އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވުމަށް ފަހު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރުގެ ބަޖެޓް ވެސް 31.7 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

މި އަހަރަށް މަޖިލީހުން މިދިޔަ އަހަރު ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެވެ.

ބަޖެޓްގެ ހިސާބުތައް

  • ޖުމުލަ ބަޖެޓް: 34.7 ބިލިއަން ރުފިޔާ
  • އާމްދަނީ: 17.8 ބިލިއަން ރުފިޔާ
  • ޖުމުލަ ހަރަދު: 33.3 ބިލިއަން ރުފިޔާ
  • ބަޖެޓް ޑެފިސިޓް: 15.5 ބިލިއަން ރުފިޔާ

އާމްދަނީ އިތުރު ކުރުމަށް އާ ކަންކަން

ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ތިން ދާއިރާއަކުންނެވެ. އެއީ ޓެކްސްގެ ގޮތުގައި 9.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.75 ބިލިއަން ރުފިޔާއާއި، ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާއެވެ.

ކޮވިޑް-19 ގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ބެލެވޭތީ އާ ހަ ކަމެއް ތައާރަފް ކުރަން ބަޖެޓްގައިވެއެވެ. މި ކަންކަމާ އެކީގައި އިތުރު 1.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

  1. ޓެލެކޮމް ލައިސަންސް ފީއަށް ބަދަލު ގެނައުން - 300 މިލިއަން ރުފިޔާ
  2. ދިވެހިންނަށް ބިން ވިއްކުން - 300 މިލިއަން ރުފިޔާ
  3. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި އެއާޕޯޓް ސާވިސް ޗާޖް ބަދަލު ގެނައުން - 273 މިލިއަން ރުފިޔާ
  4. ޓޫރިޒަމަށް ބިން ދޫކުރުން - 154 މިލިއަން ރުފިޔާ
  5. ރިއަލް އެސްޓޭޓް ޓޫރިޒަމް - 154 މިލިއަން ރުފިޔާ
  6. މާލެ ސަރަހައްދުގެ ޕާކިން ފީ - 37 މިލިއަން ރުފިޔާ

ހަރަދުތައް ކަނޑައެޅިފައިވާ ދާއިރާތައް

  • ރިކަރެންޓް ހަރަދު: 21.67 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 8.3 ބިލިއަން ރުފިޔާ
  • ކެޕިޓަލް: 4.8 ބިލިއަން ރުފިޔާ
  • ސިއްހީ ދާއިރާ: 4 ބިލިއަން ރުފިޔާ
  • އިޖްތިމާއީ ރައްކާތެރިކަން: 3.7 ބިލިއަން ރުފިޔާ
  • އިގްތިސާދީ ހަރަދު: 7 ބިލިއަން ރުފިޔާ
  • ގެދޮރު އިމާރާތް ކުރުން: 2.3 ބިލިއަން ރުފިޔާ
  • ތައުލީމީ ދާއިރާ: 3.95 ބިލިއަން ރުފިޔާ
  • ތިމާވެށި ރައްކާތެރިކުރުން: 1.9 ބިލިއަން ރުފިޔާ
  • ދިފާއީ އަދި ސަލާމަތީ ހިދުމަތްތައް: 4.2 ބިލިއަން ރުފިޔާ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނައިކީ

    އުއްމީދެއް ނެތް ބަޖެޓެއް.. އާމްދަނީ ލިބޭނެ ވަސީލަތްތައް ޤާއިމްކުރުމަށް އެއްވެސް އިސްކަމެއް ނުދޭ އަދިވެސް ޓޫރިޒަމަށް ބަރޯސާވެފަ، އެކަން ހައްލުކުރެވޭނީ ގޭދޮށު މަސްފެކްޓްރީއަކުން ނޫން.. މިފްކޯގެ އިތުރު ދެ ފެކްޓްރޯ ބޮޑު ސްޓޯރޭޖަކާއެކު އުތުރާ މެދުރާއްޖެތެރޭގަ އަޅަންވީ، ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ މަސައްކަތްކުރިޔަސް ގެންދަން އެބަޖެހޭ އެންމެ އިސްކަމެއްދީގެން، އިންޑިއާއަށް ބިރުން އެކަން ނުކޮށް ތިބެވޭކަށް ނެތް.. މަސްވެރިކަން އެންމެ ރަނގަޅީ އަދި ގަދައަށް ކުރަނީ އުތުރުގަ ފެކްޓަރޯތަކާ ސްޓޯރޭޖުތަށް އުތުރުގަ ޤާއިމްކުރަން އެއްވެސް އިސްކަމެއް ނެތްދީފައެއް..

    5
    3
  2. ޙާމިދު

    ކޮވިޑާ ހެދި އާމުދަނީ ދައްވީއޭ ކިޔާފަ ދިވެހިންނަށް ބިން ވިއްކައިގެން 300 މިލިޔަން ހޯދަން މިއުޅެނީ ނިކަމެތިން އިތުރަށް ނިކަމެތި ކުރަން. ދެން ޕާކިން އިން 37 މިލިޔަން ރައީތުމީހާ ގޮހޮރުގަނޑު ދަމައިގަނެގެން ވިޔަސް ހަމަކުރާނެ.

    8
    1
  3. ޑައެލޯގް

    މިސަރުކާރެއް ނުވެއްކާނެ ފާސްކުރާ ބަޖެޓުން ކުރާކަމެއް ނުފެންނާނީއެވެ. ދެން ރީދޫކުދިންނަށް ބަދަލުދޭނީއެވެ. ޑޮލަރެއްނުލިބޭނެ، އަތްމަތި ދަތިވާނެ އެއްޗެތީގެ އަގު އުފުލޭނެއެވެ. ދެންބުނާނެ ކޮވިޑްގެ ސަބަބުންނޭ ޑޮލަރުނުލިބެނީ އެކަމު އަންނިގެ ވެރިކަމުގަ ގައިމު ތިޔަކޮވިޑެއްނެތް އެކަމު ޑޮލަރު އުޅެނީ 22ގައެވެ. ޔާމީނުގެ ވެރިކަމުގަ އަހަރުމެންގެ ޖީބުތައް ފުރުނެވެ. ޑޮލަރު ބޭންކުރޭޓްގައިލިބުނެވެ. އަދި ފުރާ ކޮންމެ މީހަކަށް 500 ޑޮލަރު ބޭންކު ރޭޓަށްލިބުނެވެ. ނަރުދާމާއި، ބްރިޖާއި، ހޮސްޕީޓަލާއި، އެއާޕޯޓާއި، އުމްރާނީތަރައްގީލިބުނެވެ. އެކަމުކަނީ ޔާމީނޯލައެވެ.

  4. ޙަބީބާހަބީ

    އުންމީދެ އްނެތް ހޮޅިސަރުކާރެ އް ހދ އަތޮޅުފަތުރުވެރިކަން ނެތް އަތޮޅު ޔާމީނު އެ އާޕޯޓު އެޅީތީ އެކަން ކަމުނުގޮސް އެތަން ފަނާ ކުރަނީ މަގުތަކަކު ތާރެ އްނޭޅުނު މުސާރަވަނީ ކުޑަ ހަރަދުވަނީބޮޑު އަދުލުއިންސާފު ބަރަހަނާވެފަ ދެންއިސްތިޔުފާ

  5. މަބޭ

    ދެންވާނެގޮތަކީ ރޭގަންޑުނިދަމުން ޒޯންގަބަހައްޓާސައިކަލް ދަންވަރު ސިޓީކައުންސިލުންޒޯންފޮހެލާފަ ސްޓިކާޖަހާނީ 37މިލިޔަން ހޯދަން