މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ލާދީނީ ރިޕޯޓު ނެރުނު މައްސަލައިގައި އެ ރިޕޯޓް ނެރުމުގައި ބައިވެރިވި މީހުންނަށް ދައުވާ ކުރުމުގެ މަރުހަލާއަށް ދެވެން އޮތީ ފުލުހުންގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކުރުމަށް ފޮނުވުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

"ދިވެހިރާއްޖޭގެ އަޑު" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ ދީނަށް ފުރުއްސާރަ ކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި އެފަދަ ކަމެއް ހުއްދައެއް ނުކުރާނެ ކަމަށެވެ. އެފަދަ މައްސަލައެއް ދައުވާ ކުރަން ފުލުހުން ހުށަހެޅުމުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ދައުވާ ކުރުމުގައި އަޅުގަނޑުމެންގެ ދައުރަކީ އަބަދުވެސް ފުލުހުން ތަހްގީގު ކޮށްފައި ގެންނަ މައްސަލައެއްގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން. އެމްޑީއެންގެ މައްސަލާގައި ވެސް ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ނިންމައިގެން އައުމުން އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން. އެ ފިޔަވަޅު އަޅުގަނޑުމެން އާންމުންނާ ވެސް ހިއްސާ ކުރާނަން." ޝަމީމް ވިދާޅުވިއެވެ.

އެމްޑީއެންގެ ރައީސްގެ މަގާމު ވަރަށް ކުރު މުއްދަތަކަށް ފުރުއްވި ކަމަށް ޝަމީމް ވިދާޅުވިއެވެ. އެ މުއްދަތުގައި އެފަދަ ލާދީނީ ރިޕޯޓެއް ނެރުނު ހަނދާނެއް ނެތް ކަމަށް ވިދާޅުވިއެވެ. ރިޕޯޓު ނެރުނަސް އެފަދަ ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް މިހެން ވިދާޅުވިއިރު، އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓްގެ މައްސަލާގައި އެ ޖަމިއްޔާ މިހާރު ވަނީ އުވާލާފައެވެ. އެކަމަކު ރިޕޯޓް ނެރުމުގައި ބައިވެރިވި އެއްވެސް މީހަކު މިހާތަނަށް ތަހުގީގަށް ހާޒިރުކުރިކަން އެނގިފައެއް ނުވެއެވެ.

އެމްޑީއެންގެ ރިޕޯޓާ ދާދި އެއްކަހަލަ ރިޕޯޓެއް ނެރުނު އުތެމަ ޖަމިއްޔާއާ މެދު ވެސް އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އެމްޑީއެން އުވާލާފައިވާއިރު، އެ އެޖަމިއްޔާގެ އިސް މެންބަރުންނާއި، ރިޕޯޓް ތައްޔާރު ކުރުމުގައި ބައިވެރިވި މީހުންނަށް އަދަބު ދިނުމަށް އާންމު ރައްޔިތުންނާއި ދީނީ އިލްމުވެރިން ވެސް ގޮވާލަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    ތި ތަހުޤީޤް ނުނިމުނަސް އޯކޭ އޭ ސަމީމް. މިސަރުކާރު އޮތް ހާދުވަހަކު ކިހިނެއް ތި ތަހުޤީޤް ނިއްމާނީ؟ތަހުޤީޤް ހިންގަން ތި ތިބީ ރިޕޯޓްގެ މުއްލާއިން.ސޯ؟މި ލާދީނީ ވެރިކަން ނިމުނީމަ ތިކަން ކުރާނީ އޭރަށް އަވަހަށް ފިލަން ތަތްޔާރު ވޭ؟ފިލިޔަސް އޮތްތާކުން އިންޝާ ﷲ ތި ބައިގަނޑު ގެންނާނޭ.

    11
  2. ފޮޑި ފުރޭނި

    ތި ތަހުޤީޤް ނުނިމޭނެ ދުވަހަލުވެސް. ބައި ކޮޅަށް ގޯލުނުޖަހާ ދޯ

  3. އަންތަރީސް

    "އެމްޑީއެންގެ ރިޕޯޓް ނެރުނު މީހުންނަށް ދައުވާ ކުރެވޭނީ ފުލުހުންގެ ތަހުގީގު ނިމި ފޮނުވުމުން: ޕީޖީ" ދެން ކިހިނެއް ދަޢުވާކުރަން ފޮނުވޭނީ އަމިއްލަ މީހާއާއި ޖަމިއްޔާގެ ބައިވެރިން މިލާދީނީންގެ ތެރޭގައި މިހިމެނެނީ، ލާދީނީންގެ ސަރުކާރު

  4. ޙުސްނީ

    މިސަރުކާރު އޮތްހާދުހަކު މި ލާދީ ބައިގަނޑު ތިކަމެއް ނުކުރާނެ .... އިންﷲ ތިޔަބައިގަނޑަށް ހައްޤް އަދަބު ލިބޭނެ....

  5. ހުސެންކޮއެ

    ތަހުގީގުކުރަން އެމް.ޑީއެން ހަމީދު، ދައުވާކުރަން އެމް ޑީ އެން ޝަމީމު، ހުކުމް ކުރަން އެމް.ޑީ.އެން ފަނޑިޔާރު، އިސްތިއުނާފު ކުރަން އެމް.ޑިއެން ފަނޑިޔާރު، މަޖިލީހުގައި އެމް.ޑި އެންގެ ބަފާ! ދެން ތި ދާނެގޮތް އެބަ ފެނޭ!