ރެސްޓޯރެންޓަކުން ވައްކަން ކުރި ދެމީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ދެމީހެއްގެ ވީޑިއޯ އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯ އިން ފެންނަ ދެމީހުންނަކީ ތޫމް ރެސްޓޯރަންޓް ބަންދުކުރުމަށް އެތަނުން ބޭނުންކުރަމުންދާ ފިލާތަކެއް އޮކްޓޫބަރު 3 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެމީހުން ކަމަށެވެ.

މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމްސިއްޔާ

    ކޮބައިތަ ފިލާތައް ގެންދާތަން؟؟ ވައްކަން ކުރަނިކޮށް ރެޑް ހޭންޑްކޮށް ހިފީމަވެސް ސާބިތު ނުވާ ގައުމެއްގައި ތިޔަކަހަލަ ވީޑިއޯ ކްލިޕަކުން ސާބިތުކުރާނީ ކިހިނެތް؟؟

  2. މިލަންދޫ ސޮރު

    ފުލުހުން ވެސް ނުވާނެ ދޯ ދަބަސް އަޅުވައިގެން ސުކޫލަށް ދާން ނިކުމުގެން އުޅުނު ކިޔަވާކުދިންތަކެއްގެ ވީޑިއޯ ތިހެން އާންމުކޮށްފައި އެއީ "ވަގުންނޭ" ކިޔާކަށް...ދެރަ ކަންކަން...

  3. Hi

    👮👮👮👮👿👿👿👿👀👀👀👀👊👊💀👽👾