ކ. މާފުށިން ވިހެއުމަށް ފ. ނިލަންދޫ އަށް ދިޔަ އަންހެނަކު ނޭރުވި ކަމަށް ބުނެ މާފުށި ކައުންސިލުން ދެއްކި ވާހަކަ ނިލަންދޫ ކައުންސިލުން ދޮގު ކޮށްފިއެވެ.

އެވާހަކަތައް ނިލަންދޫ ކައުންސިލުން ދޮގު ކޮށްފައިވާއިރު، މާފުށި ކައުންސިލުން ވިދާޅުވީ، ނިލަންދޫ ކައުންސިލްގެ ރައީސް އަށް ގުޅައި އެރަށަށް އެރުމުގައި ދަތިތަކެއް ހުރި ކަމަށް މައުލޫމާތު ލިބޭތީ އެކަންވެސް އޮޅުން ފިލުވާފައިވާ ކަމަށެވެ. އޭގެ ޖަވާބުގައި އެއީ ދޮގެއް ކަމަށާއި، މާބަނޑު އަންހެން މީހާ ވީއެންމެ އަވަހަށް ގެނައުމަށް ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވި ކަމަށް އުސްމާން ވިދާޅުވިއެވެ.

އެކަން ދޮގުކޮށް ނިލަންދޫ ކައުންސިލުގެ ރައީސް، މުހައްމަދު ޖަލީލް "ވަގުތު" އަށް ވިދާޅުވީ، މާފުށި ކައުންސިލްގެ ރައީސް މީގެ 2 ދުވަހެއް ކުރިން ގުޅާފައި ހަމަ އެކަނި މާބަނޑު އަންހެނަކު އެރަށަށް ވިހަން ދާން ޖެހިއްޖެއްޔާ އެރޭނެތޯ ސުވާލު ކުރި ކަމަށެވެ.

އެކަމާއި ގުޅިގެން ނިލަންދޫ ހޮސްޕިޓަލުގެ މެނޭޖަރު އެބޭފުޅާއަށް ގުޅުއްވައި މާފުށިން ބަލި މީހަކު އެރަށަށް އަންނަ ކަމުގެ މައުލޫމާތު ލިބިފައިވޭތޯ ސުވާލު ކުރި ކަމަށްވެސް ޖަލީލް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވީ ނޫނެކޭ. ކައުންސިލަކަށް އެނގިފައެއް ނެތޭ. މާފުށި ކައުންސިލްގެ ރައީސް މިގޮތަށް ގުޅާފައި ވިދާޅުވީމަ އެގޮތަށް ދެންނެވީމޭ. ދެން ވިދާޅުވީ، މިކޮޅުގައި ވެސް މައްސަލަ ޖެހިގެންނޯ އުޅޭނީ، ހަމަ އެކަނި ގުޅާލާފައި މާބަނޑު މީހާ ދިޔައީމަ ދެއްކިދާނެތޯ ސުވާލު ކުރުމުން އޭގެ ޖަވާބުގައި އާ އެކޭ ބުނެފައޭ އޮންނާނީ" ޖަލީލް ވިދާޅުވިއެވެ.

މާބަނޑު އަންހެން މީހާ އެރަށަށް ދިއުމުން ހޮސްޕިޓަލްގެ މެނޭޖަރު އެބޭފުޅާ ކައިރީ، ހަމަ އެކަނި ބަލި މީހާއާއި 2 އެހީތެރިންނަށް އެރަށަށް އެރޭނެ ކަމަށް ބުނި ކަމަށް ޖަލީލް ވިދާޅުވިއެވެ. އެހެން ނަމަވެސް ޑޮކްޓަރަށް ދައްކާ ނިމިގެން މަޑުކުރަން އަންގައިފިނަމަ 3 ބޭފުޅުންވެސް ހޯމް ކަރަންޓީނު ވާން ޖެހޭނެ ކަމަށް އަންގާފައިވާ ކަމަށް ޖަލީލް ވަނީ ވިދާޅުވެފައެވެ.

"އެގޮތަށް ވާހަކަ ދެއްކުމުން އެއިން އެއްވެސް ކަމެއް ކުރަން ބޭނުން ނުވާތީ އެބޭފުޅުން އަމިއްލައަށް ފުރައިގެން ދިޔައީ." ޖަލީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ދެން އެބުނެވުނީ ކީކޭ.. ހޯމް ކަރަންޓީން އަކީ ކުޑަ ގޮޅިއަށްލުން ކަހަލަކަމެއް.. ޑރ ވެސް ނުދެއްކޭނެ ކަލޭމެންގެ ހުއްދަ ނުލިބެންޔަކާ...

    4
    9
  2. ގާސިމް

    މިއީ ޖަލީލު ކުރި މިކަހަލަ 2ވަނަ ކުށް. ކުރިން ދުވަހު އަޑުއިވުނީ ބިލެތްދޫ މާބަނޑުމީހަކު ނާރުވަން އުޅުނު ހަބަރު ނޫސްތަކުން. މިއަދު މާފުށީ މާބަނޑު މީހެއް. ކައުންސިލާއި ހޮސްޕިޓަލުގެ މެނޭޖަރަށް ފިޔަވަޅުއަޅާ ބަދަލުކުރަންވީ. މަގޫދޫގައި އޮތް އަތޮޅުވެރިކަން ފޭރިގަނެގެން ލިބިފައިއޮތް ހޮސްޕިޓަލެއްތީ މައުމޫނުގެ ވެރިކަމުގައި. އަތޮޅުވެރިކަން ބަދަލުކުރިގޮތް ރިވިއުކޮށް މަގޫދޫއަށް އަވަހަށް ބަދަލުކުރަންވީ. ވަރަށް ދަށުދަރަޖައިގެ ލާއިންސާނީ އަމަލުތައް މިހިންގަނީ. މީހުން ރުޅިއަރުވައިގެން އެރިޔަނުދެނީ

    7
    13
  3. ގްރީސް

    ނިލަންދޫ މީހުން ވަރަށް ދޮގުހަދާނެ. އަޅުގަނޑަކީ ވެސް ނިލަންދޫ އަށް ވިހަށް ދިޔަމީހެއް ދެވުނު މޮޔަހީވި. އަބަދުވެސް އެހެން ރަށްރަށު މީހުންގެ ގޯސްވާހަކަ ދައްކާނީ. އެރަށު މީހުންގެ ރަގަޅު ވާހަކަ މޮޅު ވާހަކަ އަބަދުވެސް ދައްކާނީ. ނާތަޙްޒީބް ރަށެއް ނިލަންދޫ އަކީ

    11
    7
    • ނިލަންދޫ

      ދެން ވިހަން ދާނީ ގްރީސްއަށް އެހެންވީމަ

  4. ޒާ

    އޖަލީލް ދެން މަތިޖަހަން ނޫޅުނިއްޔާ ރަނގަޅުވާނީ. ތި ޖަލީލު ނުދަންނަމީހަކުނެތް. ކާކުކަން ވަރަށް ރަނގަޅަށް އެނގޭ.

    10
    5
  5. މަގޭރިން

    މާފުށީ މީހުން އަދި ތިހެން ދޮގު ވާހަކަ ފަތުރައިގެން ފިތުނަ ފަސާދަ ފަތުރަން އުޅުނަސް ނިލަންދޫ މީހުން އެކަމާ ކަންބޮޑެއް ނުވާނެ. އިންޝާﷲ ދޭ ޚިދުމަތަކަށް އަދި މެހެމާން ދާރީއަކަށް ކުޑަވެސް ބަދަލެއް ނުގެންނާނެ

    4
    3
  6. ޢަހުމަލް

    ރައްޔަތުން ޖަލީލުމެންނަށް ނޫނެކޭ ބުނަންވެއްޖެ. ޢާއިލީ މޫލާފަ އާއިލީ ވެރިކަމެއްކުރާ ތަނެއްތީ. ޢަދިވެސް ހިތްނުފުރެނީ ތޯއްޗެއް.

    2
    1
  7. Anonymous

    ނިލަންދޫ ހޮސްޕިޓަލަށް ވިހަން ގެންދާ މީހުންނާ މެދު ވަރަށް ގޯސްކޮށް ކަންކަން ކުރާ ބަޔަކު ތިބި ހޮސްޕިޓަލެ އްތީ ވަރަށް ނާތަހުޒީބު ބަޔަކު ތިބި ތަނެ އް

    2
    4
  8. މަރޭ

    ނިލަންދޫ ހޮސްޕިޓަލަށް ވިހަން ގެންދާ މީހުންނާ މެދު ވަރަށް ގޯސްކޮށް ކަންކަން ކުރާ ބަޔަކު ތިބި ހޮސްޕިޓަލެ އްތީ ވަރަށް ނާތަހުޒީބު ބަޔަކު ތިބި ތަނެ އް

    3
    3