އދގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވުމަށް އިންޑިއާއިން އެހީވަން ނިންމައިފިއެވެ.

އެކަން ހާމަކޮށް ފޮރިން މިނިސްޓްރީން ވިދާޅުވީ، ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ވާހަކަ ދައްކަވަމުން އދގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް މިނިސްޓަރު ޝާހިދު ހޮވުމަށް އިންޑިއާއިން އެހީވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދުއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ މަޝްވަރާކުރެއްވިގެން ދިޔަ ކަމަށާއި، އަދި ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކުރެވިގެން ދިޔަ ކަމަަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ވަރަށް އަވަހަށް ފޯރުކޮށްދެއްވާފައިވާތީ، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުގެ ދަޢުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާނެއެވެ.

މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލީ

    ތިތަނުގެ ދުވަސް ތިދިޔައީ ރިޝްވަތުނަގާތީ ބަޔަކު ލަދުން ބޯހަލާކުވާނެ މިސާލަކައް މޮރޮކޯ ކާރޕެޓު.....

    39
    1
  2. މަބޭ

    2019ގަ ފޮރިންމިނިސްޓްރީ ބަޖެޓްހުސްކޮއްގެން ކުރިކޭންޕޭން ތިއޮއްގެންފަޅާއެރީ.

    35
  3. ރޯދަ މުބާރިކް

    ޢެހެން ވެގެން ތޯ ޓްރެކް ދަނޑުގައި އެކަރައިގެ ދިދަތައް އެހެރަގެން ވިހުރެނީ؟..!! ފެންނަ ފެނުމަށް ޓްރެކް ކޮންކުރީޓް ހިކުނު ހެންވެސް ލަފާ ނުކުރެވޭ!.. އެންމެ ފުރަތަމަވެސް އެކަރައިގެ ދިދަ...!؟؟؟؟؟؟؟؟؟؟.

    29
  4. ސަމީ

    ޤައުމު ވިއްކާލީމަ ތިޔައީ ދޯ ދޭން އުޅޭ ރަމްޒީ ހަދިޔާ އަކީ، ޤައުމަށާް ޣައްދާރުވާ މީހުން ނަކީ ކޮބައިކަން އިނގޭނެ

    36
    1
  5. ޑެރަވެއްޖެ

    ﷲއިރާދަ ކުރެއްވިއްޔާ ތިކަމެއް ނުވާނެ ގައުމު ވިއްކާލައިގެންވެސް ތިމާގެ މަގާމާއި އަމިއްލަ އެދުންދޯ

    35
    1
  6. ތަޚާނުގެ ޢަލިދީދީ

    ބަދަލުގާ ކިތައް ރަށް ކިތައް ފަޅު ކިތައް ސިފައިން ކިތައް ކޮންޕެނީގެ ހިއްސާ؟ މިކަން ސާފުވާންޖެހޭ.

  7. އަހުމަދު

    ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ވާދަ ކުރިއިރު އެފަހަރު އިންޑިޔާއިން ރާއްޖެއަށް ވޯޓް ދިނަސް އެފަހަރު އަޑިން ކުޅެ ރާއްޖެއަށް ލަނޑުދިން ......

  8. އަހުމަދު

    އިންޑިޔާގެ މިޙާރުގެ ފޮރިން ސެކްރެޓަރީ އަންނި އެންބަސީގައި ފިލުވައިފައި ބަހައްޓަން ވަހީދު ސަރުކާރު އިރު ރާއްޖެ އައި އެފަހރު ފޮރިން މިނިސްޓްރީގައި ތިއްބެވި ގައުމު ދެކެ ލޯބިވާ ބޭފުލުން ދޫނުކޮށް ހިފަހައްޓާލުމުން އެންމެ ފަހުން އަންނި އެތަނުން ނެރުނީ މިމީހާ ބޭނުން ވީ އަންނި އަށް ދައުވާ ނުކުރަން އެހާ މައްކާރު ބަޔެއް މީ

    11
  9. ކައްބެ

    ގައުމުވިއްކާލީމަ އިންޑިއާއުފަލުންގޮސް
    ޙަދާނެގޮތެއް ނޭންގިގެން ގޮތްހުސްވެގެން އެންމެފަހުން ބޮޑުވަޒީރުގެ އަންހެނުންވެސް ޝާހިދުއަށް ވެދުމަށް އަރުވަފާނެ އެހާވެސް އިންޑިއާ އުފާވެއްޖެ.

  10. އަލިބެ

    އިންޑިޔާއިން ޝާހިދު ދަންތުރައަކު ޖައްސަނީ ނޫންބާ. ޝާހިދު އޯކޭވާނެ މިއަށް ކެންޕެއިން ކުރާށޭ ކިޔާފައި ލާރިކޮޅު ކަޓުވާ ލެވުނަސް. އިންޑިޔާގެ ގޭމަކީ ނަޝީދު ޖެކެޓް ލައްވާފައި 9 ވަނަ ހަސަން ރަސްގެފާނު ހަދުވާފައި ބެހެއްޓުން. އިބޫ ނަގާ ހޫރާލާނެ.

  11. އައްޑޫ މީހާ

    ތިގޮލާއަށް ޑޮލަރު ޖަގިޔަލެއް ލައްވައި ދޭންވީނުންތަ އިންޑިއާއިން މިގައުމުގެ ހާމާނު