މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް ގައި އަލިފާން ރޯކޮށްލި މަައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު ކަރަންޓްދޭ ޑިސްޓްރިބިއުޝަން ފޮށީގައި ރޯކޮށްލި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ގިނައިރުތަކެއް ނުވެ އަލިފާން ނިއްވާލާފައެވެ.

އެ ފޮށީގައި ރޯކޮށްލުމުން ހަތް އިމާރާތަކުން ކަރަންޓު ކެނޑުނު ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ސްޓޭޝަންގެ އެޑިސްޓިރިބިއުޝަން ފޮށި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ކިޔުންތެރިންގެ ހިޔާލު