ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރަމުންދާ ކަމަށާއި މި ހާލަތަށް ގައުމު ގެންދިއުމުގައި ބައެއް ދީނީ އިލްމުވެރިންގެ ދައުރު އެބަ އޮތް ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ، ބޭރުގެ ފަރާތްތަކަކަށް ރާއްޖެ ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން ފަތުރަމުން ދަނީ ދޮގެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ ނޫހެެއްގައި ޝާއިއު ކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

ޑރ.އިޔާޒަށް ރައްދު ދެއްވަމުން ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިފަދަ އިލްމުވެރިން ދައްކަވާ ވާހަކަތައް ދިވެހި ރައްޔިތުން މިއަދު ގަބޫލު ނުކުރައްވާ ކަމަށެވެ. ރާއްޖޭގައި ދިވެހި ރައްޔިތުންނަށް ވުރެ ބޭރު ގައުމެއްގެ ބަޔެއްގެ ބާރު ގަދަކޮށްފައިވާ ކަމަށާއި މި ހާލަތަށް ގެންދިއުމުގައި މިފަދަ ބައެއް އިލްމުވެރިންގެ ދައުރުވެސް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ އޮތީ އަޅުވެތިވެފަ، ދިވެހިންގެ މިނިވަންކަން ވަނީ ގެއްލިފަ، ދިވެހިން ވަނީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް މި ސަރުކާރުން ބަދަލުކޮށްފަ، މިފަދަ އިލްމުވެރިންގެ ދައުރު މި ކަމުގައި އެބަ އޮތް، ރައްޔިތުން ތިޔަބައި މީހުންގެ ވާހަކަ ގަބޫލު ނުކުރައްވާ،" ޝުޖާއު ލިޔުއްވާފައިވެއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަވަށްޓެރި އިންޑިއާއާ މާ ގާތް ގުޅުމެއް ބާއްވަމުންދާއިރު، އެ ގުޅުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައެވެ. މި ގޮތުން ރާއްޖޭގައި ކަންކަން ކުރާނެ ގޮތް ނިންމަނީ އިންޑިއާއިން ކަމަށް ބުނެ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔައެވެ.

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިއިރު، ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި މީސްމީޑިއާގައި ހަރަކާތެއް ވެސް ދަނީ ހިނގަމުންނެވެ. އެއީ އިދިކޮޅުން އިސްވެ ކުރާ ކަމެއް ނޫން ކަމަށް އެ ފަރާތުން ބުނިކަމުގައިވިޔަސް އެ ކަމުގައި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބޭ ގޮތަށް އިންޑިއާގެ އަސްކަރީ މަރުކަޒެއް އެޅުމަށް މި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސިއްރު އެއްބަސްވުންތަކެއް ގާއިމްކޮށްފައިވާ ކަމުގެ އަޑުތައް ވެސް ގަދަވެގެން ގޮސްފައިވެއެވެ. އެކަމަކު މިއީ ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ބައެއް އިލްމުވެ ރިންނެނޫން..ހު ރިހާ އިލްމުވެ ރިން ޒިންމާނަގަންޖެހޭނެ..ހަނު ތިބެގެން މަށެނޫން ކިޔަންތިއްބަސް ހު ރިހާ އެއްމެން އެއްވަ ރު..... އިލްމުވެ ރިންގެ ޒިންމާއަކީ ހަމައެކަނި ނަމާދާ ޒަކާތާ ރޯދައިގެ ވާހަކަދައްކާފަ މިސްކިތުގަ ތިބުންނަމަ އިސްލާމްދީން ކު ރިނޭ ރީސް..މިދީން ޝަ ރަފުވެ ރި އިއްޒަތްތެ ރި ދީނަކަށް ނުވީސް...ކޮއްމެވެސް މަހުޖަނެއްގެ ޓީވީޗެނަލަކުން ޕް ރޮގް ރާމެ ހުށަހަޅައިގެން ދީން ކު ރިއަ ރާނެނަމަ މިއަދު ރާއްޖޭގަ ދީނަށް ފު ރައްސާ ރަކު ރާނެ ބަޔަކު ނުއުފެދުނީސް...އިލްމުވެ ރިންގެ ބާ ރާ ނުފޫޒާ އިލް މުވެ ރިންގެ މަސްއޫލިއްޔަތު ބަޔާނެ ނެ ރެގެން ފަ ރުޖެހޭނެނަމަ ސަހާބީން އެކި ގައުމުތަކަށް ބަޔާންފޮނުވައިފަ ހޮޅުއަށީގަ ނިދަންނިތެވުނީސް...ސަލަފުގެ ޒިންމާ އަދާކު ރުމަށްއެދެން..

  2. ސަރުބަތު

    އޯ ގަދަ. ސަޅި ފޮޓޯއެއް.

    3
    1
  3. ޓަގޭ

    ކޮބާ ގައުމައްޓަކާ ދީނައްޓަކާ ޓީމް؟؟؟

  4. ވަގު ޔާނު

    މިއަޅެ ބީތާޔެއްތަ

    2
    7
  5. އަޙްމަދް

    ޑރ.އިޔާޒަށް ރައްދު ދެއްވަމުން ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިފަދަ އިލްމުވެރިން ދައްކަވާ ވާހަކަތައް ދިވެހި ރައްޔިތުން މިއަދު ގަބޫލު ނުކުރައްވާ ކަމަށެވެ. ރާއްޖޭގައި ދިވެހި ރައްޔިތުންނަށް ވުރެ ބޭރު ގައުމެއްގެ ބަޔެއްގެ ބާރު ގަދަކޮށްފައިވާ ކަމަށާއި މި ހާލަތަށް ގެންދިއުމުގައި މިފަދަ ބައެއް އިލްމުވެރިންގެ ދައުރުވެސް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
    —————————————————————————————-
    މިރާއްޖޭގައި ދީނީ ޢިލްމުވެރިންގެ ނަމުގައި މަޝްހޫރުވެފައިވާ މީހުންނަކީ މުދަލާ ފައިސާއާއި މަޤާމަށްމަށްޓަކައި ކޮއްމެފަދަައެއްޗެއްވެސް ވިއްކާލާފަނެ ބައެކެވެ.
    ބިން ފަސާދަކުރުމުގައި މިބައިމީހުންވަރުގެ ބަޔަކު ނުތިބޭނެ އެވެ.