ރާއްޖޭގެ ސްކޫލުތައް ބަންދުކުރީ ހުން ފެތުރޭތީ ނޫންކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވި، ސްޓޭޓް މިނިސްޓަރ ވިދާޅުވީ ސްކޫލުތައް ބަންދުކުރީ އިމްތިޙާނުތައް ނިމުމުންކަމަށެވެ.

އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ ސްކޫލުތަކަށް އިރުޝާދު ދީފައިވާނީ ސްކޫލުގައި އެސެސްމަންޓުތައް ކުރިއަށް ގެންދާނަމަ، ކިޔެވުމާއެކު ކުރިއަށް ގެންދިޔުމަށް ކަމަށާއި އެހެންނޫންމަ، ބަންދުކުރިޔަސް އެންމެ ރަނގަޅުކަމަށެވެ. އަދި، ސެކަންޑަރީ ގުރޭޑްތަކަށް މީގެކުރިންވެސް، އޮތީ ޓެސްޓު ނިމުމުން، ބަންދުވާގޮތަށްކަމަށެވެ.

"ޕްރައިމަރީގެ ސްކޫލުތަކަށް އިރުޝާދު ދީފައި އޮންނާނީ ސްކޫލުގައި އެއްވެސް އެސެސްމަންޓެއް ކުރިއަށް ގެންދަންޏާ ހަމަ ކިޔެވުން ބާއްވާފައި ކުރިއަށް ގެންދަވަށޭ އެކަމަކު ނިމުނީމައި، ނެތިއްޔާ ރިޕޯޓު ދިނުމާ ހިސާބަށް އަދި ނުގެނެޔަސް މައްސަލައެއް ނެތޭ." އޭނާ ވިދާޅުވިއެވެ.

އެމިނިސްޓްރީން އެގޮތަށް ވިދާޅުވެފައިވީނަމަވެސް، "ވަގުތު" އަށް މަޢުލޫމާތު ދެއްވި ބައެއް ސްކޫލުތަކުގެ އިސްވެރިން ވިދާޅުވެފައިވަނީ އާއްމުކޮށް ޢަމަލުކުރާ އުސޫލާ ހިލާފަށް، ސްކޫލުތައް ބަންދުކުރީ ހުން ފެތުރޭތީކަމަށް ބެލެވޭކަމަށެވެ.

މީގެއިތުރުން، ސްކޫލު ބަންދުކުރުމާ ގުޅޭގޮތުން، ބައެއް ސްކޫލުތަކުން މިއަދު ދަރިވަރުންނަށް ދިން ލިޔުމުންވެސް، ސްކޫލުތައް ބަންދުކުރީ ކިޔެވުން ނިމިފައިވާތީ ނޫންކަން އެނގެއެވެ. ކަލާފާނު ސްކޫލުގެ ގުރޭޑް 1، 2، 3 އަދި 4 ގެ ދަރިވަރުންނަށް ދީފައިވާ ސްލިޕްކޮޅެއްގައި ބުނެފައިވަނީ އެސެސްމަންޓް ފުރިހަމަ ނުވާ ދަރިވަރުންގެ ބެލެނިވެރިންނަށް ގުޅައިގެން ސްކޫލަށް ގެނެސް ކްލާސް ޓީޗަރުން އެކަން ކުރިއަށް ގެންދާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލައިސާޓު

    ކޮންމެކަމެއްވެސް ބަލާނެ އޮޅޮވާލައިގެން ކުރެވޭތޯ

  2. މީހާ

    ހުން ފެތުރޭތީއޭ ބުނުމުން މައްސަލައެއް އޮތީބާ. ކުއްލިޔަކައް މި ނިންމުން ނިންމީ ކީއްވެބާ؟

  3. ސައީދު މޫސާ

    ސްކޫލްތަކާ އަގަބަހުން މުޢާމަލާތްކުރުމުގެ ބަދަލުގައި ލިޔެކިޔުމުން މުޢާމަލާތްކޮށް މީޑިޔާ އަށް މިނިސްޓްރީން ކަންކަން ސާފުކޮށްދޭނަމަ އެކިނޫހުގައި އެކިގޮތަށް ސުރުޚީޖަހާ ލިޔާކަށް ނުޖެހުނީސް. ޒިންމާދާރުކަން ކުޑަވީމާ ބަދުނާމުވަނީ ސަރުކާރު.

  4. ކުރާތި

    ސްކޫލުތައް ބަންދުކުރީ ހުން ފެތުރޭތީއެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވާނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު މާލޭގައި ވަރަށް ބޮޑަށް އެކްސެލެރޭޓް ވަމުންނޭ ދަނީ ވައިރަލް ފީވަރ މި މިހާ ބާރަށް ފެތުރެމުން މިދަނީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ތަކެއް އެއް ތަނެއްގައި ނިދާތީއޭ އެމެން އެންމެ ގިނަ އަދަދަކަށް ތިބީ ހުޅުމާލޭގައޭ އެމެން އެބަޖެހޭ ހައްޔަރުކޮށްގެން އެމެން އަވަހަށް ރާއްޖޭން ފުރުވާލަން މިކަން ކުރަން އިމިގްރޭޝަން އިން ފަސް ޖެހެނީ އެއީ އިމިގްރޭޝަން ގެ އޮފިސަރުންނާއި އަދި ކޮންޓްރޯލަރ އަށް މިކަމުގައި ކަޓް ލިބޭތީ ނޫންތޭ ކުދި ކުދި ކުންފުނި ތައް ގަވާއިދުން ކޯޓާގެ ދަށުން އިމިގްރޭޝަން އިން ހަމަޖައްސާ އެެޖެންޓުން މެދުވެރިކޮށް ބޭރު މަސައްކަތު މީހަކު ގެންނާން އުޅުނަސް ނުގެނެވެއޭ އެކަމަކު ވަގުތުން ގެނެވެއޭ ބޮޑެތި ކޮންޓްރެކްޓަރުންނަށް މީގެ ނަތީޖާ އަކީ ކުދި ކުދި ކޮންޓްރެކްޓަރުންނަށް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމޭ ކަން މިހެން ހުރުމުން ސަރުކާރުން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ފޮނުވާލުމުގެ ކަންކަން އަވަސް ކުރަންވީއޭ މިކަން ނުކުރާނެއޭ ޕޮލިހަށް ފެނިގެން ޕޮލިހުން ވެސް އަދި އިމިގްރޭޝަން އިން ވެސް މިކަން ކުރަން ނިކުންނަންވީ ސިފައިންނޭ މީ ގައުމަށް ދިވާވެފައިވާ ބޮޑު މުސީބާތެއް ފަދަ ކަމެކޭ މިކަން ފަށާށޭ ހަމަ މިހާރުން މިހާރަށް ސަރުކާރުން މަމެން ޕިންކީންގެ ވެރިކަމުގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބަންގާޅީން ނަށް ރާއްޖޭގައި އެގޮތަށް މަސައްކަތް ކުރެވިގެން ނުވާނެއޭ އެކަން ޖެހޭނެއޭ ކަށަވަރު ކުރަން.

  5. ޙައްވޫ

    މިނިސްޓަރ ވިދާޅުވީ ސްކޫލުތައް ބަންދުކުރީ އިމްތިޙާނުތައް ނިމުމުންކަމަށެވެ. ޢެހެން ކަމަމަށްވާ ނަމަ މުޅި ރާއްޖޭގެ ހުރިހާ ސްކޫލޫތަކެއް ބަންދު ކުރަންޖެހޭނެ ނޫންތޯ؟ ސިއްރު ސިއްރުން ބައެއް ސްކޫލުތަކަށް ޚާއްޞަކޮށް މާލޭގެ ސްކޫލުތައް ބަންދު ކުރަން އެންގުމުން ދޭހަވަނީ ރާއްޖެތެރޭ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަކީ މުހިއްމު ބައެއް ނޫންކަން. ޜާއްޖެތެރޭގެ ބައެއް ސްކޫލު ތަކުން އެބަ އަންގާ ކުރިއެކޭ އެއްގޮތަށް އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ކިޔެވުން އޮންނާނެ ވާހަކަ.

  6. މަސްވެރިޔާ

    ހަހަ ތީ މިހާރުގެ ކުދިންގެ ވައްތަރެއްނު؟ އެކަކުވެސް މިޒަމާނުގައި އެއްބަހެއް ނުވާނެ. ކީއްވެ؟ މަ ދެރަވެދާނެތީ.

  7. ޙޭއި

    ޙުން ހުރީ އާ ހޮސްޕިޓަލަށް ވުރެ އުހުގައި. ބަލާ ބެލުމަށް ފެންނަނީ ހޮސްޕިޓަލަށް ވުރެ ހުން މާ ގަދަ ވެގެން އުޅޭ ކަމަށް. ޙުން އެދަނީ ސްކޫލްތައްވެސް ވަލު ދޮރާށިން ބަންދުކުރަމުން.

  8. ފަޤީރު ކަލޯ!

    ކުޑަކުދިންނަށް ބަލިޖައްސުވައި ބަލި ފަތުރާ ތަނަކީ ސްކޫލު ތަކެވެ. މިއަކީ ޝައްކެއް ހުރިކަމެއްނޫނެވެ. ކިތަންމެ ނުރައްކާ ރޯގާއެއް ފެތުރުނަސް ސްކޫލު ތައް ބަންދު ކުރުމަކީ އެމީހުންގެ ގާތުގައި ޙަރާމް ކަމެކެވެ. އެއީ ތަޢުލީމު ދިނުމުގެ ނަމުގައި އެމީހުން ހިންގާ ޕްރޮޕެގެންޑާ ޕްރޮގްރާމް ތައް ފުރިހަމަ ނުވެދާނެ ކަމުގެ ބިރައްޓަކައެވެ. މިކޮމެންޓް ނުޖަހާނެކަންވެސް އަހަރެންނަށް އެގެއެވެ.

  9. ނަމަ

    ހުން ފެތުރޭތޯ ބަލަންބާ އަނެއްކާ

  10. ޜިޒާ

    އޮޅުވާލަން ނޫޅުއްވާ..
    2017 ވަނަ އަހަރު މުޅި ރާއްޖެއަށް އެޗް.1.އެން.1 ފެތުރެންފެށީމަ އަޑިއަޑިން ސިއްރު ސއިްރުން ހަމަ ތިގޮތަށް ފުރަތަމަ ސްކޫލުތަށް ބަންދު ކުރީ، އޭރުވެސް އެންމެ ފުރަތަމަ ބުނީ އެހާ ސީރިއަސް ކަމެއް ނެތޭ! އެކަމު އާޚިރުގަ ވީގޮތް އެންމެނަށްވެސް އެނގޭ..
    އޮޅުވާނުލާވެސް ތިކަން ވީހާވެސް އަވަހަކަށް ހާމަކުރީމަ ތިކަމުން ރައްކާތެރިވުމަށް ސަމާލުކަން ދޭވަރު ބޮޑުވާނެ.

  11. ރަމް

    ސްކޫލުތައް އެއްގޮތަކަށްވެސް ބަންދު ނުކުރާ ކަމަށް އެޑިއުކޭޝަނުން ބުނެފި. ޚަބަރު ލިޔާއިރު ތެދު ދޮގު އޮޅުން ފިލުވާފަ ލިޔުން އެދެން.