ގާނޫނީ ސަރުކާރު ހިނގަމުން ދަނިކޮށް ސަރުކާރު ވައްޓާލަން ފުލުހުންގެ ތެރެއިން ބަޔަކު ދެން ނުނުކުންނާނެ ކަމުގެ ޔަގީން ކަން ލިބޭ ވަރަށް ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރެވެމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ހަމީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ފުލުހުންގެ ތެރެއިންނާއި ސިފައިންގެ ބަޔަކު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ވެރިކަން ނިމުމަކާ ހަމައަށް އައި އިރު ސަރުކާރު ވައްޓާލުމުގެ ފުލުހުންގެ ހަރަކާތެއް ހިނގަމުންދާ ކަމުގެ މައުލޫމާތުތަކެއް އޭރު ލިބެމުންދާ ކަމަށާއި އެއީ ވުން ގާތް ކަމެއް ކަމަށް އޭރުގެ ފުލުހުންގެ ވެރިންނަށް އެންގި ކަމަށެވެ.

ހަމީދު އޭރު ހުންނެވީ ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކަށެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން އޭނާ ދޫކޮށްލަން ހުރިހާ ކޯޓަކުން އަމުރު ނެރުމުން ވެސް އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅޭތީ ފުލުހުން ސަރުކާރާއި މެދު ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް އިންޓެލިޖެންސް ވެރިޔަކަށް ހުރެ ހަމީދު ފުލުހުންގެ ވެރިންނަށް ފޮނުވި ރިޕޯޓެއްގައި ބުނެފައި ވެއެވެ. ކޯނީ ރިޕޯޓްގައި އެކަން ފާހަގަ ކޮށްފައި ވެއެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެއީ މާޒީގައި ފުލުހުންގެ މުއައްސަސާ އޮތް ހާލަތެވެ. މިހާރު ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރެވެމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ އާންމު މިންގަނޑު ނެތް ކަމެއްގައި ބައިވެރިނުވާނެ ކަން ކަށަވަރު ވެގެންދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައް ވެސް އަދި ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިބި ފަރާތްތައް ވެސް އެފަދަ ކަމެއްގައި ދެން ބައިވެރިވެދާނެ ކަމަކަށް،" ހަމީދު ވިދާޅުވިއެވެ.

"އެ ޕްރޮފެޝަނަލިޒަމް ގާއިމު ކޮށްފައި އަޅުގަނޑު މި ތަނުން ނުކުމެގެން ދާނީ، އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުން އެ ޒާތުގެ ކަމެއް ކުރާނެ ކަމަކަށް،" ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމުގައި ހަމީދު ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް ނަޝީދުގެ ވެރިކަން ނިމުނީ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެ ދުވަހު ހިނގީ "ބަޣާވާތެއް" ކަމަށެވެ. އެކަމަކު ބޭރުގެ ފަންނީ ތަޖުރިބާކާރުންނާއި ނަޝީދުގެ މަންދޫބެއް ވެސް ހިމެނޭ ގޮތަށް އެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި ކޮމިޝަނުން ނިންމީ އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. Anonymous

  ޢެހެންތޭ 😂😂😂😂

  37
 2. ބާގީ

  ކިހާވަރަކައް އަގުކީ އެކަމައް 😂😂😂

  46
 3. ބޮލި މުލައް

  ކުރިން ފުލުން ނުކުމެތަ ވެރިކަން ވައްޓާލީ.
  ފުލުހުންގެ ބޮލުގަ ތިމަޤާމުގަ ހުރެ ތިޔަ އެޅުވީ ވ ބޮޑު އިލްޒާމެއް

  86
  4
  • ކާފަ

   7 ފެބްރުއަރީ 20ް2 ގައި ފުލުހުންކުރީ ބަގާވާތެއް

   5
   15
 4. ޢުރނ

  މުއައްސަސާ ހަރުދަނާ ކުރުމަކީ ދީނާއި ގައުމަށް އޮތް ލޯބި ފުލުހުންގެ ހިތުން ފުހެލުން ހެއްޔެވެ. ދީނާއި ގައުމު ދެކެ ލޯބި ވާނަމަ ކޮންމެ ވަޒީފާއެއްގައި ތިއްބަސް ހައްދުން ނެއްޓީމާ ބަސް ބުނެ ގަޔަށް ބޮލަށްވެސް އަރާނެއެެވެ.

  66
  5
 5. ޢަހުރެން

  މުއައްސަސާ ހަރުދަނާ ކުރުމަކީ ދީނާއި ގައުމަށް އޮތް ލޯބި ފުލުހުންގެ ހިތުން ފުހެލުން ހެއްޔެވެ. ދީނާއި ގައުމު ދެކެ ލޯބި ވާނަމަ ކޮންމެ ވަޒީފާއެއްގައި ތިއްބަސް ހައްދުން ނެއްޓީމާ ބަސް ބުނެ ގަޔަށް ބޮލަށްވެސް އަރާނެއެެވެ.

  40
  3
 6. ރާއްޖެ

  މާނައަކީ ބަގާވާތް ކުރުމުގަ ފުލުހުން ބައިވެރިއޭތަ؟ އިމްރާނު ކީލޭ މިކަމާ ބުނަނީ؟

  49
 7. ރައްޔިތުފާރަވެރިޔާ

  ދެން ނުނިކުތަސް. އޭރު ނުކުތް އެންމެންނަށް ބޮޑެތި އަދަބު ދޭންޖެހޭ. އެތަން ދައްކަންޖެހޭ. ތާރީހަށްޓައިވެސް އެކަން ކުރަންޖެހޭ.

  8
  61
 8. ޝިޢާ

  ސަރުކާރު ވެއްޓުމުގައި ދުވަހަކުވެސްފުލުހުން ބައިވެރިވިކަމުގެ ހެއްކެއް އެބަ އޮއްތަ؟ ވެދާނެ ޙަމީދު އޭރު އެކަމަށް މަސައްކަތް ކުރީކަމަށް. އިސް މަގާމުތަކުގައި ތިބޭ މިފަދަ ވިސްނުން ކޮށި މީހުންގެ ސަބަބުން މި ގައުމު ބަދުނާމުވެ އަގު ވެއްޓެމުން ދާތަން ފެނި ދެރަވޭ. ޙަމީދަކީ މިފަދަ މަގާމަކަށް ކުފޫ ހަމަނުވާ ފަރާތެއްކަން މިފަދަ ބަސްތަކުން ޔަގީން އެބަކުރެވޭ.

  74
  4
 9. ެަލީ

  ފުލުހުން ތިކަމް ރެޑީ ވީމަ ހައްދަން ނޫޅޭ. ވަރައްކާރިވެއްޖެ

  56
  1
  • މޯދީ

   ނުވާނެ ތިކަމެއް.. މިފަހަރު އިންޑިޔާ ސިފައިންނެރެގެންވެސް ހަންމަތަކުރާނަން

   3
   19
 10. ޣޮފި

  ޙުސްދޮގު

  33
 11. ޟ

  އަދިވެސް ނުކުންނަ ވަރު ވީމާ ނުކުންނާނެ
  ފުލުހުންގެ ހުވަޔާ ޚިލާފަށް މަނިކުފާނު ތަނުގެ ސިއްރު ބޭޒާރު ނުކުރަންތޯ...ދައުވާކޮށް ހުކުމް ކުރާވަރު ކަމެއް އެއީ
  މިހާރުވެސް ބޮޑެތި މައްސަލަ ތައް ނުބަލާ ދޫނުކުރަންތޯ
  ކޮބާ ރޭޕް ކޭސް..ދީނަށް ފުރައްސާރަ ކުރުން

  63
  1
 12. ގޮށި

  ބާއީން ވާނީ ހަ މަބާއީންނަށް

  32
  1
 13. ތޮފި

  މި މީހުން މިކަހަލަ ވާހަކަ ދެއްކީ މަ ހަ މަ ހިނިނި އަންނަ ނަނީ

  35
  1
 14. ބާލަބޭ

  ރައްޔިތުން ނުކުމެ ވައްޓާލާނީ! ޚަބަރު ބަލާލަންވެސް ފުރަބަންދު އުވާލަބަލަ ކެރެންޏާ.؟ ދެއަހަރުތެރޭގައި ދަރަނި ދެބިލިޔަން ޑޮލަރަށް އަރުވާލާ ރައްޔިތުންގެ ފޮށިތައް ސަރުކާރުން ފޭރޭމަންޒަރު ބަލަން މިހާރު ތިބެވިއްޖެ! ބަންދު އުވާލާ މަސްދުވަސްތެރޭ މި ސަރުކާރު ހުދުފުށުން ޖެހޭނެ! ރއައްޔިތުންނާއެކު ސިފައިންވެސް ނުކުންނާނެ!

  23
  3
 15. ކޮވިޑް

  މަނި ކުފާން .... ތި ބައްލަވަނީ ނަނާ ހުވަފެނެއް....ހިތް ވަރު ހުރިޔާ އަޅެ މިރާއްޖެ ހުޅުވާލަބަލަ؟ ރައްޔަތުން ނައް މިދީފައިވާ އަންދަގޮޑި ތަކުން ނައްޓުވާލަބަލަ؟ ކުލަބް ތަކަށް ނަށާލަން ދެވޭތޯ؟

  39
  1
 16. ވަހީދުބެ

  ވެރިކަން ވެއްޓޭގަޑި ޖެހުނީ މަ އޮންނާނީވެއްޓިފަ. އެވަގުތު ތިހެންބުނާކަށް ކަލެއަކަށްވެސް ނުކެރޭނެ. ފިލަންދުވާނީ ނޫނީ ގަދަވާކޮޅަށް ވަންނާނީ. ވެރިކަ މަކީ ﷲ ދެއްވާކަ މެއް. އެކަން އެފަރާތަކުން، ނަންގަވާގަޑިޖެހުނީ މަ ދައްކާނެވާހަކައެއް ބަހަނާއެއްނޯންނާނެ.

  21
 17. އައްޑޫ މީހާ

  ކޮން އިރަކުތޯ ފުލުހުން ވެރިކަން ވައްޓާލަން ނިކުތީ؟ ފުލުހުން ވެރިކަން ވެއްޓީއެއް ނޫނޭ ވެރިކަމުގައިހުރި މީހާ ބިރުން އިސްތިއުފާ ދިނީ އޭރުގެ ސީޕީ އާއި ހޯމް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް އާއި ޑިފެންސް މިނިސްޓަރުގެ ނުކުޅެދޭ ކަމުން ނަގާބިލުކަމުން ވެރިކަން ވެއްޓުނީ ކަލޭ ފުލުހުން ބަދުނާމު ކުރާނެ ކަމެއްނެތް ހަޔާތްކުޑަ ލާދީނީ

  21
  2
 18. މިއަދު

  ކުރިންނުކުތީ ކަލޭބުނީމަތަ

  25
 19. ވަހީދު

  މަޤާމުގައި ހުރެ އަރީފް ޔާމީނަށް ދިންފަދަ ލަނޑެއް އަންހެނުންގެ ޅިޔަންބެއަށް މަޤާމްގައި ހުރެ ނުދޭނެއެކޭ މަގޭގެ ހިތެއް ނުބުނޭ. މިހާރުވެސް ހުރީ ނަޝީދު ފަޅިއަށްް އަރަން ތެޔޮލާ ޓްރެއަލްތައް ނިންމާގެންނޭ ވެސް ކިޔާ އުޅޭ. މަޤާމާއި ލާރިއާއި ހެދި ހޭބަލިވެ ހުރި މީހެއް ކިތަންމެ ފުޅަފެއް މަތިންވެސް ފުންމަން ކަރުދަމާނެ

  16
 20. ވާގޮނުސްކޮ

  ކެކެކް... މައާފުރިފަ ފާޑަކަށް ނިދޭގޮތްވެފަ އަދި ހިނިވެސްއާދޭ.. ފުލުހުންގެ އިސްމަގާމުގަ ހުރެ ފުލުހުން ބަދުނާމް ކުރީމަވެސް ހިއަންނާނެ. ވެރިކަންވައްޓާކަށް އެއްވެސްމީހަކުނޫޅޭ. އެކަމަކު ދެއްވިފަރާތުން އަނބުރާގެންދެވީމަ ހަޖަމް ނުވުން އެއީ އެހެންބައެއްގެ މައްސަލައެއްނޫނޭ ކަޔޯހަމީދޫ.

  16
 21. ރޯދަ މުބާރިކް

  ކުއްލިއަކަށް މީ ކޮން ވާހަކައެއް؟ އަނެއްކާ ކަމެއް ހިނގަނީތޯ؟!

  17
 22. ޢެހެންތަ

  ކަލޭވެސް ޖެހޭނި އިދިކޮޅާ ގުޅެން... 😂😂

 23. ހެޕީ

  އަދިވެސް ނިކުންނަން ވީމަ ނިކުންނާނެ. ދީނާ ގަނުމަށްޓަކާ ސަރުކާރާ ދެކޮޅަށްވެސް ނިކުންނާނަން

  -ފުލުހެއް

  16
  1
 24. ހުސެންކޮއެ

  ފުލުހުންނަކީ ރަންޑުންނަށް ހެދި ވާހަކަތޯ؟

 25. ޙހހހ

  އިންޓެލިޖެންސްގެ ވެރިއަކަށްހުރެ ހާމަކުރަން ނުޖެހޭ މަޢުލޫމާތު ހާމަކުރީ ކާކުތޯ ، ކުރީގެ ރައީސް ޔާމީން އާއި ދެކޮޅަށް ޕޮލިހެއްގެ މަޤާމުގައި ހުރެ ސިޔާސީ ޓްވީޓްކުރީ ކާކުތޯ ، މއީ ވެރިކަން ވައްޓާލަން އުޅުން ނޫންތަ ، އަނގަ މާތިރިކޮށް ، މުއައްސަސާގެ އަބުރު ހިފަހައްޓަބަލަ

  12