ކ. މާފުށިން ވިހެއުމަށް ފ. ނިލަންދޫ އަށް ދިޔަ އަންހެނަކު ނޭރުވި ކަމަށް ބުނެ މާފުށި ކައުންސިލުން ދެއްކި ވާހަކަތަކަކީ ދޮގު ވާހަކައެއް ކަމަށާއި އެރަށު ކައުންސިލުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް ނިލަންދޫ ކައުންސިލުން ބުނެފިއެވެ.

ނިލަންދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެރަށަށް ދިޔަ މާބަނޑު މީހަކާއި ދޭތެރޭ ނިލަންދޫ ކައުންސިލާއި ރައްޔިތުން އިންސާނިއްޔަތުކަން ކުޑަކޮށް އަމަލުކޮށް އޭނާ ޑޮކްޓަރަށް ދެއްކުމަށް ފުރުސަތު ދީފައި ނުވާކަމަށް ބުނެ މާފުށި ކައުންސިލުގެ ރައީސާއި އެރަށު ކައުންސިލުން ރައްޖޭގެ ނޫސްތަކަށް، ކަން ހިނގާފައިވާ ގޮތާއި ހިލާފަށް ދޮގު މައުލޫމާތު ދެއްވާފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

ކޮވިޑް-19ގެ ހާއްސަ ހާލަތާއި ގުޅިގެން އަމަލު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަކި އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އެ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނީ ވަކި އުސޫލުތަކަކަށް ކަންވެސް ނިލަންދޫ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

އެފަދަ އުސޫލުތަކަށް މާފުށި ކައުންސިލާއި ދަތުރު ކުރި އުޅަނދުގެ ވެރިފަރާތުންވެސް އަމަލު ކޮށްފައިވާ ނުވާ ކަމަށް ނިލަންދޫ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ނަމަވެސް އެރަށަށް ޒިޔާރަތް ކުރީ މާބަނޑޫ މީހަކަށްވާތީ ހޮސްޕިޓަލށް ގޮސް ޑޮކްޓަރަށް ދެއްކުމަށް ބަލި މީހާއާއި އޭނާގެ ދެ އެހީތެރިއަކަށް ހޮސްޕިޓަލަށް ދިއުމުގެ ފުރުސަތު ދެވުނު ކަމަށް ނިލަންދޫ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

"ހޮސްޕިޓަލަށް ދިއުމަށް އެމްބިއުލާންސް ބަނދަރަށް ގެނެސް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާނެއެވެ. އަދި ހޮސްޕިޓަ؛ަށް ދިއުމަށް އެތައް ފަހަރެއްގެ މަތިން އިރުޝާދު ދެވުނެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ނެރެފައިވާ އުސޫލިގެ 13.3.1 ގެ ދަށުން ކަރަންޓީނުވާން ޖެހޭ ކަމަށް ބުނުމުން އެކަމަށް ތަބައުވުމަށް އެިންކާރުކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ގަބޫލު ނުކޮށް ނިލަންދޫއިން ފުރީ" ނިލަންދޫ ކައުންސިލުން ބުންޏެވެ.

ނިލަންދޫ ކައުންސިލުން ބުނެފައިވަނީ އެރަށަކީ އެއީ ކޮވިޑް-19ގެ ހާލަތުގައި ވެސް އެއްރަށަކުން އެްނމެ ގިނަ އަދަދެއްގެ މީހުން ސިއްހީ ކަންކަމަށް ޒިޔާރަތް ކުރި އެއް ރަށް ކަމުގައި ވާނެ ކަމަށާއި މިހާ ހިސާބަތް އެފަދަ މައްސަލައެއް ދިމާވެފައިވާ ނުވާނެ ކަމަށެވެ. އަދި މާފުށި ކައުންސިލުން ދެންނެވި ފަދަ އެއްވެސް އަމަލެއް އެރަށު ކައުންސިލް އަދި ރައްޔިތުންވެސް ނުހިންގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މެދުއިރުމަތި

    އެޗްޕީއޭ އުވާލަންވީ، އެއްރަށުން އަނެއް ރަށަށް ނޭރޭގޮތައް ބަންދެއް ނުކުރެވޭނެ، އަދި ކަރަންޓީން ވެސް ނުކުރެވޭނެ، ކައުންސިލް ތަކުން އުޅެނީ ވެސް މާމަތީގަ

    2
    1
  2. ޒާ

    ވިހަން ތިރަށަށްދިޔަ އަންހެނަކު ތި ރަށަށް އެރިޔަނުދީ އަނބުރާ ފޮނުވާލީ އެހެންވެދޯ؟ މަތިޖަހަން ވާހަކަ ދެއްކިދާނެ. ޢެކަމަކު ނިލަންދޫން ކުރީ ލާއިންސާނީ އަމަލެއް.

    6
    3
  3. ޒީ...

    ޒާ... ނޭގޭވާހަކަނުދައްކާ..

  4. ޢިންސާފް

    ނިލަންދޫ މީހުންގެ ފޮނިކަމާއި ބޮޑާކަން.ނިލަންދޫ މީހުންނަކައް ކޮވިޑެއް ނުޖެހޭނެ

    3
    4
    • ީ ކޮބާ އިންސާފު

      ޢެހެންތަ! ދެން ތިރަށައް ގެންދިޔަނަމަ އެއްނު.

  5. ރައްޔިތެއް

    އަހަރެން މީ ކޮވިޑުގެ ހާލަތުގައި ނިލަންދޫއަށް ވިހަންދިޔަ މާފުށި މީހެއް. ނިލަންދޫއިން އަހަންނަށް ފެނުނީ އަޅާލުމާއި އެހީތެރިކަމާއި އެކުވެރިކަމާއި އޯގާތެރިކަމުގެ ލާމަސީލު ނަމޫނާ ރައްޔިތުންތަކެއް. ވަރަށް ހިތާމަކުރަން ނިލަންދޫ ރައްޔިތުންނަށް ނިސްބަތްކޮށް ލިޔެފަހުންނަށް ބޭއަދަބީ ކޮމެންޓްތަކާއި ލިޔުންތައްފެނުމުން. މިފަހަރު ދިމާވި ކަންތައް ދިމާވުމުގައި ދެރަށުގެ ކައުންސިލްގެ ވެސް އިހުމާލު އޮތްކަމަށް އަހަރެން ގަބޫލުކުރަނީ.