އައިޖީއެމްއެޗް ސަރަހައްދު މޫދުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދު ނިޔާވެފައިވަނީ ގެނބިގެން ކަން ޕޯސްޓްމޯޓަމް އިން ދައްކާފައިވާ ކަމަށް ފުލުހުން ހަމަކޮށްފިއެވެ.

ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ނަަތީޖާތައް ދައްކާގޮތުން އޭނާ ނިޔާވެެފައި ވަނީ ގެނބިގެންނެވެ. އަދި ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި އޭނާގެ ހަށިގަނޑު އޮތްއިރު އެއްޗެއް ކާލާފައި އޮތުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ވަނީ ފުލުހުންނަށް މަައުލޫމާތު ދީފައެވެ.

މި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިހާތަނަށް ކުރެވުނު ތަހުގީގުން ސިދުރަތުﷲ މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް އާއި ގުޅޭ އިތުރު ތަހްލީލްތައް މިހާރުވެސް ރާއްޖެއިން ބޭރުގައި ކުރިއަށް ދާކަންވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

ސިދުރަތުﷲ ގެ މަރާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން އާއްމުންގެ އެހީއަށްވެސް އެދިފައެވެ. މި ގޮތުން އޭނާ ރަސްފަންނުގެ މޫދާ ދިމާލަށް ހިނގާފައިދާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޫޖެއް ފުލުހުން އާއްމު ކުރިއެވެ.

އަދި އެ ދުވަހު އޭނާ އާއި ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ ހާދިސާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންނަށް މައުލޫމާތު ހިއްސާކުރުމަށް އެދުނެވެ.

ސިދުރަތުﷲ ނިޔާވީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓް އިން ދެއްކި ނަމަވެސް ތަހުގީގު އަދިވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މޫސަ

    ޕޯސްޓް މޯޓަމް ހެދިތަ؟ އއިލާއިން ނިކަން ކަށަވަރުކޮށްދީބަލަ

    32
    3
  2. ނައުޝާދް

    އޭނަ ހިނގާފަ އެހިސާބަށް ދިޔައީ މޫދުގަ އޮތް ބޮޑު މަހެެއްގެ އަނގަތެރެއަށް ވަންނަން ؟

    38
    14
  3. ބޮޑު މަސް.

    ދިވެހި ރާޖޭގައެއް ނޫއުޅޭނެ ފަތަން ނޭންގޭ ދިވެސެއް.

    16
    117
    • އެންމެކުޑަމަސް

      ފަތަން އެނގުމަކީ މޫދުގައި މީހަކު މަރުނުވާނޭކަމުގެ ދަލީލެއްނޫން.

      111
      1
    • ސާއިދާ

      ފަތަން ނޭގޭ ދިވެއްސަކު ނޫޅުނަސް ގެނބިދާނެ ދޫންޔާ. އޯވަރ ޑޯޒް ވެގެން ވެސް. އަކުނި ވަޔަށް ދަމާގަނެގެން ވެސް. އަނެއްކޮޅުން މަށަކައްވެސް ނޭގޭ ފަތާކަށް.....

      99
      1
    • ކަަނަ

      މަށަކީ ދިވެހިރާއްޖޭގައި އުޅޭ ދިވެއްސެއް. އެކަމަކު މަށަކަށް ވެސް ނޭނގޭ ފަތާކަށް

      59
    • ހަބީބު

      ގިނައިން ގެނބިގެން މަރުވަނީ ފަތަން އިނގޭމީހުން.

      34
  4. ޙުސެއިން ސަލާމް އަޙްމަދު

    ޕޯސްޓްމޯޓަމް ރިޕޯޓް އޭކިޔާފިއި ދީފަހުރި މައުލޫމާތަކީ ތެދު މައުލޫމާތެއް ކަމަކަށް ގބޫލެއް ނުކުރެވޭ. ތީބޮޑު ރޭވުންގަނޑެއް😡

    30
    25
  5. ﷲގެ އަޅާ

    ސުރުހީ ކިޔާލާފަ މި ކު އްޖާޔަށް ވަރަށް ހެޔޮ ދުޢާ ކޮށްފަ ޙަބަރު ކިޔާލި އިރު މަސްތުވާތަކެ އްޗަށް ޕޮޒިޓިވް .

    36
    30
    • އެހެންވިޔަސް

      އެހެންވިޔަސް މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާ ކުރުން ލާޒިމް

      61
      4
  6. ސަންގު

    ދެންރާއްޖޭގައި ޕޯސްޓުމޯޓަމް ހެދޭނެގޮތެއް މިސަރުކާރުން ހަދަންވެއްޖެއެއްނު .

    42
    2
  7. ޔައުގޫބު

    ޕޯސްޓްމޯޓަމް ހަދަން ބޭރަށް ގެންދިޔުމުގެ ކުރިންވެސް ފުލުުން ބުނި، ޕޯސްޓްމޯޓަމް އިން އެނގޭނީ ގެނބިގެންނޭ މަރުވީ. ބޮޑީ އަށް ވަރަށްބޮޑެތި ބަދަލުތައް އައިސްފައޭ ހުންނާނީ މޯޗަރީގައި ގިނަދުވަހު ބާއްވާފަ އެހާ ލަހުން ގެންދިޔާމަ.

    35
    4
  8. ގ

    ހުސައިން ސޮލާހެއް ފަޅުތެރޭގައި މަރުވެފައި އޮވެގެން 2008 ގައި އެމް ޑީ ޕީ މީހުން ހީވީ މިގައުމުވެސް ބަންޑުން ޖެހި ހެން ސަހަރާ ވެސް ހީވީ ވައްޓާލާފާނެ ހެން ހިއުމަން ރައިޓްސް ކޮބައިތަ މިހާރު ކޮބައިތަ އޭރު ފުމުނު އެމްޑީޕީ އެކްވިސްޓުން މިއީ ކުރީ ސަރުކާޜުގެ ކަމެއްނަމަ ހަމަ ކިޔާނީ ސަރުކާރުން މަރާލީ އޭ މީ ދުނިޔެ ކަން ހިނގާގޮތް ބަލާބަލަ މިސަރުކާޜު އައި ފަހުން ކިތައް ގޮތްނޭގޭ މަރު އެކަމު ރިލްވާނަކާ އެނެއް މީހެއްގެ މަރުގެ ފަހަތުން އަދިވެސް އެދުވަނީ އަނެއްކާ މަރުބަލަނީ ވެސް ވަކި ތާރީޚަކުން މިހާރު މިހިނގާ މަރު ބެލުމެއް ނެތް މީތޯ ތިޔަ ބުނާ އިންސާފުގެ މަގަކީ އެމްޑީޕީ އެކްޓިވިސްޓަކު ޖަވާބު ދީބަލަ

    66
    12
  9. މަރުމޯލު

    ކީއްކުރަންހަދާ ޕޯސްޓް މޯޓަމެއްބާ؟ ޚަރަދުތަކެއް ދިއުމާއި މައްޔިތާއަށް އިހާނެތިވުން ނޫންކަމެއްނުވޭ. އިސްލާމީ އުސޫލަކީ މީހަކު މަރުވީމާ ވީހާ އަވަހަކަށް ވަޅުލުން.

    54
    5
  10. ސަރޭ

    ފުރަތަމ ކަމަކީ،އައިޖީ އެމް އެޗު ސަރަހައްދޭބުނީމަ އެއީ ހަދާފަ އޮތް މޫދު ކަމަށް ބެލެވެނީ އެއީ ކަނޑު ތޮށިން ބޭރުކަމެއްދޭހަ އެއްނުވޭ. ދެން ހަށިގަޑު ކަލާނެ ގޮތެ ނުވިސް ނުނު.ފަތަން އެގުނަސް ނޭގުނަސް ކަމެއް ދީމާވެއް ޖެ ނަމަ ގެބިދާނެ. އެހެން ވީމަ އެކަނި މޫދަށް ދިއުމަކީ ކުރާވަރުގެ ކަމެއް ނުން. އެކަމަކު ފަތަން ނޭގޭ މީހަކު ހަމަހޭގަ ހުރެ އެކަނި މޫދަކަށް ނޭރޭނެ. ވީމާ ވާނެ ކަމަށް ލަފާކުރެވެނީ އެކަނި އޮއްވާ ހޭނެތިގެން ގެބިގެން މަރުވުން ނުން ގޮތެއްނުވާނެ ކަމަށް.

    17
    1
  11. Anonymous

    ލަންކާއައް ގެންދިއަ ހެދިކަމެއް ނޭގޭ