މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރައީސް ކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި މާތްވެގެންވާ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެއްވެސް ރިޕޯޓެއް ނެރުނު ހަނދާނެއް ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓް ނެރުނުއިރު އެ ޖަމިއްޔާގެ ރައީސަކީ މިހާރުގެ ޕީޖީ ޝަމީމް ކަމަށް އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ފައުންޑަރު ޝަހިންދާ އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

"ދިވެހިރާއްޖޭގެ އަޑު" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންީ ޝަމީމް ވިދާޅުވީ ވަރަށް ގިނަ ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވައި އެކި މަގާމުތައް ފުރުއްވި ކަމަށެވެ. އެ ގޮތުން އެމްޑީއެންގެ ރައީސްގެ މަގާމާއި ޗެއާޕާސަންގެ މަގާމު ފުރުއްވިކަން ފާހަގަކުރެއްވިއެވެ. އެކަމަކު އެއީ މަދު ދުވަސްކޮޅަކަށް ކަމަށް ވިދާޅުވިއެވެ.

"އެމްޑީއެންގެ ރައީސްގެ ގޮތުގައި ހުރިން، ޗެއާޕާސަން ކަމުގައި ވެސް، އެމްޑީއެން އެކަންޏެއް ނޫން، ވަރަށް ގިނަ ޖަމިއްޔާތަކުގައި މަސައްކަތް ކޮށްފައި ހުންނާނެ، މި ދެންނެވި ގޮތަށް ވަރަށް ގިނަ ޖަމިއްޔާތަކުގައި އުޅެފައި ހުރުމުން އޭގެ ތަފްސީލްތަކެއް ހަނދާނެއް ނުހުރޭ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެމްޑީއެން އިން ލާދީނީ ރިޕޯޓްއެއް އެ ދުވަސްވަރު ނެރުނު ހަނދާނެއް އޭނާ ނުވާ ކަމަށެވެ. ރިޕޯޓެއް ނެރެފައި އޮތް ނަމަ އެ ކަމުގައި ބައިވެރި ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ހަނދާނެއް ނެތް އެކަހަލަ [ލާދީނީ] ރިޕޯޓެއް ނެރުނު ކަމެއް. ނެރުނަސް އެ ދުވަސްވަރު ހުރީކީއެއް މާލޭގައެއް ވެސް ނޫން. އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި، އަޅުގަނޑު ހިތުން އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިފައެއް ނޯންނާނެ. އެ ރިޕޯޓް ޕަބްލިޝް ކުރުމުގައި އޭގަ ހުރި އެއްޗެއް ކިޔާ އެ ރިޕޯޓް ޕަބްލިޝް ކުރުމުގައި ނޫޅެން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް މިހެން ވިދާޅުވިއިރު، އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓްގެ މައްސަލާގައި އެ ޖަމިއްޔާ މިހާރު ވަނީ އުވާލާފައެވެ. އެކަމަކު ރިޕޯޓް ނެރުމުގައި ބައިވެރިވި އެއްވެސް މީހަކު މިހާތަނަށް ތަހުގީގަށް ހާޒިރުކުރިކަން އެނގިފައެއް ނުވެއެވެ.

އެމްޑީއެންގެ ރިޕޯޓާ ދާދި އެއްކަހަލަ ރިޕޯޓެއް ނެރުނު އުތެމަ ޖަމިއްޔާ އާއި މެދު އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އެމްޑީއެން އުވާލާފައިވާއިރު، އެ އެޖަމިއްޔާގެ އިސް މެންބަރުންނާއި، ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި މީހުންނަށް އަދަބު ދިނުމަށް އާއްމު ރައްޔިތުންނާއި ދީނީ އިލްމުވެރިންވެސް ގޮވާލަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ކޮވިޑް

    ބްރޯ އަޅެ ބުނެދީބަލަ ހަންދާން ވާ ކަމެއްގެ ވާހަކަ؟އަނެއްކާ ސަހިންދާ ވަރި ކުރެވުން ކަން ހަންދާން އެބަހުރިތަ؟ އަދީބް ބްރޯ މަތިން ހަންދާން އެބަހުރިތަ؟ކީއްކުރާނީ މިރާއްޖޭގެ ޕީ.ޖީ އަކަށް ވެސް ގަރަހިތަ އެއް........

    64
    2
  2. ޣ

    ރި÷ޯޓުގަ ޝަމީމުގެ ނަން އެބައޮތް އަދި ޝަމީމުގެ ވިސްނުމާއި ވާހަކަ އަކުރުންއަކުރަށް ލިޔެފައެބައޮތް. ޝަމީމު ހަނދާންނެތޭ ބުނުމަކުން އަދި ބޯދަމައިނުގަނެވޭނެ.

    49
    • ށަވީދު

      ސަމީމްގެ ވާހަކައިން މިކަހަލަ ރިޕޯޓެއް ނެރުނަސް އޭރު ރާއްޖޭގަ ނެތިން، ބުނަން އެއުޅޭ އެއްޗަކުން މީ ހަމަޖެހޭ ވާހަކަދައްކާ މީހެއް ނޫންކަން އެނގޭ. ޜިޕޯރޓް ނެރުނީ އޮންލައިންކޮށް ވިއްޔާ. މީނަ ޖައްވީސްޓޭޝަނުގަ ހުއްޓަސް އޮންލައިންކޮށް ނެރޭ ރިޕޯރޓެއް ނެރޭން ރާއްޖޭގަ ހުންނަން ޖެހޭ ސަބަބެއް ނުވިސްނޭ

      23
      1
  3. ކޮވިޑް

    ޝުކުރިއްޔާ ސަމީމް، ދިވެހިރާއްޖޭގެ ޕީ.ޖީ.ތި ބުނަނީ އެ ރިޕޯޓަކީ ލާދީނީ ރިޕޯޓެކޭ..ދެން އަޅުގަނޑަކަށް ނުވިސްނޭ ކޮލިހުން ، އެސްވެސް ތާކުން މިކަން ތަހުޤީޤް ކުރަން ޖެހޭހެނެއް.ތި ބުނީ ސާފް ބަހުން ލާދީނީ އޭ،،،،، "ހަނދާނެއް ނެތް އެކަހަލަ [ލާދީނީ] ރިޕޯޓެއް ނެރުނު ކަމެއް. ނެރުނަސް އެ ދުވަސްވަރު ހުރީކީއެއް މާލޭގައެއް ވެސް ނޫން." މިހެން ބުނިންތޯ؟

    44
  4. ހަހަހް

    މިސަރުކާރުގަ ތިބޭލާދީނީ މީހުން ނުކުރާނެ ކޮށްފަވެސް ބުނާނެ ނުކުރަމޭ ޖާހިލުންގެ ސަރުކާރު ނުކުރަމޭ ބުނީމަ ނިމުނީ މިބައިގަޑައް ބަލާނެ މީހިކުވެސް ނުހުންނާނެ ނުވެސް ބަލާނެ

    36
    1
  5. ބެއްޔާ.

    ހުރިހާ ޖަރީމާތަކުގެ އަޑިގަހުރި މުޖްރިމަކު މިހިރީ ޕީޖީގަ.. ސަޅި

    43
    1
  6. ާައެދި މަރިމަބު ގެ ދަރި

    ޢެހެން ތިބޭ ފުޅުންގެ ހަދާން ވަ ރަށް ބަލިވާނެ. ޙަނދާން ބަލި ކަމުން ގިނަފަހަރަށް ހެދޭނީ ދޮގު

    35
    2
    • ޣަނި

      ދޯ. މޫނުމަތިންވެސް ހުސްދޮގު ފެންނަކަހަލަ. ޢެކިއެކި އަނިޔާވެރިންނާ، ގަތުލުހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ދިފާއުގަ މަދު ފައިސާކޮޅަކަށް ކޯޓްތަކުގަ ދޮގުހަދާ ހަދާ، ތެދެއް ނުވެސް ބުނެވެނީކަންނޭގެ. ޥަﷲއައުލަމް

      17
  7. އެމްޑީއެން

    ކަލޯ ޕުރޮސެކިއުޓާޖެނެރަލަށް ލިބޭ މުސާރަ ދެގުނަ ނަގާ ކެވޭކަން ހަނދާ ން އެބަހުރިތަ!...ހިދުކޮޅުގަ ތި ހުންނަނީ ބީތާވެފަ އުތަ.....މަރު ހަނދުމަ ވޭތޯ ބަލާބަލަ!!!

    32
  8. Anonymous

    ކަލޭ މައިންބަފައިން ތިބިކަންވެސް ހަނދާނެއްނުހުއްނާނެ ކަލެއަކީ ގިނަވަގުތު ހަމަހޭގައިހުންނަމީހެއް ނުނެއްނު ވަރައްރަނގަޅައް އެނގޭތި މިބުނީ ބޮޑު ލާދީނީ މުނާފިގު

    29
  9. ޟމ

    ޖަމިއްޔާ އެއްގެ ރައީސް އަކަށް ހުއްޓާ އެ ޖަމިއްޔާ އިން ކުރާކަންކަން އެބޭފުޅެއްގެ ބޮލުގަ ނޭޅި ސަލާމަތް ވާކަމަށް ވަނީ ނަމަ ތިޔަ އޮތީ އިންސާފް އައިސް ވަށާލާފަ، ރައީސް ވީމަ ޖަމިއްޔާ އިން ކުރާ ހުރިހާ ރަގަޅު ކަންކަން ރައީސް ނިދިކުރައްވާފަ އޮތަސް އެއީ ރައީސް ކުރެއްވި ކަމަކަށް ވަނީ، ގޯސް ކަމެއް ވިއްޔާ ބައިވެރިއެއް ނުވަމޯ،

    28
    1
  10. އަޙްމަދު

    ދުރު ނޫން މުސްތަޤްބަލުގައި ހިނގާ ކަންކަން ނޭނގޭ މީސްމީހުން ބޮޑެތި މަޤާމުތަކަށް ކުފޫ ހަމަވޭތޯ؟؟؟؟؟؟

    29
  11. ބޮނޑުގޮނހޮޑާ ޖާހިލުން

    އެކަމަކު ކަލޭއަށް އެނގޭ ދޯ އެއީ ލާދީނީ ފިކުރު ޕްރޮމޯޓްކުރަން ކަލޭމެން ހެދި ޖަމިއްޔާއެއްކަން ޤިޔާމަތް ދުވަހުން ތިޔަޖަވާބު ދީގެން ސަލާމަތްވެވޭނެކަނަމަށް ހީނުކުރާތި.

    28
    1
  12. ކ

    މަނިކުފާނު ޝަހިންދާ އާއި ކައިވެނި ކޮށްގެން އުޅުނު ހަނދާން ހުރޭތޯ

    30
  13. ޕ

    ޑރ. މުސްތަފާ ލުތުފީ އެކޭ އެއްވަރު ވީ އޭނާވެސް ރައީސް އޮފީހުގެ ބައެއް މިނިސްޓަރުން ގާތު އެބައަހާ މިނިކުފާނު މިތަނުގައި ތޯ ތިޔަ އުޅުއްވަނީ ... ޕީޖީ އަކަށް ތޯ ތިޔަ ހުންނެވީ ހަނދާނެއް ނެތޭ ބުނަނީ ބޯ ދަމައިގަންނަން އަންނި ވެސް މިހާރު އެބަ ބުނޭ އަހަރެން ލައިލާއާއި އިނދިގެން އުޅުނު ހަނދާނެއް ނެތޭ ކެނެރީގޭގައި އޭ ކުރިންވެސް އުޅުނީ އަދި މީހާރުވެސް މިއުޅެނީ

    20
  14. އިބްރާހީމް

    ހަހަހަ... ރައީސް ކަމުގައި އެކަމަކު ނޭގޭ.. މިވަރަށް ޒިއްމާދާރު ވެވޭނީ.. އެހެންވީމާ ރ. ޔާމީންވެސް ދައުރުގައި ހިނގި ކަންކަމުގައި އެބޭފުޅާ ޒިއްމާވާކަން ނުޖެހޭތާދޯ...

    27
  15. ޥާލުސޮރު

    ޢޭނާ އެހެދީ ދޮގު ފާލުކަން ބޮޑުގޮތެއްގާ އަމަލީގޮތުން އެނާ އެކަން ކުރިކަން ފެންނަ ހުރި އެކިތަކާ ގަރީނާ ތައް އެބަހުރި އަޅެ އަހާލަ ބަލަ އިމޫ ކައިރީ

    18
  16. ހިހި

    ހުސްދޮގު

    14
  17. ހުސެންދީ

    މި ކަހަލަ މަރުމޯލުން މިތިބިބެނީ މަތީ މަގާމްދީފައި. ކައޭ ހަނދާން ނުވިޔަސް ރިކޯރޓް ތަކުން ފެންނަން ހުންނާނެ. ކައޭގެ ސީވީ ގައި ހުންނާނެ އެމްޑީއެންގެ އައީސް ކަމަށް ހުރި ދުވަސްވަރު. އެ ރިޕޯރޓްގައި އިންނާނެ ރިޕޯރޓް ނެރުނު ތާރީހް. މީ ހަކުމަރާ ފަވެސް ބުނަންވީ ތިމަންނަ ހަނގާނެއްނެތޭ މެރިކަމެއް. ޔާމީންނާ ބޮރޯޔާ ވެސް ބުނޭ ހަނދާނެއްނެތޭ އަހަރެމެންގެ މާލިއްލަތު ކާލި ހަނދާނެއް. އަމީންވެސް ބުނޭ ވެންޓިލޭޓަރ އެއީ ކޯޗެއްކަމެއް ނެގެއޭ. އަންނީ ބޭ ބުނޭ ތިމަންނަ ގާޒީ އެއް ހައްޔަރު ކުރި ހަނދާނެއް ނުވެއޭ. އިމްރާން ވެސް ބުނޭ ތިމަންނަގެ ކުރީގެ އަނބި ވަރި ކުރި ކަމެއް ހަނދާނެއް ނެތޭ. އޭރުން ކައިވެނި ރޫޖޫއަވެ ކުރީގެ އަނބި ހުނއްދަވާނޭ.

    8
    1
  18. ސިއްތި

    ރީތި ވާހަކަތަކެއް ދައްކައިފިއެއްނު، ދޮގުހެދިއަސް ބޮޑުވަރެއް، ބޮޑުހިޔާނާތުގެ ފައިސާގައި މިކަލޭގެ ޖެހިހުރެ ހަދާންނެތިގެން ޔާމީނަށް ނުހައްގުން އަދަބުދެނީ

    16
  19. ޣި

    ރިޕޯޓެއް ނެރުންކަން ހަނދާނެއްނެތް އެކަމު ރިޕޯޓު ނެރުނުއިރު ރާއްޖޭގަ ނެތްކަން ޔަޤީން ދޯ.

    17
  20. ނާދިރާ

    ދޮގުހަދާ މޑނ މީހަކު ޕީޖީއަށ ލުމަކީ އވެރކަން ލާދީނީވެފައިވާ މިންވަރު ނޭގޭ ކަމއްތަ؟

    16
  21. ޢިޔާބު

    ފަތަން ދޭބަލަ މޫދުަގަ. ލަދުކުޑަ

    15
    1
  22. އައްޑޫ މީހާ

    ލާދީނީ ވަހަކަތައް ދައްކަމުން އުޅުނު ހަދާން ވޭތަ؟ އަހަރެން ހުރި ތަނެއްގައި ސީދާ އިސްލާމް ދީނާއި ޙިލާފް ލާދީނީ ވާހަކަދަައްކާފައި ހުރީމަ މަ މިހެން ބުނަން މިޖެހުނީ

    10
    1
  23. ބަލާވެރިކަން

    ލާދީނީ ސަރުކާރަށް ނުވާނެ އެށްކަމެވެސް

    10
    1
  24. ބޮލި މުލައް

    ރިޕޯޓާ ގުޅިގެން މުޅި ރާއްޖެ ކެކި އެރިކަން މިކަލޭގެ ހަނދާނެއް ނުވޭ.
    އާފިޔާ ކުށެއް ނުކުރާމީހަކަށް ހަދަން އުޅުނުކަން ހަނދާން އެބަހުރިތަ؟
    ޤައުމެއްގެ ޕީޖީ ގެ ހާލަތު.

    9
    1
  25. ސަމްސިއްޔާ

    ރާއްޖޭން ބޭރުގައި ހުރުން، ހަނދާން ނެތުން؟؟ މިއީ ކަންކަމުން ރެކެން ދައްކާވާހަކަ، ދެން އަހަރުމެން ގަބޫލުކުރަންވީ. މާދަމާ އަދީބުވެސް އަދި ދެން ވައްކަމުގައި ބައިވެރިވިމީހުންވެސް ބުނަންވީ މިހާރު ހަނދާނެއްނެތަ؟؟؟ ދެން އެމީހުން ދޫކޮށް ލަންވީ؟؟

    10
  26. ޒާ

    އިހައްދުވަހަކު ވީކެއް އެއީ. އެހާ ހަނދާން ބަލިމީހަކު ތިހާ ޒިންމާބޮޑު މަގާމެއްގައި ހުންނަން ހެޔޮނުވާނެ.

  27. ޖުނެއިދު

    ކަލޭ ކޮންކަމެއްހަދާން ހުންނަނީ ޝަހިންދާޔާއިން ހަދާންވޭތަ

    5
    1
    • ކިލޯ

      ޢަސްލު މިހުރިހާކަމެއްމިވަނީ ޝަމީމް ޝަހިންދާ ވަރިކުރީމަ. ޢެރުޅިގަނޑުގަ ޝަހިންދާކަހަލަ ތާކުން ތާކުނުޖެހޭ މީހުން ދައްކާވާހަކަ ގަބޫލުކޮށް ކޮމެންޓް ކުރާނީ ބޯހަމަ ނުޖެހޭމީހުންނެކޭ ބުނާކަށް ނެތިން. ޥަރަށް ސަލާމް.

  28. އާސިދާ

    މިހާ ހަނދާން ބަލި މީހުންވެސް މިވަރުގެ މަގާމުތަކައް ތަސައްރަފު ފުދޭނެބާ...ދަހިކަން ..ލާރި ލިބެންޏާ ހެޔޮތާދޯ

    6
    1
  29. ދޮގުވެރިޔާ

    ވިސްނާ ފިކުރު ކުރާ ބަޔަކަށް ބޮޑު މަންޒަ ރު ފެނޭތޯ..

    9
    1
  30. ޤާދިރު

    ހަނދާްން ނެތޭ ބަލި ހުންނަ ނުކުޅެޭ މީހުންނަށް ޕީޖީގެ ޝަރުތެއް ހަމައެއްނުވާނެ. އަވަހަށް އިސްތިއުފާ ދެއްވާ..

  31. ގނނނނނޖބބބބބބބ

    ތިހާ ހަނދާން ބަލި މީހެއް ޕީޖީ ކަމުގަ ބަހައްޓަން ރަނގަޅު ބާ؟!