ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އިންޑިކޭޓަ ކުންފުނި، ޗިފް އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަށްކުރި ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ގަރާރެއް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ދެއްކެވި ވާހަކައަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

ދަރަނި މެނޭޖް ކުރުމުގެ މައްސަލަ ދިރާސާކޮށް ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭ އިން ދިން ހިސާބުތަކުގެ މައްޗަށް ރާއްޖޭގެ ޖުމުލަ ދަރަނި 172 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މަޖިލީހުގެ ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

މަޖިލީހުގެ މި ރިޕޯޓްގެ ސަބަބުން ސަރުކާރަށް ދަރަނި މެނޭޖް ނުކުރެވޭ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކަށް ފެނުމުން އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ޝަރީފް ވަރަށް ގިނައިން ވިދާޅުވެފައިވާއިރު ފިޗްގެ ރޭޓިން ދަށް ކުރީ ވެސް އެ ރިޕޯޓާ ގުޅިގެން ކަމަށް ޝަރީފް ލިޔުއްވައި ޓްވީޓެއް ކުރެއްވިއެވެ.

ޝަރީފްގެ ޓްވީޓް ރީޓްވީޓް ކުރައްވަމުން މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަލީ އާޒިމް ވިދާޅުވީ ފިޗް ފަދަ އިދާރާތަކުން ކްރެޑިޓް ރޭޓް ކުރަނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން ކަމަށެވެ.

"އެއީ ގައުމެއްގެ ހިސާބު ބަލާފައި ކުރާ ކަމެއް،" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ލިޔުއްވާފައިވެއެވެ.

ފިޗްގެ ކްރެޑިޓް ރޭޓިން ބަލައިނުގަންނާނެ ކަމަށް ފިނޭންްސް މިނިސްޓްރީ އިން ހާމަކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފިޗްގެ ރޭޓިން ބަލައިގަންނަންވާނެ ކަމަށް ލިޔުއްވާފައެވެ.

އެކަމަކު ސަރުކާރަށް ދަރަނި މެނޭޖް ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަޖިލިހުން ފާސްކުރި ގޮތާ އެއް ގޮތަށް ދަރަނި ރީސްޓްރަކްޗާ ނުވަތަ މުރާޖައާ ކުރުމަށް މަސައްކަތްކުރުމުން ޗައިނާގެ ކޮމާޝަލް ބޭންކްތަކަށް ދައްކަން ޖެހޭ ދަރަނި ކުޑަވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ފިޗްގެ ރޭޓިން ގަބޫލު ނުކުރާނެ ކަމަށް ބުނެ ނެރުނު ބަޔާނުގައިވަނީ ސަރުކާރުގެ ފަހުގެ ސިޔާސަތުތަކުގެ ސަބަބުން ޓޫރިޒަމް ރަނގަޅުވެ އިގްތިސާދު ކުރިއަރާނެ ކަމަށެވެ. އަދި މިހާރު ވެސް ސަރުކާރުން ދަނީ ދަރަނި ދައްކަމުން ކަމަށް ފިނޭންސުން ފާހަގަކުރެއެވެ.

މިދިޔަ ދެ އަހަރު ވެސް ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނިކޮށް ދާދި ފަހަކުން ރާއްޖޭގެ ރޭޓިން ދަށްކޮށް ފިޗް އިން ބުނެފައިވަނީ ރާއްޖޭން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭރުގެ ފައިސާ ވަރަށް މަދު ކަމަށާއި ޓޫރިޒަމް އިތުރުނުކޮށް ބޭރު ފައިސާ އިތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކާފަބޭ2020

    މަޖިލީހުގައިގިނައީ"ރޯނުއެދުރުން" ވާނުވާގަތިބޭބަޔަކަށް ރަނގަޅު އެއްވެސްގޮތެއްނޯންނާނެ! ކުރެވޭނެކަމެއްވެސް ހަމަހަތްހަރާމުންހަރާމް!

  2. މަސްއޫދު

    ހޮޓަލުވެއިޓަރަކަށް އުލުނު އާޒިމުއަށް ކޮން ސިޔާސީ ވާހަކައެއް ދައްކަން އެގޭނީ އޭ އާޒިމު ކަލޭރަގަޅުވާނީ ރިހަގަޑުގެ ރަހަބަލަން!

    10
    1
  3. Anonymous

    ދުނިޔޭގެ އެހެން ގައުމުތަކުގައި މަޖްލިހަކީ އެންމެ އިލްމީ މީހުން ގިނަތަން. އެތަނުން ނިންމާނީ ގާބިލް ގައުމަށް ފައިދާހުތިނިންމުން. ކްރެޑިޓް ރޭޓިންގ އަށް އެއީ ރެފެެަންސްއަކަށް ބަލާނެ. އެއީ ދުނިޔޭގަ ކަން ހިނގާގޮތް. އެމީހުންގެ ނަޒަރުން އެހެން ދުށްކަމަކު ދިވެހިރާއްޖޭގެ މަޖްލިހަށްވުރެ އިލްމީ މީހުންތިބޭނެ މަސްމާރުކެޓުގަވެސް. އެކަން އެނގޭނީ ދިވެހިންނަށް އެކަނި.

    14
  4. ބްލެކް ލޭބަލް

    މީ ހަމަ ފައް ކާ މަޔާ ހޮ ކީއެއް...އިސްތިެުފާ ދީފަ މީ ނަ ދާންވީ ފަރަށް ބޮލި ހިލަން

    20
  5. ބޮލި މުލައް

    ދެން ކީއްވެ ޤަބޫލު ކުރަން ތި ދެކޮޅު ހަދަނީ

    13
  6. އަބްދޫ

    އާޒިމް އަކަށް ސަރީފް ބުނާ ބަސްބަސް ވިސްނާނުލެވޭނެ އާޒިމަކީ ސަރީފަށްވުރެ ދަށު ދަރަޖައިގެމީހެއް ވިސްނުމެއް ނެތް މީހެއް ނަސީދު ކަހަލަ ގަމާރެއް.

    21
  7. ޝުދާޖީދީދީ

    އިރާދަކުރެއްވިއްޔާ ބޮޑުތަނުން އެމްޑީޕީ ބަލިވާނެ ދެންއޮންނަ ކޮންމެ އިންތިހާބަކުންވެސް.
    އެމްޑީޕީގެ ބޮޑުންނަނީ އިސްލާމްދީނާ ދެކޮޅު، ގައުމިއްޔަތެއްނެތް އަމިއްލައެދުމަށް މަސައްކަތްކުރާބައެއް. އާމުމެންބަރުންނަށް އަދި ސަޕޯޓަރުންނަށް މިމީހުންގެ ނުބައި އެޖެންޑާ ކިޝްފުވެ ހެޔޮވިސްނުން ދެއްވާށި......

  8. ދަރަނި ދަންތުރަ

    ކުރެޑިޓު ރޭޓިންދައްކުރީ އިބުރާހިމް މުހައްމަދު ސޯލިހުގެ ހިކުމަތްތެރިކަމުންނޯ ދޮންބިލެއް އަހުމަދު ބުނީ ، ޑޮލަރެއް 19 ރުފިޔާއަށް ވިއްކަނީ ކެނެރީގޭ ނަސީދުގެ ކުޅަދާނަކަމުންނޯ ޒަރިޔަންދު ބުނީ ، ބާރަށް އަތްޖަހާ ރީނދޫގުރޫޕު

  9. އަބްދޫ

    އެމްޑިޕީ މަޖިލިސް މެމްބަރުންގެތެރޭގަ ސަރީފް އާއެއްފެންވަރުގެ މީހަކުނެތް.ސަރީފް މެނުވީ ގައުމަށް ފައިދާހުރިގޮތަށް ވާހަޖަދައްކަވާ އެމްޑީޕީ މެމްބަރަކު ނެތް.ދެންތިބީ ގައުމު އޮރިޔާން ކުރަން އުޅޭ ބަޔަކު އެމީހުނަށް މިކުރެވެނީ ކިހާވަރުގެ ކަމެއްކަމެއް ނޭގޭ.

  10. ހަވާސާ އިބޫ

    މިގައުމުގެ ދަރިނިވެސް އަރަނިވެސް ގައުމިއްޔަތުވެސް އިގުތިސާދުވެސް ތރަގަޅުވާނީ ކެނެރީގޭ ނަސީދާއި މިމެދުހެންވޭރޭ މިކިޔާ ރޯނުއެދުރު އާޒިމުމެންކަހަލަ މޮޔައިން މިގައުމުން ބޭރުކޮށްގެން