ގދ.ތިނަދޫގައި ސައިކަލަކާއި ކާރެއް ޖެހި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ތިނަދޫގައި ހުންނަ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްވި ސައިކަލް ދުއްވި އިން މީހާގެ ފަޔަށް އަނިޔާ ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެކްސިޑެންޓާއި ގުޅޭ މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޯހިރު ބާއި

    03 މިލިޔަން ރުފިޔާ އެއީ އެތާ ޗެކްޕޯސްޓެއް އަޅަންތަ؟މިހާރު ބައްތި ބުޑެއް އަޅަންވެސް 03 މިލޔަން ޚަރަދުވޭ.މީ ހަމަ ވޯޓަށް ޖެހި މަޅިޔެއް.