އޮކްޓޯބަރު 25 ވަނަ ދުވަހުގެ ހެނދުނު ބޭންކް އޮފް ސިލޯން (ބީއޯސީ)އަށް ޖަމާކުރަން ގެންދިޔަ ރޫޓް ފިހާރައިގެ 4.2 މިލިއަން ރުފިޔާ ފޭރުމުގައި ބައިވެރިވި މީހުންގެ ތެރޭގައި، ރާއްޖޭގެ ޖޫނިއާ ބޮޑީބިލްޑް ޗެމްޕިއަން އަހުމަދު މާހިލް ސައީދު ހިމެނޭކަން ހާމަވެއްޖެ އެވެ.

އެ މައްސަލާގައި މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މީގެ ކުރިންވެސް އެ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު އާއްމު ކުރިއިރު، މިއަދު ވަނީ ތިން މީހެއްގެ ވަނަވަރު އާއްމުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ވަނަވަރު އާއްމުކުރި އެ މީހުންގެ ތެރޭގައި މާހިލްވެސް ހިމެނެއެވެ.

ރޫޓްގެ ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން

ފުލުހުން ވިދާޅުވީ، މާހިލް ހިމެނޭ ގޮތަށް މިއަދު ވަނަވަރު އާއްމު ކުރި ތިން މީހުންނަކީ ރޫޓުގެ ފައިސާ ފޭރުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހެއް ކަމަށެވެ.

މީގެ ކުރިން އެ މައްސަލާގައި ފުލުހުން ހައްޔަރު ކުރި ހަތަރު މީހުންނަކީ އެ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ހަތަރު މީހުންނެވެ.

އެހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.

ނޭޕާލްގައި މިދިޔަ އަހަރު ޖުލައި މަސް ތެރޭގައި ކުރިއަށްދިޔަ 12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި މާހިލް ވަނީ ބައިވެރިވެ ޖޫނިއާ މެންސް އޯޕަން ބޮޑީބިލްޑިން ކެޓަގަރީން ރަންމެޑަލް ހޯދާފައެވެ. އެބައިން އޭނާ ޖޫނިއާ ބައިން ރަން މެޑަލް ހޯދީ އިންޑިއާ އާއި އަފްޣާނިސްތާނުގެ އިތުރުން ނޭޕާލްގެ ދެ އެތުލީޓުން ބަލިކޮށްގެންނެވެ.

އަދި އޭގެ އިތުރުން،ހަމަ އެފަހަރު މާހިލް ވަނީ ސީނިއާ މެންސް 55 ކިލޯ ކެޓަގަރީގެ ހަތަރުވަނަ ވެސް ހޯދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ސަރުކާނު

    ޢާއްމުމީހަކަށްވުރެ 2 ގުނަ އަދަބު ބޮޑުވާންޖެހޭނެ.

    160
    3
    • މޮޔަގޮލާ

      ޤައުމަށް ރީތިނަން ހޯދައިދޭމީހުންނަށް އަދަބެއް ނޯންނާނެ.

      11
      89
    • އ . ޖ . އ

      ޝުކުރިއްޔާ ރައީސް ޔާމީން

      28
      56
      • ޥަހސި

        38 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައި އާމްދަނީއަށް ހޯދުނީ 11 ބިލިއަން.... ކޮން ސަރުކާރެއްގެބާ؟

        20
        8
  2. ދިދަ ދަނޑި

    ޗެމްޕިއަން ވީމަ ހާއްސަ އިނާޔަތުގެ ދަށުން ވާނެ ހުދު ފޮތިކޮޅަކަށް..

    48
    9
  3. އައްޑޫ ލެއި

    ތިކަހަލަ މައްޝްހޫޜު މީހުން ނަމޫނާ އަކަށް ބަލައިގެން މިއުޅޭ ޒުވާނުން އުޅޭނީ. ހައްޤް އަދަބު ލިބެންޖެހޭ.

    71
  4. ޖަންގުފަރާސް

    މިހާރުކިޔަންވީ ކުރިމިނަލް މަނީބިލްޑަރ ރީތިވެއްޖެއެއްނު ދެންވަތްދޮރޯށިން ނިކުމެގެންދޭ.

    57
    2
  5. Anonymous

    މެޑަލްތައް އަތުލާ

    59
    4
  6. ޅަބޭ

    ކަލޯ، ބޮޑީ ތިއްތިކުރުމައްވުރެ ގިނަލާރި ލިބޭކަމެއް ތިފެށީ. ވަރައް ކާމިޔާބު ވާނެ. ފާގަތި މުސްތަގުބަލެއްވެސް.

    42
    4
  7. ހެޔޮދުޢާ

    މި ޤައުމުގެ ޒުވާނުން ފައިސާއަށް ދަހިވެތި ވެފައި ވާ މިންވަރު ފެނިފައި، ހިތާމަ ކުރަމެވެ. ﷲގެ އިރާދަފުޅާއެކު އެ ފައިސާތައް ފޭރިގަނެ ބޭނުން ކުރުމުން ތި ޒުވާނުންކޮޅު ބަރީޢަ ވުމަކީ، ތިކުދިންނަށް ދެއްވެވި ދެވަނަ ފުރުޞަތެކެވެ. އޭގެ ބޭނުން ހިފައި، ކުރިއަށް އޮތްތަނުގައި އެފަދަ ބޮޑެތި ފާފަތައް ނުކުރަން އަޒުމް ކަނޑައަޅައި ތައުބާވާށެވެ! އަދި ޙުކުމް ތަންފީޒު ވާނެކަން ޤަބޫލުކުރާށެވެ! އެއަށްފަހު ރީތި ދިރިއުޅުމަކަށް ރުޖޫޢަވާށެވެ! މަސައްކަތް ކޮށްގެން ފައިސާ ގިނަ ކުރެވޭތޯ ބަލާށެވެ! އެކި މީހުންނަށް މުދަލާއި ފައިސާ ލިބޭނީ، އެކި މިންވަރަށްކަން ޤަބޫލުކުރާށެވެ! ބޭނުންވަނީ މުޖުތަމަޢުގެ އަމާން ކަމެވެ! އެއްޗެތި ކިޔައިގެން އަމާނެއް ނުވާނެ އެވެ! މަގޭ ހެޔޮދުޢާ ވަނީ މަގުކަތި ވެފައިވާ ޒުވާނުންނާ އެކުގަ އެވެ. ﷲ ތިކުދިންނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވަވައި، ސީދާވެގެންވާ މަގުގައި ލަހައްޓަވާށި! އާމީން

    137
    1
    • މޫސް

      އެ ޒުވާނުންތައް އެތިބީ ތިޔަކޮމެންޓްކިޔަން.

      10
      17
  8. މުޖޫ

    ބޮޑީ ބިލްޑިންގަށް ބޭނުންވާ ސަޕްލިމެންޓް ގަތުމަށް ފައިސާ ބޭނުންވާނެ. ދެން ޝޯޓްކަޓެއް ނެގީ ދޯ؟

    37
    2
  9. ގޫ ގޫ

    މި އައްޑޫ ޖާހިލުން ގައިން މިކަން ކެނޑޭނެ އެއްގޮތެއްވެސް ނެތް އުތަ؟ މާރާމާރީ، ވައްކަން، ދަންޖެހުން، މީހުންމެރުން، މެދައް ވިހެއުން. މި ގޫބައްޑާ ތަކާހެދި ދިވެހިންގެ އަގު ވެއްޓި ނިމިއްޖެ.

    39
    73
    • ރަދީފް / ސ.ހިތަދޫ

      ކަލޭ ކޮސް ނުގޮވާ ހުރެބަލަ.ތިބުނި ކަންތައްތައް ރާއްޖޭގެ ހުރިހާ ތަނެއްގަވެސް ހިނގާ.ކަލެއަށް ތިފެންނަނީ އައްޑޫ އެކަނި ދޯ.ފޮޓޯގަ ވެސް އެތިބީ ރާއްޖޭގެ 03 އަތޮޅަށް ނިސްބަތްވާ 03 މީހުން.ގޫބައްޑާއޭ ކިޔައިގެން ކޮސް ކޮމެންޓްކުރާ އިރު ކަލޭގެ ލަދު ކޮބާ؟؟ ކަލޭ ނިކްނ ކެރެންޏާ ކަލޭގެ ރަށުގެ ނަން ބުނެބަލަ.ރަނގަޅަށްވާއިރު ކަލޭ އިނދެގެންއުޅެނީ ވެސް އައްޑޫ މީހަކާ.މަހަށް ދޭބަލަ.ވ.ވެދުން

      43
      8
  10. Anonymous

    ދެންވެސް ބުނަންވީ ދޯ ޒުވާނުންނަށް މި ގައުމުގައި ކުރާނެ ކަންތައް ނެތީމައޭ މަގުމައްޗަށް ގިނަވެގެން ނެދެވޭ އަމަލުތައް ކިރަނީ. އެއީ އެއް ނޫން ވާ ގޮތަކީ ހެއްދެވި ފަރާތައް ބިރެއްނެތީ. ހެޔޮ މަގު ދައްކަވާންދޭ... އާމީން

    52
    1
  11. ފޭދޫ މީހެއް

    ސ. ފޭދޫ މީހެކޭ ބުނީމަ ފޭދޫ މީހަކަށް ވެ ހުރެ ލަދުގަނޭ. ތިކުއްޖާގެ ބައްޕައަކީ ފޭދޫ މީހަކަށް ވިޔަސް، މަންމަ އަކީ އިންޑިޔާ މީހެއް. ދުވަހަކުވެސް ތިކުއްޖާ ފޭދޫ އަށް އައި ކަމެއް ވެސް ނޭނގޭ. ހަމަ އެކަނި ރަޖިސްޓްރީ އޮތްކަން.

    17
    3
  12. ނޮޅި އާންޓީ

    ތިޔަ އޮތީ ބަރުހިފާފަ

  13. ހޯގުޅާ އަހަންމަދު

    މެޑަލް ތިއޮތި

    7
    2
  14. ޔޔ

    އޭނަ ވަގަށް ނަގަން އުޅުނީ ސިގިރެޓް ލާރިއެވެ. ޕްލޭން ކުރިއިރު މޯރަލީ ވިސްނާފަހެން ހީވެއެވެ. ލައިކް ރޮބިން ހުޑް

    17
    3
  15. ދެވަންސޫ

    ރޫޓްގެ ފައިސާ ފޭރުނު މީހުންތަ ނޫނީ ފޭރެން އުޅުނު މީހުންތަ. އެމީހުންގެ މަސައްކަތް ނާކާމިޔާބުވީމަ ލިޔަންޖެހެނީ ފޭރެން އުޅުނު މީހުން.

    14
    1
  16. ވަނަވަރު

    އެވަރަށް ޕްލޭންކޮށްގެންވެސް ދިޔައީ ޗޮކުން 😂

    19
    1
  17. ފްރެންޒީ

    މީހަކަށް ތުހުމަތު ކުރެވުމަކީ އަދި އެމީހާ ކުއްވެރިވީ ކީ ނޫނެވެ، ޝަރުއީ ކޯޓް މަރުޙަލާ ނިންމާ ހުކުމް ކުރުމުން ނޫނީ މީހަކު މިގޮތަށް ބަދުނާމް ވާގޮތަށް ކޮމެންޓް ކުރުމަކީ އެންމެ ރަގަޅު ކަން ތޯއެވެ. ދިވެހިންގެ ތަރައްޤީ ވަނީ ހަމަ އެކަނި އަތުގައި އޮންނަ ފޯނާއި ދުއްވާ ސައިކަލް، ލާ އަންނައުނު ފަދަ ތަކެތި ސިކުނޑި އެއްގޮތަކަށް ވެސް ތަރައްޤީ ވާތަނެއް ނުފެނޭ

    7
    18
  18. ކީކޭހޭ ބުނަންވީ..؟

    .. މިކަންކަން ހުއްޓުވޭނެ ގޮތެއް އެބަ އޮތްތަ...؟ ކޮން ދިމާލަކުން ކޮން ކަމެއް ދޫވެގެންތަ ގައުމު މިހާ ހިސާބަށް މިދިޔައީ....؟ ދެން މީއަޅެ ކަންކަން މެނޭޖް ނުކުރެވި ބޮއްސުން ލައިގެން ދާންޖެހޭނެ ވަރުގެ އާބާދީ އެއް އޮތް ގައުމެއްވެސް ނޫން ވިއްޔަ.... 6 ލައްކަ ވެސް ހަމަ ނުވޭ ތޯއްޗެއް......

  19. އަހަރެން ރާއްޖެތެރެ

    މިކަހަލަ ބޮޑެތި ކަންކަމުގަ އުތުރުގެ ދަރިން ބައިވެރިނުވަނީ ކޭއްވެބާ؟ ވަރަށް ނުފެންނާނެ ހަމަ..

    5
    7
    • Anonymous

      އިސްލާމްދީނުގެ އަދަބުތައް ދަސްކޮށްދީ ފައިސާއާއި ތަނަވަސްކަމަށްވުރެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ އުތުރުގެ އަތޮޅުގެ ތަކުގެ ބެލެނިވެރިން އިސްކަންދޭކަމެއް. އެކަމަކުވެސް ބައެއް ބޮޑެތި ރައްތައް މިހާރު މިޒަމާނުގެ އޮއިވަރުގައި ޖެހި ހަލާކުވަމުންދަނީ. އޭގެ އެއް މިސާލު ކުޅުދުއްފުއްޓަކީ. އެމީހުން ގައުމަށްޓަކައި ދީނަށްޓަކައި ފިދާވި. އެކަމަކު ބަޔަކު ޕްލޭންކޮށްގެން އެރައް ހަލާކު ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާތާ 25 އަހަރު ވެދާނެ މިހާރު. މިހާ ހިސާބަށް ބޮޑުބައެއްވަނީ ހާސިލްކުރެވިފައި. އޭގެ ހެކި، ކޮޗިން ފެރީއަކީ. އަސްލު ގޮތުގައި ކުޅުދުއްފުށި އޮތްނަމަ ކުޅުދުއްފުއްޓަކީ ގައުމުގެ މިނިވަންކަން ދުއްވާލުމުގެ އެއްބޮޅަށް ހެދިޔަކަ ނުދިނީސް. ރައްޔިތުން ނުކުމެ ބަނދަރާ ހަމައިން އަނބުރާ އައިކޮޅަށް އެފޮނުވާލާނެ. އެހާވެސް ހިތްވަރުގަދަބައެއް ކުޅުދުއްފުށީގެ ކުރީގެ ރައްޔިތުންނަކީ<

      15
      6
  20. ހާމިދު ޝާހިދު

    ބޮޑީ ބިލްޑް ކޮށްގެން ލިބެންވާވަރަށް ފައިސާ ނުލިބޭތީ ވާނެގޮތް ތިވީ. ރާއްޖޭގައި ސްޕޯޓްސް ދާއިރާއާއި، ފިލްމީ ދާއިރާ، އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކަށީގެންވާ ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭނެ މެކެނިޒަމްއެއްނެތް. ލަވައެއް ކިޔާ މީހާވެސް މިޖެހެނީ ޔޫޓިއުބަށްލާން، ދެން އޭގެ ކޮޕީ ހަދައިގެން އެންމެންގެ ފޯނަށް އަޅައިގެން އަޑުއަހަނީ. ކޮޕީރައިޓްސްގެ މިއަށްވުރެއް ހަރުކަށި ގޮތްތަކެއް އައައިސް، މިފަދަ ފަންނާނުންނާއި ސްޕޯޓްސް މަނުންނަށް އާމްދަނީ ލިބޭގޮތް އިތުރު ކުރަންޖެހޭ. އޭރުން ބޮޑީ ބިލްޑް ކުރާ ކުއްޖާވެސް އިސްތިހާރަކަށް އެޕިއަރެންސެއް ދިނަސް އޭނާއަށް ބޮޑު ލާރިގަނޑެއް ލިބިގެންދާނެ.

    4
    8
  21. ލާމު

    މިކަމާގުޅިގެން ރަނގަޅު މެޑެއްޔެއް ދޭންވާނެ މިފަހަރު. މެޑަލް އަޅުވާލީމަ ބޯހިއްލާލެވިގެން ނުވާނެ.

  22. ގޫބައްޑާ

    އައްޑޫ އެއީ ޖާހިލުންގެ އަތޮޅެއް.....

    2
    3