އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ، ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް އޭނާ ރާއްޖެ ވަޑައިގެންނެވީ މީގެ އިރުކޮޅެއް ކުރިންނެެވެ.

އޭނާގެ މި ދަތުރުފުޅުގައި ޤައުމުގެ ފޮރިން ސެކްރެޓަރއިން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ، ރާއްޖެ ވަޑައިގައިގަތުން

އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ އޭނާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. މިއީ އޭނާ މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަންޑި

    ގޮތްނޭގޭ ކަންތަށްގަނޑެއް ހިގަމުން އެބަދޭ އިންޑިއާގެ ގިނަރަށްޔަތުން ކޮވިޑުބަލިން މަރުވަމުންދާއިރުވެސް މިވެރިން ގަންގާކޯރަށް ނުދޭހާ އިހުތިރާމާއި ލޯބި ރާއްޖެއަށް އެބަދޭ މިއީ ހަމައަޖައިބެއް.

    7
    1
  2. ލައިލަތުލްގަދްރު

    ބޮޑު އެތެއް އެބަފެނޭ އެންމެ ކުރީގާ ހުއްޓާ

    5
    1
  3. ކޮވިޑް

    ކަލޯގަޔާ މިގޮލާމެނަށް ބޭނުންތާކަށް ދެވޭ، ކަރަންޓީން ވާކަށްވެސް ނުޖެހޭ، ނިކަމެތި ރަތްޔަތުން ކަސްތަޅު އަޅުވާފަ މިވެރިން މަޖާ ކުރަނީ،15 ދުވަހުގެ ޗުއްޓީ އެއް ނެގީމަ 14 ދުވަސް ކަރަންޓީނު 15 ވަނަދުވަހު ވަޒީފާއަށް ވަޓް އިސް ދިސް؟ އޯގާތެރި ކަމާއެވެ.

    8
    1