އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި މާލެ ސަރަހައްދުގައި ހިންގާ އެކި އެކި މަޝްރޫއުތަކަށް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އަދި އަތޮޅުތަކަށް ގާތްގަނޑަކަށް 3.6 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން މިއަދު ހުށަހެޅި ދައުލަތުގެ ބަޖެޓްގެ ލުއި ފޮތުގައިވާ ގޮތުން މާލެ ސަރަހައްދަށް ކަނޑައަޅާފައި ވަނީ 2.944 ބިލިއަން ރުފިޔާއެވެ. ރާއްޖޭގެ އެހެން އަތޮޅުތަކަށް ކަނޑައަޅާފައިވަނީ 3.646 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް 200 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ފަސް އަތޮޅަކަށް ކަނޑައަޅާފައިވެއެވެ. އެއީ އައްޑޫ ސިޓީއަށް 774 މިލިއަން ރުފިޔާ، ހދ. އަތޮޅަށް 349 ބިލިއަން ރުފިޔާ، ރ. އަތޮޅަށް 282 މިލިއަން ރުފިޔާ، ގދ. އަތޮޅަށް 254 މިލިއަން ރުފިޔާ، އަދި ލ. އަތޮޅަށް 247 މިލިއަން ރުފިޔާއެވެ.

ބަޖެޓުގައި 100 މިލިއަން ރުފިޔާއަށް ވުރެ ކުޑަ ބަޖެޓެއް ހަތް އަތޮޅަކަށް ކަނޑައަޅާފައިވެއެވެ. އެއީ ވ. އަތޮޅަށް 33 މިލިއަން ރުފިޔާ، ޅ. އަތޮޅަށް 62 މިލިއަން ރުފިޔާ، ދ. އަތޮޅަށް 74 މިލިއަން ރުފިޔާ، ފ. އަތޮޅަށް 75 މިލިއަން ރުފިޔާ، އދ. އަތޮޅަށް 79 މިލިއަން ރުފިޔާ، ބ. އަތޮޅަށް 96 މިލިއަން ރުފިޔާ، އަދި މ. އަތޮޅަށް 96 މިލިއަން ރުފިޔާއެވެ.

ސަތޭކަ މިލިއަން ރުފިޔާ އާއި 200 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އަށް އަތޮޅަކަށް ކަނޑައަޅާފައިވެއެވެ. އެއީ ފުވައްމުލައް ސިޓީއަށް 116 މިލިއަން ރުފިޔާ، އއ. އަތޮޅަށް 118 މިލިއަން ރުފިޔާ، ގއ. އަތޮޅަށް 118 މިލިއަން ރުފިޔާ، ތ. އަތޮޅަށް 149 މިލިއަން ރުފިޔާ، ކ. އަތޮޅަށް 166 މިލިއަން ރުފިޔާ، ހއ. އަތޮޅަށް 169 މިލިއަން ރުފިޔާ، ށ. އަތޮޅަށް 192 މިލިއަން ރުފިޔާ، އަދި ނ. އަތޮޅަށް 197 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    އައްޑޫގައި އިންޑިއާއިން އަޅާ މިލިޓަރީބޭސް ކުރިމަތިން އާންމުންނަށް ދަތުރު ނުކުރެވޭނެ ގޮތް ހެދުމަށްޓަކައި ބުރިޖޭކިޔާފައި މަތިއޮމާންކުރަންވެގެން އެހެން މަގެއް ހަދަން އެއުޅެނީ! އަޅުވެތިކަމުގެ ކިއްލާއެއް ހުޅުވުމުގެ ކުރިން ދިވެހިން ހޭލާކަށްނުވޭތޯ! ލޮބުވެތި ގައުމުދެކެ ލޯބިވާ ދަރީން ކޮބައިތޯ. މިއީ ސިޔާސީ ވާހަކަ އެއް ނޫން! މިއީ ގައުމީ ވާހަކައެއް! މި ގައުމު ސަލާމަތްކުރާނެ ފަރުދަކު ނެތީތޯ. މިއީ ޕޮލިސް އެކެޑެމީއެއްނޫނޭ ދަރީންނޭ މިއީ ބޮޑުވެގެންވާ ރޭވުމެއް!

  2. Anonymous

    އައްޑޫގަ ތިބޭ ގިނަ މީހުންނަށް ވަރިހަމަ ކޮންމެގޮތެއްވިއަސް، އަޅުވެތިވިއަސް އޯކޭ، އަންނި ފަނި މުޅި ރަށުގަ އެކަމަކު އޯކޭ، މަގުތައް ފެންބޮޑުވެފަ އެކަމަކު އޯކޭ، ސަތޭކަ ދުވަހުން އަޅަން ބުނި ޕާކު ނޭޅުނު އެކަމު އޯކޭ، ކުރެވޭ އެއްވެސް ކަމެއް ނެތް އެކަމަކު އޯކޭ، ކަނބިހާ ބީޗް ހަދައިފި އެތާނގަ ހުރި ހިޔާދޭ ހުރިހާ ގަހެއް ކަނޑާލާފަ، އޯކޭވެފަ، ދެން އޮތީ ފެން ފޯއްރުއްޖެހުން، ވަރަށް އޯކޭވެފަ، ކަރަންޓު ކެނޑެނީ ވަކި ވަގުތެއް ބަލާފައެއް ނޫން، އެކަމަކު މިހާރު އެވެސް އޯކޭ، ނޭވާހޮޅިންވެސް ވައްކަން،ހުރިހާ ކަމަކުން ވެސް ވައްކަން ، އެކަމަކު އެވެސް އޯކޭ، ދީނައްފުރައްސާރަކުރުން ވެސް ހަމަ އޯކޭ، ދެން މިވަރުގެ އޯކޭ ބަޔަކަށް މިލިޓަރީ ބޭސް އެއް އެޅީމަ އެއްޗެކޭ ހިތައްއަރާތަ! ނާރާނެ!

  3. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މި ސަރުކާރުގަ ތިބި މީހުންގެ ޖީބުތަކަށް ކަންނޭގެ ތި ހުރިހާ އެއްޗެއް ވަންނާނީ

  4. ޕާކިން ސްޓިކާ

    މި ސަރުކާރުގަ ތިބި މީހުން ކައިފަ ބާކީ ނޯންނާނެ އެއްޗެއް

  5. ޖަމަލު ފޮޑި

    ޖީބު ބޮޑުކުރުމަށް 29 ބިލިޔަން..

  6. ....

    ވަރަށް ޖޯކް ބައެއް އުޅޭ ގައުމެއް މީ

  7. ނަޖީބު އައްބާސް

    އައްޑުއަތޮޅުގަ ހދ. އަތޮޅައްވުރެ އާބާދީ ބޮޑުތަނުން ބޮޑުނޫން ވަކިން އަތޮޅަކައް ޑަބަލު ބޮޑު ބަޓެއް ތިއޮތީ ތިއީ ތަފާތު ކުރުމެއް

  8. ސަކުން

    މި ބަޖެޓް ބެލި ކޮންމެ މީހަކަށް އެނގޭނެ ރާއްޖެތެރޭ ތިބެނީ ޕަޓާނީންކަން. 3.3 ބިލިޔަނުން ކޮންމެ ރަށަކަށް ބަނދަރަކާއި ބިމެއް ހިއްކާފަ ފޭސްބުކާއި ނޫހަށް ސުރުހީ އަޅާލަދީ. އޮންނާނީ ސަރުކާރު ހިންގި ވައުދު ފުދިއިތުރުވެފަ.

  9. 19 އަތޮޅު

    199 ރަށާއި 1 ރަށް ގާތް ގަނޑަކަށް އެއްވަރުކަމަށް މިފެންނަނީ. މިއީ މިހާރުވެސް އެތައްގުނައަކަށް ތަރައްގީކުރެވިފައިވާ ރަށަކާއި އަޅާބަލާއިރު އާދައާއި ޚިލާފަށް ބޮޑުވަރު. މިއީތޯ ހެޔޮވެރިކަމަކީ؟

  10. ހަސަން

    ހދ އަތޮޅަށް 300+ ބިލިއަންތަ ހަމަ ކަނޑައަޅާފަ އޮތީ... ނޫނީ މިލިއަންތަ...

  11. ފައްޔާޒު

    އަތޮޅު ތެރެޔައް ތިޔަ ނުދީ ނަސީދު ކަރުހިތްކުން ފިލުވާލަން ބޭނުން ކޮއްލިއްޔާ މާރަނގަޅުވާނެ.