ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިމެވައިވާ ޙާލަތުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ބަޔަކީ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުން ކަމުގައި ވިދާޅުވެ, އެ ޤައުމުތަކުގެ ދިފާޢުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވާހަކަފުޅު ދައްކަވައިފިއެވެ.

އެ މަނިކުފާނު މިގޮތތަށް ވިދާޅުވެފައި ވަނީ ތިން ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާހްކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ހާއްސަ ހަފްލާގައި ތަގުރީރު ކުރައްވަމުންނެވެ.

އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ, ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާއި އެ ގައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމަށދެވެ. މި ގޮތުން, ދިވެހި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމުގައި ރައީސް ސާލިހް ވިދާޅުވިއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބަލައި ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވައިލާފައިވާކަން ފާހަގަކުރައްވާ ރައީސް ސާލިހް ވިދާޅުވީ، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ހާލަތާ މެދު ވިސްނާއިރު, ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ޤައުމުތަަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ޙާލަތުން އަރައިގަންނަން ދަތިވާނެ ކަމަށެވެ. މި ގޮތުން, ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި, މިއީ ކުދި ޖަޒީރާ ގައުމުތަކުގެ ޙާލަތާ މެދު ބައިނަލްއަގްވާމީ މުޖުތަމައުން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއް ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ގޮތުން, ކޮވިޑް-19 ގެ ޙާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް, މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަ ނައްތައިލެވެން ނެތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި, އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑް-19 އަށްވުރެ ވެސް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރެެއްވިއެވެ.

ކޮވިޑް-19 ގެ ޙާލަތާއެކު މުހިންމު ދެ ފިލާވަޅެއް ލިބިގަންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, ފުރަތަމަ ކަމަކީ ދުނިޔެއަށް ކުރިމަތިވާ މި ފަދަ އެކިއެކި ކާރިސާތަކަކީ ގައުމުތަކުގެ ބޯޑަރުތަކަށް އިހުތިރާމުކުރާ, ނުވަތަ ވަކި ގައުމަކާމެދު ތަފާކުރާ ކާރިސާތަކެއް ނޫން ކަމަށާއި އަދި, ދެވަނަ ފިލާވަޅެއްގެ ގޮތުގައި ދުނިޔޭގެ ހުރިހާ ޤައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމަށެވެ.

އަދި, މުޅި ދުނިޔޭގެ ކުރިމަގު ރައްކާތެރިކޮށް, ކުރިއަށް ޖީލުތަކަށް ފޯރުކޮށްދެވޭނީ މި ގޮތުގައި މަސައްކަތްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙާމިދު

    ކިހިނެތްތޯ ވާހަކަ ދައްކާނީ އެއްވެސް އިލްމެތް ހިލްމެތް ނެތް މީހަކު މިކަހަލަ ބޮޑެތި މައްސަލަތަކުގަ

    20
  2. ޖަނާޒާ

    ވަކާލާތޭ. މީ ކިހާވަރަކަށް ކިޔަވައިގެންހުރި މީހެއްބާ؟ ވަކާލާތޭ

    16
  3. ހުސޭނުބޭ

    ކޮންމެ އިނގިއްޔަކަށް 10 ކޮމިޝަން ހަދައިގެން އުޅޭ މީހަކަށް ފޯރަމެއްގައި ވާހަކަދައްކަން ނޯޓުލިޔެލައިދޭނެ ކޮންމެވެސް މީހަކު އޭގެ ތެރޭގައި ހުންނަންވާނެ!

    16
    1
  4. ޅަބޭ

    ހެހެހެ... މީނަ ފެނުނީމަ ހަނދާންވަނީ ޒިންބާބުވޭގެ ރޮބޮޓު މުގާބޭ މަތިން. އޭނަވެސް ވަރައް މޮޅުވާނެ ކަނޑުކޮސް ވާހަކަދައްކާފަ ޖަމަލު ފޮޑިޖަހަން.

    16
  5. ދުންތަރި

    މަޖިލީހުގެ ގޮނޑި ހޫނުކުރަން ބައިގަރުވަންދެން އިނަސް ކިހިނެހް ވަކާލާތުކުރާނީ؟ މާމޮޅު ޤާނޫނީ ފައްނުވެރިއެއްތައެއީ؟

    10
    1
  6. ރޯނވީ

    ރޯންފަށަންވީނު ގައުމު ކާލެވިއްޖެޔޭ ކިޔާފަ. ވަގު

  7. މުހައްމަދު އަންޖުމް

    ދެން ރޮއި ހޭރިގަނޭ އެނޫންކަމެއް ކުރަން އެނގޭތަ ދެންކުރާ ހާކަމަކީ މުޅިގައުމު ލޫޓްވާން ޑަކޭތުންބޭތިއްބުން މުޅިގައުމު ހަލާކުކޮށް ރައްޔިތުންނަށްކަމެއް ކޮށްނުދެވޭތާ އެކިސިފަސިފާގަ ތިޔަގެންދަނީ ރައްޔިތުން ފެލައިގެން ސަރުކާރުހިންގާ ނަމުގަ މުޅިގައުމުފަސާދަކޮށް މީންޒަމާނެއްގަ މިގައުމު އިސްލާމްދީނާ ދުރުނުވާ ވަރަށް ދުރުކޮށް ގެރި އަދި ހިންދީންގެ ބުދުފައްޅި ތަކާގާތްކޮށްފި އަދި އެކަންދަމަހައްޓަން ހިންދީންގެއޭޖެންޓުން ތައް މިގައުމުގެ އެކިއެކި ހިސާބުގަ ކޭމްޕް ޖައްސުވައިފި އަހަރެން މިތިބީ ގަބޫލެއްނުކުރަމޭ ދީންބަދަލެއް ނުކުރެވޭނޭ ވެރިފަރާތުން ހިމާޔަތްކުރާނޭ ދެން އެކިއެކި އާޔަތްކިޔަން ނަމަވެސް އަހަރެން ހަނދާންނެތިއްޖެ ކަންނެތްވެއްޖެ ބިރުގަނެފި މި މުސީބާތުން މިންޖުވާން މަސައްކަތް ކުރަން މަސައްކަތްކޮށްގެންތާ ކާމިޔާބްވާނީ މިހެން ވާހަކަދައްކަން މިގޮތަށްކޮމެންޓް ކުރިޔަކަސްވާނެކަމެއްނެތް މިމުސީބާތް ގައުމަށްފާކުރީ ހަމަކިނބޫ ދެންކުދި ބޮޑު ގައުމުތަކުގެ ވާހަކަ ދައްކަން އުޅުމަކީ ހުތުރުކަން ބޮޑުކަމެއް އުތަ

    4
    1