އެމެރިކާގެ ކުންފުންޏެއްކަމަށްވާ ފިޒާ އާއި ޖަރުމަނުވިލާތުގެ ބަޔޯ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ބައޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން ކާމިޔާބުކަން ކަށަވަރުވުމާއި ގާތްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ވެކްސިނުްގެ ކާމިޔާބު ކަން 90 އިންސައްތަ ވަނީ ކަށަވަރުވެފައެވެ.

ފިޒާ އާއި ބައޯއެންޓެކް އިން އުފައްދާފައިވާ ވެކްސިން މިހާތަނަށް 6 ގައުމެއްގެ 43،500 މީހަކަށް ދީފައިވާއިރު މިހާތަނަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ.

އެހެން ކަމުން އެ ދެ ކުންފުނިން އަންނަނީ މިމަހުގެ ފަހު ކޮޅުގައި ވެކްސިން ބޭނުން ކުރުމުގެ އަވަސް ހުއްދައަކަށް އެދިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް-19 މިހާތަނަށް ގިނަ އަދަދެއްގެ ވެކްސިންތަކެއް އުފައްދައި، ތިން ވަނަ މަރުހަލާ ފަށާފައެވެ. އެހެން ނަމަވެސް މިވެކްސިނަކީ މިހާތަނަށް އުފެއްދުނު އެންމެ ކާމިޔާބު އެއްވެކްސިން ކަން ފާހަގަ ކޮށްލެވެއެވެ.

މީގެ ކުރިން ނިންމާފައިވާ ބައެއް މަރުހަލާތަކުން ދައްކާ ގޮތުގައި މި ވެކްސިން އިން އިންސާނާގެ ހަށިގަނޑުގެ ތެރޭގައި 2 ވައްތަރެއްގެ އެންޓިބޮޑީސް އުފައްދައެވެ. މީގެ އިތުރުން ކޮވިޑް-19 އާއި ހަނގުރާމަ ކުރުމުގެ ގޮތުން ޓީ ސެލްސްވެސް އުފައްދައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ވެކްސިން ބޭނުން ކުރަން ޖެހޭ ތިން ހަފްތާއަށް ބަހާލައިގެން ދެ ޑޯޒެވެ.

މިހާތަނަށް އެމެރިކާ، ޖަރުމަނު، ބްރެޒިލް، އާޖެންޓީނާ، ސައުތު އެފްރިކާ އަދި ތުރުކީގާއި ކުރިއަށްދިޔަ މަރުހަލާތަކުން ދައްކާގޮތުން ވެކްސިން ބޭނުން ކުރާތާ 7 ދުވަހުގެ ތެރޭގައި 90 އިންސައްތަ ޔަގީންކަން ކަށަވަރުވެއެވެ.

ފިޒާ އިން ގަބޫލު ކުރާ ގޮތުގައި މި އަހަރު ނިމޭއިރު، އެކުންފުނީގެ ވެކްސިންގެ 50 މިލިއަން ޑޯޒު އަދި 2021 ވަނަ އަހަރު ނިމޭއިރު 1.3 މިލިއަން ޑޯޒު ފޯރުކޮށްދެވޭނެއެވެ.

އެކުންފުނިން ބުނެފައިވަނީ ވެކްސިން ލިބުނު ކަމުގައި ވިއަސް އެކި ކަހަލަ ގޮންޖެހުންތައް ހުންނާނެއެވެ. އޭގެ ތެރޭ ވެކްސިން ގެންގުޅެން ޖެހޭނީ މައިނަސް 80 ޑިގްރީ ސެލްސިއަސް ގައި ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅަބޭ

    ވެކްސިނަކީ ވައްހާބީން ބުނާގޮތުން ދީނުގަ ކަނޑައެޅިގެން ހަރާންކަމެއް.