އާރަށް ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "ހަވާ" ނަމަކަށް ކިޔާ 55 ފޫޓުގެ ދޯންޏެއް ގާ ޕެލެޓްތަކެއް ބަރުކޮށްގެން މާލެ އިން އަކިރިފުށި ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް އާރަށް ކައިރިއަށް ބަންޑުން ޖަހާލާފައިވާ ކަމަށެވެ.

ބަންޑުން ޖަހާލި ދޯނިން ތިން މީހަކު ދަތުރު ކުރި އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ދެބިދޭސީންނާއި ދިވެއްސެކެވެ.

ދޯނިން ދަތުރުކުރި ތިން މީހުން ވެސް ސަލާތްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. މި ތިން މީހުން ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ދޯނީގެ ވެރިފަރާތުން "ސީ ކިންގް" ނަމަކަށް ކިޔާ ތެޔޮ ބޯޓެއްގައި ކަފު ޖަހައިގެން އެ ދޯނި ހުޅުމާލެ އަށް ވެއްދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހާއްސަކޮށް މެދު ތެރޭގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްމާސް ކުރައްވާފައެވެ.

އަދި ކ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަަކަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮފުބާ

    ގަމާރު ވީމަ ވާކަންތަށްތަށް ދޯނިދުއްވާ ކައްޕިޔަކަށް ދޯނި ނުދުއްވޭވަރަށްގަދަ ވީމަވެސް ނޭންގެ

  2. މީހާ

    ކިހާ ހެއްވާ. އެމް.އެން.ޑީ.އެފް އިން ނެތް ނޫނޭ ސަލާމަތް ކުރީކީ އެމީހުން. އެމީހުން ސަލާމަތް ކުރީ ރިސޯޓް ލޯންޗަކުން.