ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރާއި އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ޝަރީފް ބަހުގެ ހަމަލާތަކެއް ބަދަލު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހުށަހެޅުއްވި އިންޝުއަރެންސްގެ ބިލަށް ބަހުސް ކުރައްވަމުން، ޖާބިރު ވިދާޅުވީ އިންޝުއަރެންސް ބައެއް ކުންފުނިތަކުން އެގްރިމެންޓާ އެއް ގޮތަށް އިންޝުއަރެންސްގެ ހިދުމަތް ދޭން ޖެހޭނެ ކަމަށެވެ.
އިންޝުއަރެންސްއާ ގުޅޭ ގޮތުން މީގެ ކުރިން ޖާބިރު ގަރާރެއް ވެސް ހުށަހެޅުއްވިއެވެ. އަދި މިއަދު އިންޝުއަރެންސްއާ ގުޅޭ ބިލަށް ބަހުސް ކުރައްވަމުން މިފަދަ ވާހަކަތައް އޭނާ ވިދާޅުވިއިރު، އޭނާގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، އެ ކުންފުނިން ހައި ކޯޓްގައި އިސްތިއުނާފްކޮށްފައިވެއެވެ.
ޖާބިރު އެ ދުވަހު ގަރާރު ހުށަހަޅުއްވަނިކޮށް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އެއީ ޖާބިރުގެ އަމިއްްލަ މަސްލަހަތު އޮތް މައްސަލައެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. އެ ދުވަހު ޖާބިރާއި ޝަރީފްއާ ދެމެދު ބަހުގެ ހަމަލަތާކަމެއް ބަދަލު ކުރެވުނެވެ.
މިއަދު ވެސް ޖާބިރު އިންޝުއަރެންސްގެ ބިލަށް ބަހުސް ކުރައްވަމުން ދަނިކޮށް ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މިފަދަ ކަންކަން ފާހަގަކުރައްވައިފައެވެ. އަދި ޖާބިރަށް އިތުރު ވަގުތު ނުދިނުމަށް ޝަރީފް އެދިވަޑައިގަތެވެ. ރިޔާސަތުން އެއީ ނިޒާމީ ނުކުތާއެއް ގޮތުގައި ބަލައެއް ނުގަނައެވެ.
ޝަރީފް ބަހުސް ކުރައްވަން ނުފެށެނީސް ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ މަޖިލީހުގެ މެންބަރަކަށް ވުމުގެ އެއް ޝަރުތަކީ ބުއްދި ސަލާމަތުން ހުރުން ކަމަށާއި އެކަމަކު "ޝަރީފްގެ ބުއްދި ހަމައެއް ނޫން" ކަމަށް ވިދާޅުވިއެވެ.
ޖާބިރު އެ ނިޒާމީ ނުކުތާ ރިޔާސަތުން ބަލައިނުގަނެ ޝަރީފްއަށް އަލުން ފުރުސަތު ދެއްވުމުން އޭނާ ވެސް ޖާބިރަށް ރައްދު ދެއްވިއެވެ. ޝަރީފް ވިދާޅުވީ އޭނާއަކީ "މަޖިލީހުގެ ތަޅުމަށް ރާ ބޮއިގެން މަސްތު ހާލަތުގައި އަންނަ" މެންބަރެއް ނޫން ކަމަށެވެ.
ޖާބިރު ނިޒާމީ ނުކުތާއެއް ނެންގެވުމަށް ފަހު، ޖާބިރު އަނެއްކާ ވެސް ވިދާޅުވީ ޝަރީފްއަކީ "ބުއްދި ހަމަ" ބޭފުޅެއް ކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. ޖާބިރުގެ މި ނުކުތާ ވެސް ރިޔާސަތުން ބަލައެއް ނުގަތެވެ.
ޖާބިރާއި ޝަރީފް ޒުވާބެއް ކުރިއިރު މީގެ ކުރިން ބަރުލަމާނީ ނިޒާމަށް ގާނޫނުއަސާސީ އިސްލާހު ގެންނަ ބިލެއް ޖާބިރު ހުށަހެޅުއްވި ޖަލްސާގައި ވެސް ޖާބިރާއި ޝަރީފް ވަރަށް ބޮޑަށް ޒުވާބުކޮށް ދެ ބޭފުޅުންނަށް އެކި ތުހުމަތު ކުރައްވައި ވާހަކަ ދެއްކެވިއެވެ.
ނުކިޔަވާ ތިބި މީހުންމަޖުލިހައް ވެއްދީމަ ވާގޮއްމިފެންނަނީ ދުނިޔޭގެ އެހެންގައުމުތަކުގަވެސް މަޖިލީހުގަ ތިއްބަވަނީ ކިޔަވައިގެން ތިއްބެވި ބޭބޭ ފުޅުން
ދެބޭފުޅުންގެ ވާހަކަފުޅުންވެސް ބުއްދިހަމަ ޖެހޭކަން ސައްކެއްނެތް މިންވަރަށް ޔަގީންވޭ. ޒާތީ ތަޢައްޞަބު ދެބޭފުޅުންގެ ހަށިކޮޅުގައި އެބަ ދައުރުވޭ. # މިކަންކަމުން އަރާގަތުމަށް ދިވެހިރައްޔިތެއްގެ ހައިޞިއްޔަތުންދަންނަވަން. # ކާށިދޫ ކޭބަލްކާރު ސަރައްވުރުގެ އަލިގަދަވޮށް. އަބުދުﷲޖާބިރަށް އިޙްތިރާމް.
ކީކޭ ދެން ބުނާނީ
ޖާބިރު ނެތިއްޔާ މަޖިލީހެއް ނެތް ! މަޖިލީސް މީހުން ބަލަނީ އެތަނުގައި އެންޓަޓެއިން ކުރާތީ ، އެއީ އެއްވެސް ޕްރަޑަކްޓިވް ތަނެއް ނޫން . ގިނައީ ދެއުޅިއެއްނުވާ މީހުން...
މަށަށް ފެންނަނީ ގަދަހިފުމަކަށް ދާން. ދެން ދުވަހަކުން. އޭރުންއިގޭނީ ގަދަވާ ބޭފުޅެއް. ޜެފްރީޔަކަށް މަޖްލީސް ރައީސް