މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމާއި ބެހޭ އިދާރާތަކާއި އެކު މަޝްވަރާ ކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އިސްވެރިންނާ ބައްދަލު ކުރައްވައި ވާހާކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ނައީބު ރައީސް ވަނީ ބްލަޑް ސަރވިސަސްގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، އެ ކަމެއްގައި ޝާމިލުވާ ހުރިހާ އިދާރާއެއްގެ ހިއްސާއާއި ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ނިންމުމަށް އެދިވަޑައިގަންފައެވެ.

އަދި، އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް އެ ސަރވިސަސްއަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ ހިދުމަތްތައް ފެށުމަށް ކުރަމުންދާ ތައްޔާރީތަކާއި، ހިދުމަތް ހޯދާ މީހުންގެ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް "ޑިޖިޓަލައިޒް" ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނައިބް ރައީސް އާއި ހިއްސާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ނައިބް ރައީސަކު އެބަހުރިތަ މި ގައުމުގަ؟އެބަހުރި ދޯ؟

  2. ނަސީމާ

    ރާއްޖެ ތެރޭގަ ލޭއަޅާ ކުދިންނަށް ފަސޭހަ އިންތިޒާމު ހޯދައިދެއްވަބަލަ.