ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ހާލުގައި ޖެހިފައި ވަނީ ބ. މުތާފުއްޓަށް ދަތުރު ދިޔަ ބައެކެވެ. އެމީހުން ދަތުރު ނިންމާލުމަށް ފަހު އެނބުރި ރަށަށް ދާން އުޅުނު ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ވަނީ އެމްއެންޑީއެފް ކޯސްޓު ގާޑުގެ އެހީތެރިކަން ހޯދާފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި ދަތުރު ގޮސްފައި ވަނީ ޖުމްލަ 11 މީހަކު ކަމުގައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 6 ކުޑަކުދިންނާއި 5 އަންހެނުން ކަމަށެވެ.

އެމީހުން ހާލުގައި ޖެހިގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިއަދު މެންދުރު 14:15 ހާއިރުއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި 16:42 ގައި ދަތުރު ދިޔަ މީހުން އެމްއެންޑީއެފްގެ ލޯންޗުގައި ބ.ހިތާދޫ އަށް ވަނީ ގެންގޮސްފައެވެ.

ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައިވާ މި ދަނޑިވަޅުގައި ކަނޑު ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ދަތުރު ދިއުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ.

ވިއްސާރަ ދުވަސްވަރެއްގައި ދަތުރު ދިއުމުގެ ކުރިން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އެންމެ ފަހުގެ މޫސުން ހޯދައި، ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަރު

    ބޮޑު ފިރިހެނަކުވެސް ނުލާ އަންހެނުން ތަކެއް ކުޑަކުދިން ގޮވައިގެން؟ ވަރަށް ދެރަކަމެއް.

    12
    2
  2. ފާތުން

    މޫސުން ގޯސްއިރު ދަތުރުނުދޭބަލަ

    22
    1