މި ބްލޮގުގައި ޝާޢިއުކުރަމުން ދާނީ އެމެރިކާގައި ކުރިޔަށްދާ އެޤައުމުގެ ރިޔާސީ އިންތިޚާބާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.

23:36

އީސްޓް ކޯސްޓްގެ ގަޑިން ރޭގަނޑު 20:00 ގައި (ދިވެހިރާއްޖޭގެ ގަޑިން ހެނދުނު 06:00 ގައި) ބައިޑެން ގައުމާ މުހާތަބު ކުރައްވާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި.

23:18

ކުރިއަށް އޮތް ހަތަރު އަހަރު އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެފައިވާ ޖޯ ބައިޑެން ނެވާޑާ ސްޓޭޓްގެ އިންތިޚާބު ވެސް ކާމިޔާބު ކުރައްވައިފި.

22:42

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޖޯ ބައިޑެން އަށާއި ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ކަމަލާ ހެރިސް އަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ.ވަހީދު މަރުޙަބާ ވިދާޅުވެއްޖެ.

22:37

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓް ގުނުމުގެ މަރުހަލާގެ ތެރޭގައި ހިނގާފައިވާ ކަންކަމުގެ ހަޤީޤަތް ހާމަކުރަން މީޑިއާތަކުން ބޭނުން ނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި.

22:19

އިންތިޚާބުގެ ކަންކަން އަދި ނުނިމޭ ކަމަށާއި ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމަށް ނުހޮވޭ ކަމަށް ބައިޑެން އާއި އިންތިޚާބުގައި ވާދަކުރި ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި.

22:08

އަޅުގަނޑު ވާނީ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމަށް ބައިޑެން ވިދާޅުވެއްޖެ. ބައިޑެން ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ އިންތިޚާބުގެ ސަބަބުން އުފެދުނު ނުތަވަސްކަން ފަހަތައް ދޫކޮށްލުމަށް ފަހު ކުރިއަށްދާވީ ވަގުތު ކަމަށް.

22:06

ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެސް މަރުޙަބާ ވިދާޅުވެއްޖެ. ރައީސް ޞާލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިޑެންގެ ސަރުކާރާއި އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް.

21:52

އިންތިޚާބުން ބަލިވުމުން ޓްރަމްޕް ގޯލްފް ކުޅެން ހިނގައްޖެ.

21:42

ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވުމުން ރާއްޖޭގެ ނައިބުރައީސް ފައިސަލް ނަސީމް މަރުޙަބާ ވިދާޅުވެއްޖެ. ނައިބު ރައީސް ފައިސަލް ކުރެއްވި ޓްވީޓެއްގައި ބައިޑަންގެ އިތުރުން ނައިބު ރައީސް އަކަށް ހޮވިވަޑައިގެންނެވި ކަމަލާ ހެރިސް އަށް މަރުޙަބާ ވިދާޅުވެ ދެބޭފުޅުންނަށް ކާމިޔާބަށް އެދިވަޑައިގެންނެވި.

21:39

ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވި ޚަބަރާއިއެކު އޭނާގެ ސަޕޯޓަރުން އުފާފާޅުކުރަން ފަށައިފި.

21:34

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އިންތިޚާބު ކާމިޔާބު ކުރައްވައިފި.

21:13

20:57

ޓްރަމްޕްގެ ޤާނޫނީ ވަކީލުން މިރޭ ޕެންސިލްވޭނިއާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި. ނޫސްވެރިންގެ ބައްދަލުވުން ފަށާނީ ރާއްޖޭ ގަޑިން 21:30 ގައި.

20:52

19:44

12:21

ބައިޑެން އަށް ކުރި ލިބިފައިވާ ސްޓޭޓްތަކުން ޓްރަމްޕް އާއި ދެމެދު ހުރި ފަރަގު

ޖޯޖިއާ 4430 ވޯޓް (%0.01)
ޕެންސިލްވޭނިއާ 28833 ވޯޓް (%0.5)
ނެވާޑާ 22657 ވޯޓް (%1.8)
އެރިޒޯނާ 29861 ވޯޓް (%0.09)

10:43

އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު އެމެރިކާގެ ފަސްޓްލޭޑީ މެލާނިއާ ޓްރަމްޕް ފުރަތަމަ ފަހަރަށް ވާހަކަދައްކައިފި.

09:05

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވާނެކަން މިހާރު އިތުރަށް ކަށަވަރު ވެއްޖެ ކަމަށް ޖޯ ބައިޑަން ވިދާޅުވެއްޖެ.

08:54

ބައިޑަން: ކޮވިޑް-19 ސަބަބުން ދެލައްކަ ސަޅީސް ހާހަށްވުރެ ގިނަ މީހުން މަރުވެއްޖެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރާނީ ވީހާވެސް ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް. އިއްޔެ އަޅުގަނޑު ވާނީ މިކަމާއި ގުޅިގެން ތަޖުރިބާކާރުންނާއި މަޝްވަރާ ކޮށްފައި.

08:53

ބައިޑަން: ރެކޯޑް އަދަދެއްގެ މީހުން މިހާލަތުގައި ވޯޓް ލާން ނިކުތުން އެއީ ވަރަށް ބޮޑު ކާމިޔާބެއް. އަދި އުފަލެއް.

08:51

ބައިޑެންގެ ތަޤުރީރު ފައްޓަަވައިފި.

08:50

ބައިޑެން ތަޤުރީރެއް ދެއްވުމަށް ތައްޔާރުވަމުން އެބަގެންދަވާ. ދެންމެ ބައިޑަން ވަނީ ދެކޮޅުން ނިކުންނަވައިގެން ކެމްޕޭން މަރުކަޒަކަށް ދަތުރު ފައްޓާފައި. ބައިޑަން ތަޤުރީރު ދެއްވާނީ ޑެލަވެއާގެ ވިލްމިންޓަންގައި ހުންނަ ކެމްޕޭން މަރުކަޒުގައި.

08:45

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ނުކުރަނީސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމެރިކާގެ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އަށް މަރުޙަބާ ވިދާޅުވެއްޖެ.

08:31

ވޯޓްގެ ނަތީޖާ ކޮންމެ ގޮތަކަށް ބަދަލުވަމުން ދިޔަ ނަމަވެސް ގޮތް ދޫނުކޮށް ސާބިތުކަމާއިއެކު ހުންނާނަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި.

08:11

އެމެރިކާ ގަޑިން ހުކުރު ދުވަހު ޕެންސިލްވޭނިއާގެ ނަތީޖާ އެއްކޮށް ސާފުވާނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު އޮފިޝަލުން ވިދާޅުވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ ވެސް ޕެންސިލްވޭނިއާގެ ވޯޓްގެ ނަތީޖާ އެއްކޮށް ސާފެއް ނުވާނެ.

މިހާރު މިއީ އެމެރިކާ އަށް ހުކުރު ދުވަހުގެ އިރާކޮޅުގެ ވަގުތުތައް. ޕެންސިލްވޭނިއާގެ ވޯޓްގެ ނަތީޖާ ކަށަވަރުވުމާއިއެކު ޖޯ ބައިޑަން ގައުމާ މުހާތަބު ކުރައްވާ ގޮތައް ވަނީ ހަމަޖެހިފައި.

03:49

03:42

ޖޯޖިއާގެ ވޯޓުން ބައިޑެން އާއި ޓްރަމްޕްގެ ފަރަގު ބޮޑުވެއްޖެ. މީގެ ކުޑައިރުކޮޅެއް ކުރިން މި ސްޓޭޓުން ބައިޑެން ކުރީގައި އުޅުއްވީ 1563 ވޯޓުގެ ތަފާތުން ކަމަށާއި، މިހާރު މި އަދަދު ހުރީ 4263 ގައި ކަމަށް ސްކައި ނިއުސް އިން ބުނޭ.

ޖޯޖިއާ ކާމިޔާބު ކުރެވޭ ކެންޑިޑޭޓަކަށް އިތުރު 16 އިލެކްޓޯރިއަލް ވޯޓު ލިބޭނެ.

ސްކައި ނިއުސްގެ ޕްރޮޖެޝަނަށް ބަލާއިރު ބައިޑެންއަށް މިހާރު ލިބިވަޑައިގެންފައިވާ 253 އިލެކްޓޯރިއަލް ވޯޓުގެ އިތުރަށް، ޖޯޖިއާގެ 16 ވޯޓު ލިބިވަޑައިގެންފިނަމަ އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރުމަށް އިތުރަށް ބޭނުންވާނީ އިތުރަށް އެންމެ އިލެކްޓޯރިއަލް ވޯޓެއް.

ޓްރަމްޕް އަށް މިހާތަނަށް ލިބިފައި ވަނީ 214 އިލެކްޓޯރިއަލް ވޯޓު. އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވަނީ 270 ވޯޓު.

03:07

ޕެންސީލްވޭނިއާގައި ޓްރަމްޕް އަދި ބައިޑެންގެ ސަޕޯޓަރުން ކުރިމަތިލައިފި. މިގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ބުނެ ޝުޢޫރު ފާޅުކޮށް ޓްރަމްޕްއަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު އެއްވެ އުޅުނު ސަރަޙައްދަކަށް ބައިޑެންގެ ސަޕޯޓަރުން ގޮސް، ޓްރަމްޕް އާއި ދެކޮޅަށް އަޑުއުފުލާފައިވޭ.

މި ސަރަޙައްދުގައި ހަމަނުޖެހުމެއް އުފެދިދާނެ ކަމަށްޓަކައި ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން.

02:46

ޓްރަމްޕް އަށް ތާއީދުކުރާ ބަޔަކު އެމެރިކާގެ އިލެކްޝަންސް އޮފީސް ކައިރިޔަށް ހަތިޔާރާއެކު އެއްވެ މުޒާހަރާކުރަނީ.

01:07

00:49

އިންތިޚާބުގައި މިހާރު ވޯޓު ގުނައި ނުނިމޭ ސްޓޭޓްތަކުގެ ތެރެއިން މިވަގުތު ނަތީޖާ ދައްކާގޮތުން:

1. އެރިޒޯނާ: 43,779 ވޯޓުގެ ތަފާތަކުން ކުރީގައި އުޅުއްވަނީ ބައިޑެން
2. ނެވާޑާ: 20,137 ވޯޓުގެ ތަފާތަކުން ކުރީގައި އުޅުއްވަނީ ބައިޑެން
4. ޕެންސީލްވޭނިއާ: 13,662 ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ ބައިޑެން
5. ޖޯޖިއާ: 1554 ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ ބައިޑެން
6. އުތުރު ކެރޮލީނާ: 76,737 ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ ޓްރަމްޕް

00:33


އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިވެއްޖެނަމަ ރީތި ގޮތަކަށް އިންތިޚާބުގެ ކަންކަން ނުނިމޭނެ ކަމަށް ކުރިން ވެސް އޮތީ ލަފާކުރެވިފައެވެ. އަދި ކަންތައްތައް ވަމުން މިދަނީ އެފަދަ ގޮތަކަށެވެ. ނާކާމިޔާބު ގަބޫލުކުރަން ޓްރަމްޕް ބޭނުމެއް ނުވެއެވެ.

އެމެރިކާގެ ތާރީޚްގައި ވެސް މީގެ ކުރިން އެއްވެސް ކެންޑިޑޭޓަކު ނުކުރާ ވަރުގެ ބޮޑެތި ތުހުމަތުތަކެއް ޓްރަމްޕް ގެންދަނީ އިންތިޚާބުގެ އޮފިޝަލުންނަށް ކުރަމުންނެވެ. ގަސްދުގައި އެތައް މިލިއަން ވޯޓެއް އޮޅުވާލައި، ބައިޑެން އަށް އެތައް ވޯޓެެއް އިތުރު ކޮށްފައިވާ ކަމުގެ ތުހުމަތު ޓްރަމްޕް ކުރެއެވެ.

ނަމަވެސް އޮބްޒާވަރުން ބުނާ ގޮތުގައި ޓްރަމްޕް ކުރަމުން ގެންދާ ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ނެތެވެ.

އެމެރިކާގެ އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރު ބައިޑެން ގެންދަނީ ޕެންސިލްވޭނިއާގައި ތަފާތު ބޮޑު ކުރަމުންނެވެ. ބައިޑެން ޕެންސިލްވޭނިއާ ކާމިޔާބު ކޮށްފިނަމަ އޭނާ އަށް އިންތިޚާބު ކާމިޔާބު ކުރެވޭނެއެވެ.

މިހާރު އޮތް ބޮޑު ސުވާލަކީ ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއިއެކު ދޫކޮށްލަން ޓްރަމްޕް ދެކޮޅު ހަދައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ޓްރަމްޕްގެ ސަޕޯޓަރުން ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަން ފަށައިފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ދުނިޔެ މިހާރު އޮތީ އެމެރިކާގެ މަސްރަހަށް ދެން ވާނެ ގޮތެއްގެ އިންތިޒާރުގައެވެ.

އެމެރިކާގެ އިންތިޚާބާއި ގުޅޭ އިތުރު ޚަބަރުތައް އިއްޔެގެ ބްލޮގް އިން ފެންނާނެއެވެ. ބްލޮގްގެ ލިންކް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ . ޖ . އ

    އަޅެ މަންޖެ އަނގަޔަކީ ދުނިޔޭގެ އަނގަތަ؟؟

  2. މަހަށްދޭބަލަ

    އިންތިޚާބު އަދި ނުނިމޭ ކަމަށް ރިޕަބްލިކަނުން ބުނާނަމަ ތަމެން ޑިމޮކްރެޓޭ މެން ޖެހޭނީ މަމެންގެ ބަސް ގަބޫލުކުރަންއޭ ސަބަބަކީ މަމެންދޯ ވެރިކަމުގައި މިތިބީ މީ މަމެންގެ ވައިޓް ހައުސް އަދި މީ މަމެންގެ ޔޫއެސްއޭ އޭ އިނގޭތޭ ތަމެން ތިޔާ އުޅެނީ އަބަހައްދަވެގެންތޭ ޑިމޮކްރެޓޭމެންނޭ ތަމެން ދެން ވައިޓް ހައުސް މަތިން ހަނދާން ނައްތާލާ ރަށުތެރޭން މުޑި ކާށި ހޮވުން ފަދަ ކަންކަމާއިގެން އުޅެންވީއޭ އިނގޭތޭ ތަމެން ޑިމޮކްރެޓޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ

  3. ނޯންނާނެއޭ

    އިންތިޚާބު އަދި ނުނިމޭ ކަމަށް ދުނިޔޭގައި މިވަގުތު ހުރި އެންމެ ބާރުގަދަ ރައީސް ވިދާޅުވާނަމަ އެކަން ޖެހޭނީ ގަބޫލުކުރަންއޭ މިހާރު އެމެރިކާގެ ރައީސް ކަމަށް ވާދަ ކުރާ ޑިމޮކް ކެންޑިޑޭޓް ބައިޑެން ވެސް ތަމެން މައިތިރިވެ ތިބެގަ މަޑުމަޑުން އިންތިޚާބުގެ ނަތީޖާ ތައް އިއުލާން ކުރާނީ އެެމެރިކާގެ ވަކި އަތަކަށް ގޮސް ހުސްވެފައިވާ މީޑިއާ ތައް ކަމަށްވާ ސީއެންއެން ފަދަ ތަންތަނެއް ނޫނޭ މިފަހަރު އެމެރިކާގެ ރައީސް ކަން ކަނޑައަޅަން ޖެހޭނީ ސްޕްރީމް ކޯޓުން އެނޫން ގޮތެއް ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ...