15 އަހަރުގެ ކުޑަ ކުއްޖަކަށް އޭނާގެ އާއިލީ ގުޅުން އޮންނަ މީހަކު ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދަށު ކޯޓުން ކޮށްފައިވާ 15 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފިއެވެ.

ބ. އަތޮޅު ރަށެއްގައި ހިނގި މި މައްސަލަ ފެންމަތިވީ 2017 ގައެވެ. މި މައްސަލާގައި ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރާ އާއިލާ މީހާއަށް ދައުލަތުން ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގައި 15 އަހަރަށް ޖަލަށް ލާން މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ އޮކްޓޯބަރު 2018 ގައެވެ.

އެ މީހާގެ ފަރާތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން، ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ މީހާ ހައްޔަރު ކުރުމުން ދަށު ކޯޓުގެ ބަންދު މުއްދަތުގައި ކުށަށް އެއްބަސްވެފައިވާ ކަމަށެވެ. އޭރު އެ ގޮތަށް އެއްބަސްވީ މަޖުބޫރުވެގެން ކަމަށް ބުންޏަސް މަޖުބޫރުވި ގޮތެއް ބުނެ ނުދެވޭ ކަމަށެވެ. އަދި ކުށަށް އެއްބަސްވެ ދިން ބަޔާނާއި ކުޑަ ކުައްޖާގެ ވާހަކަތައް ދިމާވާ ކަމަށެވެ.

ހާދިސާ ހިނގި ކަމަށް ބުނާ ތަނުން ފެނުނު ފޮރެންސިކް ހެކިތަކާއި ދައުވާ ލިބޭ މީހާއާ ދިމާވާ ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށް ހުކުމުގައިވެއެވެ. އަދި ކުއްޖާގެ ވާހަކައާއި ހެކިންގެ ހެކި ބަހާއި ފޮރިންސިކް ހެކިތައް ދިމާވާ ކަމަށެވެ. އެ ކުއްޖާއަސް ޖިންސީ ގޮނާ ލިބިފައިވާ ކަމަށް ރޮކްޓަރުންގެ ރިޕޯޓްތަކުން ވެސް ފެންނަ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި ހުކުމުގައިވަނީ އެ ހުކުމް ހައި ކޯޓުން ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ މައްސަލައިގައި ދަށު ކޯޓުން ކުރި ރަނގަޅު ހުކުމެއް ކަމަށެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި، ފަނޑިޔާރު ހުސައިން ޝަހީދެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔަގޮލާ

    ދެން ތި ޖެހުނީ ތިޔަ މީހާއަށް ރައްޔިތުންގެ ޚަރަދުގައި 15 އަހަރު ވަންދެން 2 ބަނޑަށް ކާންދީގެން އަރާމުގައި ގެންގުޅެން. މިހެން ނުވާނެ ގޮތަކަށް ޢަމަލު ކުރަން އެބަ ޖެހޭ.

    3
    1
  2. ކުޑޭ

    މިކަމުން އިސްތިސްނާވާނީ ހަމައެކަނި ހޯރައިއްބެއާރޯޔަލް ފެމެލީ