އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުވާ ގޮތަށް ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާގެ ޝަޚުޞިއްޔަތަށް ތައުހީނުކޮށް ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންކަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ދެފަހަރެއްގެ މަތިން ފަސް އަހަރު ދުވަހު ކުރި ކަމަށް އެޖަމިއްޔާ އިން ބުނެފިއެވެ.

އިސްލާމްދީނުގެ އަޟްލުތަކާއި ހިލާފަށް އެމްޑީއެން އިން ރިޕޯޓް ނެރުނު އިރުވެސް އެޖަމިއްޔާގެ ޗެއާޕާސަންކަން ހުރީ ޝަމީމް ކަމަށް އެޖަމިއްޔާ އިން ބުނެއެވެ. ޝަމީމް ވެސް އެކަން މުޅިން ދޮގު ނުކުރައްާ ވިދާޅުވެފައި ވަނީ "އެމްޑީއެންގެ ރައީސް ކަމުގައި ހުރި ހަނދާނެއް ކޮންވެސް ވަރަކަށް" ވާކަމަށެވެ.

އެމްޑީއެންއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާރުގެ ޕީޖީ ޝަމީމް ދެ ފަހަރެއްގެ މަތިން އެ ޖަމިއްޔާގެ ޗެއާޕާޝަންކަން ކުރިކަމަށެވެ. އެއީ 2007 ކުން 2009 އަށް އަދި 2013 އިން 2016 އަށެވެ. ޝަމީމް އެމްޑީއެންއަށް ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކޮށް އެމްޑީއެން އިން ބުނީ ޝަމީމް އެޖަމިއްޔާގެ ޗެއާޕާސަންކަން ކުރިކަން އާންމުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓް ނެރުނުއިރު އެ ޖަމިއްޔާގެ ޗެއާޕާސަން އަކީ ޝަމީމް ކަމަށް ޖަމިއްޔާގެ ފައުންޑަރ އަދި ޝަމީމްގެ ކުރީގެ އަނބިކަނބަލުން ޝަހިންދާ އިސްމާއިލް ބުނުމުން ޝަހީމް ވިދާޅުވީ އެދުވަސްވަރު އޭނާ ދިރިއުޅުނީ ރާއްޖޭގައި ވެސް ނޫން ކަމަށެވެ.

"ހަނދާނެއް ނެތް އެކަހަލަ [ލާދީނީ] ރިޕޯޓެއް ނެރުނު ކަމެއް. ނެރުނަސް އެ ދުވަސްވަރު ހުރީކީއެއް މާލޭގައެއް ވެސް ނޫން. އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި، އަޅުގަނޑު ހިތުން އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިފައެއް ނޯންނާނެ. އެ ރިޕޯޓް ޕަބްލިޝް ކުރުމުގައި އޭގަ ހުރި އެއްޗެއް ކިޔާ އެ ރިޕޯޓް ޕަބްލިޝް ކުރުމުގައި ނޫޅެން،" ޝަމީމް ވިދާޅުވިއެވެ.

އެމްޑީއެން އިން ލާދީނީ ރިޕޯޓެއް ނެރުނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް ފަހުން ވަނީ ރިޕޯޓަށް ބައެއް ބަދަލުތައް ގެނެސް އަލުން ޝާއިއު ކޮށްފައެވެ. އަލުން ރިޕޯޓް ޝާއިއު ކުރީ މިދިޔަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ހުސާމް

    ކިޔެވި ސްކޫލްގެ ނަމެއްވެސްނެތް ހަނދާނެތް

    33
    1
  2. ވިސްނާ

    ސަރުކާރުގެ މުއައްޞަސާއެއްވިއްޔާ ރައީސްމީހާ ޒިންމާ ނަގަންޖެހޭ. ޖަމްޢިއްޔާއަކުން ނެރޭ ރިޕޯރޓެއްގައި ޗެއަރޕަރސްން ނުވެސް ދެނަހުރި. މީއަލޭ ކިިއްކުރާ ޗެއަރޕަރސަންއެއް.

    31
  3. ހުސޭނުބޭ

    ލާދީނީ މީހުން ......... އިންސާފެއް ހަމައެއް ލަމައެއް ނެތް މީހުން ......... ކަރަޕްޝަނުން ތެމިފޯވެފައިވާ މީހުން ........... މި ނޫން އެއްޗެއް ތިއިން މަޤާމަކު އެބަހުރިތަ؟

    30
  4. ހުސެން

    ހީވޭ ކަމެއް ހެން.ކާކު މީނާ މަޤާމުން ބޭރުކުރާނީ؟ބަލަގަ މިއީ އެމްޑީއެންގެ އަޑީ ދައުލަތެއް ކަން މިއޮތް ސާފުވެ ހާމަވަމުންދަނީ .ދެން ވެސް ދިވެހިން ކޮނޑުހުޅުން އަތް ނެއްޓެއްންދެން އަތްޖަހާށެވެ.ހާއްސަކޮށް އެމްޑީޕީ މީހުން.ބާރަށް އަތްޖަހާށެވެ.

    31
    • ސީލާވަތީ

      ބޮޑުބެ ރު ޖަހަން މިތައްޔާ ރުވަނީ

  5. ވަހުތާނު އަހުމަދު

    ތިކަންހަނދާންހުންނާނެބާ ؟؟

    24
  6. ނޫރާ

    ތިވަރުންވެސް ބުނާނެ ހަދާނެއްނެތޭ ތީ ކާކު މުޅިން ހަދާނީ ދޮގު، އޭނާ ކައިރީ އަހާބަލަ ފިރިހެނެއްކަން ހަނދާންވޭހޭ

    25
  7. ރޫހީ

    އައުރަ ނިވާ ނުވާވަރުގެ ކުރު ސޯޓްބުރި ލަނީ އިސްލާމެއްކަން ހަދާންނެތިގެންތަ، ނަމާދުއަޅަނީ އިސްލާމެއްކަން ހަދާންނެތިގެންތަ

    21
    1
  8. މުހައްމަދު ޒުހައިރު

    ޝަމީމް އަކީ ރަގަޅު ކުއްޖެއް. އޭނާ ހަލާކު ކޮށްގެން އުޅެނީ ތިޔަ ޝަހިންދާ ކިޔާ އަންހެނާ. ދީނަށް ފުރައްސާރަ ކުރާ އިރު މީ ކާކުތޯ ބޯހާވާލާފައި ހަންޑިއެއްހެން އުޅެން.

    8
    12
  9. އަހުމަދު އައްފާލު

    ޝަމީމް އަކީ ރަގަޅު ކުއްޖެއް. އޭނާ ހަލާކު ކޮށްގެން އުޅެނީ ތިޔަ ޝަހިންދާ ކިޔާ އަންހެނާ. ދީނަށް ފުރައްސާރަ ކުރާ އިރު މީ ކާކުތޯ ބޯހާވާލާފައި ހަންޑިއެއްހެން އުޅެން.

    5
    5
  10. ކިނބޫ

    އެކަހަލަ މީހަކު ކުރަން އެވަރު ކަމެއް؟ ހަމަ ހެޔޮވަރެއްނު.

    10
  11. ޢާއިޝާ

    ޝަމީމްގެ ބޮލުގައި އެރިޕޯޓު އަޅުވަން ނޫޅޭ.

    5
    16
    • ޜައީސް

      ޒިންމާދާރު މަގާމުތަކުގަ އުޅޭނަމަ ޒިންމާ އުފުލަން ޖެހޭނެ. ޜައީސަކީ ކީއްކުރާ މީހެއްނޫނީ؟ ގައުމުގެ ރަެީސާ މަޖްލިސްގެ ރައީސާ އެހެން ރައީސުން އަތް ފޮޅާލާފަ ގެޔަށްދާންވީނު

  12. ތުނިޔަ

    ހަދާންނެތޭމީހުން ޕީޖީ އަށް ލުމަކީ ކޮންކަހަލަކެއްތޯ ހަމަޔާއިންސާފު ގާއިމު ކުރެވޭނޭތޯ

    27
  13. ސިއްތި

    ޝަރުޢީ ކޯޓްތަކުގެ މަތީފަޑީގައާ ސަރުކާރުހިންގަން ތިބިމީހުންނާ ބެހޭގޮތުން އިވޭއަޑުތަކަށް ލިބޭ މަޢުލޫމާތު ތަކުން ސާފުވަނީ އެމްޑީއެންގެ ވަކި ހިއްޕާލާފާވާމިންވަރު އިސްތިއުފާ

    21
    1
  14. ޢިޔާބު

    ހަމަ ފައްކާ އެވައްތަރު

    18
  15. ހުސެންދީ

    ޝަމީމް މީ ވަރަށް ހަނދާން ބަލި ކުއްކަމަށްވަނީ. އެއީ ޕީޖީ ކަންވެސް ހަނދާންހުންނާނެހެން ހީނުވޭ

    22
  16. ސާމިޔާ

    ބޭސްކު ރުވަންޖެހޭކަމަށްފެނޭ!!

  17. ރަބަރޭ

    ގަރަހިތަ އަދި ބާލިގުވެ ބޮޑުވީމަ ހަދާންވާނެ
    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  18. ޕީޖީ

    އެހެން ވީރުން ޢެމްޑީޕީ އިން ޕީޖީ އަށް ޝަރުތު ހަމަވީ.
    5 އަހަރު އެމްޑީއެން ގަ އުޅު ނީމަ

  19. ރައްޔިތެއް

    ރައިސުލް ޖުމުހުރިއްޔާއަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. ޕީޖީ ޝަމީމަކީ ވަރަށް ހަނދާން ބަލި ބޭކަލެކެވެ. މި ކަލޭގެ ޕީޖީގެ މަގާމުން ދުރުކޮށް އެކަށީގެންވާ މީހަކު ޕީޖީގެ މަގާމަށް ގެނެސް ދެއްވާށެވެ. ޝުކުރިއްޔާ

    12
  20. އެއީ ލާދީނީ ޑިމޮކްރެޓްސް

    ހަނދާން ހުރިތޯ ނެތްތޯއެއްނޫން. ތަނެއްގެ ހެޑްއަކަށް ހުރެ ޒިންމާ ނަގަންޖެހޭނެ.

  21. އެދުރުބެ

    މާދީނީވެގެން މިގައުމުގަ ބަޔަކު އުޅޭކަމަށް ދައުވާކުރާ 100% މުސްލިމްގައުމެކޯ މިއީ މިގައުމުގަ 20% މީހުންވެސް ދީނަށް ނޫޅޭ ގަސްތުގައި ނަމާދެއް އަޅައިފި މީހާ އެހެރީ ދީނުންބޭރުވެ މުރުތައްދުވެފަކަމަށް ކިތަންމެ ދީނީ އިލްމްވެރިއަކު ބުނާތީ އަޑުއެހިން ރެއަކާ ދުވާލު ކުރަން އޮންނަ 5 ނަމާދު ބަލިހާލުގަވެސް ކުރަންޖެހޭއިރު ކިތައް % މީހުން ބަރާބަރަށް އެކަން ކުރޭބާ؟ މިގައުމުގަ ގިނަވާނީ ނަމުން މުސްލިމުން ދެން ކޮން ރިޕޯޓެއްގެ ވާހަކަ އިރުއިރުކޮޅާދައްކާކަށް

  22. ލާދީނީ ވެރިކަން

    ޕޮލިސް ކޮމިށަނަރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އެޓާރނީ ޖެނެރަލް، މި މަގާމު ތަކުގަ ތިބީ ހުސްވެސް ކުރިން މޑނ ގެ ބޮޑުން. މީގެ އިތުރުން ސިރުގަޔާއި ފާޅުގަ މި މީހުންނަށް އެހީތެރިވާމީހުން ސަރުކާރުގެ މަތީފަޑީގަ ތިބީ.

    ދެން ކިހިނެއް ލާދީނީ ފިކުރާ ދެކޮޅަށް ފިޔަވަޅެއް އެޅޭނީ؟

    މޑޕ އޭ ކިޔަގެން އޮޅުވާލައިގެން ވެރިކަމަށް އެރީ މޑނ. މިހާރު ޔަގީން ކަށަވަރު މޑޕ ދެ ފެކްށަނެއް އޮތްކަން. މިއީ ސީދާ ނަށީދު އިސްކޮށް ހުރި ލާދީނީ ފެކްށަންގެ ކަންތައް.