ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީންނަށް ދިގު މުއްދަތަކަށް ވިސާ ދޭން ޖެހޭ އިސްލާހެއް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައި މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ކޮމިޓީގެ ރިޕޯޓް ނިންމައި ތަޅުމަށް ފޮނުވާފައިވާއިރު އެ ރިޕޯޓްގައިވާ ގޮތުން ރާއްޖެއިން ބިދޭސީންނަށް މިހާރު ދޫކުރާ ވިސާގެ އިތުރަށް ކޯޕަރޭޓިވް ވިސާގެ ނަމުގައި އާ ވިސާއެއް ތައާރަފް ކުރާނެއެވެ.

ރިޕޯޓްގައިވާ ގޮތުން އެ ވިސާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓެއްގެ ހިއްސާދާރެއް ގޮތުގައި ތިބޭ ބިދޭސީންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް ހުއްދަ ދެވޭ ވިސާއެކެވެ.

މި ގޮތުން ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީއަކު އެ ވިސާއަށް އެދުމުން ދޫކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ ހާލަތު އޮންނަހާ ހިނދަކު ފަސް އަހަރަށް ފަހު ވިސާ އާ ކުރަން ޖެހޭއިރު ވިސާ އާކޮށްދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

މީގެ އިތުރުން ފަސް އަހަރުގެ މުއްދަތަކަށް ދިވެހިންނާ ކައިވެނިކޮށް އުޅޭ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރުމަށް ހިމަނާފައިވެއެވެ. ކުރިން އޮތީ އަހަރުން އަހަރަށް ވިސާ އާ ކުރަން ޖެހޭ ގޮތަށެވެ.

މި ކަމަށް ޝަރުތުތަކެއް ވެސް ހިމެނެއެވެ. ކައިވެންޏަށް މަދު ވެގެން ހަތް އަހަރު ވުމާއި ހަތް އަހަރު ރާއްޖޭގައި ދިރިއުޅެފައި ވުމާއި ހޭދަވި ކޮންމެ އަހަރެއްގައި މަދުވެގެން އަށް މަސް ދުވަހު ރާއްޖޭގައި ދިރިއުޅެފައި ވުމަކީ ޝަރުތެކެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަބޫ

    ދިވެހިންނާ ކައިވެނިކޮށް އުޅޭ ބިދޭސީންނަށް (މައިން ނޫނީ ބަފައިންނަށް) އާސަންދަ ލިބޭނެ ގޮތެއްވާނެބާ.

    5
    26
    • ކޮމެންޓު

      އޭރުންތާ އެބޭފުޅުންގެ ކައިވެނިފުޅު ގިނަވާނީ

      24
      1
  2. ވިސްނާލުމަށް އެދެމޭ

    ކޮ ންފަދަ ނުބައި ނުވިސް ނޭ ބައެއް މިތިބީ ސަރުކާރާ ހަވާލުގެ ން...ރައްޔިތުންގެ ސަލާމަތާ ގައުމުގެ ރައްކާތެރިކަމެ އަމާ ންކަމަކަށް ނުވިސް ނާ ގައްދާރު ންތަކެ...ރައްޔިތުންގެ ގި ނަބަޔަކު ޢާފިލުވެ މަދުފައިސާ ކޮޅަކަށްހެއްލި ވޯޓުވިއްކީމަ ވާގޮތްމީ...ކައު ންސިލް އި ންތިޙާބުގަވެސް ވާ ނީ ހަމަ އެއްގޮތެ..ޖީބަށް ފަސްރުފިޔާ ލައިދި ނަސް ވޯޓުދޭ ނެ..ޔާﷲ އަޅަމެ ންގެ ރައްޔިތު ންނަ ހެޔޮވިސް ނު ން ދެއްވާށި..

    34
  3. އަހްމަދު

    މިރާއްޖޭގެ ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުޑާލާ ބޯރާވިޔަފާރިވެރިންނައް ފުރުސަތުތަނަވަސްކޮށްދިނުމައް ކުރާކަމެއްތީ

    32
    1
  4. ހުސެންކޮއެ

    ބޮޑު ލާރިއެއް ދިއްކޮށްލިޔަސް މިހާރު އަމާގެ ފައްޓަރުބައި ވެސް ވިއްކާލާނެ! ޤައުމު ދަވާލައިފި!

    35
  5. ސަމްސިއްޔާ

    ތިޔަ ކަން މުޅިން ގޯހެއްނޫން. އެކަމަކު ތިޔަ ބުނާ ޑޮލަރު ޑިޕްސިޓް އަބަދުވެސް ހުންނަންޖެހޭތަ؟؟

    7
    11
  6. ލާމު

    ބޭރުގެ ކޮންބަޔަކަށް ވިސާ ނުދެވިގެންތް ފަޓާސް ބަރިއެއްހެން އިސްލާހުތަކެއް މި ހުށަހަޅަނީ. އަޑިނޭނގޭ ކޮންމެ ވެސް ކަމެއް އެބައުޅޭ. ތިޔަ އިންވެސްޓްމެންޓް ކޮށްފިޔޭ ބުނެ ބޭރު ބެންކަކުން ލިޔުން ދިނީމަ ތިކަން ކުރަން ތިޔަ އުޅެނީ. އެކަމަކު ބޭންކަކު ނުހުންނާނެ އެ ފައިސާއެއް.

    30
  7. ޖޫދު

    އިންޑިޔާގެ އަވަށެއް މިރާއްޖޭގައި ބިނާކުރަން ތިޔަ އުކުޅު ބަރާބަރު

    30
    2
  8. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    ޔޫ.އެސް ޑޮލަރ 250000 މިއީ ވ ކުޑަ ޢަދަދެއް، މަދުވެގެން 1މިލިޔަން ނަމަ އޯކޭ ކަންނޭގޭ ދޯ؟ ދިގު މުއްދަތަކަށް ވިސާ ދޭނަމަ،؟ލާރި ކޮޅަކަށް ސަލާންޖަހާލީ ދޯ ވަގުތީ މަންފާއެއް ހޯދަން؟

    27
  9. ާސަންކަރު

    ާމިބައިގަނޑުވެރިކަމަށްއައީބޭރުގައުމުތހަކުގެއެހ
    ޙީތެރިކަމާއެކީގަވައުދުފުއްދަނީ

    24
  10. މާމީ

    އަވަހައް ދިވެހި އަންހެނުން ތައް އިންޑިއާގެ ސިކުންނާ އިންނަން ތައްޔާރުވޭ.

  11. ކަނޑާލާ

    މީދެން ކީއްކުރާބައެއް ލާރިހޯދައިގެން ރަނގަޅައް ހިންގަން ނޭންގެންޏާ ގެއައްކަނޑާލާ

  12. ނާގާބިލުކަމުގެ އިންތިހާ

    ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވާ ވާދަވެރި ކަމެއް މަދުވެގެން އެއް މިލިއަން ޑޮލަރުނަމަ އޯކޭ ، ކުއާޓާ މިލިއަން ޑޮލަރު މާ މަދު . ކޮރަޕްޝަން މިކަމުގެތެރެޔަށް ވަދެ ކޮން ގައުމަކު ކާކު ކަމެއް ކިހާ ފައިސާ އެއް ކަމެއް އިންވެސްޓްކުރީ ނޭނގޭނެ ދުވަސް ކޮޅަކުން އެއީ މައްސަލައަކީ.

  13. ގެރި

    އިންޑިޔާގެ ސިޔާސީ ބިކާރީންނަށް ދެލައްކަ ޑޮލަރަކީ މާ ބޮޑު އެއްޗެއްނޫން! ބަންގާޅީންވެސް އެހެރެގެން އިމާރާތް ތަށް ނަގައިގެން ވިޔަފާރި ކުރަނީ!