ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އިންޑިކޭޓަ ކުންފުނި، ފިޗް އިން ރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަށް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފް ބޮޑުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނެ އެމްޑީޕީން މިވަނީ ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާން ޖެހުން ސިސްޓަމަކަށް ހަދާފައި ކަމަށެވެ. އަދި ފިޗުން ކްރެޑިޓް ރޭޓިން ދަށް ކުރުމުން ރައްޔިތުންނަށް ތަކުލީފް ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

"އެތައް ޖީލަކަށް އިގްތިސާދު ފުނޑުފުނޑުވެގެން އެ ދިޔައީ،" ޖަމީލް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފައެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ.

އެކަމަކު އެ ރޭޓިން ގަބޫލު ނުކުރާކަމަށް، ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު އަންނަނީ ކުރިއަރަމުންނެވެ. އަދި ރާއްޖޭން ދައްކަން ޖެހޭ ދަރަނި ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ފާހަގަކުރިއެވެ.

މިދިޔަ ދެ އަހަރު ވެސް ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނިކޮށް ދާދި ފަހަކުން ރާއްޖޭގެ ރޭޓިން ދަށްކޮށް ފިޗް އިން ބުނެފައިވަނީ ރާއްޖޭން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭރުގެ ފައިސާ ވަރަށް މަދު ކަމަށާއި ޓޫރިޒަމް އިތުރުނުކޮށް ބޭރު ފައިސާ އިތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މި ގެރި ސަރުކާރަށް ހެވެއްނު ލާރި ކެވެނިކޮށް

  2. އ . ޖ . އ

    ތަކަމުގެ ޒިންމާ ނަގަން އެންމެ އެކަށީގެންވަނީ ކަލޭ.. ތީ އޭގެ ބާނީ އަކީ

  3. ޤަބީލާ

    ރައީސް ޔާމީން ދަރަނިނެގީ ދަރަނި އަދާކުރެވޭނޭފަދަ ގޮތްތައްހޯދާފަ! އަދި ނެގި ދަރަނިން ކުރި މަސައްކަތްތަކުގައި އަތްލެވެން ހުންނާނެ! މިއަދުގެ ނާޤާބިލް ސަރުކާރުން ހެސްކިޔާފަ ދަރަނި ނެގިއިރުވެސް ފެންނާކަށް އެއްޗެއްނެތް! ނަގާ ދަރަނިތައްވެސް ފައިކޭޓަށް އެ އަޅާލަނީ!