ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް އެ ހޮސްޕިޓަލްގެ އިމާރާތް އަޅަން އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓްގައި 98 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓްގައި އެންމެ މުހިއްމު ކަމަކަށް ކަނޑައަޅާފައި އޮންނާނީ ސިއްހީ ދާއިރާއަށް ކަމަށެވެ. ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވެއެވެ.

ބަޖެޓްގައި ސިއްހީ ދާއިރާއިން އަލަށް ފަށަން ކަނޑައަޅާފައިވާ މުހިއްމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަޝްރޫއު ކަމަށެވެ. ކެންސަރާއި ގައިންގަޔަށް ނާރާ ބަލިތަކުން މިހުން މަރުވާ އަދަދު ދަށް ކުރުމަށް ހިފާފައިވާ އަމާޒަށް ވާސްވުމަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.

އިންޑިއާގެ ވެސް އެހީގައި ގާއިމް ކުރާ މި ކެންސަރު ހޮސްޕިޓަލް އަޅަން ކުރިން ނިންމާފައި އޮތީ ހުޅުމާލޭގައެވެ. އެކަމަކު މިހާރު އެ ހޮސްޕިޓަލް ލ. ގަމަށް ބަދަލު ކުރަން ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގައި އެދިފައިވެއެވެ.

ކެންސަރު ހޮސްޕިޓަލްގެ އިތުރން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލްތަކެއް ގާއިމް ކުރުމށް ވެސް ބަޖެޓްގައިވެއެވެ. ހޮސްޕިޓަލްތަކުގައި ލެބޯޓްރީގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް މަގުފަހި ކުރުމަށް ފައިސާ ހިމެނިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ނަފްސާނީ ބަލި ހުންނަ މީހުންނަށް ގައުމީ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދިނުގެ ގޮތުން އަތޮޅު ތެރޭގައި ނަފްސާނީ ބަލިތައް ހުންނަ މީހުންނަށް އެހީ ފޯރުކޮށްދޭނެ ސެންޓަރުތަކެއް ގާއިމްކުރުމަށް ވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާ ކުރެވޭ ޖުމްލަ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ވެސް ހަރަދުގެ ބޮޑު ބައެއް ހޭދަވާނެ ކަމަށް ލަފާ ކޮށްފައި ވަނީ ރިކަރެންޓް ހަރަދަށެވެ. ރިކަރެންޓް ހަރަދަށް 21.67 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޮޑު ފަރަންޖީ

    ކަނޑު ފޭރޭ މީހުންގެ އައްޑާ

    12
    5
  2. ނަގުލު ފިއްތި

    އިންސާނުންގެ ސިފައިގަ ތިބި ޖަނަވާރުން އުޅޭ ތަނެއް ތި ލ.އަކީ ކަނޑު ފޭރޭ................

    10
    6
  3. ގުނބޯ

    ކައުންސިލްގެ އިންތިހާބަށް ސިޔާސީ ސްޓަންޓް ޖައްސަން ފެށީ.

    12
    1
  4. އަލިކޮއެ މިއާ

    ލ.ގަމަކީ ވަރަށް ނުބައި މީހުން އުޅޭ ތަނެއް ތ

    6
    1
  5. އަހުމަދު

    ސިއްހީދާއިރާ އަށް 4 ބިލިއަން ރުފިޔާ އޭ ބުނާއިރު ބަޖެޓް ފޮތުގެ ތަފްސީލުން ފެންނަނީ ސިއްހީ ދާއިރާގެ މުސާރައަށް 2 ބިލިއަން ހިންގުމުގެ ޚަރަދަށް 1.4 ބިލިއަން ބާކީ މިވަނީ 600 މިލިއަން އޭގައި މިހިމެނެނީ މަރާމާތު ތަކެތި ހޯދުން ދެން ކޮން ޕްރޮޖެކްޓެއްތޯ ހިންގޭނީ ހަގީގަތް އޮޅުވާލާކަށް ނުވާނެ އަޑިޕާކުން ކެރަފާ ނަސީމު ކާލިހެން މިފަހަރު ހެލްތް މިނިސްޓްރީން ބަޖެޓުން ވެސް ކާނެ އަދިވެސް އެ ޕާކުން އޭނާ ނުކުންނާކަށް ނޫޅޭ ހީވަނީ ތަރިކަ މުދާހެން

  6. ގަމު މީހާ

    އައްޑޫ ރައްޔިތުންނަށް ސަލާމް. މީހުންގެ މުދާ ފޭރޭ މީހުންގެ އައްޑާ. ތަރައްޤީއަކީ ހަމައެކަނި އައްޑޫއަށް އޮތް އެއްޗެއްކަމަށް ދެކުން މާޒީވެގެން ހިނގައްޖެ. ހަޖަމުކޮށްލުން ރަނގަޅު.

    1
    1
  7. ހަވާސާ އިބޫ

    މިސަރުކާރުގައި ނެތް ނޭފަތުގެ ކުރިއަށޤވުރެން ދުރަށްވިސްނާ އެކަކުވެސް ޗައިނާ އިން ލ. ގަމުގައި ރާއްޖޭގަ އޮތް އެންމެ ދިގުމަގު ރަގަޅުފެންވަރަށް ހެދީމާ އިންޑިޔާ ބީޖޭޕީން ބޭނުންވީ އެތާންގައި އިންޑިޔާ މީހުން ގިނައިން ބޭތިއްބޭނެ ގޮތެއް ހަދަން އެހެން ސަރުކާރުގައި ތިބި ކަރެޕްޓު މީހުންނަށް ރިސްވަތުދީގެން ކެންސަރ ހޮސްޕިޓަލް ގަމަށް ބަދަލުކުރީ ޕްލޭނިން މިނިސްޓަރާއި ފޮރިން މިނިސްޓަރަށް ކިހާވަރެއް ލިބުނުބާ؟ ގައުމު ވިއްކާލައިގެންވެސް މިމީހުންގެ ޖީބައްފައިސާ ވަނީމާ އޯކޭދޯ؟