އިއުލާނަކާއި ނުލައި ވެމްކޯ އައްޑޫ ބްރާންޗުގެ ސުޕަވައިޒަރުގެ މަގާމަށް މީހަކު އައްޔަން ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ މުވައްޒަފު ވަޒީފާއަށް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އޭނާ އާއި ބުރާސްފަތި ދުވަހު އިންޓަވިއުއެއް ކުރި ކަމަށް ވެއެވެ.

"ވަގުތު" އާއި މައުލޫމާތު ހިއްސާ ކުރި ފަރާތަކުން ބުނެފައިވަނީ ސުޕަވައިޒަރުގެ މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ އެއްވެސް އިއުލާނެއް ނުކޮށް ކަމަށެވެ. އޭނާގެ މުސާރައަކީ އިނާޔަތްތަކާއި އެކީ 15،000 ރުފިޔާއެވެ. އިއުލާންނުކޮށް ވަޒީފާ ދީފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓަކަށް ކަމަށް ވެއެވެ.

"ހޮނިހިރު ދުވަހު އޭނާ ވަޒީފާއަށް ނެރުނީ. އެ ވަޒީފާ ދީފައިވަނީ އެއްވެސް ކަހަލަ އިއުލާނެއް ނުކޮށް. އެކަމަކު އިންޓަވިއު ކުރި. އިންޓަވިއު ކުރެވޭނީވެސް އިއުލާނެއްކޮށް ބަޔަކު މީހުން އެ މަގާމަށް އެދި ހުށަހެޅިނަމަ. އެކަމަކު އިތުރު އެއްވެސް މީހަކާއި އިންޓަވިއުއެއްވެސް ކޮށްފައި ނުވޭ." މައުލޫމާތު ދިން މީހަކު ބުންޏެވެ.

މިކަމާއި ގުޅިގެން ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަމާއި ގުޅިގެން ރަސްމީކޮށް އެއްވެސް ޖަވާބެއް ދެވޭކަށް ނެތް ކަމަށެވެ. އަދި ބައެއް މަގާމުތަކަކީ މަގާމުގެ ގޮތުން ވަގުތުންވެސް މުވައްޒަފުން ނެގޭނެ މަގާމުތައް ކަމަށް އޭނާ ވިދާޅުވިއެވެ. "މުވައްޒަފުން ނަގާއިރު އިންނާނެ ބައެއް މަގާމުތައް، މަގާމުގެ ގޮތުން ޑައިރެކްޓްލީވެސް ނެގޭ ގޮތަށް" ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިތުރަށް އެކަމާއި ބެހޭ ގޮތުން މައުލޫމާތު ބޭނުންވާ ކަމަށް ބުނުމުން މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި އެކަމާއި ބެހޭގޮތުން އިސްވެރިންނާއި މަޝްވަރާ ކުރުމަށްފަހު އިތުރު މައުލޫމާތު އަންގާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް "ވަގުތު" މިއަދު ގުޅުމުން މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އޮކަޓޫ

    ތިވެސް ތަނެއް އާންމުން ކުނި ނެރެނީ ހަވީރުންފެށިގެން ރޭގަނޑު، ދެން ކުނިނަގާމީހުން އިރު އޮއްސެންވާއިރަށް ނިންމާފަ ގެޔައްދޭ. ދެން ކުނި ކަހާ އަންހެންވެރިން ލައްވާ ގޭގޭން ނެރޭ ކުއްޔާ ފިހާރަތަކުން ޖަމަާކުރާކުރާ ކުނި މި ނަގުވަނީ. އެހެން ހެދީމަ ރޭގަނޑު ކުނި ނެރޭ މީހުނަށްވެސް ހިއްރެއް ލިބެނީ ރޭގަނޑު ކުނިނެރެން. އެއީ ކުނިނަގާ މީހުނަށްވުރެ މަދުން މުސާރަދޭބައެއް. އެކަމް ކޮންޓެޓް މުއައްޒަފުންވީމަ ވަޒީފާގެ ބިރަށް އެ އަންހެންވެރިންވެސް އެކަންކުރަނީ. ކުނިނަގާ ބޭރުމީހުނަށާ އެއްކޮން ފަސޭހަ. ދިވެހި ހީވާގި ކަނބަލުނަން ތަކުލީފް ޖެހުނަސް ވެރިންނަށް އޯކޭ.
    އެކަނބަލުންނަށް ހުކުރު ހޮނިހިރުވެސް ނުދޭ. އަންގާރަ އޮފް ދިނީމަ އާއިލާތަކާ އޮންނަ ގުޅޫންވެސް ކުޑަވޭ.
    ނުވިތާކަށް ލޮކް ޑައުންތެރޭވެސް ނެރެގެން މުޅިމާލޭމަގުތަށް ސާފްކުރުވިއިރު އެލަވަންސެއްވެސް ދިނީއެއްނޫން.

    10
    1
    • ޙސަނު

      ކުނި ނެރެން ވަކި ވަގުތެއް އަންގާފައި ވާނެ . މައުލޫމާތު ހޯދާފައި ވަހަކަ ދެއްކުން މުހިންމު ،

  2. ވިސްނާލުމަށް އެދެމޭ

    މާފިޔާސްޓޭޓުގަ ވެރިކަންކުރާ އިރު އި އުލާން ކުރަން ނުޖެހޭނެ ސަރުކާރުން ކުރާކަންތަ އްތަ.. އޮންނާނެގޮތަކީ ކުޑަމޯދީގެ އިޝާރާތަށް ބަލަ އިގެން ކަންކުރުން..ކުޑަމޯދީ ކަންކުރަނީ ބޮޑުމޯދީ ބުނާގޮތަށް...ދެމޯދީ އެދޭގޮތަށް މީޑިޔާ ހަނު... އިންޑިޔާގެ ފޮރިން ސެކްޓަރީ އާ އިސްގެން ކުރެވުނު ސޮ އިތަކުގެ ތަފްސީލު ހާމަކުރަން ނުކެރުނު އޭނަގެ ދަތުރުން ފަ އިދާ ލިބޭނެކަމަށް ލިސްޓެލިޔުނު އިރު އޭނަގެ ދަތުރުން ގަ އުމަށް ގެ އްލުންވީވަރުގެ ލިސްޓެލިޔެލަން ނުކެރުނު.. އުތުރުތިލަފަޅު ކުރު ސުރުޙީ އެ އް ނަމަވެސް ލިޔެލިނަމަދޯ...ދިވެހި ދަރިންނަވީތީ ދިވެހި ގަ އުމުގެ ހަ އްގުގަ..

    9
    1
  3. ވާލުސޮރު

    ވެމްކޯގެ އެެއްވެސް އުސޫލެއް ނޯންނާނެ ޑައިރެކްޓްލީ މީހުން ނަގާގޮތަށް އޮންނަ މީޑިއާ އޮފިސަރެއް ވަކިން ހަމަޖައްސާފަވެސް ނުހުންނާނެ އެޗް އާރު ޕޮލިސީ ގަވެސް އޮންނާނީ އިއުލާނު ކޮށްގެން މުއައްޒަފުން ނެގޭގޮތައް

    8
    1
  4. ދޮންބެ

    ރައްރަށުގެ އިންޖީނުގެތަކަށް މީހުންނަގާވަރު ދެކިބަލަ

    8
    1
  5. ޏ.

    ފުވައްމުލަކުވެމްކޯގަ އިއުލާންކުރުމަކާނުލާ
    5 ސްޕަވައިޒަރުން ނަގާފައިވޭ.

  6. ޙަސަނު

    ޙަމަ ތިޔަގޮތައް ހުޅުމާލެ ހައުސްހޯލްޑް ގެ ސުޕަވައިޒަރ އަކީ 60 އަހަރު ވެފަހުރިމީހެއް ވަޒީފާ ދީފައި އެހުރީ ، އޭނާއައް ވަޒީފާ ދިނީ ހަމަ އެދުވަސްކޮޅު 50އަހަރު މަތީ މީހުން ކަނޑާލަފަ ފޮނުވާލިތާ ހަފްތާއެއް ނުވަނީސް ، އޭނާގެ އަންހެނުންނަކީ އިބޫ ސޯލިހުގެ ތިމާގެ މިހެއް ވީމަކަމައް ވަނީ ވަޒީފާ ލިބުނީ.

  7. ގެރިލޯބި

    މަށަށް ވެސް ވަޒީފާ ދޭންޖެހޭނެ ތިހެންވިއްޔާމުން. މަވެސް ވޯޓުދީގެން އައި ސަރުކާރެއްމީ. ދެން ދުވަހަކުން ނުލާނަން ވޯޓެއް ކަލޭމެނަކަށް

  8. އެންޑީޕީ

    ޢައްޑޫ ފެނަކައަށް ތިގޮތައް ކިތައް މީހުން ވައްދާފަ އެބަތިބި. ޥަގުތުން ބަލައިލުން އެދެން