ސޯޝަލް ނުވަތަ އިޖުތިމާއީ ގޮތުން އެހީތެރިކަން ބޭނުންވާ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަން (އެލަވަންސް)ގެ ރިވިއުއެއް ހަދަން ނިންމައިފިއެވެ.

އ.ދގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ބައްދަލުވުމުގައި، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރާ މަސައްކަތްތަުގެ މައުލޫމާތު ޙިއްސާކުރައްވަމުން، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި އެކަނިވެރި މައިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވެންސްގެ ފައިދާ ކުރާ މިންވަރު ދެނެގަތުމަށް ރިވިއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އެ ރިވިއުގެ ތެރެއިން، ރާއްޖޭގައި ހަވާސާވެފައިވާ ފަރާތްތަކާއި، ނުރައްކަލަށް ހުށަހެޅިދާނެ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ލިބޭތޯ ވެސް ބެލުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު އިތުރަށް ވިދާޅުވީ ހުރިހާ އެންމެން އެކުލެވޭ ގޮތަށް ސަރުކާރުގެ ޕޮލިސީތައް ހެދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މިނިސްޓަރ ވަނީ އެ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެކި ަކންކަމާއި އަންހެނުންގެ ކުރިއެރުމަށް މި ސަރުކާރުން ކުރާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ރައީސް ސާލިހުގެ ސިޔާސަތަކީ އަންހެނުން ބައިވެރިކޮށްގެން ޕޮލިސީ ލެވެލްގެ ނިންމުންތައް ކަނޑައެޅުން ކަމަށް ވާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ މިންތީގެ ތަފާތުކުރުންތައް ނައްތާލަން މި ސަރުކާރުން ދެ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

"ކެބިނެޓްގެ %35 އަންހެނުން ހިއްސާ ކުރާ އިރު، ސްޓޭޓް މިނިސްޓަރުންގެ ތެރެއިން %20 އަށް ވުރެ ގިނަ މީހުންނަކީ އަންހެނުން. ސިވިލް ސަރވިސް މުވައްޒަފުންގެ %63 މީހުންނަކީ އަންހެނުން، %22.3 މީހުންނަކީ ނިންމުންތައް ނިންމާ ފެންވަރުގެ މަޤާމުތަކުގައި ތިބި މީހުން. ތައުލީމީ ދާއިރާގައި މަތީ ތައުލީމް ހާސިލް ކުރާ އަންހެން ދަރިވަރުން %10 އިތުރު." އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ މަސައްކަތް ކުރާ އަންހެނުންނަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މާބަނޑު މީހުންނަށް 6 މަސް ދުވަހުގެ ޗުއްޓީއެއް ދިނުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރިހަތު ހުޅުވާލުމަށް ލޯނު ހަމަޖައްސާ ދިނުމާއި، ގޭގައި މަސައްކަތް ކުރާ އަންހެނުންނަށް ފުރުސަތު ހޯދާ ދިނުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ކޮވޑް-19 އާއި ގުޅިގެން ގޭގައި ފުރަބަންދުވުމުން ގެވެށި އަނިޔާގެ މައްސަލަތަކަށް އަންހެނުންނަށް ހުށަހެޅުނު މިންވަރު އިތުރުވި ކަމަށާ، އެކަމާއި ގުޅުން ހުރި އިދާރާތަކުން އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހަމައެހެންމެ ކުދަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ޒަމާނުއްސުރެ ކުރަމުން އައި ކަންކަން ނިމުމަކަށް ގެނެސް، ކުޑަކުދިންނަކީ ތައުލީމާއި، ވެކްސިން، ސިއްޙީ ފަރުވާ ފަދަ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމަށް ވެސް މަސައްކަތް ކުރައްވާ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެ

    އެހީ ހަގީގަތުގައި ލިބެން ނުޖެހޭ ކިތައްމެ ބަޔަކަށް ލިބޭ. މިއީ ރިވިއު ކޮއްލުން ރަގަޅު ކަމެއް.

  2. Anonymous

    ކަލޭމެން އަންހެނުންގެ ހައްޤުތަކޭ ކިޔާފައި އެ ނަމުގައި އެކަނބަލުން މަގުތަކަށްނެރެ ހައްގުތަކުގެ ނަމުގައި އެކަނބަލުން އޮފީސްތަކަށް ނެރެ ހިލޭ ފިރިހެނުންނާއި އެކު އެކަނބަލުން މަސްހުނި ކޮށް އެކަނބަލުންނަށް ޖިންސީ ގޯނާ ކޮށް އެކަނބަލުންގެ އިއްފަތްތެރިކަމަށް އަރައި އެކަނބަލުން މަގުމައްޗަށް ނެރެ ދުލަށް އާއިހާ އެއްޗެއް ގޮވުމަށް ހިންވަރުދީ އެކަބަލުންގެ ލަދުހަޔާއި ކަޑާއިލާ ފިރިހެނުންނާއި މައްސުނިވެ ބިރަކާއި ނުލާ މަޖާކުރަން ދަސްކޮށް ދީހެދީކޮން ބަޔެއްތޯ؟ އިސްލާމް ދީނުގާއި އެކަބަލުން ރައްކާތެރިކޮށް ހިމާޔަތް ކޮއްދީފަވާރިވެތި އުސޫލް ތައްބައްލަވާ
    ﴿33﴾ وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

    އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ!

  3. ރާޒީ

    ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިހާރު ތިދެނީ އެކަށީގެންވާ އެހީ އެއްތޯ ބަލައިދެއްޗޭ!! އެކަށީގެންވާނަމަ އެނުދިނުން އެންމެ ރަގަޅީ