އިސްލާހީ ބަދަލުތައް ގެނައުމަށް އުފެއްދި ކޯލިޝަން މި ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ދެމި އޮންނާނެ ކަމަށާއި އެ ކޯލިޝަންއާ އެކު ކުރިއަށް ދިއުމަކީ ދަތި ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ރައީސް ސޯލިހް މިއަދު ވިދާޅުވީ ކޯލިޝަން ނެތް ކަމަށް ބަޔަކު ބުންޏަސް ކޯލީޝަން ދެމި އެބަ އޮތް ކަމަށެވެ. އަދި އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމެންދެން ވެރިކަން ކުރާ ކޯލިޝަން ދެމި އޮންނާނެ ކަމުގެ ޔަގީން ދެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާއި އެމްއާރުއެމް ހިމެނެއެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ވެސް ގުޅިގެން ދެއްވި އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ މަޝްވަރާއަކީ އަބަދުވެސް އިސްކަން ދެއްވި ކަމެއް ކަމަށެވެ. އެހެންވެ، ކޯލިޝަނެއްގައި ވެރިކަން ކުރައްވަން ދަތިފުޅު ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސިޔާސީ މަސައްކަތް ކުރައްވާ އިރު ވަރަށް ބޮޑަށް މަޝްވަރާ ކުރައްވައިގެން ކަންކަން ނިންމަވަނީ، އަޅުގަނޑުގެ މިޒާޖީ ގޮތުގައި އޮތް ކަމެއް އެއީ. ކޯލިޝަނެއް ގޮވައިގެން ކުރިއަށް ދިއުމަކީ އަޅުގަނޑަށް މާ ދަތި ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓް ފުރަތަމަ އެކެލަވާލުމުގައި ކޯލިޝަންގެ ބައިވެރިންގެ މެދުގައި އެއްބަސްވުމެއް އޮތް ކަމަށެވެ. ކެބިނެޓް ފުރަތަމަ އެކުލަވާލީ ވެސް އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޕާޓީތަކަށް ދެވޭ ސްލޮޓްތަކަށް ކަން ފާހަގަކުރެއްވިއެވެ.

އެކަމަކު، ހަތަރު މިނިސްޓްރީގެ މަގާމު ބަދަލު ކުރުމުގެ ހާލަތެއް މެދުވެރިވުމުން އެ ބަދަލުތައް ގެނެސްފައިވާނީ ވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ކެބިނެޓްގައި ޖުމްހޫރީ ޕާޓީގެ ގޮނޑިއެއް ވަނީ މަދުވެފައެވެ. އަދި އެމްޑީޕީއަށް ގޮނޑިއެއް އިތުރުވެފައިވެއެވެ. އެއީ ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އެމްޑީޕީގެ އަހުމަދު ނަސީމް (ކެރެފާ) އައްޔަން ކުރެއްވުމުންނެވެ.

މި ކަމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ހެލްތު މިނިސްޓަރު ކަމަށް އަނެއްކާ ވެސް ޖޭޕީގެ ބޭފުޅެއް އައްޔަން ކުރައްވަން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭނުންފުޅުވެގެން ނަންތަކެއް ވެސް ފޮނުއްވި ކަމަށެވެ.

އެކަމަކު ގައުމީ މަސްލަހަތަށް ޓަކައި ރައީސްގެ އަމިއްލަފުޅު އިހްތިޔާރަށް މި ފަހަރު އެ މަގާމު ދޫކޮށްލަދެއްވަން ގާސިމް އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގާސިމް އެ ގޮތަށް އެއްބަސްވެވަޑައިގަތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ގާސިމް އެއްބަސްވި އަޅުގަނޑަށް އެ ފުރުސަތު ދެއްވަން. އަޅުގަނޑުގެ މެނިފެސްޓޯ ތަންފީޒު ކުރައްވަން އަޅުގަނޑަށް ދޫކޮށްލަން. އެއިން އެނގުނީ ގާސިމް ވެސް ޕާޓީގެ މަސްލަހަތާއި އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތަށް އިސްކަން ދެއްވާ ކަން، އެ ކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ފާހަގަ ކުރެއްވި ގޮތުގައި މިހާތަނަށް ރިޔާސީ އިންތިހާބުތަކުގެ ނަތީޖާތައް އައިސްފައިވާ ގޮތުން އެއް ސިޔާސީ ޕާޓީއަކަށް 50 އިންސައްތަ ރައްޔިތުންގެ ތާއީދު ލިބިފައި ނެތް ކަމަށެވެ. ރައްޔިތުންގެ ސިޔާސީ ނިންމުން އަންނަނީ ކޯލިޝަނަށް ކަމަށް ވާތީ އެ ކަމަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޓ

    ކޯލިޝަންގެ ވެރިޔަކު ބުނާހާ ގޮތެއް ހަދައިދީ ބުނިހާބަޔަކަށް ވަޒީފާ ދީ...ގާސިމަށް ބޭނުންވަރަކަށް ފައިސާދީ
    ޢިމްރާނުގެ މައްސަލަ ނުބަލާ
    މިހާރު މައުމޫނު ފޯނުކުރިޔަސް ފޯނެއް ނުނަގާ

    13
  2. ސަރުކާނު

    އެހެންތާވާނީ. ނަހުލާއާ ހެދި ޤާސިމް ބަނދެވިފަ. ޔުމްނާގެ ވަޒީރުކަމާހެދި މައުމޫން ބަދެވިފަ ދެ އަންބަށް އިދެވިގެން އަންހެނުންގެ ގެއިން ނުކުމެވިގެން އިމްރާން ބަނމދެވިފަ. ނޯވޮރިޒް. މަޤާމްގެ ދިފާއުގަ ކުޗްބީ ކަރްތާހޭ.

  3. މާކަނާ

    މިއަދު ސަރުކާރުންބުނާ ކޮންމެކަމަކަށް ގާސި.މް އާއެކޭބުނާނެ. ރިސޯޓްތައް ހިންގާނި އަމާބުނީތީ ފަރަށްދާހެން. ބޭނުންކަމެއް ހުއްދައެއްނެތި އެބަކޮއްލާ ސަރުކާރުވެސް ގާސިމްގާތު ކުޑަކަކޫ ޖަހަންޖެހޭނީ. މީރޭވިގެންކުރާ ކަންތައްތައް. ސްޓާރ ފުންނަށް އަދިވެސް މުސާރަ ރަގަޅު ކޮއްދެންނޫޅޭ މިހާރުވެސް %60 ގެސްޓުން ރިސޯޓްތަކުގަ އެބައުޅޭ ގާސިމް ހިޔެއްނުވޭ ރައްޔިތަކަށް ހެޔޮއެދޭ މީހެއްހެނެއް. ފެންނަނީ ނުބާނުލަ ފާކަން. މިތާއުޅޭބަޔަކަށް މިތަންއެގޭނީ. ދެންއަންނަ ވޯޓަކުން ގާސިމް ޖެހޭނީ ބޭރުމިހުންލަައްވާ ވޯޓްލާން. ދިވެހި މުއައްޒަ ފުން ގާސިމަށް ސޮރީއޭބުނެ ފި. ރާކަނިމަސް ކެވި ފަހުންނާނީ އެދުވަހަކުން.

  4. ޖޭން

    ސަރުކާރު ހިންގަނީ މިތާހުންނަ ސަފީރެއް.

  5. މިއަދު

    ބީރި ކަނު މަންމަން. މީހަކަށް ދަތިވާނީ ކޮންކަމެެއް؟

  6. މިއަދު

    ތިފަދަ އެެއްމެ ގޮނޑިއެެއް އެމްޑީޕީން ވަކިކޮށްލާފަ އެހެންޕާޓީއަކަށްދީބަލަ އެއިރުން ކޯލިޝަން ރަނގަޅަށް ފެނިލާނެ