ހެންވޭރުގައި ހުންނަ އޯސިސް ގޭގައި ހުންނަ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހަވީރު 16:10ގައި ކަމަށެވެ.

އަދި ރޯވި އަލިފާންގަނޑު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ނިއްވާލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާދިޔަ ގޮތް ފުލުހުން އަދި ހާަމަކޮށްފައެެއް ނުވެއެވެ. އަދި މި ހާދިސާގައި މީހަަކަށް އަނިޔާވިކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޯނުއެދުރު

    ސުވާލަކީ ފުލުހުންނަށް އާންމު ފަރާތަކުން ގުޅާފަ އެންގުމުން ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް އެންގިތޯ؟ އެހެންނަމަތާ އިގޭނީ ރަސްމީކޮށް ބުނަން ހާދިސާ ހިނގި ގޮތް؟

  2. ހުސެން

    އަބަުވެސް ގެންދާނީ ބަލަމ މުން ވާމކަ މެއް ހަ މަހަރާން ކަމ މެއްވިއްޔާ ރައްޔިތުންގެ އެހީއައްގޮވާނެ މީ ކޮންކަހަލަ ޕޮލިހެއްތަ ހުސްރާއްޖެތެރޭ އިއްޔެ މެންދުރުގެ ގޮލައިން މަގައްނެރެފަ އެގަހުކޭލެއް މިގަހުކޭލެއް ނޭންގެ އެހެންވީމ މާ ރައީސް ނަސީދު އެބުނަނީ ބޭކާރު ބައެކޭ..ތިކަން މާފުރިހަ މަވާނެ ސްޓޭޓް ޕޮލިސް އުފެެއްދިއްޔާ ހުރިހާ ޖަރީ މާ އެއްގެ އަޑީގައި ތިޔަ ޕޮލިހުން ނުވެނުދާނެ.
    އެސޮރު .މެންނާއި ހުރިހާ ގޭންހުތަކަކާ ނުވިތާކަށް ހުރިހާ ޑެލިވަރީ ބަންގާޅުންނާވެސް ގުޅިފަ..