2021 އަހަރު ސިޔާސީ މަޤާމުތަކުގެ ގޮތުގައި ގިނަ މަޤާމުތަކެއް އުފައްދަން ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅި 2021 ވަނަ އަހަރުގެ ބަޖެޓުގައި ބުނެފައި ވަނީ އަންނަ އަހަރު ޖުމްލަ 967 ސިޔާސީ މަޤާމު އޮންނާނެކަމަށެެވެ. އަދި އެފަރާތްތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 382،944،545 ރުފިޔާ ދިނުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މި އަހަރުގެ ބަޖެޓުގައި 785 ސިޔާސީ މުވައްޒަފުންނަށް ދިނުމަށް ހިމަނާފައި ވަނީ 331،718،861 ރުފިޔާގެ ބަޖެޓެއް ކަމަށް ވާއިރު، ކުރިއަށް އޮތް 2021 ވަނަ އަހަރު އިތުރު 185 މީހުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބޭނެއެވެ. އަދި ސިޔާސީ މީހުންނަށް ހޭދަކުރާ މުސާރައަށް ބަލާނަމަ މިއަހަރާއި އަޅާ ބަލާއިރު 51225684 ރުފިޔާ އިތުރަށް އަންނަ އަހަރު ހަރަދު ކުރާނެއެވެ.

ވަކިވަކި އިދާރާތަކަށް ބަލާ ނަމަ އެންމެ ގިނައިން ސިޔާސީ ބޭފުޅުން ތިއްބަވަނީ ރައީސް އޮފީހުގައެވެ. އެގޮތުން އެ އޮފީހަށް އަންނަ އަހަރު އިތުރު 47 ސިޔާސީ މުވައްޒަފުން އިތުރުވާނެ ކަމަށް ބަޖެޓުން ބުނާއިރު، އެ އޮފީހުގެ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު 424 އަށް އަރާނެ އެވެ. މިއަހަރު އެ އޮފީހަށް ކަނޑައަޅާފައިވަނީ 377 މުވައްޒަފުންނެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގައި ވެސް ގިނަ އަދަދަކަށް ސިޔާސީ މުވައްޒަފުން ތިއްބަވާނެއެވެ.

2018 ވަނަ އަހަރުގެ ކެމްޕެއިންގެ ތެރޭގައި މި ސަރުކާރު މަތިބަރު ސިޔާސީ މީހުން ގިނަ ސަރުކާރަކަށް ނުވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް އަންނަ އަަހަރު ސިޔާސީ މަޤާމަށް ބަޖެޓުކޮށްފައިވާ މިންވަރަށް ބަލާނަމަ މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާ ގިނަ އަދަދަކަށް ސިޔާސީ މަޤާމު އުފައްދާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޢަހުމަދު

  މިސަރުކާރުން 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ވަނީ ގިނަ ސިޔާސީ ވަޢުދު ތައް، ރައްޔިތުންނަށް ވެފައި!
  ނަމަވެސް، އެއްކަމެއްވެސް އަދި ހާސިލް ނުކުރެވޭ!
  މިއަދު ޤައުމު މިއަދު އޮތީ ދަރަނިވެރި ވެފައި! 😡👹👺

  27
  1
  • ބޭބެ

   މިސަރުކާރުގެ ކަންކަން މާ މައްޗަށް މިހާރު މިދަނީ!! 250000 ޑޮލަރު ދައްކާ ބޭރުގެ ފަރަންޖީންނަށް މިރާއްޖޭގެ ރެސިޑެންސް ވިސާދޭން ނިންމައިފި!! ސިޔާސީ މަގާމުތައް އިންތިހާއަށް މަތި!! ދަރަނި 80 ބިލިއަނަށް އަރުވައިފި! ލޯނު ނުނަގާނަމޭ ބުނެ އައި ސަރުކާރުން އިންޑިޔާއިން 800 މިލިއަން ޑޮލަރު ނަގައިފި!! އިންޑިޔާ ސިފައިން މިރާއްޖޭގެ ތިން ސަރަޙައްދެއްގައި ބައިތިއްބައިފި! މިނިވަންކަން ގެއްލޭގޮތަށް އަޑިނޭގޭ އެތައް އެއްބަސްވުމަށް ތަކެއް އިންޑިޔާއާއެކު ހަދައިފި!! ޖުމްލަކޮށް މުޅި ރާއްޖޭ ދަރުވާލައިފި!! ކޮންކްރީޓް ތަަރައްގީއަކީ ބޭނުން އެއްޗެއް ނޫނޭ ބުނެ އައި ސަރުކާރުން ކޮންކްރީޓް ތަރައްގީގެ ވާހަކަ ދައްކަނީ!! ވައްކަން ކުރަނީ!! ނުޙައްގުން މީހުން ހައްޔަރުކުރަނީ! ލާދީނީ އެތައްކަމެއް ކުރަނީ!! އެކަންކުރާ މީހުން ޙިމާޔަތްކުރަނީ!! މިހެން މިކަންކަން ދާއިރު ދިވެހިން ހަމަ ތިބެންވީ ގޭގައިތޯ؟ މާސްކު މޫނުގައި އަޅައިގެން ގޭގައިތޯ؟ މިރާއްޖޭގެ ވިޔަފާރިވެރިން (ގާސިމް އިބްރާހިމް ފިޔަވާ) އެންމެން ދިވެހި ރައްޔިތުންނާއެކު ނިކުންނަން ނުވޭތޯ؟ ސިޔާސީ މީހުނާއި ގައުމަށް ހެޔޮ އެދޭ މީހުން ހަމަ ހިމޭނުން ހަމަތިބެންވީތޯ؟ ކަންކަން ޙާސިލްވާނީ ބިރު ފަހަނައަޅާ ގޮސްގެން!! މިސަރުކާރު ޖަވާބުދާރީކުރުވަން މަގުމައްޗަށް ވީހާވެސް ގިނަ ޢަދަދެއްގެ ޒުވާނުންނާ ކުރިހާ އުމުރެއްގެ މީހުން ނިކުންނަންޖެހޭ!! ހައްުޔަރުކުރާނެ! ބިރު ދައްކާނެ!! އެކަމަކު ގިނަ ޢަދަދެއްގެ ބަޔަކު ހައްޔރުގައި ނުބޭތިއްބޭނެ!! ސިޔާސީ މީހުން ގުރޫޕްތަކަށް ބެހިގެން މިކަން ކުރަންޖެހޭ ލީޑްކޮށްގެން! އެއްބަޔަކު ހައްޔަރުކުރާއިރަށް އަނެއްބަޔަކު ލީޑްކުރާގޮތަށް!! މަގުމައްޗަށް ނިކުމެ އަޑުއުފުލަންޖެހެނީ ސަރުކާރު ޖަވާބުދާރީކުރުވަން!! އެކަން ކުރަންވެސް މިސަރުކާރުން ފުރުސަތު ނުދޭކަން ދަންނަންޖެހޭ!! ކޮވިޑް މިބަސް ހަތިޔާރަކަށް މިސަރުކާރުން ބޭނުންކުރާނެ!!

 2. ރިފާއު

  ރައްޔިތުން ފެލާގެން ސިޔާސީ މަގާމް ތައް އިތުރުކޮށް މުސާރަ ހަމަޖައްސަނީ! ދުންފަތޭ ރޮއްޖޭ ކިޔާގެން އެއިން މީހުން ހަބޭހަށް ފެލާފި! ޢެގެ އަސްރު މުޅި އާއިލާ އަށް!

  21
 3. ނަޑަރޭ

  ޓްރަމްޕު ބުއި ކަހަލަ ބޮނޑިއެއް ބޮއިގެން ދެތަނުގައި ތިބި ދެރައީސުންވެސް ސިޔާސީ ކެރިއަރ ނިމޭނީ . ޓްރަމްޕުވެސް ހީކުރީ ތިމާ ވަރުގެ މީހަކު ނެތްކަމަށް އަދި އެމެރިކާ އެއީ އޭނާގެ މިލްކެއް ކަމަށް .. ރާކަނި ކެވިއްޖެ ނު . ބަލަން ތިބޭ

  50
 4. ޣޯސް

  މިވެރިކަން ނިމުން އަވަސްކޮށްދެއްވާންދޭވެ.

  28
  • ާއަސޭލަރ

   ޢާމީން

   21
 5. އ . ޖ . އ

  ތިޔައީ އެކި ދާއިރާ ތަކުން ކުރިއެރުން ހޯދުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް..

  1
  20
 6. ސަޓޯ

  އަދި ތިޔައިން އެންމެ މަތީ މަގާމުތަކުގައި ތިބޭނީ އިއްތިފާގުން މޑނ މީހުން.

  16
 7. މާމީ

  ކިތައްމެ ވަރަކައް އައުވާނުނައް ވަޒީފާދިނަސް އިރާދަކުރެއްވިއްޔާ ކައުންސިލް އިންތިޚާބުވެސް 2023 ވެސް ހަނދާން ނައްތާލާ ތިޔަދަދަނީ ގައުމު ވިއްކާ ހުސްކުރަމުން..

  23
 8. ސައީދު

  ކީހާ ޅެން ފަރިއްސަށް

  19
 9. ޓ

  މައުމޫން..އަށް 50
  ގާސިމަށް 40
  އިމްރާނަށް 30
  އެމްޑީ ޕީ އަށް ބާކީ މަގާމް ތަޢް

 10. ވިލޭއަލި

  މިއަދު ސޯލިހު ސަރުކާރު އެ ހިންގަވަނީ %60 ދިވެހިން އެދޭ ގޮތަށް. ވޯޓް ދިން އެންމެން މަސްއޫލު ވާން ޖެހޭނެ. ަަަަަަަަަަަަަަަަަ

 11. ޑަރޭ

  ކުރިންވެސް ތަޖްރިބާކޮށްފަވާބައެއް އެމްޑީޕީއަކީ ...ބަހާއަމަލާ ދިވާނުވާނެކަން ހަމަހޭގަ ހުންނަ ކޮންމެމީޙަކަށްވެސް އެނގޭނެ.

 12. މުހައްމަދު އަންޖުމް

  އަޖާއިބުން މީހަކު އަންތަރީހެއްނުވާނެތަ ފަހެ ކޮން އަންނަ އަހަރަކާ ދެންއަންނަ އަހަރެކޭ ކިޔާކަށް މިހާރުވަކި މަދީތަ ވަކިކޮން ކަމެއް ކުރަނީ ނޫނީ ކުރެވުނީ ހަމައެކަނި ލޫޓު ވުމާއި ކުލީ ގެސްޓް ހައުސް ތަކުގަ ނާޗަރަގީ ކުޅުން ފިޔަ ވާ ހަމަދެންވެސް ވާނީއެހެން މުޅިރައްޔިތުން ރަށުބަންދާއި ގޭބަންދު ކުރުވާފަ މިހާރު ދިޔާސީ މަގާމުތަކާއި ވެރިންނަށް ތިބެގެން ވައްކަން ނޫން އެހެން އެއަކަމެއްވެސް ނުކުރެވުނު އެހުރީނު ފެންނަން އެންމެ ވަރުގަދަޔަށް ކާޕެޓްތައް އޮޅި ކަލޭގެ އަދިވެސް އެހުރީ އެހެނަމީހުން ބޭރުވީ އަދި ސިޓީ ކައުންސިލް ދިރުވާލަން އެހުރީ އަނެއް ރަތްލާޖެހި ބޮޑުވަގު

 13. ނަގޫރޯޅި

  މާލޭގަ ދިރިއުޅޭ އާބާދީގެ 1/2 ރައީސް އޮފީސް ތެރެއައް ވައްދައިގެން ސިޔާސީ ޖަގަހެއް ހިންގިޔަސް، 2023 ޓާޓާ

  3
  1
  • ާއަސޭލަރ

   މީ ދިވެހިންނެއްނު ވޯޓު ދޭނީ ހަ މަ ރީދުލަށް