މާލެ އަތޮޅު މާފުށީގައި މާބަނޑު މީހުން ވިއްސޭނެ ނިޒާމެއް ޤާއިމު ކޮށްދީ، އެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެރަށު ކައުންސިލުން ގޮވާލައިފިއެވެ.

މާފުށި ކައުންސިލުން އެގޮތަށް ގޮވާލާފައިވަނީ އިއްޔެގެ ވަގުތެއްގައި އެރަށު މާބަނޑު އަންހެނަކު ވިހެއުމަށް ފ. ނިލަންދޫ އަށް ދިއުމުން އެރަށު ބައެއް ރައްޔިތުން ނިކުމެ އޭނާ އެރަށަށް އެރުވުމަށް ދެކޮޅު ހެދުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން މާފުށި ކައުންސިލުން ބުނީ، އެ އަންހެން މީހާ ނިލަންދޫ އަށް ގޮސްފައިވަނީ އެރަށު ކައުންސިލަށް ވެސް އަންގާފައި ކަމަށެވެ. އެހެން ނަމަވެސް ނިލަންދޫ ކައުންސިލުން ބުނީ އެގޮތަށް އަންނަ ކަން އަންގާފައި ނުވާ ކަމަށާއި ހަމަ އެކަނި ގުޅާފައި މައުލޫމާތު ސާފު ކޮށްފައިވަނީ އެރަށް އެރުމުގައި ދަތިތަކެއް އުޅޭ ކަމުގެ މައުލޫމާތު ކަމަށެވެ. އަދި އެރަށަށް އަންހެން މީހާ ނޭރުވުމަށް ދެކެވޭ ވާހަކެސް އެރަށު ކައުންސިލުން ވަނީ ދޮގު ކޮށްފައެވެ.

"7 ނޮވެމްބަރު ވީ ހޮނިހިރު ދުވަހު މާފުށިން މާބަނޑު އަންހެނަކު ވިހެއުމަށް ނަގަން ޖެހޭ ހުއްދަތައް ނަގައި، އެހާ ދިގު ދަތުރެއް ކޮށް އެރަށަށް ދިއުމުން، ނިލަންދޫގެ ކައުންސިލުން ވިހަން ކައިރިވެފައިވާ އަންހެނަކު އެރަށަށް ނާރުވައި، އެފަދަ ގޮތަކަށް ކަންތައް ކުރަން ކެރުމަކީ އެބޭފުޅުންގެ ހިތުގައި އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ނެތްކަން ހާމަވެގެން ދިޔަ ކަމެއް" މާފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެކަން އެގޮތަށް ހިނގާފައިވާތީ މާފުށި ކައުންސިލުން ވަނީ ކަމާއި ބެހޭ އިދާރާތްތަކުން އެކަން ހިނގާފައިވާ ގޮތް ބަލައި އެކަން ކުރެއްވި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެކަމުގެ ސަބަބުން މާފުށީގެ ރައްޔިތުންނަށް ޒަރޫރީ ބޭނުންތަކަށް ދަތުރު ނުކުރެވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

އެކަން އެގޮތަށް ދިމާވުމުން ބޭސްފަރުވާގެ ކަންކަމުން މަހުރޫމްވާ މަހުރޫމް ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

އަދި މާބަނޑު މީހުންނަށް ހާއްސަ ކޮށްގެން އެރަށުގައި އެފަދަ ފަރާތްތަކަށް ހިދުމަތް ދެވޭނެ އިންތިޒާމު ހަމަ ޖައްސައި ދިނުމަށް މާފުށި ކައުންސިލްގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކ.އަތޮޅު ރައްޔިތެއް

    ވަރަށް އުންމީދު ކޮށްގެން ހުންނަކަމެއް ، ކ.ތުލުސްދޫ އަކުން ވެސް މި ވަރުކަމެއް ނުވޭ، މާލެ ދެވޭކަށް ނެއް، ދާން މިޖެހެނީ އެހެން އަތޮޅުތަކަށް ، މާލެ އަތުޅު މީހުނޭ ބުންޔަށް ލަދުގަނޭ

  2. އޭނަ މީނަ

    ވީ އެންމެ އަވަހަކަށް މިކަން ކޮށްދިނުމަކީ ކ އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް، އާދޭސްކޮށް ފަ ބުނަން މޭލެ ނުގޮސް މި އަތޮޅު މީހުނަށް މިކަން ކުރެވޭނެ މަގުފަހި ކޮށްދީ

  3. މާފުށި

    އަސްލު ހަޤީގަތް މި ފެންމަތިވަނީ. ނިލަންދޫއިން އެމީހާ ނޭރުވީއެއްނޫން. އެމީހާ އަންނަން ވާއިރަށް ހޮސްޕިޓަލްވެސް ތައްޔާރުކުރި. އަތިރިއަށް އެންބިއުލައިންސް ބަލާވެސްދިޔަ. އެކަމަކު އެބަލިމީހާގެ އެހީތެރިންނަށްތިބި ބަޔަކު ބޭނުންވީ ޑޮކްޓަރައް ދެއްކުމަށްފަހުވެސް ނިލަންދޫގައި ކަރަންޓީނު ނުވެ ތިބެން. އެއީ އެޗްޕީއޭގެ ގައިޑް ލައިންނާއި ހިލާފްކަމެއް. ބަލިމީހާގެ ފަރާތުން އެގޮތް ބޭނުން ނުވެގެން އަނބުރާ މާފުއްޓަށް އައީ. ވެގެން މިއުޅޭޭ ގޮތަކީ މާފުށީގައި އަންހެނުންގެ ޑޮކްޓަރެއް ނެތުމުން ޑޮކްޓަރަކު ހޯދަން މިރަށު ކައުންސިލަވަރު ޖެއްސިގޭމެއްމިއީ. ދާދި މިދާކަށް ދުވަހަކު ހުވަދުއަތޮޅުގައި ޖެއްސި ގޭމް ޖައްސާލީ. އެއްގަނޑަކަށް ނިލަންދޫ ކައުންސިލް ބޭނުންކޮށްލީ. ނިލަންދޫގައި މާރަނގަޅު ބައެއް އުޅޭވާހަކައެއް ނޫން. އެކަމަކު މި ކޮވިޑް ތެރޭގައި މިރަށު ބައިވަރު މީހުން ނިލަންްދޫއަށްދިޔަ.

    6
    3
    • ހޫމްް

      ތިއޭ މިބުނާ ވާހަކައަކީ.... މާފުށީން ޕޮސިޓިވް 5 ކޭސްވެސް އެއުޅެމުން ގޮއްސަ ހުރީ ރަށު ތެރޭގަ ބޭނުންގޮތަކަށް..... އެއްވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއް ނާޅާ... މާލެއެކޭ މާފުއްޓެކޭ ނެތް ތަފާތެއް... މާލެއިން ދާމީހުންވެސް ކުރަނީ ކަރަންޓީނޭ...ކީއްވެބާ މާފުއްޓަށް އައި ދިވެއްސެއްގެ ނެގެޓިވް ރިސަލްޓެލް އޮވެމެ 14 ދުވަހުގެ ކަރަންޓީން ގަ ބެހެއްޓި ވާހަކަ ނުކިޔެނީ އެީހުނަށް....އެއީ ފަތުރާވެރިޔަކަށް ( ފަތުރުވެރިޔަކަށް ) ނުވީމަތޯ......

  4. ނޫރުބާއީ

    މަވެސް އެގެނީ. ކޮވިޑްދުވަސް ހުންނަނީ ބޮއިވަރު މިރަށު ނިލަންދޫ ދިޔައީ. ހުރިހާ މީހުންވެސް ނިލަންދު އަރުވާތިބޭ. އެޔަކަސް ދުވަސް ނާރުވާ ބުނަނީމާ މަވެސް ސުވާލުތިބީ. އެކަހަކު މޮހާރު އެގޭ މިރަށުތިބޭ ކޮޮއުުންްސިިލްް ދޮގުހަދާ. އެބައްތަރު ކަމުނުދަނީނު. މިގޭ ދައްތަވެސް އެވާހަކަބުނީ. އަދި ބުނަނީ ހެޔުކަމެއް ކޮރީމާ ތެޔުހަން ދެނީ.. މާފުށީ ކޮއުންސިލް ހެހެން ނުހަދަނީނު. ޑޮކްޓަރު ބޭނުންތިބީމާ ސޮރުކާރުކާރިގަ ބުނަނީ

  5. ސްޕޭސްބަރ

    އަޅެ ސްޕޭސްބަރ ހަލާކު ވެފަތަ

  6. ކޮވިޑް

    މާބަނޑު ނޫން ބަޔަކު ވިހާތަ؟