެތް މިތާކު... އަމާން ކަމާއެކު މަގުން ހިނގާފަ ދެވޭކަށް ނެތް.. މުދަލެއް ގެންގުޅެވޭކަށް ނެތް...ވަޒީފާއެއްގަ އުޅެވޭކަށް ނެތް...ހަމަ ޖެހިލައިގެން ނިދާލެވޭކަށް ނެތް...ވިޔަފާރިއެއް ކުރެވޭކަށް ނެތް...ދޯންޏެއް ދުއްވޭކަށް ނެތް...ސަރުކާރުތަކުގެ މަތީ ފަޑީގައި ތިބި މީހުން މަޖިލިސްގަ ތިއްބަވާ ޢިއްޒަތްތެރިން ރައްޔިތުންނަށް ކޮން އަމާންކަމެއްތޯ ތިޔަ ހޯއްދަވައި ދެއްވަނީ....

    11
    1
  5. މޮޔަ މީހާ

    ބަލަ ކާކުތަ ވަޅި ޖެހީ؟ ޖެހި މީހާގެ އެއްވެސް މައުލޫމާތެއް ނެތީ ކީއްވެތަ؟

    9
    2
  6. ތުއްތުބޭ

    ވަޅި ޖެހީ ކީއްވެތަ؟ ޖެހި މީހާއާއި ބެހޭ މައުލޫމާތެއް ނެތްތަ؟

    9
    1
  7. މަ

    ސިޓީއަކަށް ވީމާ ކުރަންޖެހޭ ކަމަކީ ތޯޗެ

    8
    1