ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ، މަރުގެ އަދަބު އުވައިލަން ރާއްޖެ އަށް ގޮވައިލާ ގޮވައިލުންތައް ފާހަގަ ކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށާއި މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ. އަދި މަރުގެ އަދަބު ނައްތައިލަން ކުރާ ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަކުރާ ގޮތަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުން ނުރަސްމީކޮށް ހުއްޓާލާފައި އޮތް އޮތުުން ދަމަހައްޓަން ސަރުކާރުން ވެފައިވާ ވައުދު ދަމަހައްޓާނެ ކަަމަށެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަލުން ފެށުމަށް ވުރެ މާ މުހިންމު ކަމެއް ކަމަށް ވެސް ބަންޑާރަ ނައިބު ފާހަގަ ކޮށްފައިވެއެވެ.

މިބައްދަލުވުުމުގައި ބައިވެރިވި ބައެއް ގައުމުތަކުން ވެސް ރާއްޖެ އަށް މަރުގެ އަދަބު ނައްތައިލުމަށް ވަނީ ގޮވާލާފައެވެ. އޭގެ ތެރޭފައި ސްޕެއިނާއި ސްވިޓްޒަލެންޑް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. Anonymous

    މަރުގެ އަދަބު ވާޖިބު ކުރީ ރައްޔިތުންތަ؟ އިބިލީސް ތިއީވެސް.

    134
    1
    • ޖަހިލު

      ފަހެ އިބްނު ބާޒްވެސް ވިދާޅުވިއެވެ:

      ” ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމަށްވުރެ މީސްތަކުންގެ ޙުކުމާއި ޚިޔާލު މަތިވެގެންވާ ކަމަށް ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމާއި އެއްވަރުވެގެން ވާކަމަށް ނުވަތަ ވައްތަރުވެގެން ވާކަމަށް ދެކޭމީހާގެ އީމާންކަމެއް ނުވެއެވެ. ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމް ދޫކޮށްލާމީހާ ނުވަތަ މީސްތަކުން ހަދާފައިވާ ޙުކުމްތަކުން އަދި ޤާނޫނުތަކުން ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމްތައް އެކަހެރިކޮށްލާމީހާ، އުވާލާމީހާގެ އީމާންކަމެއް ނުވެއެވެ. އެއީ ﷲ ތަޢާލާގެ ޙުކުމްތަކަކީ މާފުރިހަމަ، އަދި މާޢަދުލުވެރި ޙުކުމްތަކެއް ކަމުގައި އޭނާ ޤަބޫލުކުރިކަމުގައި ވިޔަސްމެއެވެ.”

      46
      • Anonymous

        ﷲ ވަޙީ ކުރައްވާފައިވަނީ:
        މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ!  ފަހެ، އެއުރެން އެއީ
        ހަމަ ކާފަރުންނެވެ.

        11
    • ހުމް

      މި ރިއްފަތު އަށް ނޭގޭތަ ޔޫރަޕް ގަ އެމެރިކާގަ މަރުގެ އަދަބް ދޭކަން.... އެކަން ހުއްޓަން އެމީހުންނެއް ނުއުޅޭ... އެމެރިކާ ޔޫރަޕްގަ ކުއްވެރިން/ މާޑަރރާސް އަށް މަރުގެ އަދަބް ދީފަ މި ގޮވަނީ އެހެން ގައުމްތަކުން އެކަން ނުކުރާށޭ! ހިޕޮކްރިޓްސް

      59
  2. ޙާލަތު

    މީނަ އަންމަގެ ޚިޔާލު ހޯދިއްޔާ މާބޮޑަށްވެސް ތާހިރުވާނެ... އިލާހީ ޙުކުމްތަކަށް ކޮން ޢާއްމެއް ޚިޔާލެއް ކިޔާކަށް ތިޔައުޅެނީ... އިސްތިއުފާދީފަ ގެޔަށްދޭ

    114
  3. އަލްޖިބްރާ

    މުޅިދުނިޔެ އެއްކޮޅަށް ޖެހިފައި ދިވެހިރާއްޖޭގެ ޤާނޫނުން މަރުގެ އަދަބު އުވާލަން ކަޑައެޅިއަސް ، ދިވެހިރާއްޖޭގައި އިސްލާމްދީން އޮތްހާދުވަހަކު މަރުގެ އަދަބު އުވާނުލެވޭނެ ! މަރުގެ އަދަބު ކަޑާއަޅާފަ އޮތީ ބައެއްގެ އަޣްލަބިއްޔަތަކުން ނެއް ނޫން ! އެއީ އިސްލާމް ދީނުގެ ޙުކުމް ! މުސްލިމުންނަކަށް އެ ޙުކުމްފުޅަކަށް ގޮންނުޖެހޭނެ !

    120
  4. މޫސާ

    ތަންފީޒު ނުކޮށް މަޑުނުކުރެވޭގޮތައް ގާނޫނު ބަދަލު ކުރަންފެނެ.

    52
    1
  5. ލލ

    އިސްލާމް ދީނުގެ ޤަތުއީ ހުކުމެއް އުވާލަން އާންމުންގެ ބަހެއްވެސް ނުހޯދޭނެ އުވައެއްވެސް ނުލެވޭ ކުފުރުވާ ޒާތުގެ ވާހަކަ ނުދައްކާ ހިމޭނުން ހުރޭ !

    97
    • ފަރުހަތު

      ޢަހަރެ މެން މިހެން ކޮ މެންޓް ކޮށްކޮށް ތިބޭނީ އެވެރިން ހަދާނެ އެއްޗެއް ހަދާ އިރު ވެސް ، ގާނޫނުތަކަށް ބަދަލު ގެންނާނެ ފުލުހުންގެ ހުވަޔަށް ވެސް ބަދަލު ގެނައީނު ، ހުރިހާ އެއްޗަކުން "އިސްލާ މް ދީނާ ގާނޫނާ " އޮންނަ ހުރިހާ ތަނެއް ހަ މައެކަނި "ގާނޫނާ އެއްގޮތަށޭ " ލިޔާ ތަން ފެނިގެން ދާނީ ދޮން މީހުން އެދޭގޮތް އެއީ ، އޭރުން އޮންނާނީ ގާނޫނީ ޝަރީޢަތް އިސްލާ މީ ޝަރީޢަތް އުވުނީ

      14
  6. ޝަފީން

    މަރުގެ އަދަބު އުވައިނުލެވޭނެ މުރުތައްދުނުވެ.

    84
  7. ޢަލިމް67

    ސޭހު އިއއ އްލި މިކަމާ ކީކޭތޯވިދާޅުވާނީ

    45
    3
  8. ނަސްރީނާ

    އަޅުގަޑުގެ ޚިޔާލު އިސްލާމްދީންގައި އަންގަވާފައިވާ ފަދައިން މަރަން މަރުހިފަން އަޅުގަޑު ތާއީދު

    85
  9. އަހްމަދު

    ގާނޫނުބަދަލުކުރަން އާއްމުންގެޚިޔާލުހޯދާވާހަކަދައްކާއިރުގުރުއާނުގައި އޮތީކީކޭތޯބަލާކަށް ނުޖެހޭތޯ

    64
  10. އަޒީ

    މަރުގެ ހުކުމް ބާތިލު ކުރަން އެންމެ ފުރަތަމަ ޖެހޭނީ މުރުތައްދުވާން.

    69
  11. މާމީ

    ކުދި ދައްޖާލުން ފާޅުކުރައްވާނެ ކަމައްވަނީ މާކުރިން ވެސް....

    60
  12. ސަންތިމަރިޔަބު

    ކަލެއަށް މުހިންމީ ﷲ ގެ ހުކުމް ފުޅަށް ވުރެން އދ ގެ އިންސާނީ ހަށްގޭ ކިޔާއިގެން އުޅޭ ބާއިގަޑުދޯ؟ ރައްޔިތުން ބޭނުންވިޔަސް ﷲގެ ހުކުމްފުޅެއް ބަދަލުނުކުރެވޭނެ ޔާ ﷲ މިބާއިގަޑުގެ ކިބައިން މިގައުސަލާމަތް ކުރަށްވާފާދޭވެ އާމީން

    83
  13. ޒީރޯ ޓޮލަރަންސް

    ޝޭޚު އިލްޔާސް، އިސްލާމްދީންގެ ހުކުމަކާ ދެކޮޅަށް ރަށްޔިތުން އެއްޗެއް ބުނާނީކިހިނެއް. ކީރިތިގުރުއާނުގަ އޮތްގޮތް ލަސްނުކުރަށްވާ ރައްޔިތުމީހާއަށް އަވަހަށް ސާފުކޮށްދީ.

    12
  14. މުޙައްމަދު

    ރައްޔިތުން ބޭނުންވިޔަސް ﷲ ކަނޑައަޅުއްވާފައިވާ ހުކުމެއް ހުއްޓައެއް ނުލެވޭނެ. އިސްލާމް ދީނުގައި ތިބޭނަމަ އިސްލާމް ދީނުގެ ހުކުމްތަކަށް ޖެހޭނީ ޢަމަލުކުރަން. އދ. އަށް ޖަވާބުދާރީ ވާއިރު ﷲ އަށް ޖަވާބުދާރީ ވާންޖެހޭކަ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްން ހަނދާންކުރަން ޖެހޭ

    18
  15. ވާނުވާ

    ކެލެޔާ މަށާ ހެއްދެވި ފަރާތުން ބާއްވާލައްވާ ފައި ވާ އިލާހީ ގާނޫނުގައި ވަނީ މަރައް މަރު ހިފުމައް..އަދި ގިޔާމަތާ ހަމަޔައް ދާންދެންވެސް އެ ހުކުމް އޮންނާނީ އެގޮތައް...ކަލޭ ތިޔަ ނިކަމެތި އިންސާނާ ތިޔަ ދުލުން ބޭރު ކުރީ ވަރައް ނުބައި ވެގެން ވާ ކުފުރުގެ ބަހެއް...ކަލޭ ތިޔަ ބޭނުން ވަނީ މީސްތަކުންގެ ރުހުން ހޯދުމައް ޓަކައި، މުޅި މި ކާއިނާތާއި އެތާ ވާހާ ތަކެއްޗެއް އުފައްދެވި ފަރާތް މަތިވެރިވެގެން ވާ ﷲ سبحانه وتعالى ބާއްވާ ލެއްވި އިލާހީ ހުކުމެއް، މީސްތަކުންގެ މެދުގައި ވޯޓެއް ނަގައި އެކަން ކުރަން ވީތޯ ނޫނީ ނުކުރަން ވީތޯ އަހަން!!!!

    19
  16. ނަސީދު

    ކުދުރުވެފައި އިންމީހެއް ކޮބައިތަ ސޭކުންންތައް

  17. ސުވާލެއް

    ކީއްކުރަންތަ އާންމުންގެ ޚިޔާލުހޯދަނީ މަރަންޖެހޭ މީހުންގެ ޚިޔާލު ހޯދައިބަލަ... ﷲ ޙުކުމް ފުޅަށް މިބައިގަނޑު މިގޮންޖަހަމުން ދުވަނީ ތިބޭޅާ މަރުވާނެކަމަށް ގަބޫލުކުރަންތަ

    24
  18. ކެޔޮޅު

    މާތްﷲ ވޮޑިގެންވާކަމާ މަރުވުމައްފަހު އަލުން ދިރުއްވާނޭކަމާ ކޮއްފައިވާ އަމަލުތަކައް ޖަޒާ ލިބޭނޭކަން ޤަބޫލު ނުކުރަނީތަ އިބިލީހާ؟

    15
  19. ގޮބޮޅިކަތީބު

    މީނަ ހުރީ ހަމަހޭގަތޯ ބަލަންވީނު ފުރަތަމަ، ބަލަ މަރުގެ އަދަބު ކަނޑަ އެޅީކީ ރަތްޔިތުންނެއް ނޫނޭ، ކަލެޔަކީ ތިކަމައް ކުފޫހަމަވާ މީހެއްނޫންކަން މިކަމުން އެގެނީ،

    25
  20. ކކ

    އިސްލާމް ދީނުގެ ޢަަސްލު ތަކާއި ހިލާފު ވާހަކަ އޭޖީ ދެއްކެވީ ނުންތޯ ؟ އިތުބާރު ނެއްކަމުގެ މައްސަލަ މަޖިލީހުން ބަލަންޖެހޭ !

    14
  21. މަޖުބޫރީހާލަތް

    މަކަރުވެރި ކެހިވެރި ބަޔަކަ އް ވެރިކަން ލިބުނީމަ ބަލާނެ ތިހުރިހާ ކަމެ އްވޭތޯ

  22. ައަހުމަދު

    ސުބުހާނަﷲ ،އެކަމަކު %100 މުސްލިމު ޤައުމެކޯ ލަދެއްނުގަނޭތަ ތިވާހަކަދައްކަން ތިކަމަށް ބަހުސްވެސް ނުކުރެވޭނެ ،ރައްޔިތުންނަކަށް ޚިޔާލެއްވެސްނުދެވޭނެ ދެދުނިޔޭގެ ވެރި އިލާހް ﷲސުބުހާނަހޫވަތައަލާ ވަނީ ތިކަމަށް ނިޔާކަނޑައަޅުއްވާފައި. ރައްޔަިތުން ބުނެގެންތަ މަރަށްމަރު ނުހިފައިގެން ތިއުޅެނީ މިޤައުމަށް ކޯފާއެއް ނުފޮނުއްވަނީ މިޤައުމުގައި އުޅޭ ރަނގަޅުމީނުންގެ ސަބަބުން ނުވަތަ ﷲގެ އޮގާތެރިވަންތަކަމުން ލަސްކުރައްވަނީ ކަމަށްވެސް ވެދާނެ ޔާﷲ އަޅަމެންނަށް ތެދުމަގުދައްކަވާނދޭ މިޤައުމުގައި ޖާހިލުންގެ އަމަލުތަކުގެ ސަބަބުން އަޅަމެނަށް ކޯފާއެއް ނޮފޮނުއްވާނދޭ. އާމީން.

    10
  23. އއއ

    މީކީ އާންމުންގެ ހިޔަލު ހޯދަން ޖެހޭކަމެއްތަ. މާދަމާ ބުނަނެ ދީން އުވާލަން. ކަލޭ ބުނޭ އަންމުންގެ ހިޔަލު ހޯދައިގެން އުވާލެވިދާ ެޔޭ

    10
  24. އަބްދޫ

    އިސްލާމްދީނުގަ ކަނޑައެޅިފައިވާ ހައްދެއް ދިވެހިރަެއްޔިތުން ބޭނުންވިޔަސް ދިވެހި ސަރުކާރު ބޭނުންވިޔަސް އުވާނުލެވޭނެ.އެފަދަ ކަމެއްކޮށްފިނަމަ ހުވަޔާ ހިލާފް ވެވި ވެރިކަން ނިމުމަކަށް އައުން ކައިރި ނަސީދުހައްދުތަކަށް އިންކާރު ކުރުމުން ވެރިކަން ނިމުމަށް ލަސްތަކެއްވިތަ.ﷲ ގެ ކުޅަދުންވަންތަކަން ހަނދާންކޮށް ބިރުވެތިވޭ.

  25. ބޯގޯސް

    ރިއްފަތުގެ މޮޔަކަމާ! އެމްރިކާ އަކީ މަރުގެ އަދަބް ދޭ ގައުމެއް، އެކަން ތަންފީޒް ވެސް ކުރާ ގައުމެއް.... އަދި ނުވީތާކަށް ޕޮލިހުންު އަތަށް ބަޑިދީ ވަގުތުން ބަޑިޖަހާ މަރާލާ ގައުމެއް.... އެމްރިކާ އަކުން ނުއުޅޭ އެކަން ހުއްޓާކަށް....

  26. ސައިހާން

    މި ޤައުމުގެ ވެރިމީހަކީ އދ ތަ މިހާރު؟ ވޯޓު ދީފަ ހޮވުނު ބޭފުޅާއަށް ނޭނގޭ މިޤައުމުގަ އޮތީ ކޮން ދީނެއް ކަމެއްވެސް. މީހުން މެރިޔަސް ހެޔޮ ދެއްތޯ ޤާތިލުންނަށް އަދަބު ދިނީމަ އިންސާނީ ހައްޤުތައް ހަނދުމަފުޅުވަނީ

  27. ޖޯން އަބުރަހަމް

    މަރުގެ އަދަބު އުވާލުމެކޭ މަރުގެ އަދަބު ތަންފީޒު ނުކުރުމެކޭ ތަފާތެއް އެބައޮތްތަ؟ތިހަމަ ސިޔާސީ ގޮތުން ތާއީދު ހޯދުމަށް ދައްކާ ވާހަކަ.އިސްލާމީ ޝަރީއަތް ގާއިމް ކުރީމަވީ އެއްނުން.ކޮންހާ ބޭކާރު ވާހަކައެއް.އެވަރުގެ ގަޓެއްނެތިއްޔާ ވެރިކަމަށް ބޯ ނުކޮށްޕާ ތިބެބަލަ.

  28. Anonymous

    މުރުތައްދު ތޯގޫތެއް މީނާ އަކީ

    18
  29. ޙަސަނުގެދަރި

    މިދާވަރުން ދަންޏާ ޒިނޭއާ ރާ ހުއްދަ ކުރަންވެސް އާއް މުންގެ ވޯޓް ނަގާ ހިސާބަށް ދާނެ ކަ މަށް ފެނޭ ، މިފަދަ މަގާ މް ތަކަށް ލާފަ މިތިބެނީ އިސްލާ މް ދީނުގެ ކަންފުޅެއްވެސް ނުދަންނަ މީހުން ދޮއްތަ ، އެހެންނާ ފަހެ ﷲ ގެ އަ މުރު ފުޅާ ޚިލާފް ވު މަކީ މުރުތައްދު ވުން ކަ މުގަ ވެސް ނޭގޭހާ ބުރާންތިން މި ތިބެނީ ނޫނީ ހަ މަ އެނގިހުރެ ގަސްދުގަ ރައްޔިތުން ދީނުން މަގު ފުރައްދަން ޖަހާ މަޅި މީ ، މިފަދަ ވާހަކަ ދައްކާއިރު ކޮބައިހޭ އިލްޔާސާ އިޖާޒު

    14
  30. ނާޅި

    ދީނީ މިނިވަން ކަމުގެ ދަށުން މުސްލިމުން ނަށްވެސް އެމީހުންގެ ދީނަށް ފުރިހަމަޔަށް ބަރާބަރަށް ހުރިހާ ހުކުމެއްވެސް އެމީހުންގެ މެދުގައި ޤާއިމް ކުރެވެން ވާނެ ނުންތޯ އެއީ ނުންތޯ ދީނީ މިނިވަން ކަމަކީ ، ކޮންމެ ދީނެއްގެ ބަޔަކުވެސް އެބަޔެއްގެ ދީން ޕުރެކްޓިސް އެބަކުރޭ މުސްލިމުން އެމީހުންގެ ދީން ޕުރެކްޓިސް ކުރީމާ ކޮބައިތޯ މައްސަލައަކީ ؟

  31. ދަންބެރު

    މަރަށް މަރު ހިފަންޖެހޭ އިލާހީ ގާނޫނަށް ފައިންނާރާ އާންމުން ރުޅިއަރުވަންނޫޅޭ ނުވަންޏާ ވެރިކަންދޫކޮށްފަ އަންނިދިޔަހެން ދާންއުޅޭ އާންމުން ކަލޭމެންތަޅާބެރަކަށް ނުނަށާނެ ﷲ އަކުބަރު.

  32. Anonymous

    ތި ކަމާބެހޭގޮތުން ވާހަކަ ދައްކަން އަނގަފުޅާކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެ.

  33. ސޯޅަ ގެވަޅު

    މަރުގެ އަދަބުން ސަލާ މަތް ކުރަން ބޭނުންނަ މަ އެޤައު މުތަކުން މަރުގެ ދިޔަ ފައިސާއިން ނޫނީ ބަދަލު ލިބިދޭނެތަ. އެ މީހުން ގޮވާލާ ގޮވައިލުންރަކަކީ މަރުވި މީހާގެ އާއިލާއަށް ބޭއިންސާފުވުން. މަރުގެ ބަދަލު ދެވޭނީ އާއިލާ މީހުން ބޭނުން ގޮތަކަށް. ދައުލަތް ތަކުގެ ވެރިންނަކަށް އެކަ މަކަށް ގޮވާލެވޭ އެއްވެސް ހަ މައެއްނެތް.

  34. ބެއްޔާ

    ތިކަމުގަ ރިއްފަތުގެ ކުށެއްނެތް. އެއީ އެމީހުންނަކީ ލާދީނީ ބައެއްކަމަށް ރައްޔިތުންނަށް ބުނެދީފަ އިސްލާދީނަށް ދުވަހަކުވެސް ހެވެއް ނޭދޭނެކަން ބުނެދީފަ އެމީހުންގެ ފަސްފބައިގަ އެލިގެންތިބި ޝެއިޚުންގެ ޖައްބާރުކަން ބޮޑީ.

  35. ޒަމީރު

    ޤިސާސްހިފުމަކީ، އެކަމުގައި ދިރުމެއްވާކަމެއްކަމަށް އެންގެވީ ގަދަކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތައާލާ. އެއިލާހުގެ އުޑުދަށުގައިތިބެ މުސްލިމެއްގެ ނަމުގައިހުރެ، މުސްލިމުވެރިކަމެއްގެ ގަދަ ބާރަކަށްހުރެ ތިފަދަ ނުބައި ވާހަކައެއް ދެއްކުމަށްފަހު ކަލޭ ސަލާމަތެއް ނުވާނެ. އަވަހަށް ތައުބާވޭ. އެހެންނޫންނަމަ، ކަލޭގެ ތިނުބައިދޫ ﷲ ތައާލާ ގެންދަވާ ކަލޭގެ ނުބައިކަމުން މި ގައުމާއި މުމުސްލިމް އުއްމަތް ރައްކާތެރިކުރައްވާނދޭވެ. އާމީން.

  36. ބޭބެ

    ކޮބާސޭއިލްޔާސް މިއަދުބުނާނީކީކޭބާ؟ކިހާވަރެއްގެއިތުބާރެއް މިހާރުއެބައޮތްބާ؟ މިކަމައްތާއީކޮއް ރައްޔަތިންނަން ދަރުސްދޭން ނުކުއްނާނެބާ؟

  37. އިންސާނީ ހައްޤު

    ތިމާ ސުވާލުކޮށްލަބަލަ.... ތިމަންނައަކީ އިންސާނެއްތޯ؟ ... ބިރުގަންނަ އދ ގެ ބައިގަނޑު ކިބައިން އަހާބަލަ އދ ގަ ތިބެނީ އިންސާނުންތޯ؟ ރާއްޖޭގައިވެސް ތިބެނީ އިންސާނުންކަން... އެމެރިކާގަ ޔަހޫދީ ދައުލަތްތަކުގައި، މަރުގެ ގާނޫންތައް ހަދާ ބައެއްކުއްވެރިންނަށް މަރުގެ އަދަބު އެދެނީ ހައްލަކީ އެއީ ކަމަށް ފެންނާތީނޫންތޯ....

  38. ޓިނު

    މަރުގެ އަދަބު ތަނފީޒް ކުރަނީ އެމެރިކާ އިޓަލީ އިނގިރޭސި އިންޑިޔާ ފަދަ ޑިމޮރަސީ ގައުމުތަކުގައި ކާކު ރުއްސަންތޯ ތިޔަ އުޅެނީ .

  39. މަރު

    މަރުގެ އަދަބު ދިނުން ނުރަސްމީކޮށް ހުއްޓާލާފައޮތް އޮތުން (ވައުދު) ވީ ކޮން ހައިސިއްޔަތަކުން؟ .... މިހުންނަނީ ރައްޔިތުންގެ ހައްޤުތަކާއި، އިންސާނީ ހައްޤުތަކަށް އަރާގަނެފަ...

  40. ޤަބީލާ

    މި ރިފްޢަތާ ، އޭޖީ ޝަމީމު އާ ދެމީހުންނަކީވެސް އިސްލާމީ މިއްލަތުން ބޭރުވެފައިވާ ދެ މީހުންކަމުގައި ބުނެމުގެ ޖާގަ އެބައޮތެވެ. އަދި ރާއްޖޭގައި އެހެންދީންތައް އޮންނަންފެނޭތޯވެސް ބަލާނެ މިމީހުން.

  41. މިއަދު

    ރަޢިއްޔަތުންގެ ހިޔާލަށް އިސްލާމްދީނުގެ އުޞޫލެއް ލެއް ބަދަލުކުރެވިދާނެކަމަށް ލާދީނީ އެމްޑީ އެމްގެ ބައިގަނޑަށް ހީކުރެވެނީބާ؟

  42. ފަރީދާ

    މި ހަމާގަހުރި މީހެއްތަ ބަލަ ތި ނުނާ ޖުކުމް އެއީ މާ މަތިން 7 އުޑުގެ މަތިން ބާ ބާވާލަމްވާފަވާ ހުކުމްފުޅެއް ކައެއަށް އަދި ލާދީނީ ގުރޫޕްއަކަން އެއަކަން ބަދަލެއް ނުގެނެވޭނެ ބީތާވިއަސް ތީ ތައްފުކެއް ބޮޑުވަރު

  43. ޙަސަން

    ފަހުޒަމާނުގެ އަލާމާތްތަކުގެ ތެރޭގައި ބޯބުރާންތީންނަށް އިސްމަޤާމުތަށް ލިބުން ހިމެނެނީބާ! އެހެންޏާފަހެ މަރަށް މަރު ހިފުން ހުއްދަކުރެއްވީ ކާއިނާތުގެ ވެރި އިލާހަށްވީހިނދު އެއަށް ގޮތް ނިންމުމުގެ ބާރު އެއްވެސް މީހަކަށް ނުވެއެވެ.

  44. ޝިހާބު

    އަހަރެންނަށް ކެރިހުރެ ބުނެވިދާނެ މިކަމަށް ޚިޔާލު ހޯދައިފިނަމަ އެ ޚިޔާލު ހޯދަން ހުށައެޅިބަޔަކު ﷲގެ ދީނާ ދުރުވެއްޖެެވެ. އަދި އެކަން ކުރަން ނުފެންނަކަމަށް ވޯޓުދިންބަޔަކު މަގުފުރެދިއްޖެއެވެ.

  45. ކާލި

    އާންމުންގެ ހިޔާލު ހޯދަނީ މަޝްވަރާ ކުރެވޭނެ ޤަތުއީ ދަލީލު ނުހުންނަ ކަންކަމުގައި، ޤަތުޢީ ދަލީލު ހުންނަ ކަންކަމުގައި މަޝްވަރާ އާއި ހިޔާލު ހޯދުމާއި އިޖުތިހާދު ކުރުމެއްނޯވޭ، ޤަތުއީ ދަލީލު ތަކަށް ތަބާވާން ޖެހެނީ ، އިޖުތިހާދާއި މަޝްވަރާ ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ދަސްކުރުމަކީ ވަރަށްވެސް ބޭނުންތެރިކަމެއް !