މ.މުލީ ހޭޅިފަށުގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހުގެރޭ 10:00 ހާއިރު މ. މުލީ ހޭޅިފަށް ބަލައިފާސް ކުރުމަށްފަހު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މ.މުލި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތިވާނީ ހޭޅިފަށުން ކުރެދިކަނޑަން އުޅުނު މީހުންގެ ގެއްލުނު މަޑިސީލަކަމަށް.

  2. މާމިގިލީ މީހާ

    މުލީ ހޭޅިފަސަކީ ވަރަށް ހަނޑި ގިނަތަނެއް. ތިވާނީ ހަންޑި ފޮރުވާފައި ހުރި އެއްޗަކަށް...