ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ މަޝްރޫތައް ކުރިއަށް ގެންދިޔައީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސްޓެރެޖީޓީޖިކް ޕްލޭން އާއި ގުޅިގެން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު ފެނިގެން ދިޔަ މަންޒަރަކީ ހުސް މަޝްރޫތަކެއްކެއް ހަދާތަން ކަމަށެވެ.

"އަބަދުވެސް ފެނާއި ނަރުދަމާ ގާއިމްކުރުމުގެ ޕްރޮޖެކްޓުތަކެއް މި އަންނަނީ. އޭގައި ގުޅިފައިވާ އެހެން ކަންތައްތަކެއް އެޑްރެސް ކުރެވިފައެއް ނެތް." މުޖްތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަށީގެންވާ ޕްލޭނަކާއި އެކު މަޝްރޫތައް ހިންގިފައި ނެތުމުން ބޮޑެތި މައްސަލަތަކާއި ދިމާވާ ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ ވަރަށް ގިނަ ކަންކޮޅުތަކުގައި މަޝްރޫތައް ނިމި މަޝްރޫތަކުން ލިބެން ޖެހޭ ރަނގަޅު ހިދުމަތްތައް ނުލިބި އެބަހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދެމެހެއްޓެނިވި ގޮތަކަށް ކުރަންޏާ މިއާއި ގުޅިފައި ހުރި އެހެން ކަންކަމަށް ބަލަން އެބަ ޖެހޭ. އެހެންވީމަ މިއަދުގެ ސަރުކާރުން މިއޮތީ، ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮޖެޓުތައް ގާއިިމްކުރުމަށް ފަހު އެ ޕްރޮޖެކްޓުތަކުގެ ހިދުމަތްތައް ދެވޭނެ ގޮތަށް ސިޔާސަތު ބައްޓަންކޮށްފައި" މުޖްތަބާ ވިދާޅުވިއެވެ.

މުޖުތަބާ އިތުރަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން ވަރަށް ބޮޑެތި މަސައްކަތްތައް ކުރިން ހުއްޓިފައި ހުރި ޕްރޮޖރެކްޓުތައް ކުރިއަށް ގެންދިއުމަށްޓަކާ ކުރެވެމުން އަންނަ ކަމަށެވެ. އަދި މީގެ ކުރިން މަޝްރޫތައް ފަށާފައި ހުރީ އަވަސް އަރުވާލައިފައި ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ މަޝްރޫތައް އޭގެ ޒާތުގައި ކުރިއަށް ގެންދިއުމަށް ކަމަށް މުޖްތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައި އިރު 26 ރަށެއްގައި ބޯފެނުގެ ނިޒާމް ގާއިމްކޮށްފައި ހުރި ކަމަށާއި، އެކަންކަން ކޮށްފައި ހުރީ ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން ކަމަށެވެ. އަދި މިހާރު އެރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫތަކުގެ "ފުލް ނެޓްވޯކް" އަގުގައި ވާރޭފެން އެކަނި ގާއިމްކޮށްފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ބޭނުން ވިޔަސް އެ މަޝްރޫތައް ބަދަލުކުރެވެން ނެތް ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ފެނާއިި ނަރުދަމާގެ ނިޒާމް ރަށްރަށުގައި ގާއިމްކުރުމަށް ކަމަށް މުންތަބާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އެއްގޯސް

    ކުރީ ސަރުކާރު އޮތް އިރު މީހުން ބޮޑު ކަ މު ދިޔަބާ؟..

    31
    • ާއަސޭލަރ

      ނުދެ. ބަނޑު ހަރުކޮއްގެން ތިބީ

  2. ދސ

    ކުރީ ސަަރުކާރު އޮތް އިރު މިގައުމުގެ ރައްޔަތުން ތިބީ ބަނޑަށް ޖެހިފަ، ނުކައި ނުބޮއި..ދުނިޔެއާއި ވަކިން...އިންޑިޔާއިން ކާޑު ނުދޭ..ހިލަވެލި ނުދޭ...ދެން ބޭރުގެ އެއްވެސް ތަނަކުން ލޯލާރިއެއްވެސް ނުލިބޭ..ކައިގެން އުޅުނީ މަގޫފަތް..ލައިގެން ކާއެެއްޗަކަށް ހިރިގަލު ދިޔަ ބޭނުން ކުރީ. ދެން ތަރައްގީގެ އެއްވެސް ކަމެއްވެސް ނުހިގާނެތާ ހިލަވެލިވެސް ނުލިބުނީ މަ..އެހެންވެ ދެ މެހެއްޓެނިވި އެއްވެސް ކަމެއްނުވާނެދޯ...

    30
    1
  3. ލުޓޭރުންގެ ސަރުކާރު

    އެއީ ކިހިނެތް އެޅިވާހަކަ...ހޮޅީގަ ފެން ހަރުނުލަނީތަ..ނަރުދަ މާހޮޅީގަ ގަސްހެދެނީތަ..ދެ މެހެއްޓެނިވި ގޮތަކީ އެއް ހޮޅިއެއްގަ ދެދައުރު ހަ މަވަންދެން ހިފަހިފާތިބެވެންނެތީ މަދޯ..ފަރުހިލަންދޭ ކަލޭ މެން އެކަންވެސް ކުރަންއެގޭތޯބަލަން..

    32
  4. މުފައްކިރު

    ފުވައްމުލަކު ފެނާ ނަރުދަމާގެ މަސައްކަތަކީ އެންމެ ޒަމާނީ ފެންވަރަށް އިތުބާރާ އެކު ކުރި ކަމެއް. އެކަމަކު ގަމާރު ބައެއް ސިސްޓަމާ ކުޅެ ހަލާކުވީ. ނަޖިސް ފެން ބޭރުވާތާ ގިނަ މަސްތަކެއް ފާއިތުވާ އިރުވެސް ޙައްލު ނުހޯދޭ. ބުނެވޭގޮތުން އެމަސައްކަތުގެ ކޮންސަލްޓެންޓް ރިއަން އާއި މަސައްކަތް ކުރި ސިއެރާ އިންވެސް ނަރުދަމާގެ ސިސްޓަމް ރަގަނޅު ކޮށްދޭން ތިބީ. މައްސަލަ އުފެދުނު ދުވަހުން މިހާތަނަށް ތަކެތި އުފައްދާގެން ގެނެވޭހާ ދުވަސް ވެއްޖެ. މިއޮތްހާ ދުވަހު ޕިކަޕު ތަކުގަ ނަޖިސް އުފުލުމުން ބަޔަކު މުއްސަނދިވުން ފިޔަވާ އެހެންކަމެއް ފުވައްމުލަކު ރައްޔަތުން ނަށް ނުފެނޭ. މިވަރުންވެސް ބުނަނީ ކުރީ ސަރުކާރުގެ ނާގާބިލް ކަމޭތަ.

    33
  5. މުފައްކިރު.

    ފުވައްމުލަކު ފެނާ ނަރުދަމާގެ މަސައްކަތަކީ އެންމެ ޒަމާނީ ފެންވަރަށް އިތުބާރާ އެކު ކުރި ކަމެއް. އެކަމަކު ގަމާރު ބައެއް ސިސްޓަމާ ކުޅެ ހަލާކުވީ. ނަޖިސް ފެން ބޭރުވާތާ ގިނަ މަސްތަކެއް ފާއިތުވާ އިރުވެސް ޙައްލު ނުހޯދޭ. ބުނެވޭގޮތުން އެމަސައްކަތުގެ ކޮންސަލްޓެންޓް ރިއަން އާއި މަސައްކަތް ކުރި ސިއެރާ އިންވެސް ނަރުދަމާގެ ސިސްޓަމް ރަގަނޅު ކޮށްދޭން ތިބީ. މައްސަލަ އުފެދުނު ދުވަހުން މިހާތަނަށް ތަކެތި އުފައްދާގެން ގެނެވޭހާ ދުވަސް ވެއްޖެ. މިއޮތްހާ ދުވަހު ޕިކަޕު ތަކުގަ ނަޖިސް އުފުލުމުން ބަޔަކު މުއްސަނދިވުން ފިޔަވާ އެހެންކަމެއް ފުވައްމުލަކު ރައްޔަތުން ނަށް ނުފެނޭ. މިވަރުންވެސް ބުނަނީ ކުރީ ސަރުކާރުގެ ނާގާބިލް ކަމޭތަ.

    15
  6. ިިޖިންނި

    ކުރީ ސަރުކާރޭ ކިޔޭ ވަރަށްވުރެ ނާޤާބިލް ސަރުކާރެއް މިހާރު އޮތީ ދޮގާއި މަކަރާއި ޙީލަތުގެ ސަރުކާރެއް

    33
  7. ހަޑިމިލޭރު

    ބައްލަވާ ބޭފުޅާ. ރައީސް ޔާމީންގެ ސަރުކާރުގައި ތިޔަވަރުވެސް ވެއްޖެކަމަށް އެއްބަސް ވެވިއްޖެތާ. މިސަރުކާރުގައި އެކްޝަން ޕްލޭންތައް ހަދަން ކޮންސަލްޓަންޓުންނަށް ލާރިކޮުޅުދެނީ. ކޮންމެމިނިސްޓްރީއެއް އެއްޙާލެއްގައި. ތިންއަހަރުފާއިތުވެގެން މިދަނީ. އެއްކަމެއްނުވޭ. ލަދެއްނެތި ކުރީސަރުކާރު ކިޔާލަކިޔާލަތިބޭ. ދެންގޮވަން އޮންނާނެނު. ތިމަންމެން އެކްޝަން ޕްލޭން ލިޔެފަޔޭ އޮންނާނީ. ލަދުކުޑަބައެއް.

    26
  8. އައްޑޫ މީހާ

    ވަގަށް ވެރިކަމަށް އަރާފައި ކަމެއް ކޮށްނުދެވުނީމަ ދެން ކުރީ ސަރުކަަރޭ ކިޔާފައި ފާޑު ފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް ކުރީ ސަރުކާރު އޮތްނަމަ ރައްޔިތުންނަށް ކަންތައް ކޮށްދޭނެ ކުރަންވެސް އިގޭނެ ކޮށްފަ ދައްކާފައި އޮންނާނީވެސް ނުވާވަރުގެ ކަންތަކާއި ހަވާލުވީ ކީއްކުރަންތަ ވާނެއޭ ކިޔާފައި ؟ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއޭ

    19
  9. ގުއިދައިތަ

    މުޖުތަބާ ކަލެއަށް އާބަހެއް ދަސްވީތަ؟ ދެމެހެއްޓެނިވި މީ މީނާއަށް އާބަހެއް ހެން ހީވަނީ.. މިކަހަލަ ކަނޑުކޮހުން މިތިބެނީ ތަންތަނުގެ ޑެޕިއުޓީ މިނިސްޓަރުންނާ ބޮޑެތި މަޤމާުތަކަށް ލާފަ. ދެމެހެއްޓެނިވި ގޮތަކީ ކޮބައިކަމެއް މިރޯނުއެދުރަކަށް ބުނއެއް ނުދެވޭ. މުޅިން މިކިޔަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫނޭ ދެމެހެއްޓެނިވި އޭ ދަމަނީ އޭ އަނެކައްޗެކޭ

  10. ޖ

    ލަދެއްނުގަނޭ ކުރީސަރުކާރޭކިޔާކައް ކަ މެއްވާ ބައެއްނޫނޭ ހުސްބޭކާރުއަގައޭތަޅަނީ ކުރީސަރުކާރޭ ފަޅޮލޭކިޔާލަ ކިޔާލަ ތިބެނީހަރާންވާކަ މެއް.

  11. އަބްދޫ

    ކުރި ސަރުކާރު އެއަށްވުރެ ކުރީ ސަރުކާރު ނުކިޔާ މިސަރުކާރުން ރަނގަޅަށް ކަން ކޮށްދީބަލަ.އިސްތިހާރު ކުރީމަ ފެންނާނީ އަނދުން އަޅުވަނީ ކަމަށް.

    10
  12. ޖުމް

    ބަހަނާ ނުދައްކަވާ ރައްޔިތުންނަށްވީ ވައުދު ފުއްދާށެވެ. ރައްޔިތުންވަނީ އެމްޑީޕީއިން އެދުނުގޮތަށް ބޮޑުއައުލަބިއްޔަތު ދީފައެވެ. ކަންކަން ދެމެހެއްޓެނިވިގޮތައް އަވަސް ސްޕީޑްގައި ރައްޔަތުމީހާއަށް ބުރަނުވާގޮތަށް ކުރުމަށްޓަކައެވެ. ލޯނުތައްވެސް 1 ޕަސަަންޓަށްވުރެ ކުޑަ އިންޓްރެޝްޓްގައި ދިގުމުއްދަތުން އަބުރާދައްކާގޮތަށް ހޯދުމަށެވެ. ރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީންނަށާއި، ރާއްޖޭގެ އިސްތިގްލާލަށް އުނިކަންނާންނަގޮތަށް އިންވެސްޓްކުރާ ގައުމުތަކުގެ ތެރެއިން ވަކިގައުމުތަކަކަށް ޙާއްސަ އިމްތިޔާޒްތަކެއް ނޯންނަ ގޮތަށް އަދުލުވެރިކަމާއެކު ހަމަހަމަ ފުރުސަތުދިނުމަށެވެ. މިހާރު ތިހައްދަވާގޮތުން ހީވަނީ ކަމުން ރެކެން މަސައްކަތް ކުރައްވަނީހެނެވެ. އެސަރުކާރުން ކަންކަންކުރީ ގޯސްކޮށްނޭ، އަގުބޮޑުކޮށްނޭ، ބޮޑުތަނުން ލަހުންނޭ މިބަނދިވަރު ކިޔާކަށް ނުޖެހެއެވެ. ތިކަންކަމާއި ފިކުރުކޮށް ވިސްނަންޖެހޭނީ ވެރިކަން ހޯދަން ނެތްވަރުން މަސައްކަތް ފެށުމުގެ ކުރިންނެވެ. އެހެންވީމާ މިދަންނަވަނީ ބޭގަރާރު ނުވެ ޓާމްސް ހަމަވުމުގެ ކުރިން ވައުދު ފުއްދާށެވެ. ނޫންނަމަ ތިޕާޓީގެ ބޮޑުތަނުން އަބަދުގެ އަބަދަށް ފެއިލްކޮށްލާނަމެވެ. ރައްޔިތުން މިހާބޮޑުތަނުން ތިވެރިންނަށް ފުރުސަތުދިނީ އައުލަބިއްޔަތު ނެތުމުން ކަންކަން ނުވީއީ ކިޔާނެތީ ގާބިލްކަންހުރި ވަރު ބެލުމަށްޓަކައި ކެޑުމުގެ ކުރިން ވަކަރަށް ޖެހީއެވެ. ވީވައުދު ނުފުއްދާ، ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުންގެ ކާރިއަށް އައިސް ކަންކަންނުވީ ތިމާމެންގެ ނާގާބިލްކަން ފިޔަވައި ދައްކާނެ އިތުރު ބަހަނާއެއް ނޯންނާނެތީއެވެ.މީގެކުރީސަރުކާރުން 5 އަހަރުގެ ޓާމެއް ނިންމީ އެތެރެއިންނާއި ބޭރުން ބޮޑެތިބުރެޝަރ ދެމުންގެންދިޔަ ދުވަސްވަރުގައެވެ. ދުވަހަކުވެސް މިވެނިކަމެއް ނުވީ ކުރީސަރުކާރުން ކަންކޮށްފަ އޮތްގޮތުންނޭ ވިދާޅުނުވެ ކުރަންޖެހުނުކަންކަން ކުރީއެވެ. ޖީއެމްއާރަށް ދައްކަން ޖެހުނު 300 މިލިޔަން ޑޮަލުރުވެސް ދެއްކާ ހަލާސްކުރީއެވެ. މިސަރުކާރު ނިމިގެންދާއިރު ލައްކަ އެއްޗެއް ދިވެހިންނަށް ދަސްވެ ތަޖުރިބާ ކުރެވޭނެއެވެ. ހަގީގީ ވަގުންފަޅާއަރަން މާގިނަދުވަހެއް އިރާދަކުރިއްވިއްޔާ ނުނަގާނެއެވެ. وكان حقا علينا نصر المؤمنين