މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވައްކަމާއި ފޭރުމުގެ 1231 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން އާންމު ކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ވައްކަން، ފޭރުމުގެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ ވެރިރަށް މާލޭގައެވެ.

އެގޮތުން މާލެއިން 910 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ. އައްޑޫއިން 66 މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު ފުވައްމުލަކުން 32 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ރާއްޖޭގެ އެހެން އަތޮޅު ތަކުން 223 މައްސަލަތަކެއް ވަނީ ރިޕޯޓް ކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފޭރުމުގެ މައްސަލަތަކުގެ ތެރެއިން ފަސް އިންސައްތަ ކޮށްފައިވަނީ ހަތިޔާރު ބޭނުން ކޮށްގެންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސައިކަލު ވަގަށް ނަގައިގެން 118 މައްސަލައެއް ރިޕޯޓް ކޮށްފައިވެއެވެ. އަދި ފޯނު ވަގަށް ނެގުމުގެ 244 މައްސަލައެއް ރިޕޯޓް ކޮށްފައިވާއިރު ފައިސާ ވަގަށް ނެގުމުގެ 48 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައިވެއެވެ.

މިމައްސަލަތަކުގެ ތެރެއިން 119 މައްސަލައެއް ތަހުގީގު ކޮށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައިވާއިރު މައްސަލަތަކާއި ގުޅިގެން 210 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި 207 ފިރިހެނުންނާއި 3 އަންހެނުން ހިމެނެއެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކިއެކި އަނިޔާތަކުގެ 233 މައްސަލައެއް ތަހުގީގު ކޮށްފައިވާ ކަމަށްވެސް ރިޕޯޓޫން ދައްކައެެވެ. އޭގެ ތެރޭގައި އަނިޔާ އެންމެ ގިނައިން ލިބިފައިވަނީ 15 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާނި

    މިހާރުވެސް ވައްކަން ކުރޭތަ، ޖަލުގަ ހުރެގެން.
    މި ޤައުމަކުން މިހާރަކު ވައްކަމެއް ނުކުރާނެ،

  2. ސަފަރު ކައްދަގެ ތިއްތިބެ

    ދީނާދުރަށް ދިވެހިން ގޮސްފައިވާ މިންވަރު މިފަދަރިޕޯރޓްތައް ކިޔާލުމުން މި އެނގިގެން ދަނީ. އިސްލާމީ ތަރުބިއްޔަތު ލިބިފައިނުވާ މައިންބަފައިންނަށް ދަރިންލިބި އެދަރިންނަށް ދަރިންލލިބެމުން ދަނީ. ޖީލެއް ހަލާކުވެ ނިމިހިގައްޖެ. ޤައުމު އަނބުރާ ކުރިން އޮތްމަޤާމަށް ދެވޭނީ އިސްލާމީ ޝަރީޢަތް އެގޮތުގައި މިތަނުގައި ތަންފީޒު ކުރެވިގެން. ކުށްކުރާމީހުންގެ ގަޓުކަން ހަރުކަށި އަދަބުން ކަނޑުވާލެވިގެން. ސައިޒަށް ތިރިކޮށްގެން. ޒާތީ ތަޢައްސަބުން އެއްކިބާވެ އިޚްލާސްތެރި ވެރިކަމެއް ޤާއިމް ކުރެވިގެން. ﷲއަށް ބިރުވެތިވާ ހިތްތައް މިތަނުގައި ގިނަވެގެން.

  3. ވައްކަން ކުރާބެ

    ކޮބާތޯ މަސް އަލަޔަކީ މީވޯލްޑް ރިކޯޑް ހޯދަން އުޅޭ ގައުމެއް ކުއްވެރިންނެއް ނޫޅޭނެ ގައުމީދޫނި އުޅޭނީ ހިމާޔައް ކޮއްފައިތިބޭ ބަޔެއް ކުށުގެ ރިކޯޑް އޮންނާނެ ފަޅާގެން ދާވަރައް މަސްއަލަނެތީނު

  4. ބިސް

    ފޯނުގެ މާކެޓް އޮންނަނީ ބަންގާޅުމީހުން ގެ އަތުގަ....ރާއްޖެއިން ފުރައިގެން ދާ ބާންގާޅުމީހުން 20 30 ފޯނު ގެންދާއިރު ސެކިއުރިޓީން ކީއްތަވާނީ އެއާއިމެދު ސުވާލެއް ކޮއްލިއްޔާމު...