ރައީސް ޔާމީން ސަރުކާރުގައި އެންމެ ފްލެޓެއް ވެސް އަޅައި ރައްޔިތަކަށް ދީފައެއް ނުވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ރައީސް" ކެމްޕެއިންގައި މިރޭ ޅ.ނައިފަރުގައި ބޭއްވި ޖަލްސާގާއި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބޯހިޔާވަހިކަމުގެ ވައުދު ވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި އަލަށް ކޮންޓްރެކްޓް ހަދާ އަލަށް އެޅި އެންމެ ފްލެޓް އެއްވެސް ނެތް ކަމަށެވެ.

"ރައީސް ޔާމީން ސަރުކާރުގައި އެންމެ ފްލެޓެއް ވެސް އަޅައި ރައްޔިތަކަށް ދީފައެއް ނެތް , އަލަތު ކައިވެންޏާއެކުވެސް ފްލެޓެއް އިމާރަތް ކުރީވެސް އަޅުގަނޑުމެންގެ ސަރުކާރުން " ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ފާދިއްޕޮޅުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދެއްވާނެ ކަމަށާއި ރާއްޖޭގެ ރަތްތަށް ތަރައްގީ ކުރާކަަށް ކޮންމެހެން ސެޒް ތަކެއް ބޭނުން ނުވާ ކަމަށެވެ.

" ޅަވިޔަނި އަތޮޅު ތަރައްގީ ކުރާނެ ގޮތުގެ ޕްލޭނެތް އަޅުގަނޑުމެންގެ އޮތް , ރަތްތަށް ބޮޑު މަގަކުން ގުޅާލުމަކީ އަޅުގަނޑުމެންގެ ވިސްނުން " ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އާއިލާތަކަށް ލިބޭ އެއްޗެށް ވަރަށް ބޮޑުތަނުން ދަށަށް ހިގައްޖެ ކަމަށާއި މިއަދު 10 ރުފިޔާއަށް ވެސް މަސްކިލޯ އެއް ނުކިރޭ އިރު ކަންނެލި ކިލޯއެއްގެ އަގު ވެއްޓިއްޖެ ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ އެމްޑީޕީ މެމްބަރުންނާ ސްކައިޕް މެދުވެރިކޮށް ނަޝީދު ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ސްކައިޕް މެދުވެރިކޮށް، މެދުރާއްޖެ ތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ހޯމަ ދުވަހުވެސް އެމަނިކުފާނު ވަނީ ގުޅުއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި ޕާޓީގެ އިސް ބޭފުޅުން ވަނީ އެމަނިކުފާނަށް ބައިއަތު ހިއްޕަވާފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖޮއްބެ

    ރީނދޫ ސަރުކާރުން މިގައުމުގައި ފްލެޓްގަނޑެއް އެޅީތީ މާލޭގެ މުހިއްމު ސަރަޙައްދު ތަކުން ތިންހަތަރު ބިން އެމީހުނަށް ދީފައިވެއެވެ. އަދި ނުވިތާކަށް ރިސޯޓުހަދަން ފަޅު ރަށްތަށް ދީފައިވެއެވެ. މީގެ ކުރިންވެސް މިގައުމުގައި ހުރި ވެރިއަކު ފްލެޓްއަޅާފައިވެއެވެ. އެކަމަކު މާލެއިން ބިންދީ ފަޅުރަށްދީ ހަދާފައެއް ނެތެވެ. ހަގީގަތަކީ ކެރަފާނަޝީދު މިކުރި ކޮންމެކަމެއްގައިވެސް އޭނާވަނީ ރަނގަޅަށް އޭނާއަށް ބައިއަޅާ ކަޓުނަގާފައެވެ. އަހަރެމެންނަށް ލިބިފައިވާ އެންމެބޮޑުނަޞީބަކީ އިސްލާމްދީން ކަމަށްވީއިރު އެދީން މިގައުމުން ފޮހެލަން އެ މުނާފިގުކަލޭގެ ކުރިމަސައްކަތް އެހެން ހުރިހާ ކަމަކަށްވުރެ ނުބައެވެ. އެހެންކަމުން ފުލެޓޭ ކިޔައިގެން އަނގަ އެރުވޭކަށް ކެރަފާ ނަޝީދަކަށް ނެތެވެ. އަނގަ އަރުވާނަމަ އެއީ އޭނާގެ ލަދުޙަޔާތްކުޑަކަން ނޫން އެހެންކަމެއްނޫނެވެ.

    • ޑިކްޓޭޓަރުގެޖަނަރޭޓަރު

      ކެކެކެކެ! ތިއޮތީ އަތަށް ގޮވާފައި. ތަމެންނަކަށް ނުކެރުނު ދޯ ކެރަފާ އެބުނަނީކީ ދޮގެކޭ ބުނާކަށް. އެހެންވީމަ އޭނަ އެބުނަނީ ހަމަ 100 ޕަސެންޓު ތެދެއްނު.

  2. ޔާ

    އަންނި މޮޔަވަނީ ވެރިކަމާ ހެދި މާތްކަލާކޯއް!

  3. ޔާ

    މޮޔަވަނީ ވެރިކަމާ ހެދި މާތްކަލާކޯއް!

  4. ބޮއްބޮ

    ބަލަގަ ކަލެއަކީ މިގައުމަށް ކޮންކަމެއް ކޮށްދިން މީހެއްތަ؟ ކަލޭގެސަބަބުން މިގައުމު ހަލާކުވެގެން ގޮސް މުޅިގައުމު ނުބައި ފާޙިޝްކަމުގެ ހާއްޔެއްގެ ތެރޭގައިނޫންތަ އޮތީ؟ ހެޔޮކަންކަމަށް އަމުރުކުރަން ﷲ އަމުރުކުރެއްވުމުން ކަލޭ އަމުރުކުރީ ނުބައި ފާޙިޝް ކަންކަމަކަށްނޫންތަ؟ ކަލޭމިގައުމުގެ މުއްސަނދިކަން ބޭރުގައުމުތަކަށް ދީގެންކަލެއަށް ވެސް ބައިއަޅާ އޭގެއިން ކަލޭނެގީ ކިތައްމިލިއަން ބިލިއަން ކަމެއްނޭނގޭތަ؟ ކަލޭގެ ސަބަބުން ގައުމުގެ ތަރައްގީ އެތައް އަހަރަކަށް ފަހަތައް ސޮހިގެންގޮސް ފައިވާކަމެއް ނުއެނގޭތަ؟ ދެންމިއަދު މިގައުމުގެ ރައްޔިތުންނަށް ތަރައްގީ އާއި ފާގަތިކަން ލިބި ލިބި އޮއްވާ ކަލެއެއްވެސް ކަލޭގެ ބައިގަނޑުގެ މީހެއްވެސް ދިވެހި ރައްޔިތުން ބޭނުމެއްނުވާނެއެވެ. ކިތައްމެ ބައިސާއެއް ކެނޑިއަސް ތިޔަވާނީ ހަމަ ތިޔަށެވެ. ބަދަލެއް ނުވާނެއެވެ. އަހަރެމެންގެ ދުޢާއަކީ ކަލެެއާ ކަލޭގެ ޢައުވާނުންގެ ކިބައިން މި ބިން މާތްﷲ ސަލާމަތްކޮށްދެއްވުމެވެ. އަދި ކަލޭ ދެވަނަފަހަރަށް އަހަރެމެންގެ މައްޗަށް ވެރިނުކުރެއްވުމެވެ.

  5. އިބޫ

    އަންނީ ބުނަންތަވާހަކައެއް، މިވީހިސާބަށް ކަލޭއަށް އެޅުނު ޅައެއްޗަކީ ޔާމީނުއާވާދަކުރަން ހިތުގަލުން

  6. ތެދެއް

    ނަޝީދުގެ އެމްޑީޕީ އިއްތިޙާދުގެ ވެރިކަން ހަމަ އެ އިއްތިޙާދުގެ ބައިވެރިން ވައްޓާލިިރު ވަރަށް ގިނަ ފުލެޓްތަކުގެ ބިންގާ އެޅި ވަރަށް ގިނަ ކޮންޓްރެކްޓްތަކުގަ ވަނީ ސޮއި ކުރެވިފަ. އަދި ގާކޮށްޓާއި ޢަރަބިއްޔާ ހުރި ތަނުގައި އެޅި ފުލެޓްތައް ބޮޑުބައި ވަނީ ނިމިފަ. ސުނާމީގެ ސަބަބުން ހަލާކުވި ގެތަށްވެސް އަޅައި 90 ޕަސެންޓް ހުރީ ނިމިފައ. ބާކީ 10 ޕަސެންޓް ނިންމީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ ނާޒިމް ސޯގެ ބެލުމުގެ ދަށުން ސިފައިން. ނަށީދު ފުލެޓް ބިންގާ އެޅިޔަސްވެސް ފުލެޓްތައް ނިންމައި ފްލެޓް ދޭން ފެށީ މިސަރުކާރުގައި. ރައީސް ވަޙީދު ފަންޑު ހޯދައި އަދީބު ސޮއިކޮށް ބުރިޖު އެޅިޔަސްވެސް އެ ބުރިޖު އެ ނިމެނީ ރައީސް ޔާމީންގެ މަސައްކަތުން. މީގައި އެއްވެސް މީހަކަށް މެޑަލް ޖެހޭނެ ޖާގަ އެއްނެތް. ނަޝީދަކަށްވެސް ޔާމީނަކަށްވެސް. ދެބައި މީހުންވެސް ރައްޔިތުން ހޮވީ ޤައުމު ތަރައްޤީ ކުރަން. މައުމޫންގެ ސަރުކާރުގައި އެޅައި ގާތްގަނޑަކަށް ނިމިފައި ހުރި މިހާރުގެ ވެލާނާ އޯފީސް ޢިމާޜާތް ހުޅުވި ދުވަހު ހަވީރު ނޫހުގެ ސުރުޚީގައި އޮތީ " މިހާރު މި ފެންނަނީ ކާޅު ހާލިހެދީމާ ކޮވެލި އައިސް ބިސްއަޅާތަން" މިހެން ބުނީ މިހާރުގެ ރައީސް.

    • ޢަލީ ޙަސަން

      މިއޮއް ބޮޑު ރޯދަމަހު ވެސް ދޮގު ހެދުން ނޫންކަމެއް ނެތެއްނު. ބްރިޖު އަޅެމަކީ ނުވާޏެކަމެއްކަމަށް އަންނި ވަކާލާތުކުރި ވީޑީއޯ އެހެރީ. ވަޙީދު ގެ 2 ަހަރުގަ ނޫޅޭ ބްރިޖްގެ ވާޙަކއެއް ދައްކައިގެނެއް. ޔާމީން ޗައިނާއަށް ވަޑައިގެން އެވާހަކަ ދެއްކެވީ ވެސް. އެކަން ހަމަޖެއްސެވީ ޗައިނާގެ ރައީސް ރާއްޖެ ވަޑައިގެން. ދެން ގާކޮށްޓާއި ޢަރަބިއްޔާގެ ފްލެޓް ނާޖާއިޒު ފައިދާތައް ލިބޭ ގޮތަށް އަންނި ބިންގާ އެޅިޔަސް އެ މަސައްކަތް ހުއްޓި ކުރިޔަށް ނުގޮސް އޮއްވައި އަލުންބަލުން އެ މަޝްރޫޢު ބައްޓަވައި އެގްރީމެންޓް ހެދީ ރައީސް ޔާމީން. ހަނަދާން އެބަހުރިތަ ބްރިޖްުއެޅިޔަ ނުދޭން ރާޅުބޯއިޒް ލައްވައި އެމްޑީޕީ ހިތްވަރުދީގެން މުޒާހަރާ ކުރުވި ހަނދާން. ބަލަގަ މީކީ އޮޅުވައިލެވޭނެ ޒަމާނެއް ނޫން. ތިޔަ މަކަރުވެރި ވާހަކަތައް ގަބޫލުކުރާނީ ހަމަެކަނި ލޮލަށް ރީނދޫހުންޖެހިފައި ހުރި މީހެއް. ހަގީގަތްތައް އެހެރީ ލިޔެވި ރެކޯޑްކުރެވިފަ. މީ ޓެކްނޮލޮޖީގެ ޒަމާން ދިރާސާގެ ޒަމާން. ވީމާ ފަނާކުރި މީހަކާ ބިނާކުރާ މީހަކާ އޮޅުވައެއް ނުލެވޭނެ.

  7. ނަސްރު

    ބަލަގަ ކަލެއަކީ މިގައުމަށް ކޮންކަމެއް ކޮށްދިން މީހެއްތަ؟ ކަލޭގެސަބަބުން މިގައުމު ހަލާކުވެގެން ގޮސް މުޅިގައުމު ނުބައި ފާޙިޝްކަމުގެ ހާއްޔެއްގެ ތެރޭގައިނޫންތަ އޮތީ؟ ހެޔޮކަންކަމަށް އަމުރުކުރަން ﷲ އަމުރުކުރެއްވުމުން ކަލޭ އަމުރުކުރީ ނުބައި ފާޙިޝް ކަންކަމަކަށްނޫންތަ؟ ކަލޭމިގައުމުގެ މުއްސަނދިކަން ބޭރުގައުމުތަކަށް ދީގެންކަލެއަށް ވެސް ބައިއަޅާ އޭގެއިން ކަލޭނެގީ ކިތައްމިލިއަން ބިލިއަން ކަމެއްނޭނގޭތަ

  8. ސީނު

    އޭ ނާޝީދޫ މަށަށް ލިބުނު ފްލެޓް

  9. ކާޅު

    މަސް ކިލޯއެއްގެ އަގު ނޭގޭ މީހަކު ސްކައިޕް މެދުވެރިކޮށް ކިތަންމެ ވަރަކަށް ރައްޔަތުން ނާ ބައްދަލު ކުރިޔަސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ކުއްވެރި އަކައް ބައިވެރިއެއް ނުވެވޭނެ މައްސަލައަކީ އަސްލަމަކީވެސް ދެ އުޅައްގަޑުލީ ގަމާރަކަށް ވާތީ އިލެކްޝަން ކޮމިޝަނުން ބުނާ އެއްޗެއް ފަހުމްނުވާތީ ތެޅިމަރުވަނީ ޖަޒީރާ ރައީސް އޯ ތީ ޖަރީމާ ރައިސް ކަލޭ ފިލާ އޮވެގެން ވެރިކަން ކުރެވޭތަ

  10. އައްޓަމަސް

    ރީނދޫރައީސް 10000 ފުލެޓްއަޅާފަ ދިންދިނީނުން މިތިބީ ވަންނާނެތަނެއް ނެތިފަ!

  11. މަސްއޮޑި

    މިނައެޅި ފުލެޓެއް ނުހުންނާނެ ،، އަދި އެއަރޕޯޓެއްވެސް ނުހުންނާނެ ،، ހެދި ބަދަރެއް ވެސް ،، ހެދި ޕާކެއްވެސް ހެދި މިސްކިތެއްވެސް ،، ހޮސްޕިޓަލެއްވެސް ،، އެޅި ބުރިޖެއްވެސް ހުޅުވި ރިޒޯޓެއްވެސް . ........

  12. ރަޘީދު

    ބިރުކުޑައަލީ