ސޮބްރާ ހައްޔަރުކުރަނީ - ފޮޓޯ: ޓުވިޓާ
ސޮބްރާ ހައްޔަރުކުރަނީ - ފޮޓޯ: ޓުވިޓާ

ފުލުހުންގެ އިންޓަލިޖެންސުގެ ކުރީގެ ޑިރެކްޓަރު އަދި އެމްޑީޕީގެ މުޒާހަރާތަކުން ފެންނަ އިސް އެކްޓިވިސްޓެއް ކަމަށްވާ ސަބްރާ ނޫރައްދީން މިރޭ ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ADS BY SHEESHA

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓުގެ އަމުރެއްގެ ދަށުން ސަބްރާ ހައްޔަރުކުރުމަށްފަހު ފުލުހުން ބަލަމުންދާ މައްސަލަ އާއި ގުޅިގެން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ހަވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފުލުހުންގެ އިންޓެލިޖެންސްގައި ވެސް މަސައްކަތް ކުރި ސަބްރާ  ހައްޔަރުކޮށްފައިވަނީ މިރޭ 10:15ހާއިރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖެ އައި ވަގުތު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަބްރާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވަނީ މަހުގެ ފަސްވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް ހުރަސް އަޅާ  ފުލުހުންނަށް ހަމަލަދިނުމުގެ ތުހުމަތެވެ. ސަބްރާ ނޫރައްދީނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެކެވެ.

ފެބްރުއަރީ ފަސް ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ބައެއް ވެހިކަލްތަކުގައި ރޯކޮށްލާ އާންމުންގެ މުދަލަށް ގެއްލުންދިނުމާއި ގުޅިގެން ގިނަ ބަޔަކު ހޯދަން އިއުލާންކޮށް އޭގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.

ADS BY THE PIZZA MANIA

 

ADS BY ASTERS

2 ކޮމެންޓް

  1. ޝީ އިޒް ބިއުޓިފުލް!!

  2. ޔަޤީންޓީމް

    ސޮބްރާ އެއްނޫން، ސަބްރާ