ސަރުކާރު ވައްޓާލަން ފުލުހުން ނުނިކުންނާނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވާނަމަ ކިތަންމެހާ ވެސް ހެޔޮ ކަމަށާއި، އެ ޔަގީންކަން ދިނުމަށް ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ފުލުހުންގެ މުވައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދެން ޖެހުމަކީ ދެކޭ ގޮތް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ،ގާނޫނީ ސަރުކާރު ހިނގަމުން ދަނިކޮށް ސަރުކާރު ވައްޓާލަން ފުލުހުންގެ ތެރެއިން ބަޔަކު ދެން ނުނުކުންނާނެ ކަމުގެ ޔަގީން ކަން ލިބޭ ވަރަށް ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރެވެމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިިދާޅުވުމާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.

އިއްޔެ ސީޕީ ހަމީދު މިގޮތަށް ވިދާޅުވެ ވާހަކަދައްކާފައިވައިރު، މިއަދު އިންތި ވަނީ ރާއްޖޭގެ ނޫހެއްގައި އޮތް ހަބަރެއް ރީޓްވީޓްކޮށް ސަރުކާރު ވައްޓާލަން ފުލުހުން ނުނިކުންނާނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވާނަމަ ކިތަންމެހާ ވެސް ހެޔޮ ކަމަށްވެސް ވިދާޅުވެފައެވެ.

"ނަމަވެސް އެ ޔަޤީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ، “ޓުރުތު އެންޑް ރީކޮންސިލިއޭޝަން" ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުން ކަމަށް ދެކެން". އޭނާ ވިދާޅުވިއެވެ.

އިއްޔެ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ސީޕީ ހަމީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ފުލުހުންގެ ތެރެއިންނާއި ސިފައިންގެ ބަޔަކު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ވެރިކަން ނިމުމަކާ ހަމައަށް އައި އިރު ސަރުކާރު ވައްޓާލުމުގެ ފުލުހުންގެ ހަރަކާތެއް ހިނގަމުންދާ ކަމުގެ މައުލޫމާތުތަކެއް އޭރު ލިބެމުންދާ ކަމަށާއި އެއީ ވުން ގާތް ކަމެއް ކަމަށް އޭރުގެ ފުލުހުންގެ ވެރިންނަށް އެންގި ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވި ގޮތުގައި އެއީ މާޒީގައި ފުލުހުންގެ މުއައްސަސާ އޮތް ހާލަތެވެ. މިހާރު ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރެވެމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ އާންމު މިންގަނޑު ނެތް ކަމެއްގައި ބައިވެރިނުވާނެ ކަން ކަށަވަރު ވެގެންދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައް ވެސް އަދި ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިބި ފަރާތްތައް ވެސް އެފަދަ ކަމެއްގައި ދެން ބައިވެރިވެދާނެ ކަމަކަށް،" ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު މިގޮތަށް ވިދާޅުވިފަހުން ރޭ ކުރެއްވި ޓްވީޓެއްގައި، ފުލުހުން ނުވަތަ ސިފައިން އަދިވެސް ސަރުކާރާއި ދެކޮޅަށް ނުނުކުންނާކަމަށް ދަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ 07 ފެބްރުއަރީގައި ހިނގި ފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުމުން ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކޯނީ ރިޕޯޓްގައި ފާހަގަ ކޮށްފައި ވާނެ ކަމަށެވެ. "އެކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް މިއުޓިނީއެއް ނުކުރާނެކަމަށް ދަންނަވާކަށް ނުކެރޭނެ." ކަމަށެވެ.

ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް ނަޝީދުގެ ވެރިކަން ނިމުނީ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. އާދަނާ

    ކޮމިސަނަކުން ނިންމާފައޮތް ކަމެއްގައި އެމްދީއެން ހަމީދު ބޭނުންހާ އެއްޗެއް ކިޔޭތަ؟

    21
    • ބޭބެ

      ނުޖެހޭނެ މަޢާފަށް އެދެން! ފުލުހުން ބަޣާވާތެއް ކުރިކަމެއް އިންޓަރނޭޝަނަލް ކޮމިއުނިޓީ ހިމެނޭގޮތަށް ކުރި ތަޙްގީގުން އެގެން ނެތް! އަދި ތަޙްގީގުކުރި ކޮމިޝަނުން ނެރެފައިވާ ތަޙްގީގު ރިޕޯޓުގައިވެސް ނެތް ފުލުހުން ބަޣާވާތެއް ކުރިކަމެއް! އިންތި ކަލޭމެން މައިތިރިވެގެން ތިބެވޭތޯ ބަލާ! ތިހެން އުޅެނިކޮށް އަތަށްގޮވާފާނެ އަނެއްކާވެސް!

  2. ކާފަ

    މިފަހަރު ބަޤާވާތްކުރާކަށް ޖާގައެއް ނުދޭނަން.. ހަތިޔާރު ނަގާގެންވެސް ހުއްޓުވަންވާނީ..

    5
    23
  3. އަލީ

    ފުލުހުންބަޢާވާތެއްނުކުރޭ އެހެވީމަފުލުހުން މައާފައްއެދޭކައްނުޖެހޭ
    ރައިޔަތުންގެކިބައިން މައާފައްއެދެންވީ އެމްޑީޕީއާއި އަންނި ރައިޔަތުންވޯޓުލާގެގެނާސަރުކާރެއް ރައިޔަތުންކާރިންނައަހާ އިސްތިއުފާދިނީމަ

    27
  4. ގައުމީ ލޯބި

    މި މީހުން މިއުޅެނީ ގައުމީ ކަންކަމަކުނޫން، ރައިޔަތުންނަށް ކަމެއް ކޮށްދޭކަށްވެސް ނުމެ ނޫން..

    އަންނި ޕްރޮމޯޓު ކުރުމާއި ލާދީނިއްޔަތުން ކުރިއެރުވުމުގައި، ނޫނީ އަމިއްލަ ބާރާއި ނުފޫޒު ދެމެހެއްޓޭތޯ

    އަދި ބަދަލު ހިފުމުގެ ރޫޙުގެ ދަށުން އަބަދުވެސް.. މުވައްސަސާތައް ބަދުނާމުކުރުމާއި ނާގާބިލުކަން ދެއްކުމުގައި

    މިވަރު ވީމާ ނުބުނެވޭނެ ގައުމީ ލޯތްބެތް، ރައްޔަތުންގެ މަންފާއަށް ދީނާއި ގައުމުގެ ދިފާޢުގައި ނުވަތަ ހިމާޔަތުގައި ކަން ކުރާ ބަޔެކޭ..

    އިދިކޮޅުވެސް ގޯސް އެކަމަކު އެމީހުން އެކިޔާ އެއްޗެހީގައި ވެސް އޮތްޓަރު ހުރިކަމަށް މި މީހުންގެ ބަސްމަގާއި އަމަލުން އަދި ހުށަހަޅާ މަޖާކުރުމުގެ ބިލްތަކުން ދޭހަވަނީ

    އިއްޔެވެސް ދީނީ އިންތަކާއި މިންތަކަށް ގޮންޖެހީ، މިޔަދު ފުލުހުންނާއި ސިފައިންގެ އަގު ބަދުނާމުކުރަނީ!

    މަ ވާސަލާމް.!

    24
  5. ބާގީ

    3 ނޮވެމްބަރު ގެ ވާހަކަތައް ހަޖަމް ކުރަން ދަތި ވެގެން އުޅޭހެން ހާދަ ހީވެއޭ

    36
  6. ޢަލީކޮއި

    ބަޣާވާތުގެ ހިތިރަހަ ﷲގެ އިރާދަފުޅުން ތިޔަ އަރުތަކުން ދުވަހަކުވެސް ނުފިލާނެ. ހިތިރަހަ ފިލުވަން އަރުތެރެއަށް އޭތި މީތި އަޅައަޅަތިބޭ،

    28
    1
  7. ޙަމްނާ

    ހަމީދުއާ އެންމެން ޖައްސާލީ ދޯ

    17
  8. ލާދީނީ

    މޑޕ ހެދިގެން އުޅޭ ތި މޑނ ލާދީނީ ބައިގަނޑަށް މާއްފަށް އެދެންޖެހޭ ކަ މެއް ދިވެހި ސިފައިންނާ ފުލުހުން ނުކުރެ! ކަލޭ މެންގެ ހަގީގަތް ހާ މަވެއްޖެ އެން މެނަށް! ސައިޒަށް ކެނޑޭ ! ތިއީ އެން މެ ދިހަވަރަކަށް މީހުންގެ ގައްދާރުންތަކެއްކަން އެގޭ!

    24
  9. އަބްދޫ

    އޮޅިގެން ނޫޅުއްވާ އިންތިވެސް ބަގާވާތެއްކަމަށް ގަބޫލު ކުރާއިރު ގާނޫނު އަސާސީގައިވާ ބާރުތަެއް އަތަށްނެގި ކަމަށްލިޔެ ގާނޫނުއަސާސީ ހުއްޓިފައިވާ ކަމަށް އިއުލާން ކުރުން ބަގާވާތަކަށް ނުވޭތަ؟ގާނޫނުއަސާސީނެތިއްޖެ ނަމަ ގާނޫނުއަސާސީގަ ކަނޑައެޅފައިވާ މަގާމް ތަކާ ސަރުކާރު ދެމިއޮންނާނެތަ؟ގާނޫނު އަސާސީ ހުއްޓިފައިވާކަމަށް އިއުލާން ކުރި ވަގުތުން ފެށިގެން ރައީސުލްޖުމްހޫރިްޔާގެ މަގާމް ހުސްވާނެ.ފުލުހުންނާ ސިފައިން ބުނީ ގާނޫނީ އިމަށް ވަންނާށޭ ވީމާދިވެހިރައްޔިތުން ކިބައިން މައާފަށް އެދެން ޖެހޭނީ ނަސީދު

    18
  10. މާމީ

    މިހާރު ކަލޭމެނައް އެއީ ބަޚާވާތެއްކަމައް ވެގެން އެކަން ބަލަން އުޅެނީ ބަލަ މިސަރުކާރުގެ 4 ލީޑަރުން ތެރެއިން 3 ލީޑަރުންނަކީ ތިބުނާގޮތުން އެބަޚާވާތުގެ މުގުލުން

    17
    1
  11. ހަޔަސިންތް

    ބޮއިގެންހުރެ އިސްތިއުފާދިނީމަ މާފަށްއެދެން ޖެހޭތަ ކޮސްގޮވަނީތަ ހެޔޮނުވާނެ އަމިލައަށް އިސްތިފާދީފަ ގޭގަ މަޑުކޮށްލީޔާ މާތާހިރުވާނެ

    26
  12. އަޙްމަދް

    ސަރުކާރު ވައްޓާލަން ފުލުހުން ނުނިކުންނާނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވާނަމަ ކިތަންމެހާ ވެސް ހެޔޮ ކަމަށާއި، އެ ޔަގީންކަން ދިނުމަށް ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ފުލުހުންގެ މުވައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދެން ޖެހުމަކީ ދެކޭ ގޮތް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
    ———————————————————-
    ވަރަށް މޮޅު ޙިޔާލެއް!
    އެހެންވީމާ ސީޕީ ޙަމީދް އިސްވެ ހުއްނަވައިގެން ފުލުންގެ މުއަށްސަސާއިން މަޢާފަށް އެދިވަޑައިއްނަވަންވީއެވެ.

    11
  13. ހަސަންކޮއި

    ކޮސްނަޝީދު

    25
  14. Anonymous

    ޕޮލިހުންނަށާ ސިފައިންނަށް ގާނޫނުން ބޭރުން ކަންކަން ކުރު މަށް އަ މުރު ކޮށްފައިވާތީ ނަޝީދު ކާރީވެސް ބުނެބަލަ މަޢާފަށް އެދޭށޭ، ކަލޭ މެންނަށް އަބަދުވެސް ފެންނަނީ އެއްފަރާތް،

    21
  15. ފިއެސްޓާ

    އެމް.ޑީ.އެން މައްސަލާގަ އެކަމުގަ އުޅުނު ބޭފުޅުންނޯ!

    19
  16. މުލު

    މި ލަދީނީ ހުރިހާ ވަގުން ހިފާ ޔައްޔަރުކޮށް 50އަހަރަރަށް ޖަލަށް ލާން އެބަޖެހޭ މީ ހިދުކޮޅުހަ ހުންނަ ވަގެއްމީ އިންޑިޔާ އަށް މިގައުމު ވިއްކާލި ބާޢީއެއް 3ނޮވެމްބަރ 19 ދިވެހިން ޝަހިދު ކޮއްލި ޙައިނުން ޕޮލިހުން ނާއި ސިފއިންނިކުމެ ހިފާ އަނދަގޮޑި ޖަނވީ ކޮން މާފެއް ހަމރަނގަޅަށް ްd

    18
  17. އަބްދޫ

    ފުލުހުން ބަގާވާތެއް ނުކުރޭ ބަގާވާތް ކޮށް ފައިސާދީގެން ގްރޫޕް ނެރެ ހަމަނުޖެހުން ނަސީދު ހިބްގެވި ކަމަށް ތުހުމަތު ކުރެވޭ ލިއުން އެބަހުރި

    19
    1
  18. Anonymous

    ފުލުހުން އެމްޑީޕީއަށް ސަޖިދަ ނުކުރާތީ!

    28
  19. ރާއްޖެ

    ތިބުނާ “ބަގާވާތެއް” ކުރި މީހާ އެހުރީ ޕޮލިހުންގެ ވެރިޔަކަށް. އޭނަ ކައިރީގަ އަހާބަލަ ބަގާވާތެއް ކުރިހޯ؟

    22
  20. ސަރަވަނަ

    ފު ރަތަމަ މައާފަށް އެދެން ޖެހޭނީ އެހާލަތު މެދުވެ ރި ކު ރުވި މީހާ އެއީ އޭ ރު ވެ ރިކަމުގަ ހު ރި މީހާ އޭގެ ފަހުން އެހެން ބަޔަކު މައާ ފަށް އެދުނަސް އެދެން ޖެހޭނީ

    18
  21. އައްޑޫ މީހާ

    މާއާފަށް އެދެން ނުޖެހޭނެ ފުލުހުންނެއް ނުކުރޭ ބަޢާވާތެއް އޮޅިގެން ތިޔަ އުޅެނީ ފުލުހުންގެ ވެރިންގެ ކިބައިން ފުލުހުން އެދެމުންދިޔައީ އެމިހުންނަށް ޢައިރުޤާނޫނީ އަމުރު ނުކުރުމަށް އެކަމަށް އާއެކޭ ބުނެފައި ނިމެން އޮތް ކަމެއް ހަމައިން ނެއްޓޭ ކަލޭގެ ގްރައުންޑަށް ގޮސް ތިމާ ވަރުގެ މީހެއް ނެތްކަމަށް ޝަހެންޝާހް ހެދިގެން އުޅެގެން އަތައް ގޮވީ ދެން ޖެހުނީ އިސްތިއުފާދޭން އިންތި ކަލެއަށްވެސް ހަމަ ރަނގަޅަށް އެގޭނެ ފުލުހުން އެދުވަހުގައި ބަޢާވާތެއް ނުކުރާކަން

    22
  22. ނައީން

    މައުމަުނު ބުނެފިއްޔާ އަދިވެސް ނުކުންނާނެ.

    14
    1
  23. ޖިންނި

    ފުލުހުން މީހުން މަރާލައިފިކަމަށް ބުނެ އާއްމުންގެ ތެރޭގައި ނަފްރަތު އުފައްދާ ގަސްތުގަ ހަމަނުޖެހުން އުފައްދާ މީހުން ލައްވާ ކުށްތަކަށް އަރައިގަނުވި މައްސަލައިގަ އެމް.ޑީ.ޕީ އިން މާފަށް އެދެންޖެހޭ

    28
    1
  24. ރޯދަމުބާރަކް!

    ރަށްޔިތުންގެ އެތައް ފައިސާއެއް ޚަރަދުކުރި ތަހްގީގުތަކުން ސާބިތުނުވެފައިވާ ކަމެއްގައި މިގައުމުގެ އެތެރެ އަދި ބޭރުގެ ސަލާމަތްތެރިކަން ބަލަހައްޓަވާ ބޭފުޅުން ނުޖެހޭ އެއްވެސްފަރާތަކަށް މައާފްއަށް އެދޭކަށެއް!

    17
  25. ބޭޗާރާ

    ނުޖެހޭ މާފަށް އެދޭކަށްް. ކަލޭ ފުރަތަމަ ކަލޭ ތި އަނގަ ދޮވެފައި މާފަށް އެދޭ.

    22
    1
  26. ލާދީނީ އިބްލީހުގެ ކިބައިން ވެެރިކަން..

    މައާފު ކުރަންޖެހޭ ކަމެއް ނުކުރޭ.

  27. ޟމ

    ސަރުކާރުގެ ޢިމާރާތްތަށް އެމް.ޑީ.ޕީން ނިކުނެ 8 ފެބުރުވަރީ 2012 ގަ ރޯކުރީމަ އެކަމާ މަޢާފަށް އެދެން ކެރޭނެ ހިތްވަރު އެބަހުރިތޯ

  28. ތަކުރު

    ކަލޯ ޢިންތި.
    އޮންނާނީ ބާލާފައި. އަދިވެސް ބާލާނަން. ހަމަ ހަޅޭ ލަަވަލަވާ ތިބެން ޖެހޭނީ.

  29. މުހައްމަދު އަންޖުމް

    ސާބަހޭ ތިޔޮށްމޮޔަވަނީ ބަލަގަ މުޅިމުއައްސަސާޔަށް ފޫޅު ތިކަނޑަނީ އެކަމުގަ އޭރުނިކުތް އެންމެން އެކިސިފަސިފާގައި ފުލުހުންނާއި ސިފައިންގެތެރެއިން ކަނޑާ ބޭރުކުރިކަން ހަމަ ނޭގުނީމަ ތިޔަށްކިޔާނީ ވާނުވާނޭގުނު ހީވާކަހަލަ ތިމާގެ އަމިއްލަތަރިކަ މުދާގަނޑެކޭ އުތަ ތިޔަގޮތަށް ހަމަމީހަކު ފުއްޕާލާފަ ބުނާހާގޮތަކަށް ކަންކަން ކުރަންވެއްޖެނަމަ ސިފައިންނާ ފުލުހުން ތިބުމުގެ ބަދަލުގައި ތިކަހަލަ ސުޔާސީ ގައްދާރުން ތިބީމަނިމުނީނު ކުރިން ކާފަބެގެ ވެރިކަމުގަ ހުރިހާބާރުތަކެއް މުށުތެރޭގަ ހުރެގެން މަގުތަކަށްނިކުމެ އަލިފާންޖަހާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގަ ހުޅުޖަހާ ރޯކޮށް އެތައް ހަމަނުޖެހުމެއް އުފައްދައިގެން ބާރުތައްވަކި ކޮށްފަ މިހާރުތިޔަކުރަން އުޅެނީ ހަމައެކަން ވީމާ ހަމަޚުދުމުހުތާރު މަޖިލިހަކަށް ހަދައިގެން ހުރިހާކަމަކަށް މިހާރު ތިޔައަތް ކޮށްޕަނީ ކީއްކުރާނަމޭހިތާ

  30. މައާފައް ނޭދޭބ

    ބަލަ ބަގާވަތަކީ ކޯންޗެއްކަން އެނގޭތަ ތިޔަ އއަމިއްލަޔައް އިއްޒެއް ވެގަނެގެން ތިޔަ އުޅޭމީހާ މުޅިގައުމުގަ އޮއްހާ ފަޅުތަކާ ގިރިތަކާ ހާތަކައް ދައްދެން 99 އަހަރައް ކުއްޔަށޭކިުޔާފައި ވިއްކާލައިގެން ބައިއަޅައިގެން ބަހާ ކުދިންކޮޅު ފުރަތަމަ ރައްޔިތުންގެ ކިބައިން މައާފައް އެދިފައި އިސްތިއުފާދީފައި ގޭގަ ތިބެވޭތޯ ބެލީޔާ މާތާހިރެުވާނެ އެހެންމީހުންނައް މައާފައް އެދުމައް ގޮވާލުމައް ވުރެން

  31. ސައިފް ބިން ޒީއަޒަން

    ފުލުހުން ފުރަތަމަ ކުރަންވީ ކަމަކީ މި ދެބަންދިހާރަ ބުރާންތި ތެޔޮބިޑި ވަޤްތުން ވަޤްތައް ހައްޔަރު ކުރުން

  32. ދަރަނި ދަންތުރަ

    މިގައުމުގައި ބަގާވާތެއްކުރިއްޔާ ކުރީ ގ ކެނެރީގެ އިން ރާވައިގެން ވެރިކަމާހެދި މޮޔަވާ ބައެއް އެއީ ..

  33. ޔުމް

    އަނިޔާވެރިން ތިބީ ފިލާ ، ސަރުކާރަށް ވީ ކަމެއް ހަރާން . މި ސަރުކާރު ގެނައި އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނަން .
    ހަގީގަތެއް ނެއް ވާހަކަތަކެއކަން މިއަދު ގަބޫލް ކުރެވިއްޖެ .
    މޑޕ އައް އޮޔް އިތުބާރު ގެއްލިއްޖެ . ހިއްތިރި ވެގެނެއް ވެރިކަމެއ ނުކުރެވޭނެ .

  34. ދިވެހި ދިދަ

    ވެރިކަން މަތިން ވަރަށް ހަނދާންވޭ ދޯ؟ އޭރު ބަޣާވަތް ކުރިމީހާއެނގިއްޖެއްނު ރައްޔިތުންނަށް. މަށެކިޔާހޭ ހަމީދު އެބައައްސަވާކަހަލަ. އަދިވެސް ހުވަޔާ އެއްގޮތަށް ޢަމަލުކުރާނަމަ ފުލުހުންނާ ސިފައިން އެކަން ކުރަންޖެހުނީމަ އެކަންނުކޮށްފިނަމަ ވާނީ ރައްޔިތުންނަށް ޣައްދާރުވެ ވެރިންގެ އަޅުންނަށް ފުލުހުންނާ ސިފައިންވީކަމަށް. ނުޖެހޭ މަޢާފަށް އެދޭކަށް.