ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އާންމުންގެ ޚިޔާލު ހޯދައިގެން ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެފައި ވާތީ އެކަމަށް ކުރީގެ ހޯމް މިިނިސްޓަރ އުމަރު ނަސީރު ފާޑު ވިދާޅުވެއްޖެއެވެ.

އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އޭޖީ ރިއްފަތު ވަނީ މަރުގެ އަދަބު އުވައިލަން ރާއްޖެ އަށް ގޮވައިލާ ގޮވައިލުންތައް ފާހަގަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޭޖީގެ އެ ވާހަަތަކަށް ރައްދުދެއްވާ އުމަރު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓްގައި ވަނީ އޭޖީގެ އެވާހަކަތާއި މެދު ނުރުހުން ފާޅުކުރައްވާފައެވެ.

މި ކަމާއި ގުޅޭ ގޮތުން އުމަރު "ވަގުތު"އަށް ވިދާޅުވީ، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި، އިސްލާމީ ޝަރީއަތާއި ދެކޮޅު ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ބޮޑެތި ކުށްތައް ހުއްޓުވޭނީ ބޮޑެތި އަދަބުތައް ދީގެން ކަމަށާއި، ބައިނަލްއަޤުވާމީ މުޖުތަމައުގައި ވެސް އަމަލު ކުރާ ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ޔޫރަޕިއަން ޔޫނިއަން އިން ބޭނުންވާ ގޮތް. އެމެރިކާ، ފިލިޕިންސް، ޖަޕާންވެސް އިންޑިއާވެސް ޔޫރަޕިއަން ޔޫނިއަން އިން އެހެން ބޭނުންވަނީ. ބޮޑެތި ކުށްތައް ހުއްޓުވުމަށް މުޅި ދުނިޔެ އިން ވެސް ހަމަ ބޮޑެތި ފިޔަވަޅުތައް އަޅަނީ. އެއީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ކުރެވޭނެ ކަމެއް ނޫން އިސްލާމީ ޝަރީއަތް އުވާލަން ވޯޓެއް ނެގުމަކީ. ވަލިއްޔުލް އަމުރަށް ޖެހިވަޑައިގަންނަވާނެ އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން މި ޤައުމުގައި. އެ ނޫން އިޚުތިޔާރެއް ނޯންނާނެ." އުމަރު ވިދާޅުވިއެވެ.

މަރުގެ އަދަބު ދިނުމާއި މެދު އިތުރަށް ވާހަކަދައްކަވަމުން އޭޖީ ރިއްފަތު ރޭ ވިދާޅުވީ ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށާއި މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށެވެ.

މީގެ އިތުރުން މަރުގެ އަދަބު ނައްތައިލަން ކުރާ ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަކުރާ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރިއްފަތު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުން ނުރަސްމީކޮށް ހުއްޓާލާފައި އޮތް އޮތުުން ދަމަހައްޓަން ސަރުކާރުން ވެފައިވާ ވައުދު ދަމަހައްޓާނެ ކަަމަށެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަލުން ފެށުމަށް ވުރެ މާ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބެއްޔާ

    މީސް މީހުންގެ ބެކްބޯން އަށް ހަމަލާ ދިނުމަކީވެސް ދީނުގައި އޮންނަ ކަމެއް ނޫން!

    2
    20
  2. ބާލަބޭ

    ވަރަށް ރަގަޅު ވާހަކައެއް!

    14
  3. ކަނަމަނަ

    ޢޭޖީއަކައް މިސަރުކާރުން ލާފަހުރި ބޯހަމަޖެހޭ ބޭފުޅެއްހެންހިއެއްނުވޭ

    20
  4. މުރާދު

    އިސްލާމީ ޝަރީޢަތަކީ ﷲ ބާވާލެއްވި އެންމެފުރިހަމަޝަރީއަތަށްވާހިދު ވޯޓުނަގައިގެން ބަޔަކު
    ކިތަންމެބޭނުންވިޔަސް މިއީ އިންސާނުންނޫން އެހެންފަރާތަކުން ކުރަންއުޅެންވާނެ ކަމެއްނޫން
    މިހާރުވެސް ވައްކަންކުރުމުމާ، ޒިނޭކުރުމާ، މީހުންގެ ހައްގުތަކަންއަރައިގަތުމާ، މަސްތުވާތަކެތި
    ބޭނުންކުރުމާ، އެތަކެތީގެ ފިޔަފާރިކުރުން ނުހުއްޓި ކުރިޔަށްދަނީ އިސްލާމީ ޝަރީއަތް ނުހިންގާތީ
    ވީމާ، ފުތަމަ މިކަންހުއްޓުވާ

    18
  5. އަހުމަދު ޗާބީބޮކާ

    އުމަރައް މިކަމާ ބެހޭގޮތުން އެއްޗެއް ބުނަން އެނގުނީ އެތައްބަޔަކު ސޯށަލް މިޑިޔާގަ ހަޅޭލަވާ ނިމުނު ފަހުން އުމަރަކީ ހިހޫތަނުން ޗާންސް ނަގާމީހެއް

    3
    3
  6. ތުނބުޅި

    އަނބިމީހާގެ އާއިލާ ގެ ވޯޓު ނަގައިގެން ފިރިމީހާ ކައިރިން ވަރިވެވޭ ގޮތްވެސް ހަދާފާނެ

  7. ޔތ

    މިދޮރުގެ އިތުބަރު ނެތްކަމުގެ ވޯޓުނަގަންޖޭ

  8. Anonymous

    ކޮންފަދަ ނުބައިކަމެއް.
    ދީނަށް ގޮންޖަހަން މިމީހުން މިތިބެނީ. މިއަށް ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ވުރެ ލުއި ފަސޭހަ ދީނެއް ކޮބާ. ކޮންވޯޓެއް ނަގާކަށް. ބޭނުން ދީނަކަށް އުޅެން ބޭނުންވާ މީހުން ވޭރު ކަރަކަރައަށްދާންވީ.