ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވާދީވުގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ޓްވިޓާ އެކައުންޓް ޓެގް ކުރުމަށްފަހު މައުމޫން ދެންމެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޤައުމީ ބިމުގެ ވަޙްދަތަކީ ޤައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް. ވީމާ ޤައުމީ ބިން ފޮތިފޮތިވާފަދަ މަފްހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވާދީވްގެ ވެރިކަމަކީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް ކަމަށްވީ ނަމަވެސް އެ ވެރިކަމުގައި ތަރައްޤީގެ ގިނަ ކަންތައްތަކެއް ފެށިގެން އައި ކަމަށެވެ.

2018 ވަނަ އަހަރު ވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނަމަ ރާއްޖޭގައި ވަކި ސަރުކާރެއް އޮންނާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެދުވަސްވަރު އެމައްސަލަ ހޫނުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ހުވަދު އަތޮޅާއި ފުވައްމުލައް ހިމެނޭ ގޮތަށް އައްޑޫގައި ވަކި ސަރުކާރެއް ގާއިމުކޮށް، ޔުނައިޓެޑް ސުވާދީވް ރިޕަބްލިކްގެ ނަމުގައި ވަކި ސަރުކާރެއް ހިތަދޫ، ފިނިފެންމާގޭ އަބްދުﷲ އަފީފު އިއުލާން ކުރެއްވީ އިނގިރޭސީން އަޑީގައި ތިބެގެންނެވެ. ތާރީޚީ ލިޔުންތައް ބުނާ ގޮތުގައި އެއީ އިނގިރޭސީން އައްޑޫން ފައްސާލުމަށް ރާއްޖޭގެ އޭރުގެ ސަރުކާރުން ނިންމުމުން އެނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން ކުރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ހުސޭނުބޭ

    އަމިއްލަ ނަގުލަށް ފައިން އެރުމުން އައްދިޔޯތް އޭ ގޮވަނީވެސް ތިހެން

    80
    2
  2. ޅަބޭ

    ކެނެރީގޭ ހަވާޜިޖުކަލޭގެ ދައްކާ ހުރާފީ ވާހަކަ އަޑުނާހާ، ދެފައިދޮވެގެން ނިދަން އެރިއްޔާ ރަގަޅުވާނީ. އެކަލޭގެ އުޅެނީ ދިވެހިން ދިވެހިންގެ ބިމުން ނެރެން.

    113
    2
  3. ަަސފ ސދ

    ކަލެއަކީ އައްޑުއަށް ހުރި އާފާތެއް. ކަލޭގެ ދިގު 30 އަހަރުގައި އައްޑޫއަށް އެއްވެސް ތަރައްގީއެއް އަޔަކަނުދީ ހިފެހެއްޓިގޮތަށް އަދިވެސް އެއަތޮޅަށް އެކަށީގެންވާ ތަރައްގީއެއް ނާދޭ. ނުވތަނަކަށް އައްޑޫ ހިމެނޭހެން މުޅި ރާއްޖޭގެ ރައްޔިތުން މަޖުބޫރުން މާލެ ގެނެސް މާލެ ތޮއްޖައްސާ މާލެ ތަރައްގީ ކުރީ. ކަލޭ ހީކުރީ ކަލެއަށް މުޅި އުމުރުގައި ވެރިކަމުގައި ހުރެވޭނެ ކަމަށް. އަދިވެސް ވެރިކަމުގެ ދަހިވެތިކަމުގައި ތިއުޅެނީ.

    41
    112
    • ފެކްޓް

      އައްޑު އަށްވުރެ ގަމާރު މީހުން ގިނަ ރަށެއް މަ ނުދެކެން. ތަރައްޤީޢަކީ ސަރުކާރަކުން ކުރީމާ ވާޢެއްޗެއް އެކަނިތޯ! ާއެހެންވެ ތަރައްޤީ ނުވެގެން ތިއުޅެނީ! އެއްދުވަސްވަރެއްގަ އިނގިރޭސިން އުޅުނޭ ކިޔާފަ މާ ތަހުޒީބު ބަޔަކަށް ހެދިގެން އުޅޭ ބައެއް. ހަރާން ވަރަށް ފަހަތުގަ އުޅެ ބައެއް

      75
      12
      • ޜާޒުވާ

        ޥަރަށް ކިބުރު ވެރި ބަޔެއް އުޅޭތަނެއް

        36
        6
  4. މާމީ

    މައުމޫނައް ވެސް އެނގޭނެ އެހެން ބުނީއަކީ އަބަދު ހަމާގަހުންނަން ނުޖެހެނެ ކަމައް ވަކާލާތު ކުރާ މީހެއްކަން

    111
    4
  5. ލޫޓުވާ

    ތީ މައުމޫނު ކުރައްވާ ވަރަށް ދެރަވަރުކަމެއް. ނަޝީދު ކުރާހާކަމަކާއި ބުނާހާބަހަކަށް ރަނުންރަނަށް ތާއީދުކޮށް ކުރުނީސްކުރަންޖެހޭނެ. އެކަން ކުރަންވިއްޔަ ބައިއަތު ހިފައިގެން ތިހިރީ. ބޯން އުޅުނު ބޮނޑި ބޮވެމުންތިދަނީ. އިންޑިޔާއިން މިލިޔަނުން ޑޮލައިރު ނެގުނީތީ ހިތާމަކުރާދުވަސް ވަރަށް ކައިރިވެއްޖެ.

    102
    8
  6. ހަނި

    މަނިކު ފަނު މެންގެ ރެވުމުން ނަސިދު އަށް ބަާރުވެރިކަން ލިބުނީ ދެންބެނުން އެޗެހަދަނީ ގައުމްވިކާވެސްލާނެ ގައުމް ބައިބައި ކުރަން ވެ ސް ހިތްވަރުދެނެ އަދިބައިކުރާނެ

    86
    4
  7. އަހުދުނާމާ

    އަދިވެސް ގަދީމީ ވާހަކަދެއްކުމުގަ ދެއްތޯ؟ ބަލަ މިހާރު އިންޑިއާއަށް މިގައުމު ފޮތި ފޮތިކޮށްފައި ދޭއިރު ރުހިވަޑައިގެން ތިޔަ ހުންނެވީ ކޮންފަދަ ކަމަކާތޯ؟

    92
    2
  8. ވިސްނާ

    މި އަންނިގެ ކަންތައްމިހާރު މާމައްޗަށް މިދަނީ......ބުނިހަދާއިން އަދިނުނެތޭ....ތިމަންނައަކީ ނުލަފާމީހެކޭ. ޏުލަފާކަން ދައްކާލަނީ މިހާރު.

    77
    2
  9. ވިސްނާ

    މި އަންނިގެ ކަންތައްމިހާރު މާމައްޗަށް މިދަނީ......ބުނިހަދާއިން އަދިނުނެތޭ....ތިމަންނައަކީ ނުލަފާމީހެކޭ. ނުލަފާކަން ދައްކާލަނީ މިހާރު....މީނައާހުރެ މިހާރު މުޅި ރާއްޖެ މިއޮށް ފުޑެނީ ނޭގިތިއްބާ....މީހަމަ ކަތުރު ފަންޔެއް

    63
    • ފަޓާސް

      ތިކަމުގައި ހިތް ވަރު ނެރެދިންބަޔަކީ މާލޭގެ މަދު އާބާދީއަކުން ވޯޓުދިން މާލޭގެ ރައްޔިތުންދޯ. ޢަހަރެމެން ރާއްޖެތެރޭމީހުން އޭނާއަށް ހިތް ވަރުނެރޭކަށް ބާރެއްނުދެމު. ނުޥެސް ދޭނޫ.

      33
      1
  10. ބަލަ ތިމާ

    ތިމާ މީހާގެ ވެރިކަމުގަނޫންތޯ މުޅިގައުމައް ހަލާކް މިއައީ ދޭތެރެ ދުރުކޮއް 3 ޖީލް ނައްތާލީ ގޯތިގެދޮރުގެ ކަންތައް ރައޔިތުންނައް ދަތިކުރީ ބިންތައް ހިސޯރު ކޮއްގެން ޙާއްސަކޮއް މިމާލޭގެ ރައްޔިތުން 100 އަކަފޫޓް ގޮޅިއެއްގައި އުޅެންޖެއްސީ ދޮން ކޮންވާހަކަ އެއްތޯ ތިޔަ ދައްކަވަނީ

    17
    8
  11. ހިނދުކޮޅުގަ؟

    އެންމެނަށްވެސް އިނގޭ ނަޝީދަކީ ހަމަ މީހެއް ނޫންކަން.

    38
    2
  12. I ޝާން

    މި ބުއްޅަ ބޭ މިއީދެން ކާކު؟ މި ކަލޭގެ އަނގަ ކަމެއްވެސް ނޯވޭ!

    23
    1
  13. މުހައްމަދު އަންޖުމް

    ދެންކޮންވާހަކައެއް ދައްކާކަށް ތީ ހަމަ ހެޔޮހިތަކުން ދައްކާ ވާހަކައެއްނޫން ހަމަހުސްޑްރާމާ މިއަދުތީ އެއްވެސް އަގެއް ހުންނަވާހަކަ ދައްކާމީހެއްކަމަށް ގަބޫލް ކުރެވޭ އިސްރައް ވެއްސެއްނޫން ތިޔަބޭކާރު ވާހަކަ ނުދައްކާ މައިތިރިވެ ހުރެވޭތޯ ބަލާ ނޫނީ ދެންއޮތް އިއްޒަތުވެސް ވެއްޔާ މޮޑެވިދާނެ

    21
    4
  14. ހިކަންޖެއް

    ތިބުނާ ގައުމީ މަހުފޫމުލް ވަހުދަތުލްއަކީ ދައުލަތުގެ ފައިސާ ދިހަބަޔަށްބަހާފަ 9 ބައި ކަލޭގެ ރަށަށް ނަގާފަ ބާކީ އޮންނަ އެތިކޮޅު 200 ރަށަށް ބަހާ ވަހުދަތޭ. ދައުލަތުގެ ހަޒާނާއިން ދެތިންސަތޭކަމީހުނަށް މުސާރަދީގެން ކަލޭގެ ރަށަށްއެކަނި ޓީވީ ދައްކައިގެން އެހެން ރަށެއްގެ މަގެއްގަ ގާބުރިއެއް އަޅާނުދީ ކަލޭގެ މުޅިރަށުގަ ގާއަތުރައިގެން ފެންހިންދާއާ ނަރުދަމާއާއި ފެންގުޅައިގެން ދައުލަތުގެ ހުރިހާ ވަޒީފާއެއް ރަށަށް ޖަމާކޮށްގެން ރަށްރަށުގެ ސާދަފަނަރަފުރޭ އަންހެންކުދިން "ގެންގުޅޭކުދިންނޭ"ކިޔާފަ ގެންގޮސްގެން ކަލޭގެ ރަށު ގޭގޭ ފިރިހެންވެރިންނަށް ގުލާނުކޮށްދިން 30 އަހަރުގެ ގައުމީ މަހުފޫމެއްނޫންތަ. ކަލޭ ތިބުނާ މަހުފޫމުލް ގައުމިއްޔަތު ވަލް ގައުމީއަކީ ގައުމުގެ އެންމެން ކަލޭގެ ރަށު ގޭގެއަށް ކުލިދައްކުމޭ، އެކަން މިހިރަ ފެންނަނީއެއްނޫންތަ.

    14
    14
  15. ޅަޓޯފަޓޯ

    65 މެމްބަރުން އެތިބީ އޭނާގެ ފަހަތުގައި! ޙަދާނެއެއްޗެއް ހަދަން ފޫގަޅައިގެން! ޢިސްރަށްވެހިން ބަޔަކަށް ނުހެދުމުގެ އިލޮށިގަޑު ޢަމިއްލަ ލޮލަށް!

    30
    2
  16. ޙަސަންބަރެެ

    މަގޫދަނޑި ސަރުކާރު ވާނީ މަގޫދަނޑި ސަރުކާރަށް، ކޮސްނުވާ.

    23
    5
  17. ކަޕޫރު ފެމިލީ

    ސާބަހޭ އިއްޒަތްތެރި އައްނި މަނިކުފާނު .. ދެންމަނިކުފާނު ހައްދަ ވަން ވީ ގޮތަކީ ޔުނައިޓެޑް ސް ވާދީބު އުފެއްދުމަށް ފަހު އެއީ ވަކި ދައުލަތެއްގެ ގޮތުގަ އިއުލާން ކުރުމަށް ފަހު އެދައުލަތާއި ހަ ވާލު ވެ ރައީސްކަންކޮށްދެއް ވަން ވީ...މާލެކޮޅު ބަލަހައްޓާނެ އިބުރާހީމާއި ޝާޑް..މައުމޫނު ދެންކަލޭ އަތްޖަހާ...ބާރައްއައްޖަހާ....ހައްހައް...

    8
    15
  18. ފަރުމަސް

    މިކަލޭގެ 30 އަހަރުގަ ރަށުމީހުން ހޭޔަންބޯ ބަލަންތިބޭއިރު އެހެން ހުރިހާ ރަށަކަށް ފޮނުވީ އެބައުޅޭ މިބައުޅޭ. އަރިކަނަޓޭ އެބަކިޔައެއްނު. ކަލޭ ލަދެއްވެސް ނުގަނޭތަ ގައުމީ ގައުމީއޭ ކިޔާއިރު.

    22
    6
  19. މޯދި

    ޔުނައިޓެޑް ސުވާދީވް އަލުން އުފާން ވާން ޖެހޭކަމުގައި ދެކެން ހަމަޔާއި އިންސާފެއްނެށް ބަގުރޫޓު ވެފައިވާ ލާދީނީ ނިކަމެތި ގައުމެއްގެ ދަށުގައި އަގަޔާއި އަތާ ދިމާނުވާހާލުގަ އޮތުމައްވުރެން.

    11
    24
  20. ޓާޓާ

    މައުމޫނުރުހުނަސް ނުރުހުނަސް އެބަޢާވާތަކީ އިނގިރޭސީން ކުރިކަމެއް އައްނިއަކީ އެގައުމުން ރާއްޖެއަށް ފުނުވާފައިހުރި ޕަޕެޓެއް

    14
  21. ރަގަޅު ވާހަކައެއް

    އެއީ އެއްގޮތަކަށްވެސް ރަގަޅު ކަމެއްނޫން.

  22. މަހާ

    މައުމޫނު ދެން މިހާރު ކޮން ވާހަކައެއް ދައްކާކަށް، ޔާމީން ދޫކޮށްލާފަ ގޮސް އެމް ޑީ ޕީއަށް ބައިއަތު ހިފި އިރުވެސް އެމް ޑީ ޕީ ގެ ރައީސަކަށް ހުރީ ނަޝީދު،
    ސޯލިހު ވެރިކަމަށް ކުރިމަތިލީވެސް އެތައް ދުވަހެއް ފަހުން، ސޯލިހަށް ވެރިކަން ލިބުނުއިރަށް ތިއުޅެނީ ސޯލިހުގެ ބަނޑަށް ވަދެގެން، ތީ ގަދަވާ ކޮޅެއް ބަލާފަ އެކޮޅަކަށް ދީލާލާ މީހެއްކަން އެންމެންނަށްވެސް އެނގޭ،
    މިހާރު އަނެއްކާ ތިކަހަލަ ވާހަކަ ތި ދައްކަންފެށީ ރައްޔިތުންގެ ލޯބި ހޯދަން ، އޭރުންތާ ދެން ހޮވޭ ބަޔަކު އަތުންވެސް ދައުލަތް ދަވާލަން ލިބޭނީ،
    މުޅިއުމުރުދުވަހު ، މަހަކަށް 3 ލައްކަ ރުފިޔާ ނަގާލާ ނަގާލާ، މީ ކިހާ ބޮޑުވެއްޖެ ކަމެއް، ރައްޔިތުން އިނދަ ޖައްސާފަ،
    ރައްޔިތުން ވެއްޖެއްނު މިކަމާ ދެކޮޅަށް ނުކުންނަން، މިނޫންގޮތެއް ހަދަން އެބަޖެހޭ،
    މުޅި ޤައުމު ދިރުވާލާއިގެން މި ހުންނަނީ،

  23. ނާނި

    މައުމޫނު ދެން މިހާރު ކޮންވާހަކައެއް ދައްކާކަށް، ޔާމީން ދޫކޮށް އެމް ޑީ ޕީ އާ ބައިއަތު ހިފިއިރުވެސް އެމް ޑީ ޕީގެ ރައީސަކަށް ހުރީ ނަޝީދު، ސޯލިހު ވެރިކަމަށް ކުރިމަތިލީ އެތައް ދުވަހެއްފަހުން، ސޯލިހަށް ވެރިކަން ލިބުނީމާ ސޯލިހު ބަނޑަށް ވަދެގެން ތިއުޅެނީ، ތީ ގަދަވާ ކޮޅަކަށްދާ މީހެއް، މިހާރު ތިވާހަކަތައް ތިދައްކަނީ ރައްޔިތުންގެ ލޯބިހޯދަންވެގެން،، އޭުން ދެންއަންނަ ސަރުކާރުގަވެސް ދައުލަތް ދަވާލެވޭނީ، މުޅި އުމުރަށް މަހަކު 3 ލައްކަ ރުފިޔާ ކާލަ ކާލާ، ރައްޔިތުން އިނދަ ޖައްސާފަ،
    ރއްޔިތުންވެސް ވެއްޖެ ، މިނޫންގޮތަކަށް މިކަންވޭތޯ ބަލަން،

  24. އަހަރެން ރާއްޖެތެރެ

    ދޮންބެ ބުނިކަހަލަ ވެރިކަމެއް މިކޮޅުމަތީގާއިމު ކުރުމުގެ މަސައްކަތް އެބަކުރަށް، އުންމީދަކީ ސަކާރުން އެއްބާރުލުން ލިބުން

  25. ޑެރަވެއްޖެ

    ނަސީދަކީ އަމިއްލަ ވުސްނުމަށް ވާހަކަ ދައްކަން ދަންނަ މީހެއް ނޫން މިވާހަކަޔަކީ އިންޑިޔާ ބީޖޭޕީ މޯދީ ސަ ރުކާ ރުގެ ވިސްނުމަކާއި ވަ ރަށް ވައްތަ ރު "އިންޑިޔާ އައުޓް"

  26. ހަސަން/އައްޑޫ

    ކޮބާ ރާޒުވާ، ހާދަ ވަރަކަށޭ އައްޑޫ މީހުންނާ ތި ޖައްސާލީ. 1978 ގަ މައުމޫނު ވެރިކަމަށް އައުމުގެ ކުރިން މާލެ އާއި ރާއްޖޭގެ އުތުރުގެ ގިނަ ރަށްރަށާއި މެދު ރާއްޖެތެރޭގެ ހާލަތު ފެނުނު މީހަކަށް އެނގޭނެ އޭރު ރާއްޖޭގެ ޙާލަތު. ގިނަ ރަށްރަށުގެ ސްކޫލް ގަނޑެއް މަކުތަބު ގަނޑެއްހާ ވަރުވެސް ނުހުރޭ. ކެއުން ވެސް އެހާ ދަށް ފެންވަރުގަ ހުންނަނީ. ރަނގަޅު ބުރުސޫރައެއް ހުންނަނީ ވެސް ވަރަށް މަދު މީހެއްގެ. އެކަމަކު އޭރުވެސް ދެކުނުގެ ރަށްރަށުގަ ޚާއްޞަކޮށް އައްޑޫގަ ސްކޫލްތައް ހުރޭ، މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު. އޭރު ކޯލާ ބޮއެފަ ހުންނަ ހުސްދަޅު އައްޑުން ގެނެސް މާލެ މީހުން ފެންބޯން ބޭނުން ކުރޭ. އެހެންވީމާ އައްޑޫ މީހުންނަކީ ކޮންމެ ވެރިކަމެއް އޮތަސް ދަތިކުރުމަށް ނިންމާފަ ތިބޭ ބައެއް. މިހާރުވެސް ރާއްޖޭގެ ނިސްބަތުން ޕްރޮފިސަރުން، ޕީ އެޗް ޑީ ހޯލްދަރުން، ޑޮކްޓަރުން، ޕައިލެޓްން (ތަޢުލީމީ މީހުން އެންމެ ގިނަވާނީ) އައްޑޫގަ. ރާޒުވާ ހަސަދަ ވެރި ވިޔަސް އެކަމެއް ބަދަލެއް ނުކުރެވޭނެ. އެހެންވެ ރުޅިއަންނާތީ ކިބުރުވެރި ބައެކޭ ބުނަނީ. އައްޑޫ މީހުން ނާއި އެކު ރައްޓެހިކަމުގަ އުޅެލީމަ ޤަބޫލް ކުރެވޭނެ ވަކި ކިބުރުވެރި ބައެއް ނޫން ކަން. ރާޒްވާ ތަޖްރިބާ ކޮށްލަންވީ ނޫންތޯ؟